Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެއިރާގުގެ ގާނޫނުހަދާ މަޖިލީހުގެ ބައްދަލުވުން

އިންތިޚާބަށް ފަހު އިރާގުގެ ގާނޫނު ހަދާ މަޖިލީސް ފުރަތަމަ ފަހަރަށް އެއްވަނީ

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހުންތަކެއް ވަނީ ފާޅުކޮށްފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 9 ޖެނުއަރީ 2022 | އާދީއްތަ 04:08
އިރާގުގެ ގާނޫނުހަދާ މަޖިލިސް

އިރާގުގެ ގާނޫނުހަދާ މަޖިލިސް

މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބަށްފަހު އަލަށް އިންތިޚާބުވި މެމްބަރުންނާއެކު ފުރަތަމަ ބައްދަލުވުން ބޭއްވުމަށް އެޖެންޑާކޮށްފިއެވެ.

އިރާގުގެ ގާނޫނު ހަދާ މަޖިލީހުގެ އިންތިޚާބުގެ ނަތީޖާއާ މެދު ހިތްހަމަނުޖެހުންތަކެއް ވަނީ ފާޅުކޮށްފައެވެ. އާންމު ގޮތެއްގައި އައު މަޖިލީހުގެ ފުރަތަމަ ޖަލްސާގައި އޮންނަނީ މަޖިލީހުގެ ރައީސް އާއި ދެ ނާއިބުރައީސުން ކަނޑައެޅުމެވެ. އެގައުމުގެ ކައުންސިލް އޮފް ރެޕްރެޒެންޓޭޓިވް އިން ނެރުނު އެޖެންޑާގައި އާދިއްތަ ދުވަހު އޮންނަ ޖަލްސާއަށް އެޖެންޑާކޮށްފައިވަނީ ރައީސް އާއި ދެ ނާއިބުރައީސް އަށް ނަންތައް ނޮމިނޭޓްކުރުމެވެ. އެހެންކަމުން އަދި އެޖަލްސާއިން އެމަގާމުތަކަށް އަންނާނީ ކޮން ބައެއްކަމެއް ސާފެއްނުވާނެއެވެ.

އިރާގުގެ އިލެކްޓޯރަލް ކޮމިޝަނުން ވަނީ އިރާގުގެ ގާނޫނު ހަދާ މަޖިލީހުގައި ހުންނެވި އެންމެ އުމުރުން މަތީ މެމްބަރުކަމުގައިވާ މަހުމޫދް އަލް މަޝައްދާނީ ފުރަތަމަ ޖަލްސާގެ ރިޔާސަތު ބެލެހެއްޓެވުމަށް އަންގަވާފައެވެ. އެއީ އިރާގުގެ ގާނޫނު އަސާސީއާ އެއްގޮތްވާ ގޮތުގެމަތިންނެވެ.

އިރާގުގެ ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބުގައި އެއްވެސް ބަޔަކަށް މެޖޯރިޓީ ލިބިފައިނުވެއެވެ. އެހެންކަމުން ފުރަތަމަ ޖަލްސާގެ ކަންކަން ދާނީ ވަރަށް އަމާންކޮށް ކަމަށް ދިރާސާކުރާ ފަރާތްތަކުން ބުނެއެވެ.

މިދިޔަ އަހަރު ބޭއްވި ގާނޫނުހަދާ މަޖިލީހުގެ އިންތިޚާބަކީ އިރާގުގެ ކުރީގެ ރައީސް ސައްދާމް ހުސައިނުގެ ވެރިކަން ނިމުނުފަހުން އެގައުމުގައި ބޭއްވި އިންތިޚާބެއްގައި އެންމެ މަދުން މީހުން ވޯޓުލާން ނިކުތް އިންތިޚާބެވެ. މިއިންތިޚާބުގައި ވޯޓުލާން ނިކުމެފައިވަނީ 44 އިންސައްތަ މީހުންނެވެ. އިންތިޚާބުގެ ނަތީޖާ ދައްކާގޮތުން ގާނޫނު ހަދާ މަޖިލީހުގެ 329 ގޮނޑީގެ ތެރެއިން 73 ގޮނޑި ކާމިޔާބުކޮށްފައިވަނީ ޝީއީ ލީޑަރެއް ކަމުގައިވާ މުގްތަދާ އަލް ޞަދްރުގެ ޕާޓީންނެވެ.

އިންތިޚާބުގައި އިރާނުން ތާއީދުކުރާ ފާތިހު އެލައަންސަށް ކުރިމަތިވި ނާކާމިޔާބީއާއެކު އިންތިޚާބާމެދު އެމީހުން ވަނީ ސުވާލުތައް ފެންމަތިކޮށްފައެވެ. އެމީހުންނަށް ލިބިފައިވަނީ 17 ގޮނޑިއެވެ. އެހަމަނުޖެހުންތަކަށް ނިމުން އައިސްފައިވަނީ ޑިސެމްބަރ މަސް ނިމެންދަނިކޮށް އެގައުމުގެ ސްޕްރީމް ކޯޓުން ފައިނަލް ނަތީޖާއަކީ އެއީ ކަމަށް ކަނޑައެޅުމުންނެވެ.

މިއާއެކު އަދިވެސް އިރާގުގައި އަލަށް އެކުލަވާލާނެ ސަރުކާރެއް އޮންނާނެ ގޮތަކާމެދު ވަނީ ޚިޔާލުތަފާތުވުންތައް އުފެދިފައެވެ.

އިރާގު

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ސާލިހް

14 ޑިސެމްބަރު 2025
އދ ގެ ރެފިއުޖީންގެ ހައި ކޮމިޝަނަރަކަށް އިރާގުގެ ކުރީގެ ރައީސް ސާލިހް
14 އޮކްޓޯބަރު 2024

އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް

14 އޮކްޓޯބަރު 2024
އިޒްރޭލުން އީރާނަށް ހަމަލާދޭން އިރާޤުގެ ވައިގެ ސަރަހައްދު 'ލޯންޗު ޕެޑް' އެއްގެ ގޮތުގައި ބޭނުންކުރުމާ ދެކޮޅު: އިރާޤުގެ ރައީސް
27 އެޕްރީލު 2024

ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!

27 އެޕްރީލު 2024
ކުޑައިރުގެ ހުވަފެންތަކުގައި ކުލަޖައްސަން، ޔުނިވަރސިޓީ ޕްރޮފެސަރު ދަނޑުވެރިކަމަށް!
02 އެޕްރީލު 2024

ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!

02 އެޕްރީލު 2024
ހަނގުރާމައިގެ ކަށިކުނބުރު ޖަންގައްޔަކަށް ވި ޢިރާޤުގެ ދަނޑުވެރިން، ކަށިކުންނާރު ދަނޑުތަކަށް!
21 މާރިޗު 2024

"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."

21 މާރިޗު 2024
"ކެންސަރުގެ ވޭނީ ދަތުރުގަ ނުރޯށޭ ނުބުނެ، ތަދުވާނޭ، އެހެނަސް ކެތްކޮށްލާނީއޭ މީހަކު ބުނިނަމަ..."
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު