Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުއިނގިރޭސި އެފްއޭ ކަޕް

ޗެސްޓާފީލްޑް ބަލިކޮށް ޗެލްސީ ހަތަރުވަނަ ބުރަށް

9 ޖެނުއަރީ 2022 | އާދީއްތަ 03:53

ކޭމްބްރިޖުން ވަނީ ނިއުކާސަލް މި މުބާރާތުން ކަޓުވާލާފައި

އިސްމާޢީލް ޝާހް
އިސްމާޢީލް ޝާހް | 9 ޖެނުއަރީ 2022 | އާދީއްތަ 03:53
ޗެލްސީ އާއި ޗެސްޓާފީލްޑް ބައްދަލުކުރި މެޗުގެ ތެރެއިން

ޗެލްސީ އާއި ޗެސްޓާފީލްޑް ބައްދަލުކުރި މެޗުގެ ތެރެއިން

އިނގިރޭސި އެފްއޭ ކަޕުގެ ތިންވަނަ ބުރުގައި ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އިނގިރޭސި ފަސްވަނަ ޑިވިޝަނުގައި ވާދަކުރަމުން އަންނަ ޗެސްޓާފީލްޑް ބަލިކޮށް މުބާރާތުގެ ހަތަރުވަނަ ބުރަށް ޗެލްސީ ދަތުރުކޮށްފިއެވެ.

އަމިއްލަ ދަނޑުގައި ކުޅުނު މެޗުން ޗެލްސީ މޮޅުވީ ޗެސްޓާފީލްޑް އަތުން ފަސޭހަކަމާއެކު 5-1 ގެ ނަތީޖާއަކުންނެވެ.

މި މެޗުގައި ޗެލްސީން މޮޅު ކުޅުމެއް ދެއްކިއިރު، މެޗުގެ ފުރަތަމަ ހާފުގައި އެ ޓީމުން ވަނީ ހަތަރު ލަނޑުގެ ލީޑެއް ނަގާފައެވެ. އެގޮތުން މެޗު ފަށައިގެން ހަވަނަ މިނެޓުގައި ޓިމޯ ވާނާ ޗެލްސީއަށް ލީޑު ނަގައިދިންއިރު، މެޗުގެ 18 ވަނަ މިނެޓުގައި ކަލުމް ހަޑްސަން-އޮޑޯއި ވަނީ ލަނޑެއް ޖަހައި، އެ ޓީމުގެ ލީޑު ފުޅާކޮށްދީފައެވެ.

އޭގެ ދެ މިނެޓު ފަހުން ރޮމެލޫ ލުކާކޫ ޗެލްސީގެ ތިންވަނަ ލަނޑު ކާމިޔާބުކޮށްދިންއިރު، ފުރަތަމަ ހާފު ނިމުމުގެ ކުރިން ޗެލްސީގެ ހަތަރުވަނަ ލަނޑު ޖަހައިދިނީ އަންޑްރެއަސް ކްރިސްޓެންސަންއެވެ. އަދި މި މެޗުގެ ދެވަނަ ހާފުގެ ކުރީކޮޅު ޕެނަލްޓީއަކުން ހަކީމް ޒިޔެކް ޗެލްސީގެ ފަސްވަނަ ލަނޑު ޖެހިއިރު، މެޗުގައި ޗެސްޓާފީލްޑުން ކާމިޔާބުކުރި ހަމައެކަނި ލަނޑު މެޗު ނިމެން 10 މިނެޓަށް ވެފައި ވަނިކޮށް ކާމިޔާބުކޮށްދިނީ އަކްވާސޭ އަސާންޓީއެވެ.

މި މެޗުން މޮޅުވެ އެފްއޭ ކަޕުގެ ހަތަރުވަނަ ބުރަށް ޗެލްސީ ދަތުރުކުރިއިރު، ހޮނިހިރު ދުވަހުގެރޭ ކުޅުނު މެޗުން އިނގިރޭސި ތިންވަނަ ޑިވިޝަނުގެ ކޭމްބްރިޖް ޔުނައިޓެޑުން ވަނީ 1-0 ގެ ނަތީޖާއަކުން ދުނިޔޭގެ އެންމެ މުއްސަނދި ކުލަބު ކަމަށްވާ ނިއުކާސަލް ޔުނައިޓެޑް ބަލިކޮށް، އެ ޓީމު މި މުބާރާތުން ކަޓުވާލާފައެވެ.

އިނގިރޭސި އެފްއޭ ކަޕްޗެލްސީ

އެންމެ ހިނގާ

1

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

2

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

3

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

4

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

5

10 އަހަރު ވަންދެން ލޯބީގެ ގޮތުން ގުޅިގެން އުޅުމަށް ފަހު، ރޮނާލްޑޯ އާއި ޖޯޖީނާ ކައިވެނިކޮށްފި

އިތުރަށް ކިޔާލަން

17 ޑިސެމްބަރު 2025

ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް

17 ޑިސެމްބަރު 2025
ފަހު ވަަގުތު މޮޅުވެ، ޗެލްސީ ސެމީ ފައިނަލަށް
10 ޑިސެމްބަރު 2025

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ
04 ޑިސެމްބަރު 2025

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
05 އޮކްޓޯބަރު 2025

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި
28 ސެޕްޓެމްބަރު 2025

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ
24 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް

24 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ލިންކަން ސިޓީ ބަލިކޮށް، ޗެލްސީ ގަދަ 16 އަށް
18 ސެޕްޓެމްބަރު 2025

ބަޔާން އިން ޗެލްސީ ބަލިކޮށްފި

18 ސެޕްޓެމްބަރު 2025
ބަޔާން އިން ޗެލްސީ ބަލިކޮށްފި
14 ސެޕްޓެމްބަރު 2025

ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި

14 ސެޕްޓެމްބަރު 2025
ފަހަތުން އަރައި ބްރެންޓްފޯޑް އިން ޗެލްސީ ހިފަހައްޓައިފި
31 އޯގަސްޓު 2025

ޗެލްސީ އިން ފުލަމް ބަލިކޮށްފި

31 އޯގަސްޓު 2025
ޗެލްސީ އިން ފުލަމް ބަލިކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް