Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިއާ އައުޓް ކެމްޕެއިން

އިދިކޮޅު މުޒާހަރާ: ދެމީހެއް ފިޔަވައި އެންމެން ދޫކޮށްލައިފި

8 ޖެނުއަރީ 2022 | ހޮނިހިރު 08:18

ދެމީހުންގެ ތެރެއިން އެކަކަކީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ މުދަލަށް ގެއްލުން ދިން ކަމަށް ތުހުމަތު ކުރެވޭ މީހެއް

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 8 ޖެނުއަރީ 2022 | ހޮނިހިރު 08:18
އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން

އިންޑިއާ އައުޓް ކެމްޕެއިންގެ ތެރެއިން

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން އިންޑިއާ އައުޓް ކެމްޕޭން ހުކުރު ދުވަހު ހަވީރު ކުރިއަށް ގެންގޮސްފައިވާއިރު މި މުޒާހަރާގެ ތެރެއިން 29 މީހުން ވަނީ ފުލުހުންގެ ބެލުމުގެ ދަށަށް ގެންގޮސް 2 މީހަކު ފިޔަވައި އެންމެން ދޫކޮށްލައިފިއެވެ.

ރާއްޖެއެމްވީއަށް މައުލޫމާތު ދެމުން ފުލުހުން ބުނީ ހުކުރު ދުވަހުގެ ރޭ ދެމީހަކު ފިޔަވާ ހައްޔަރުކުރި އެންމެން ދޫކޮށްލާފައިވާ ކަމަށެވެ. އަދި ބަންދުގައި ތިބި ދެ މީހުންގެ ތެރެއިން އެކަކަކީ ފުލުހުންގެ އަމުރަށް ނުކިޔަމަންތެރިވެ، ފުލުހުންނަށް ހަމަލާދީ، ފުލުހުންގެ ދައުރު އަދާކުރުމަށް ހުރަސްއަޅައި އެކަމަށް ހިތްވަރުދީ އެކަން ރާވާ ހިންގުމުގައި އިސްކޮށް ހަރަކާތްތެރިވަމުންދާކަމަށް ތުހުމަތު ކުރެވޭ ދިވެހި ފިރިހެނެއް ކަމަށެވެ. ދެވަނަ މީހަކީ ފުލުހުންގެ ދައުރު އަދާކުުރުމަށް ހުރަސްއަޅައި ފުލުހަކަށް ހަމަލާދީ މާރާމާރީ ހިންގައި ފުލުހުންގެ ވެހިކަލްއަށް ގެއްލުންދިން ކަމުގެ ތުހުމަތުގައި ހައްޔަރުކޮށްފައިވާ އަންހެނެއް ކަމަށެވެ.

Advertisement - newsAdvertisement

އިދިކޮޅު ކޯލިޝަނުން ކޮންމެ ހަފުތާއަކު ކަހަލަ ގޮތަކަށް އަންނަނީ މި ކެމްޕޭން ހިންގަމުންނެވެ. އަދި އިންޑިއާ މިލިޓަރީ އައުޓް ޖަހާފައިވާ ޓީޝާޓުތައް ސަޕޯޓަރުން ލައިގެން ތިބޭއިރު އިންޑިއާ އައުޓް ލިޔެފައިވާ ދިދަތައް ވެސް ޝުއޫރު ފާޅުކުރުމަށްޓަކައި ބޭނުން ކުރެއެވެ.

ރާއްޖޭގައި ތިބިކަމަށްބުނާ އިންޑިއާ ސިފައިން ބޭރުކުރުމަށް ގޮވާލައި އިދިކޮޅު ޕީޕީއެމުން ފަށާފައިވާ ހަރަކާތްތަކުގައި ބޭނުންކުރާ "އިންޑިއާ އައުޓް" ޖެހި ޓީޝާޓް ނުލާން ފުލުހުން އަންގި ކަމަށް އިދިކޮޅުން މީގެ ކުރިން ވަނީ ބުނެފައެވެ. ނަމަވެސް ފުލުހުން ވަނީ އެ ވާހަކަތައް ދޮގުކޮށްފައެވެ

އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަންގެ ލީޑަރު ރައީސް ޔާމީން މިނިވަންވެވަޑައިގެންނެވި ފަހުން ކުރިއަށްވުރެ ބޮޑަށް އިންޑިއާ އައުޓް ކެމްޕެއިން ކުރިއަށްގެންދެއެވެ. އެގޮތުން އެމަނިކުފާނު އިސްވެ ހުންނަވައި އަތޮޅުތެރޭގައި ވެސް މި ކެމްޕެއިން ކުރިއަށް ގެންގޮސްފައިވެއެވެ. އަދި އިންޑިއާ އައުޓްގެ ނަމުގައި ޕެޓިޝަނެއްގައި ސޮއިކުރުންވެސް ކުރިއަށްގެންގޮސްފައިވާއިރު މި ޕެޓިޝަންގައި ބުނަނީ މި ސަރުކާރުން އިންޑިއާއާއެކު ސިއްރު އަސްކަރީ އެއްބަސްވުންތަކެއްގައި ސޮއިކުރަމުން ގެންދާ ކަމަށެވެ. އަދި ގާނޫނުއަސާސީއާ ޚިލާފަށް ރާއްޖޭގެ ތަންތަން އިންޑިއާއަށް ދޫކޮށްފައިވާ ކަމަށެވެ

މި ކެމްޕެއިނާއި ގުޅިގެން ސަރުކާރުން ބުނީ ރާއްޖެއާ ދޭދޭ ގައުމުތަކުގެ މެދުގައި އޮންނަ ގުޅުންތަކާ ގުޅޭގޮތުން ފިތުނަ އުފައްދައި ގޯސް ތުހުމަތުތަކެއް ފެތުރުމަކީ، ރާއްޖެއަށް އަބަދުވެސް އެހީތެރިވެދޭ އަވަށްޓެރި ގާތް އެކުވެރި ގައުމުތަކާމެދު އޮންނަ ބަދަހި ގުޅުންތަކަށް ނޭދެވޭ އަސަރު ކުރާނެ ކަމެއް ކަމަށެވެ.

ސަރުކާރުން ބުނީ ރާއްޖެއިން ޒަމާންވީ ބަދަހި ގުޅުންތައް ބާއްވަމުން އަންނަ ގައުމުތަކާ ދެމެދު އޮންނަ ގުޅުމަކީ ގައުމުތަކުގެ ދެމެދުގައި އޮންނަ އިހުތިރާމާއި ރާއްޖޭގެ ގާނޫނުތަކާއި އެއްގޮތަށް މި ސަރުކާރުން ނަގަހައްޓާނޭ ގުޅުންތަކެއްކަމަށެވެ. އަދި އެފަދަ ގުޅުންތަކުގެ ސަބަބުން ރާއްޖޭގެ ސިޔާދަތާއި މިނިވަންކަމާއި ސަރަހައްދީ ރައްކާތެރިކަމަށް ނުރައްކަލެއް ނުވާނެ ކަމަށާއި، އޭގެ ބަދަލުގައި އެފަދަ ގުޅުންތަކުގެ ސަބަބުން ރާއްޖެއަށް ފައިދާވެ، އެ ފައިދާތައް ރާއްޖޭގެ ރައްޔިތުންނަށް ވެސް ލިބިގެންދާނެ ކަމަށެވެ. 

އިންޑިއާ އައުޓްޕީ.ޕީ.އެމް-ޕީ.އެން.ސީ ކޯލިޝަން

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

30 ޖޫން 2026

ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި

30 ޖޫން 2026
ޕީއެންސީގެ ރަޖިސްޓްރާ ކަމުގެ މަގާމުން އިލެކްޝަންސް ކޮމިޝަންގެ ރައީސް ކަމުގެ މަގާމަށް ޝަކީލް އައްޔަން ކުރަން މަޖިލީހުން ފާސްކޮށްފި
06 ޖޫން 2026

ފިޗް ރޭޓިންގ ގައި ދަށްވެފައި އޮތީ ކުރީ ސަރުކާރުގެ ސަބަބުން: މުންދު

06 ޖޫން 2026
ފިޗް ރޭޓިންގ ގައި ދަށްވެފައި އޮތީ ކުރީ ސަރުކާރުގެ ސަބަބުން: މުންދު
05 ފެބުރުއަރީ 2026

މުއިއްޒޫ، ތިޔޭ އެއްކަލަ!. ހަމަ މޮޅު އެއްޗެއް އަނެއްކާވެސް ބުނެލީ

05 ފެބުރުއަރީ 2026
މުއިއްޒޫ، ތިޔޭ އެއްކަލަ!. ހަމަ މޮޅު އެއްޗެއް އަނެއްކާވެސް ބުނެލީ
30 ޖެނުއަރީ 2026

ބޮޑު ވަޒީރު މޯދީ ރައީސް މުއިއްޒު އަށް ޝުކުރު އަދާ ކުރައްވާ ކުރެއްވި ޕޯސްޓެއް، އޭއައި ގްރޮކް އިން ތަރުޖަމާ ކޮށް އާންމު ކުރި އިރު އޮންނަނީ މި ސަރުކާރުގައި ތިބީ އިންޑިއާ އާ ދެކޮޅު ހަރަކާތުގައި ކުރީ ސަފުގައި ތިބި މީހުން ކަމަށް!

02 ޖެނުއަރީ 2026

އެއަރޕޯޓް ވިއްކާލި ކަމަށް ބުނެ ބަޣާވާތް ކުރި މީހުން، އުނބަށްޖަހާ އަނެއްކާ އެއްކަލަ އައުޓް ކުރަން އުޅުނު އިންޑިއާ ގެ ފައިބުޑަށް!

02 ޖެނުއަރީ 2026
އެއަރޕޯޓް ވިއްކާލި ކަމަށް ބުނެ ބަޣާވާތް ކުރި މީހުން، އުނބަށްޖަހާ އަނެއްކާ އެއްކަލަ އައުޓް ކުރަން އުޅުނު އިންޑިއާ ގެ ފައިބުޑަށް!
18 އޯގަސްޓު 2025

މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި

18 އޯގަސްޓު 2025
މަޖިލިހުގައި ފޮރިން މިނިސްޓަރ ދޮގު ހެއްދެވި މައްސަލަ ހުށަހަޅައިފި
17 ޖުލައި 2025

ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް

17 ޖުލައި 2025
ތަކެތީގެ އަގު އިންތިހާއަށް މައްޗަށް ގޮސް ރައްޔިތުން ހަނާވާއިރު، ވަކި މީހަކު ރުއްސަން މޮޅު ވާހަކަ ދެއްކިޔަސް ރައްޔިތުން ގަބޫލެއް ނުކުރާނެ: އައްބާސް
29 ޖެނުއަރީ 2025

ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް

29 ޖެނުއަރީ 2025
ފައިސަލްގެ މަޤާމު ގެއްލުވާލީ އަބްދުއްރަހީމް ނިކަމެތި ކޮށްލުމުގެ ބޭނުމުގައި: އަހުމަދު ހަލީމް
24 ޑިސެމްބަރު 2024

އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި

24 ޑިސެމްބަރު 2024
އިންޑިއާގެ ލޭބަރުންތަކެއް ހާލުގައި ޖައްސައިފި
24 ޑިސެމްބަރު 2024

ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި

24 ޑިސެމްބަރު 2024
ޓޫރިޒަމް އިންޑަސްޓްރީއަށް އަމާޒުކޮށް އެމްޑީޕީން ޓެރަރިސްޓް ހަމަލާއެއް ދޭން އުޅޭ ކަމަށް ވިދާޅުވި ނިހާދު ސަސްޕެންޑުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް