Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީ

ދަރިވަރުންނާއި ޓީޗަރުންނަށް ރިސޯސަސް އިތުރުކުރުމުގެ ޕްރޮގްރާމްތައް ހިންގާނަން: މިނިސްޓަރ

ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ސަރުކާރުގެ ދެ ޔުނިވަރސިޓީ ގަޔާއި ޕްރައިވެޓް ކޮލެޖްތަކުގައި ޖޭއެސް ސްޓޯރ ލައިބްރަރީތައް ގާއިމުކުރެވިފައިވޭ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ, ރާއްޖެ އެމްވީ | 8 ޖެނުއަރީ 2022 | ހޮނިހިރު 04:31
ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަނީ

ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ފަލަސުރުޚީ ޕްރޮގްރާމްގައި ވާހަކަފުޅު ދައްކަވަނީ

ދަރިވަރުންނާއި ޓީޗަރުންނަށް އުނގެނުމުގައްޔާއި އުނގަންނައިދިނުމުގައި އިތުރު ރިސޯސަސްތައް ހޯދައިދިނުމަށް ކުރިޔަށް އޮތްތަނުގައި މަސައްކަތްތަކެއް ކުރައްވާނެ ކަމަށް ހަޔަރ އެޑިޔުކޭޝަން މިނިސްޓަރ ޑރ އިބްރާހީމް ހަަސަން ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ "ފަލަސުރުޚީ" ޕްރޮގްރާމްގައި ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ކުރަމުން ގެންދަވާ މަސައްކަތްތަކާއި ގުޅޭގޮތުން ވާހަކަފުޅު ދައްކަވަމުން މިނިސްޓަރ ވިދާޅުވީ މިސަރުކާރުން ވަރަށް ބޮޑު އިސްކަމެއް ދީގެން ކުރާ އެއްކަމަކީ ސަރުކާރާއި ޕްރައިވެޓް ކޮލެޖް ޔުނިވަރސިޓީތަކުގައި ކިޔަވަމުންދާ ދަރިވަރުންނާއި ކިޔަވައިދިނުމުގައި ހަރަކާތްތެރިވާ ޓީޗަރުންނަށް އެހީތެރިކަން ފޯރުކޮށްދިނުމެވެ. އެގޮތުން ވަކިން ޚާއްސަކޮށް ކިޔަވައިދިނުމާއި އުނގެނުމަކީ މިނިސްޓްރީން އިސްކަމެއްދީގެން މަސައްކަތް ކުރަން ބޭނުންވާ އެއް ދާއިރާކަމުގައި މިނިސްޓަރ ވިދާޅުވިއެވެ.

އެގޮތުގެ މަތިން ޔޫއެންޑީޕީގެ އެހީތެރިކަމާއެކު ސަރުކާރުގެ ދެ ޔުނިވަރސިޓީ ގަޔާއި ޕްރައިވެޓް ކޮލެޖްތަކުގައި ޖޭއެސް ސްޓޯރ ލައިބްރަރީތައް ގާއިމުކުރެވިފައިވާކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މިކަމުގެ ސަބަބުން ދަރިވަރުންނާއި ޓީޗަރުންނަށް ވަރަށް ގިނަ އިލްމީ ފޮތްތައް ލިބިގެން ދާނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. އޮންލައިންކޮށް މިފަދަ ލައިބްރަރީ ތަކަށް ވަދެވޭނެ ގޮތް ވުމަކީ ކުދިންނާއި ޓީޗަރުންގެ ފެންވަރު ރަނގަޅުވުމަށް މަގުފަހިވާނެ ކަމެއްކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މީގެއިތުރުން މިނިސްޓަރ ވަނީ ހަޔަރ އެޑިޔުކޭޝަން މިނިސްޓްރީން ޕްރައިވެޓް ސެކްޓަރާއި ގުޅިގެން ކުރިޔަށް ގެންދާ ސްކްލިޑް ފޮރ ރިޒިލިއަންސް ޕްރޮގްރާމްގެ މައްޗަށްވެސް ވާހަކަ ދައްކަވާފައެވެ. އެގޮތުން މިޕްރޮގްރާމްގެ ޒަރީޢާއިން ޒުވާނުންނަށް ހުނަރު ދަސްވުމުގެ އިތުރުން ވަޒީފާގެ ފުރުސަތު ފަހިވެ ވަޒީފާގެ ކަށަވަރުކަން ލިބިގެންދާކަމަށް މިނިސްޓަރ ވިދާޅުވިއެވެ.

މިނިސްޓަރ ވިދާޅުވީ މިޕްރޮގްރާމް ކާމިޔާބު ޕްރޮގްރާމަކަށް ވަނީ ޕްރައިވެޓް ސެކްޓަރ އާއި ސަރުކާރު ގުޅިގެން ކުރާ މަސައްކަތުގެ ސަބަބުންކަމަށެވެ. އަދި މިޕްރޮގްރާމްގައި ބައިވެރިވާ ކޮންމެ ބައިވެރިއަކަށް 2000 ރުފިޔާގެ ޕޮކެޓް މަނީއެއް ލިބޭނެކަމަށް މިނިސްޓަރ ވިދާޅުވިއެވެ. މީގެއިތުރުން މިޕްރޮގްރާމްގައި ބައިވެރިވާ ކުދިންނަށް އިންޓަރންޝިޕް ޕްރޮގްރާމެއް ކުރިޔަށްދާނެ ކަމަށާއި އެކަމުގެ ސަބަބުން ވަޒީފާ ދޭ ފަރާތަށް އެއީ ކާކުކަން އެނގިގެންދާނެކަމަށްވެސް މިނިސްޓަރ ވިދާޅުވިއެވެ.

ހަޔަރ އެޑިއުކޭޝަން މިނިސްޓްރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

ބޭރަށް ކިޔަވަންދާ ދަރިވަރުން ކިޔަވަންދާ ގައުމެއްގައި ހުންނަ އެމްބަސީއެއްގައި ރަޖިސްޓްރީވުމަށް އިލްތިމާސްކޮށްފި

03 އޮކްޓޯބަރު 2024
ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

ދަރިވަރުން ކިޔަވަން އިސްކަން ދިނުމާއެކު، އާމްދަނީ އިތުރު ކުރެވޭނެ ގޮތަށް މަސައްކަތް ކުރަންޖެހޭ: މިނިސްޓަރު މާރިޔާ

03 އޮކްޓޯބަރު 2024
ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

ދަރިވަރުންނަށް ފައިސާ ދޫކުރުން ލަސްވުން: މިނިސްޓަރ ވިދާޅުވީ އެހެން ދިމާވަނީ ލިއެކިއުންތައް ފުރިހަމައަށް ހުށަހަޅާފައި ނުހުންނާތީކަމަށް

19 ސެޕްޓެމްބަރު 2024
މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

މިނިސްޓްރީން ފައިސާ ނުފޮނުވާތީ ދަރިވަރުން އެތައް ތަކުލީފެއްގައި، ސަރުކާރުގެ ތަރުޖަމާނާ ވަޒީރުގެ ވާހަކަ ދިމަލެއް ނުވޭ

07 ޖުލައި 2024
ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

ހައި އެޗީވަރސް ސްކޮލަރޝިޕް 2023ށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލައިފި

16 މެއި 2024

އަހަރުތަކުން މިއަދު

29 މާރިޗު
އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި
20251 އަހަރު ކުރިން
ރިޕޯޓު

އީދު ބޮކި: ދިއްލުނު ބޮކިން ނުފެންނަ ބޮކި

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް
20242 އަހަރު ކުރިން
މީހުން

ބާކީކޮށް ފޮނުވާލީ ބަކަރި ދަނޑަށް، ހުރައަށް ކުޅެން ދިޔައީ ކެނޯއެއްގައި ފަލި ޖަހާފައި، މިހާރު ގަދަ ވިޔަފާރިވެރިއެއް

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!
20233 އަހަރު ކުރިން
ރާއްޖެ

އެންމެ މަދުން މީހުން ދިރިއުޅެނީ ރަކީދޫގައި، އެންމެ 63 ދިވެހީން!

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން
20224 އަހަރު ކުރިން
ދުނިޔެ

މެކްރޮން ޕުޓިންއަށް: ގޭހަށް ރަޝިޔާގެ ކަރަންސީން އަގު އަދާކުރުމަކީ ކުރެވޭނެ ކަމެއްނޫން

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ
20215 އަހަރު ކުރިން
ރާއްޖެ

ވިއެނާ ކޮންވެންޝަނުގައި ބައިވެރިވުމުން ރާއްޖޭގެ ލައިސަންސް ބޭނުންކޮށްގެން މެންބަރު ގައުމުތަކުގައި ދުއްވޭނެ :ނަހުލާ

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!
20197 އަހަރު ކުރިން
ރިޕޯޓު

ތިމަރަފުށި ކެމްޕެއިން ފޯރީގައި އަންވަރުގެ ލޮލުން ކަރުނަ، މުސްތަފާ މައާފަށް!

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!
20188 އަހަރު ކުރިން
ރިޕޯޓު

ފަހު ފިޔަވަޅުމަތީގައި ވެސް މަހުލޫފު ދެއްކި ހިތްވަރު ދެކިބަލަ!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު