Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެކޮމަންޑޫ ދާއިރާގެ އެމްޑީޕީ ކެމްޕެއިން ލޯންޗުކުރުން

އެމްޑީޕީ އަކީ ރައްޔިތުންނަށް ލިބިފައި އޮތް ހެލްޕުލައިން، ކަމަކަށް އެދި ގޮވާލާއިރު އޮންނަނީ އެމްޑީޕީ: ޝިފާޒު

8 ޖެނުއަރީ 2022 | ހޮނިހިރު 06:11

ފާއިތުވި ދުވަސްތަކުގައި އެތައް ސަރުކާރުތަކެއް އައިސްފައިވާއިރު އެމްޑީޕީ ނޫންބަޔަކު ކޮމަންޑޫ އަށް ތަރައްގީ ގެނެސްފައި ނުވާކަމަށް ޝިފާޒު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 8 ޖެނުއަރީ 2022 | ހޮނިހިރު 06:11
އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު

އެމްޑީޕީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު

އެމްޑީޕީއަކީ ރައްޔިތުންނަށް ލިބިފައި އޮތް ހެލްޕުލައިނެއް ކަމަށާއި ރައްޔިތުން ކަމަކަށް އެދި ގޮވާލާއިރު އޮންނަނީ އެމްޑީޕީ ކަމަށް އެޕާޓީގެ ނައިބު ރައީސް މުހައްމަދު ޝިފާޒު ވިދާޅުވެއްޖެއެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި އެމްޑީޕީން ވާދަކުރާ ކެންޑިޑޭޓް ރަސްމީކޮށް ތަޢާރަފު ކުރުމަށް ކޮމަންޑޫގައި ރޭ ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން ޝިފާޒު ވަނީ އެމްޑީޕީން ފާއިތުވި 15 އަހަރުތެރޭގައި ރައްޔިތުންގެ ދިރިއުޅުން ބަދަލު ކުރުމަށް ވެފައިވާ ވައުދުތަކާއި ހާސިލުކޮށްފައިވާ ކަންކަމުގެ މައްޗަށް އަލިއަޅުވާލައްވާ ވާހަކަ ދައްކަވާފައެވެ. އެގޮތުން މީގެ ކުރިން ފޮތްފަންސުރަށް ސަލާންޖެހުމާއި ޔުނިފޯރމް ނުހޯދިގެން ދަރިން ސްކޫލަށް ނުފޮނުވިގެން އުޅުނު ބެލެނިވެރިންނަށް އެކަންކަން ހިލޭ ކޮށްދިނުމަށް ވަކާލާތު ކޮށްދިނީ އެމްޑީޕީން ކަމަށް ޝިފާޒު ވިދާޅުވިއެވެ. އޭގެ 15 އަހަރު ފަހުން މިއަދު ހިލޭ ޑިގްރީއަށް ކިޔެވެމުން ދާކަމަށް ޝިފާޒު ވިދާޅުވިއެވެ.

Advertisement - newsAdvertisement

މީގެކުރިން ފެނާއި ނަރުދަމާގެ ވާހަކަ އެހެން ބަޔަކު ނުދައްކާ ކަމަށާއި އެމްޑީޕީ ނޫނަސް ރާއްޖޭގައި ސިޔާސީ ޕާޓީތައް އުފެދިފައިވާކަމަށް ޝިފާޒު ވިދާޅުވިއެވެ. ނަމަވެސް އެމްޑީޕީއަކީ އަބަދުވެސް ރައްޔިތުންގެ ހައްގުގައި ކަންކަމުގައި ވަކާލާތު ކުރަމުން އައި ޕާޓީއެއް ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ފާއިތުވި ދުވަސްތަކުގައި އެތައް ސަރުކާރުތަކެއް އައިސްފައިވާއިރު އެމްޑީޕީ ނޫންބަޔަކު ކޮމަންޑޫ އަށް ތަރައްގީ ގެނެސްފައި ނުވާކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ މިދިޔަ 15 އަހަރު ދުވަހުގެ ތެރޭގައި ރައްޔިތުންނަށް ދިމާވި ކަންކަން އެމްޑީޕީ ނޫން ބަޔަކު ހައްލުކޮށްދީފައި ނުވާކަމަށެވެ. ހައްގުގެ ވާހަކަތަކާއި ބޮޑު ހިލައިގެ ވާހަކަތައްވެސް ދެއްކިދާނެ ކަމަށާއި ނަމަވެސް އަދިވެސް ރާއްޖޭގެ ރައްޔިތުންނަށް ކަމެއް ކޮށްދިން ބަޔަކު އެމްޑީޕީ ނޫނީ ނެތްކަމަށް ޝިފާޒު ވިދާޅުވިއެވެ. އަދި މިއަދު ލޯންޗު ކުރެވިގެންދާ ކެމްޕެއިނަކީ ހަމައެކަނި ރާޝިދުގެ ކެމްޕެއިން ނޫންކަމަށް ޝިފާޒު ވިދާޅުވިއެވެ.

މިއީ އެމްޑީޕީގެ ހަޔާތަށް ވަރަށް މުހިންމު ވަގުތެއްކަމަށް ޝިފާޒު ވިދާޅުވިއެވެ. އައްޑޫ ސިޓީން ފެށިގެން ހއ އަތޮޅާ ހަމައަށް ތަަރައްގީގެ މަޝްރޫޢުތައް މިއިން ދުވަހަކު ނުހިނގާ ވަރަށް ހިނގަމުންދާ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

ޝިފާޒު ވިދާޅުވީ ބައި އިލެކްޝަންގައި ވާދަކުރާ އެހެން ކެންޑިޑޭޓަކު އެއީ ސަރުކާރުގެ ކެންޑިޑޭޓު ކަމަށް ވިދާޅުވެ ސަރުކާރުން ވެފައިވާ ވައުދުތައް ފުއްދޭނޭ އެކެންޑިޑޭޓަށް ކަމަށް ވިދާޅުވާކަމަށެވެ. ނަމަވެސް ސަރުކާރު ކެންޑިޑޭޓަކީ އެމްޑީޕީގެ ކެންޑިޑޭޓު ކަމަށް ޝިފާޒު ވިދާޅުވިއެވެ.

އަދި އިންޑިޔާ އައުޓު ނަމުގައި ރައީސް ޔާމީން އިސްވެ ހުންނަވާ ކުރިޔަށް ގެންދަވާ ހަރަކާތަށް އިޝާރާތް ކުރައްވާ ޝިފާޒު ވަނީ ޑްރަގް ވަންނަ ދޮރުތައް ބަންދު ކުރުމަކީ އެމްޑީޕީން އަބަދުވެސް ކުރަމުން އަންނަ ކަމެއްކަމަށާއި އެކަމާ ކޯފާވެ ވަޑައިގެން ނޫޅުއްވުމަށެވެ. ޔާމީނަށް އެޖާގަ ނުދެއްވާނެ ކަމަށް ޝިފާޒު ވިދާޅުވިއެވެ.

އެމްޑީޕީމުހައްމަދު ޝިފާޒްކޮމަންޑޫ ބައި އިލެކްޝަން

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ޓްރަމްޕް ފަދަ ރައީސްއަކާ އީރާން އަށް ކުރިމަތިލާާން ޖެހިފައި ނުވޭ، އީރާންގެ ވެރިކަން ބަދަލުވާން ޖެހޭ: ރޫބިއޯ

3

ޚާމަނާއީ އަވަހާރަކޮށްލި ހާދިސާއަށްފަހު ފުރަތަމަ ހިނގި ކަންތައްތަކުގެ ތަފުސީލު ޣާލީބާފް ހާމަކުރައްވައިފި

4

އިދިކޮޅުން ދޭ އިންޒާރުތަކަކީ ހަގީގީ ނުރައްކަލުގެ ގޮތުގައި ބަލާނަން: އީރާންގެ ވަގުތީ ޑިފެންސް މިނިސްޓަރު

5

އީރާނުގެ ހަމަލާތަކުން އިސްރާއީލު ދިފާއުކުރެވޭނެ ގާބިލުކަމެއް އެމެރިކާ އަކު ނެތް ކަމަށް އެމެރިކާގެ އިސް ކޮމާންޑަރަކު ވިދާޅުވެއްޖެ

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
07 ޑިސެމްބަރު 2025

މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް

07 ޑިސެމްބަރު 2025
މި ސަރުކާރަކީ ރައްޔިތުންގެ ނިކަމެތިކަމުގެ "އެޑްވާންޓޭޖް" އިންތިހާ އަށް ނަގާ ސަރުކާރެއް: ޝިފާޒް
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް