Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެޑަބްލިއުޑީސީގެ އިންތިޚާބުތައް

ޑަބްލިއުޑީސީގެ އިންތިޚާބަށް ވޯޓްލާން މީހުން ނުނިކުންނަ ސަބަބު ދިރާސާކުރަނީ

9 ޖެނުއަރީ 2022 | އާދީއްތަ 18:37

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެމްބަރުން ވަކިވާ ސަބަބު މިހާތަނަށް ދެނެގަނެވިފައެއް ނުވޭ

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 9 ޖެނުއަރީ 2022 | އާދީއްތަ 18:37
އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ޑރ. މުޙައްމަދު ޒާހިރު

އިލެކްޝަންސް ކޮމިޝަންގެ މެމްބަރު ޑރ. މުޙައްމަދު ޒާހިރު

އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ އިންތިޚާބަށް ވޯޓްލާން މީހުން ނުނިކުންނަ ސަބަބު ދެނެގަތުމުގެ މަސައްކަތް ކުރަމުން އަންނަކަމަށް އިލެކްޝަންސް ކޮމިޝަން (އީސީ)ން ބުނެފިއެވެ.

ކުރިއަށްހުރި ބައި އިލެކްޝަންސްތަކަށް ވަމުންދާ ތައްޔާރީތަކާ ގުޅޭގޮތުން ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ވާހަކަދައްކަމުން އީސީގެ މެމްބަރު ޑރ. މުޙައްމަދު ޒާހިރު ވިދާޅުވީ، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމެޓީގެ އިންތިޚާބަށް ވޯޓްލާން މީހުން ނުނިކުންނަ ސަބަބު ދެނެގަތުމުގެ މަސައްކަތް ވަރަށް ބޮޑަށް ކުރަމުން އަންނަ ކަމަށެވެ. އެގޮތުން ކޮންމެ ރަށަކަށް ދިޔަ ނަމަވެސް ހޭލުންތެރި ކުރުވުމުގެ ޕްރޮގްރާމުތަކުގެ ތެރެއިންވެސް މިކަންތައްތައް ބަލަމުން އަންނަކަމަށް ޒާހިރު ވިދާޅުވިއެވެ.

Advertisement - newsAdvertisement

އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކުގެ މެމްބަރުން މަޤާމުން ވަކިވުމާ ގުޅިގެން ވަރަށް ގިނަ އަދަދަކަށް ބައި އިލެކްޝަންތައް އަންނަނީ ބާއްވަމުންނެވެ. އަދި މިކަމަށް އެކަށީގެންވާ އެއްބާރުލުމެއް ނުލިބުނު ނަމަވެސް އިންތިޚާބުތައް ބޭއްވުމަށް ބޮޑު ޚަރަދެއް ހިނގައެވެ. އެހެންކަމުން މި ޚަރަދުތައް ކުޑަ ކުރުމަށްޓަކައި ޤާނޫނެއްގެ ތެރެއިން ކޮންމެ 6 މަހަކުން އިންތިޚާބުތައް ބާއްވާގޮތަށް ހަމަޖެއްސޭތޯ މަސައްކަތް ކުރަމުން އަންނަކަމަށްވެސް ޒާހިރު ވިދާޅުވިއެވެ.

ޒާހިރު އިތުރަށް ވިދާޅުވީ ޑަބްލިއުޑީސީގެ މެމްބަރުންނަށް އެލަވަންސެއްވެސް ކަނޑައަޅާފައި އޮތް ނަމަވެސް ކޮންމެ މަހަކު މެމްބަރުންތަކެއް މަޤާމުން ވަކިވާ ކަމަށެވެ. އެއީ ސީދާ އެފަރާތްތަކުގެ ދައުރު އޮންނަގޮތުން ކަމެއް ނުވަތަ އެހެން ސަބަބަކާހުރެ ކަމެއް ސާފުނުވާކަން ފާހަގަކުރައްވައި ޒާހިރު ވިދާޅުވީ މިކަމުގެ ސަބަބު ދެނެގަތުމަށް މިހާރު ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ކަމަށެވެ.

ޑަބްލިއުޑީސީ

އެންމެ ހިނގާ

1

އައިޖީއެމްއެޗާއި ދަރުމަވަންތަ ހޮސްޕިޓަލުގެ 360 އަށް ވުރެ ގިނަ މުވައްޒަފުން ސޮއިކޮށް ރައީސް މުއިއްޒުއަށް ޕެޓިޝަނެއް ހުށަހަޅައިފި

2

ކެބިނެޓްގައި ހޭދަކުރި ދުވަސްވަރު ރަސްމާލެ ޕްރޮޖެކްޓާ ގުޅުންހުރި އެއްވެސް ކަމެއް ހިއްސާކޮށްފައެއް ނެތް، އޭރު ވެސް އަނެއްކާ އެހާ ސިއްރިޔާތުގައި ގެންގޮސްފައި އޮތީތޯ؟: ޚަލީލު

3

ރަސްމާލޭގެ މަޝްރޫއާ ގުޅިގެން ޒަރިޔަންދުގެ ވަރުގަދަ ރައްދެއް ރައީސް ނަޝީދަށް!

4

ރާއްޖެ ބަނގުރޫޓުވުމުން ސަލާމަތްކުރުމަށް، ބޭރުގެ އެހީއަށް ފިނޭންސް މިނިސްޓަރު ޒަރީރު އެދިވަޑައިގަންނަވައިފި!

5

ރަސްމާލެ ހިއްކުމުގެ ހަރަދުތަކުގެ ތަފްސީލު ސާފުނުވެ އުޅެނިކޮށް، މެންބަރު އަޝްރަޤް ވިދާޅުވީ ހިއްކުމަށް ޚަރަދު ވަނީ 700 މިލިއަން ޑޮލަރު ކަމަށް!

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
05 ސެޕްޓެމްބަރު 2025

ޑަބްލިއުޑީސީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި

05 ސެޕްޓެމްބަރު 2025
ޑަބްލިއުޑީސީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި
22 ޑިސެމްބަރު 2023

ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން - އޮބްޒާވަރުން، މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އިތުރު ވަގުތު ދީފި

22 ޑިސެމްބަރު 2023
ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން - އޮބްޒާވަރުން، މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އިތުރު ވަގުތު ދީފި
25 ޖޫން 2023

ޑަބްލިޔުޑީސީ އާ މެދު ރައްޔިތުން ދެކެމުން އައި ނުރަނގު ގޮތްތައް މިހާރު ބަދަލުކުރެވިއްޖެ

25 ޖޫން 2023
ޑަބްލިޔުޑީސީ އާ މެދު ރައްޔިތުން ދެކެމުން އައި ނުރަނގު ގޮތްތައް މިހާރު ބަދަލުކުރެވިއްޖެ
21 މެއި 2023

ޑަބްލިއުޑީސީތަކުން އިސްތިއުފާދިނުން އިތުރުވަނީ، ކީއްވެ؟

21 މެއި 2023
ޑަބްލިއުޑީސީތަކުން އިސްތިއުފާދިނުން އިތުރުވަނީ، ކީއްވެ؟
20 މެއި 2023

ޑަބްލިއުޑީސީން އިސްތިއުފާދޭ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރު: އިލެކްޝަން

20 މެއި 2023
ޑަބްލިއުޑީސީން އިސްތިއުފާދޭ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރު: އިލެކްޝަން
11 މެއި 2023

އަންހެނުންގެ ކޮމިޓީ ބައި އިލެކްޝަން: ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

11 މެއި 2023
އަންހެނުންގެ ކޮމިޓީ ބައި އިލެކްޝަން: ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
22 ޑިސެމްބަރު 2022

ޑަބްލިއުޑީސީގެ ބައި އިލެކްޝަން އަހަރަކު އެއް ފަހަރު ބޭއްވުމާ ގުޅޭ ޤަވާއިދަށް އަމަލުކުރަން ފަށައިފި

22 ޑިސެމްބަރު 2022
ޑަބްލިއުޑީސީގެ ބައި އިލެކްޝަން އަހަރަކު އެއް ފަހަރު ބޭއްވުމާ ގުޅޭ ޤަވާއިދަށް އަމަލުކުރަން ފަށައިފި
02 ނޮވެމްބަރު 2022

ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން މަޖިލީހުން ފާސްކޮށްފި

02 ނޮވެމްބަރު 2022
ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން މަޖިލީހުން ފާސްކޮށްފި
15 ސެޕްޓެމްބަރު 2022

އޮކްޓޯބަރު މަހުގައި 7 ބައި އިލެކްޝަނެއް ބާއްވާނެ

15 ސެޕްޓެމްބަރު 2022
އޮކްޓޯބަރު މަހުގައި 7 ބައި އިލެކްޝަނެއް ބާއްވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް