Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ދިވެހި ކުޅިވަރުގެ ހާލަތު

ކުޅިވަރަށް މިލިއަނުން ޚަރަދު ކުރެވިއްޖެ، ނަތީޖާ ނުނެރެވެނީ ކީއްވެ؟

ކޮވިޑްގެ ރާޅާއެކު ކުޅިވަރު ހުއްޓުމަކަށް އައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 10 ޖެނުއަރީ 2022 | ހޯމަ 14:40
ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

ސާފް ޗެމްޕިއަންޝިޕުގައި އިންޑިއާ އާއި ރާއްޖެ ބައްދަލުކުރި މެޗުގެ ތެރެއިން

ނިމިދިޔަ ތިން އަހަރަކީ މީން ދުވަހަކު ކުޅިވަރަށް ޚަރަދު ނުކުރާ މިންވަރަށް ޚަރަދުކުރި ތިން އަހަރޭ ބުނުމަކުން ދޮގަކަށް ނުވާނެއެވެ. ކުޅިވަރާ ބެހޭ ވަޒީރު އަޙްމަދު މަޚްލޫފްގެ މާލިމީ ކަމުގައި ކުޅިވަރުގެ އިންފްރާސްޓަކްޗަރއަށްވެސް ބޮޑު ބަދަލެއް ގެނައުމުގެ މަސައްކަތް މިދިޔަ ތިން އަހަރު ވަނީ ކުރައްވާފައެވެ. ވަކި ކުޅިވަރަކަށް އިސްކަން ނުދެއްވާ ކޮންމެ ކުޅިވަރަކަށްވެސް ކޮށްދެވޭން ހުރީ ކޮންކޮން މަސައްކަތްތަކެއް ތޯ ބައްލަވާ ކުޅިވަރު އިންގިލާބީ ބަދަލެއް ގެނައުމަށް މަސައްކަތް ކުރެއްވިއެވެ. އެހެންނަމަވެސް 2020 ވަނަ އަހަރު ވެގެން ގޮސްފައިވަނީ މަޚްލޫފްގެ މަސައްކަތްތަކަށް "ސުނާމީގެ ރާޅެއް" ބިންދާލި އަހަރަކަށެވެ. ކޮވިޑާއެކު އެރި މިރާޅާއެކު ކުޅިވަރު އެއްކޮށް ކަހަލަ ގޮތަކަށް ހުއްޓުމަކަށް އައެވެ.

ކޮވިޑުގެ ރާޅަށްފަހު ރާއްޖޭގެ ގައުމީ ޓީމުތައް 2021 ވަނަ އަހަރުގެ ފަހުކޮޅު މުބާރާތްތަކުގައި ވާދަކުރަން ފެށިއެވެ. އެކަމަކު އަހަރު ނިންމާލަން ޖެހުނީ ގައުމީ ޓީމުތަކަށް ނާކާމިޔާބު އަހަރެއްގެ ގޮތުގައެވެ. ރާއްޖޭގެ ގައުމީ ޓީމުތަކުން މިދިޔަ އަހަރު މުބާރާތްތަކަށް ނުކުތީ މުޅިންވެސް ދިވެހި ކޯޗުންނާއެކުގައެވެ. އޭގެ ތެރެއިންވެސް އެންމެ ބޮޑު ފާޑުކިޔުމެއް އަމާޒުވި ކޯޗަކީ ސާފް ޗެމްޕިއަންޝިޕަށް ގައުމީ ޓީމާ ހަވާލުވި ކޯޗު އަލީ ސުޒޭންއެވެ.

ރާއްޖޭގެ އެންމެ ކާމިޔާބު ކޯޗު އަލީ ސުޒޭން އާއިއެކު ދިވެހި ޓީމުން މި މުބާރާތައް ނުކުތީ ތިންވަނަ ފަހަރަށް ސާފްގެ ތަށި ދިވެހި ފަސްގަނޑުގައި ބެހެއްޓުމުގެ އަޒުމާއެކުގައެވެ. އެހެންނަމަވެސް ފައިނަލަށް ނުގޮސް ރާއްޖެ ވަނީ މުބާރާތުން ކަޓައިފައެވެ.

މި މުބާރާތައް ދިވެހި ޓީމުން ތައްޔާރީތައް ފެށިއިރު، ދިވެހި ލީގުގައި ކުޅުންތެރިންނަށް ކުޅެން ލިބުނީ ކިތައް މެޗުތޯ ބަލާލުން މުހިންމެވެ. ލީގުގެ ފަހު ބުރުގެ މެޗުތައް ނުކުޅެ ހުއްޓާލަން ޖެހުނީ ކޮވިޑްގެ ސަބަބުންނެވެ. މި މުބާރާތައް ޓީމު ނުކުތްއިރުވެސް އޮތް އެންމެ ބޮޑު ޗެލެންޖަކީ މެޗު ފިޓްނަސް ނެތުން ކަމުގައި ސުޒޭން ވަނީ ބުނެފައެވެ.

ގައުމީ ބާސްކެޓް ބޯޅަ ޓީމާއެކު ސާބާ ޗެމްޕިއަންޝިޕަށް ނުކުތީ އަރަމުން އަންނަ ކޯޗު އިލްޔާސް އިބްރާހީމް (އިއްލެ)އެވެ. މުބާރާތުގެ މެޗަކުން މޮޅުނުވެ ގައުމީ ޓީމު މާލެ އަންނަން ޖެހުނީ ހުސްއަތާއެވެ. ބާސްކެޓް ބޯޅައަށް ޖެހުނީ ފުޓުބޯޅައަށް ވުރެ ހާލު ދެރަކޮށެވެ. މުބާރާތައް ފުރަން ކުޑަތަންވިއިރުވެސް ހެލްތު ޕްރޮޓެކްޝަން އެޖެންސީ (އެޗްޕީއޭ) ގެ ބޭނުމަށް ޒުވާނުންގެ މަރުކަޒު އެތެރޭ ކޯޓު ނަގައިފައި ވުމުން ބާސްކެޓް ޓީމުގެ ތަމްރީނުތައް ކުރިޔަށް ގެންދަން ޖެހުނީ އައުޓް ޑޯ ކޯޓުގައެވެ. ވާރޭ ވެހިއްޖެނަމަ ކުޅުންތެރިން ފެން ހިއްކައިގެން ފަރިތަކުރުންތައް ގެންދިޔަ ދުވަސްތައް ވެސް މަދެއް ނޫނެވެ.

މިދިޔަ މަހު ބަންގްލަދޭޝްގައި ބޭއްވި ސެންޓްރަލް ޒޯން ވޮލީ ބޯޅަ މުބާރާތައް ރާއްޖޭގެ ޓީމާއެކު ނުކުތީ ތަޖުރިބާކާރު ކޯޗު މުޙައްމަދު ސާޖިދު (ކާއްޓޭ) އެވެ.

ދަތި ހާލަތެއްގައި ޓީމެއް އެކުލަވާލައި، މާލޭގައި ސްރީލަންކާ އާއި އިންޑިއާގެ ކްލަބެއް ކަމަށްވާ ހައިދަރުއާބާދު ސްޕައިކާސްއާ ދެކޮޅަށް ޖުމްލަ ހަ މެޗެއް ކުޅުނެވެ. މުބާރާތަށް ދާން އޮއްވައި، ޓީމަށް ކޮވިޑް-19ގެ ކަންތައްތަކެއް ކުރިމަތިވެ، ދެ ކުޅުންތެރިއަކު ނުލައި، ބަންގްލަދޭޝަށް ގޮސް މުބާރާތް ކުޅެން ޖެހި، ރާއްޖެ ޖެހުނީ މޮޅެއް ނުލިބި މުބާރާތް ނިންމާލާށެވެ.

މިދިޔަ އަހަރު ގައުމީ ޓީމުތަކުން ހޯދި ނަތީޖާތަކަށް ބަލާނަމަ ކޮވިޑާއެކު އައި ލޮޅުން ދިވެހި ކުޅިވަރަށް ބޮޑުކަން އެނގެއެވެ. އެހެންނަމަވެސް ކޮވިޑްގެ ހާލަތުން އަރައިގަނެ މިއީ އެއް އަޒުމެއްގައި ކުޅިވަރު އަލުން ކުރިން އޮތް ހާލަތަށް ބަދަލުކޮށް އިތުރު ހަރުފަތަކަށް ދާން މިސްރާބު ޖަހަންވީ ވަގުތެވެ. އެ މިސްރާބަށް ކުޅިވަރު ގެންދާން ސަރުކާރުން އޮތީ ތައްޔާރަށެވެ.

ކުޅިވަރާ ބެހޭ ވުޒާރާފުޓްބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (އެފްއޭއެމް)ވޮލީބޯލް އެސޯސިއޭޝަން އޮފް މޯލްޑިވްސް (ވީއޭއެމް)މޯލްޑިވްސް ބާސްކެޓްބޯލް އެސޯސިއޭޝަން (އެމްބީއޭ)

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

ޑައިމަންޑް ޖުބިލީ ފުޓުބޯޅަ ފެސްޓިވަލްގެ ނަމުގައި ސިލްސިލާ ފެސްޓިވަލް ތަކެއް ބާއްވަނީ

05 ނޮވެމްބަރު 2025
އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

އެންމެ މުހިންމީ ކުޅިވަރު ދާއިރާ ހިންގާނެ މީހުން އުފެއްދުން: މޯހަން

27 އޮކްޓޯބަރު 2025
އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

އިންފަންޓީނޯ ދެއްވީ ރާއްޖޭގެ ފުޓުބޯޅަ ކުރިއަރުވަން އެއްބާރުލުން ދޭނެ ކަމުގެ ޔަޤީންކަން

25 އޮކްޓޯބަރު 2025
ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

ފުޓުބޯޅަ އަށް 75 އަހަރު ފުރުން ފާހަގަ ކުރާ ލޯގޯ އިފްތިތާހު ކޮށްފި

25 އޮކްޓޯބަރު 2025
ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

ރައީސް މުޢިއްޒު އާއި، ފީފާގެ ރައީސް އިންފަންޓީނޯ ޚާއްސަ ފުޓުބޯޅަ މެޗެއް ކުޅުއްވަނީ

23 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

14 މާރިޗު
ޕޮޓޭޓޯ ޕޭން ކޭކް
20251 އަހަރު ކުރިން
ލައިފް ސްޓައިލް

ޕޮޓޭޓޯ ޕޭން ކޭކް

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ގަމު ފެނަކައިގެ 17 މުވައްޒަފުން ވަޒީފާއިން ވަކިކޮށްފި

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް
20233 އަހަރު ކުރިން
ކުޅިވަރު

ޒުވާން ފޯވަޑް އިލާން ޔޫއޭއީގެ އަލްއައިން އަށް

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް
20224 އަހަރު ކުރިން
ރާއްޖެ

މަސްތުވާތަކެއްޗާއެކު އިންޑިއާ ފިރިހެނަކު ކަނޑުމަތިން ފުލުހުންގެ ބެލުމުގެ ދަށަށް

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!
20215 އަހަރު ކުރިން
ރާއްޖެ

އަނދިރީގައި - ރާއްޖެޓީވީގެ ރަމަޟާން މަހުގެ ހާއްސަ ޕްރޮގްރާމް!

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!
20197 އަހަރު ކުރިން
ރިޕޯޓު

ފަހު ވަގުތު ގާސިމް ގިނިކަންޏާ، ލިބެން ހުރި ވޯޓު ވެސް ގެއްލެނީ!

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!
20188 އަހަރު ކުރިން
ރިޕޯޓު

މިފަހަރު މިރުސް ފެނަށް މާބޮޑު ސަމާލުކަމެއް ނުލިބުނު! ރައްޔިތުން ޖެހީ ހަޖޫ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު