ކ. މާލެ
|
10 ޖެނުއަރީ 2022 | ހޯމަ 08:25
އެޗްޑީސީގެ އައު ޕޯޓަލް އިފްތިތާހުކުރައްވަނީ
އެޗްޑީސީގެ އައު ޕޯޓަލް އިފްތިތާހުކުރައްވަނީ
ހައުސިންގް ޑިވެލޮޕްމަންޓް ކޯޕޮރޭޝަން
އެޗްޑީސީގެ އައު ޕޯޓަލް އިފްތިތާހުކުރުން
އެޗްޑީސީއަށް ބިޑާއި ޕްރޮޕޯޝަލް ހުށަހެޅުމަށް ޚާއްސަ ޕޯޓަލްއެއް!
 
ޕްރޮޕޯސަލްތަކަށް ހުށަހަޅާފައިވާ ފަރާތްތަކަކީ މިކަމަށް ގާބިލު ބައެއްކަންވެސް ޔަގީންކުރެވޭ
 
ޕޯޓަލުން ބިޑްތަކުގެ ސްޓޭޓަސް ބަލާލެވޭނެ
 
މިއީ ބިޑަށް އެދި ހުށަހެޅުމަށް ލުއި ފަސޭހަ ގޮތެއް

ހައުސިން ޑިވެލޮޕްމެންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ބިޑް އަދި ޕްރޮޕޯސަލް ހުށަހެޅުމަށް ޚާއްސަ ޕޯޓަލެއް އިފްތިތާހުކޮށްފިއެވެ.

މިއީ ބިޑާއި ޕްރޮޕޯސަލް ހުށަހެޅުމަށް ރާއްޖޭގައި ހުޅުވާލި ފުރަތަމަ އޮންލައިން ޕޯޓަލެވެ. އެޗްޑީސީން ބުނީ މިއީ ބިޑަށް އެދި ހުށަހަޅާ ފަރާތްތަކަށް ލުއިފަސޭހަވާނެ ގޮތަށް ބިޑާއި ޕްރޮޕޯސަލް ހުށަހެޅުމުގެ ކަންތައް ކުރިއަށް ގެންދިއުމަށް މަގުފަހިކުރުވުމާއި، ކަރުދާސް ބޭނުންކުރާ މިންވަރު މަދު ކުރުމަށް އެކުލަވާލާފައިވާ ޕޯޓަލެއް ކަމަށެވެ.

އެޗްޑީސީން ބުނީ މި ޕޯޓަލް މެދުވެރިކޮށް ބިޑާ އި ޕްރޮޕޯސަލް ހުށަހަޅަން ފަސޭހަވެ، މިކަމަށް ދާ ވަގުތުވެސް ކުޑަވާނެ ކަމަށެވެ. މި ޕޯޓަލް މެދުވެރިކޮށް ބިޑްތަކުގެ ސްޓޭޓަސް ބަލާލެވުމުގެ އިތުރުން ޕްރޮޕޯސަލްތަކަށް ހުށަހަޅާފައިވާ ފަރާތްތަކަކީ މިކަމަށް ގާބިލު ބައެއްކަންވެސް ޔަގީންކުރެވޭނެއެވެ. އެޗްޑީސީން ހުޅުވާލާ އާރްއެފްޕީތަކާއި ބިޑްތަކަށް ޕްރޮޕޯނަންޓްސް އާއި ވެންޑާސްގެ ގޮތުގައި ރަޖިސްޓްރީ ކޮށްގެން ޕްރޮޕޯސަލާ ބިޑް ހުށަހެޅޭނެ ކަމަށް އެ ކޯޕަރޭޝަނުން ބުނެފައިވެއެވެ.

މިޕޯޓަލް ބޭނުންކުރުމަށް އީމެއިލް ބޭނުންކޮށްގެން ރަޖިސްޓްރީވާންޖެހެއެވެ. އަދި ރަޖިސްޓްރޭޝަން ފުރިހަމަކުރުމަށް ބޭނުންވާ އެންމެހާ ލިޔެކިޔުންތައްވެސް ހުށަހަޅަންޖެހެއެވެ. މީގެ އިތުރުން ޕޯޓަލް މެދުވެރިކޮށް ބިޑްތަކާއި ބެހޭ މައުލޫމާތުވެސް ސާފުކުރެވެއެވެ. ބިޑް އަދި ޕްރޮޕޯސަލް ސަބްމިޝަން ޕޯޓަލް ގެ ޚިދުމަތް ލިބޭނީ އެ ކޯޕަރޭޝަންގެ މައިހުޅުމާލެ ޕޯޓަލް މެދުވެރިކޮށް ކަމަށް އެޗްޑީސީން ބުނެފައިވެއެވެ.

އެޗްޑީސީން ބުނީ މިފަދަ ޕޯޓަލްއެއްގެ ސަބަބުން ޚިދުމަތް ހޯދާ ފަރާތްތަކަށް ގިނަގުނަ ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ގަބޫލުކުރާ ކަމަށެވެ. އަދި އެ ކޯޕަރޭޝަނުން މިހާރުވެސް މައިހުޅުމާލެ ޕޯޓަލް މެދުވެރިކޮށް އޮންލައިންކޮށް ގިނަ ޚިދުމަތްތަކެއް ފޯރުކޮށްދެމުން ދާކަން ފާހަގަކޮށްފައިވެއެވެ.

އެންމެ ފަހުން އަޕްޑޭޓް ކުރީ: 1 މަސްކުރި
ރިވިއު ކުރީ: މުހައްމަދު އާދަމް ސަލީމް
0%
0%
0%
0%
0%
0%
ކޮމެންޓް