Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
ހައުސިންގ ކޮމިޓީ

ވަކިފަރާތަކަށް ނުޖެހޭނެކަމަށް ބުނާ ފްލެޓް ކޮމިޓީގައި ފަޒުލްގެ ކޮއްކޮ: "މިދިޔަ ސަރުކާރުން އަހަރެންނަށް އެހާވަރުކޮށްލީ އަހަރެން ކީއްކޮށްގެން؟"

އޭނާއަށް ރައީސް މުއިއްޒުގެ ސަރުކާރުން ސްޓޭޓް މިނިސްޓަރުކަންވެސް ދީފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 1 އެޕްރީލު 2024 | ހޯމަ 09:32
ރައީސް އުފެއްދެވި ފުލެޓް ކޮމިޓީގެ މެންބަރުން

ރައީސް އުފެއްދެވި ފުލެޓް ކޮމިޓީގެ މެންބަރުން

ކުރީ ސަރުކާރުން ދޫކުރި 4000 ފުލެޓު ލިސްޓް އަލުން ބެލުމަށް ރައީސް ޑރ. މުހައްމަދު މުއިއްޒު އުފެއްދެވި ހައުސިންގ ކޮމިޓީއާ ގުޅޭގޮތުން ރައީސް ވިދާޅުވެފައިވަނީ އެއީ މިނިވަން ކޮމިޓީއެއް ކަމަށެވެ.

އަދި އެ ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށާއި، އެފަދަ ކޮމިޓީއެއް އެކުލަވާލެއްވީ ވެސް ފްލެޓްތައް ދިނުން އެއީ ސަރުކާރުން އަމިއްލަ އަމިއްލައަށް ކުރާ ކަމަކަށް ހަދަން ބޭނުން ނުވާތީކަމަށް ސަރުކާރުން ބުނެފައިވެއެވެ.

ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އިރުޝާދާއެކު އެކުލަވާލެއްވި އެ ކޮމިޓީގައި ކުރިން ތިއްބެވީ 5 މެންބަރުންނެވެ. ނަމަވެސް ކޮމިޓީގެ މެންބަރަކު އިސްތިއުފާ ދެއްވާފައިވާތީ މިހާރު ވަނީ 7 މެންބަރުނަށް ކޮމިޓީގެ އަދަދު އިތުރު ކުރައްވާފައެވެ.

ހައުސިންގ މިނިސްޓްރީން މައުލޫމާތު ދޭ ގޮތުގައި މި ކޮމިޓީގައި ހިމެނިވަޑައިގަންނަވާ މެންބަރުންނަކީ ރައީސް ޑރ މުޙައްމަދު މުއިއްޒުގެ އިރުޝާދުގެ ދަށުން ކޮމިޓީއަށް އައްޔަންކުރައްވާފައިވާ ބޭފުޅުންނެވެ.

ކޮމިޓީގައި މިހާރު ހިމެނިވަޑައިގަންނަވަނީ އާމިނަތު އީނާސް (ކޮމިޓީގެ ޗެއާ)، އަބްދުލްއަޒީޒް ޔޫސުފް (ޑެޕިއުޓީ ޗެއާ)، އަހްމަދު އަލިމަނިކު، މަރިޔަމް ފިޒާނާ ރަޝީދު، މުހައްމަދު މައުރޫފް ޖަމީލް، ފާތިމަތު ސައީދު އަދި އާމިނަތު ޝައީރާއެވެ.

އޭގެ ތެރެއިން މަރިޔަމް ފިޒާނާ ރަޝީދުއަކީ ކުރިން އެކުލަވާލި 5 މެންބަރުންގެ ކޮމިޓީގައި ވެސް ހިމެނިވަޑައިގަންނަވާ ފަރާތެކެވެ. މިހާރު އަލަށް އެކުލަވާލެވިފައިވާ 7 މެންބަރުންގެ ކޮމިޓީގައި ވެސް ފިޒާނާ ހިމެނިވަޑައިގަންނަވައެވެ.

ފިޒާނާއަކީ މި ސަރުކާރުން ހައުސިންގ ޑިވޮލޮޕްމަންޓް ކޯޕަރޭޝަން (ޢެޗްޑީސީ) އަށް އައްޔަންކުރި މެނޭޖިންގ ޑިރެކްޓަރު އިބްރާހީމް ފަޒުލް ރަޝީދުގެ ކޮއްކޯފުޅެވެ.

އޭނާއަށް ރައީސް މުއިއްޒުގެ ސަރުކާރުން ސްޓޭޓް މިނިސްޓަރުކަން ވެސް ދެއްވާފައިވެއެވެ. އެއީ ހަޔަރ އެޑިއުކޭޝަން މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރުކަމެވެ.

މީގެ އިތުރުން، މިއަހަރުގެ ޖެނުއަރީ މަހު އޭނާ މޯލްޑިވްސް ކޮލިފިކޭޝަން އޮތޯރިޓީގެ ސީއީއޯކަމަށް ވެސް ވަނީ އައްޔަންކުރައްވާފައެވެ.

ފިޒާނާ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައިވާ ބައެއް ޕޯސްޓުތަކަށް ބަލާއިރު، މިދިޔަ ސަރުކާރަށް ނުހަނު ފާޑުކިޔައި، މިދިޔަ ސަރުކާރުން އަނިޔާދީފައިވާކަމަށް ވިދާޅުވެފައިވެއެވެ.

މީގެ އިތުރުން، ހުޅުމާލެއިން ނުޙައްޤުން ބިން ދޫކޮށްފައިވާކަމަށާއި، އެކަންކަން ބަލަންޖެހޭކަމަށް ފަޒުލް ވިދާޅުވެފައިވާ ޚަބަރުތައް ވެސް ފިޒާނާ ވަނީ އޭނާގެ ސޯޝަލް މީޑިއާގައި ހިއްސާކުރައްވާފައެވެ. މާނައަކީ ހައުސިންގް ކޮމިޓީގައި މި ހިމެނެނީ މިދިޔަ ސަރުކާރުން ގޯއްޗާއި ފްލެޓު ބަހާފައިވާ ގޮތް ރަނގަޅު ނޫންކަމަށް ވިދާޅުވެ ފަޒުލް ދައްކަވާފައިވާ ވާހަކަތަކަށް ތާއީދުކުރައްވާ، އެކަން ފާޅުގައި ހާމަކުރައްވަމުން ގެންދަވާ ފަރާތެއްކަމެވެ.

ހަމައެއާއެކު، ސަރުކާރާއި ރައީސް ޑރ މުއިއްޒުއަށް ތާއީދުކުރައްވާ ލިޔުއްވާފައިވާ ޕޯސްޓުތައް ވެސް އޭނާ ހިއްސާކުރައްވާފައިވެއެވެ.

ކަން މިހެން އޮތްއިރު، ކޮމިޓީގައި ހިމެނޭނީ ރައްޔިތުން އިތުބާރު ކުރާ ފަދަ ބޭފުޅުން ކަމަށާއި، އެއީ ވަކި ކޮޅަކަށް ނުޖެހޭ މިނިވަން ބޭފުޅުންކަމަށް ރައީސް ވިދާޅުވި ވާހަކަފުޅާމެދު ސުވާލު އުފެއްދުމުގެ ޖާގާ އެބައޮތެވެ.

ވަކިން ޚާއްސަކޮށް، މިދިޔަ ސަރުކާރުން އޭނާއަށް "އެހާވަރުކޮށްލީ ކީއްވެތޯ" އޭ ބުނެ މިދިޔަ ސަރުކާރަށް އެހާ ފާޑުކިޔާއިރު، އެ ސަރުކާރުން ބަހާފައިވާ ފްލެޓުތަކަކާމެދު މިނިވަން ވިސްނުމަކުން ފިޒާނާއަށް ވިސްނޭނެކަމާމެދު ވެސް މިވަނީ ސުވާލު އުފެދިފައެވެ.

ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަންމިނިސްޓްރީ އޮފް ހައުސިން ގެދޮރުވެރިޔާ ސްކީމްޑރ. މުހައްމަދު މުއިއްޒު

ކޮމެންޓް

އިތުރަށް ކިޔާލަން

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ  67 ޕަސެންޓްގެ މަސައްކަތް

ތިލަމާލެ ބްރިޖު: މާލެއިން ވިލިމާލެ އަށް މި އަހަރުގެ ނިޔަލަށް ގުޅުވާލެވޭނެ ކަމަށް ސަރުކާރުން ހާމަކުރި ނަމަވެސް މިހާތަނަށް ނިންމުނީ 67 ޕަސެންޓްގެ މަސައްކަތް

11 ޑިސެމްބަރު 2025
މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

މިސަރުކާރުގެ ދޮގާއި މަކަރުގެ ސްކޭމް ގައި ތިން ވަނަ ފަހަރަށް ރައްޔިތުން ޖެއްސުމަށް ދަނީ މަސައްކަތް ކުރަމުން: މެންބަރު އަހުމަދު ދީދީ

11 ޑިސެމްބަރު 2025
ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

ވައުދުތައް ނުފުއްދާތީ މަސްވެރިން އިހުތިޖާޖަށް، ރައީސް ވިދާޅުވަނީ އެންމެ ބޮޑު އަމާޒަކީ މަސްވެރި އާއިލާތަކަށް ލިބޭ އާމުދަނީ އިތުރު ކުރުން ކަމަށް!

10 ޑިސެމްބަރު 2025
މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

މިސަރުކާރު ގައި ރައްޔިތުންނަށް އަބަދުވެސް ލިބެނީ ''އައު މުހުލަތު''، އެ ނޫން އެއްޗެއް ނުލިބޭނެ: މެންބަރު މީކާއީލް

10 ޑިސެމްބަރު 2025
މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

މިއީ ބަހާނާ ދައްކާ ސަރުކާރެއް، ހަދާ ދޮގުތައް ހާމަވެ، ކުރިއަށް އޮތްތަނުގައި ވަރަށް ގިނަ ބޮނޑި ބޯނެ: ވ.ތިނަދޫ ކައުންސިލްގެ ރައީސް

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

23 އެޕްރީލު
ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން
20251 އަހަރު ކުރިން
ރާއްޖެ

ރައުދު ހައްޔަރުކުރީ ޔުމްނު ވައްޓާލުމުގެ އަތެއް އޮވެގެން

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ
20242 އަހަރު ކުރިން
ދުނިޔެ

އިސްރާއިލުން ދެން އީރާނަށް ހަމަލާދީފިނަމަ އެ"ޒަޔަނިސްޓް ރެޖީމް" އެއްކޮށް ނައްތާލާނަން: އިބްރާހީމް ރައީސީ

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ
20233 އަހަރު ކުރިން
ކުޅިވަރު

އާސެނަލްގެ ކުޅުންތެރިން ދަތުރުކުރި ބޯޓެއްގައި އަލިފާން ރޯވެއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"
20224 އަހަރު ކުރިން
ރާއްޖެ

ލަމްހާގެ ބަންދު މުރާޖައާގައި އޭނާ: "މިތާ އުޅެން މިހާރު ވަރަށް ވަރަށް އުނދަގޫވޭ"

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން
20215 އަހަރު ކުރިން
ރިޕޯޓު

ކޮވިޑުގެ ރެކޯޑު އިންޑިޔާއަށް: މުޅި ގައުމު ރޮނީ އޮކްސިޖަން ނުލިބިގެން

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!
20197 އަހަރު ކުރިން
ރިޕޯޓު

ކުޑަކުއްޖެއްގެ އާދޭސް ދުނިޔޭގެ ލީޑަރުންނަށް!

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ
20188 އަހަރު ކުރިން
ރިޕޯޓު

ފަހުމީ ގެއްލުމުގެ އެއްދުވަސް ކުރިން މަންމައަށް ކުރެވުނު އާދަޔާ ހިލާފް އިހްސާތަކުގެ ވާހަކަ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު