Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
ތާރީޚު

ދެ ކޮމަންޑޫ އަނެއްކާވެސް ތާރީޚުގެ ތެރެއަށް؟

މަލަބާރީން ބޭބެ މެރުމުން އުބްރެހިން ތަކުރު މަތިކޮމަންޑޫގައި ވަޒަންވެރިވީ ވެސް ތަސައްވުރަކާއެކު

މުހައްމަދު އާދަމް ސަލީމް
މުހައްމަދު އާދަމް ސަލީމް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2022 | ހުކުރު 16:42
ށ. ކޮމަންޑޫ

ށ. ކޮމަންޑޫ

ށ. ކޮމަންޑޫގެ ވާހަކަ ދިވެހި ގައުމަށް މަޝްހޫރު ވެފައި އޮތީ، އުތީމު އަލް ޚަޠީބު މުޙައްމަދު ތަކުރުފާނު، ދެ ކޮމަންޑޫގެ މެދުން ކަޅުއޮށް ފުންމީގައި ދަތުރު ކުރައްވައި، ޕޯޗުގީޒުންނަށް ފިއްލެވި ވާހަކައިންނެވެ.

މަތިކޮމަންޑުއާއި ކޮމަންޑޫ ދުރުން ސިފަވާނީ އެއް ރަށެއްގެ ގޮތަށެވެ. މި ދެރަށުގެ މެދުގައި އޮންނަ ހަނި މަގު ފެންނާން ފަށާނީ ކޮމަންޑޫއާއި ވަރަށް ގާތަށް ދެވުނީމައެވެ. ޕޯޗުގީޒުން ކަޅުއޮށްފުންމި ފަހައި ދުއްވަނިކޮށް، މި ހަނި ނެރުން ވަދެ، ކަޅުއޮއްފުންމި ދެ ކޮމަންޑޫގެ ގަސްކަރައިގެ ތެރެއަށް ރިޔާ ގެއްލުވާލައި، ހުޅަނގު ފަރާތުން ރާއްޖޭން ބޭރު ކަނޑަށް ނިކުތެވެ. މި މަންޒަރު، ޕޯޗުގީޒުންނަށް ވީ، ޙައިރާން ކުރަނިވި ކަމަކަށެވެ. ގަބޫލު ކުރެވުނީ އެ ރަށް ފަޅާލައިފައި ރަށުގެ މެދުން ނިކުތީ ކަމަށެވެ. މުޙައްމަދު ތަކުރުފާނަކީ ވަލީވެރިއެއްތާއޭ! ހިތަށް ވަދެ، އެއީ އަޖައިބެއްގެ ގޮތުގައި އެމީހުންނަށް ޤަބޫލު ކުރެވުނެވެ. ނަމަވެސް ޙަގީތަކަކީ ރާއްޖޭގެ ގިރިފަޅާއި، ނެރުތަކާއި، ކަނޑުއޮޅިތައް، ތަކުރުފާނު ހިތުދަސް ކަމެވެ.

ކޮންމެއަކަސް މި ތާރީޚީ ދެ ކޮމަންޑޫގެ ތެރެއިން ކުޑަ ފަޅުރަށެއްގެ ގޮތުގައި އޮތް، މަތި ކޮމަންޑުއަކީވެސް ކީކިމިންޏަށް އުފަން މަޝްހޫރު އުބްރެހިން ތަކުރުގެ، ހިމޭން ޙަޔާތުގެ ސަފުޙާއެއް ލިޔެވިފައި އޮތް ރަށެކެވެ. އެ ކަން ވީ ގޮތީ ވޭނީ ވާހަކަ އެކެވެ.

އެއީ މަލަބާރީން ށ. ކީކިމިންޏަށް އަރައި، އެރަށް ލޫޓުވައި ހެދި ހެދުމުގައި އެރަށުގެ ސޭކުބެ ކިޔާ މީހަކު، މަރާލި ޙާދިސާއެވެ. މި ސޭކުބެއަކީ އުބްރެހިން ތަކުރުގެ އެއްބަނޑު މީހެކެވެ. މި ހިތާމަވެރި ޙާދިސާ އަށްފަހު، އުބްރެހިން ތަކުރު، ސަރުކާރުގައި ދެންނެވީ ޢާއިލާ އާއިއެކު، މަތިކޮމަންޑޫގައި ވަޒަންވެރި ވުމުގެ ހުއްދަ އަކަށެވެ. މި ހުއްދަ ލިބުމުން އޭނާ ޢާއިލާ ގޮވައިގެން އެ ރަށުގައި ވަޒަންވެރިވެ، ޙަޔާތް ވޭތުކުރީ ރުއް އަރައިގެންނެވެ. އޭނާ އެންމެ ފުރަތަމަ އެ ރަށުގައި ރުއް އަޅައި ރަށް އާބާދު ކުރިއެވެ. ހިޖުރައިން 1170ގައި އެ ރަށުގައި އޭނާ ރުއް އެޅި ބައިން ދެ ރުކުން އެއް ރުއް، އޭނާގެ ދަރިކޮޅަށް ލިބެމުން ދިޔަކަން ތާރީޚުން އެނގެން އޮވެއެވެ. މިވާހަކަ 'ދިވެހިރާއްޖޭގެ ޖިއޮގްރަފީގެ ވަނަވަރު' މި ފޮތުގެ 105 ވަނަ ސަފުޙާގައިވެސް ލިޔެވިފައި ވެއެވެ.

ކޮންމެކަސް ޕޯޗުގީޒުންނަށް އަޖައިބަކަށްވި، ދެކޮމަންޑޫ ފަޅާލައިފައި ބޮޑުތަކުރުފާނު ފިއްލެވި މަންޒަރު އެމީހުންދެކެ، އިނގިލި ކޮޅުގައި ދައިގަތްހެން، ދެ ކޮމަންޑޫ ބުރިޖަކުން ގުޅާލެވޭ ދުވަހެއް ފުވަފެނުގައި ދެކެން މިއަދު އުބްރެހިން ތަކުރު ދުނިޔޭގައި ހުރިނަމަ، އުބްރެހިން ތަކުރު، ނިދިން ހޭލައިފައި ފުރަތަމަވެސް ދައިގަތީހީ އިނގިލީގައި ތާއެވެ! އެކަމަކު އޭނާ އެ ވަނީ ނިޔާވެފައެވެ.

ކޮމަންޑުއާ 200 އެއްހާ ފޫޓުގެ ކައިރީގައި އޮތް އުބްރެހިން ތަކުރުގެ ވޭނީ ހިތާމައިގެ ޗެޕްޓަރު ވަޅުލެވިފައިވާ މަތި ކޮމަންޑުއަކީ، ގާތް ގަނޑަކަށް ހަތް ވަރަކަށް ހެކްޓަރުގެ ރަށެކެވެ. ފަޅުވެސް އެހާ ބޮޑެއް ނޫނެވެ. ނަމަވެސް މިހާރު ޕްލޭން ކުރެވި ޢަމަލީ މަސައްކަތް ފަށަން ތައްޔާރު ވަމުން އެދަނީ، އެރަށް ބިން ހިއްކައިގެން ބޮޑުކޮށް، ބުރިޖަކުން ނުވަތަ އެފަދަ ފާލަމަކުން، މަތި ކޮމަންޑުއާ ގުޅާލުމަށެވެ.

ދެ ކޮމަންޑޫގެ މި ތާރީޚީ ގުޅުމަކީ، ބިން ފުރިގެން ގޯތި ދޫނުކުރާތާ 30 އަހަރުވެފައި އޮތް ކޮމަންޑޫ ރައްޔިތުންނަށް ލިބޭނެ، އެންމެ ބޮޑު އުފަލެވެ. އެ ވަގުތަކީ ދެ ކޮމަންޑޫގެ ބިން އެއްކޮށް ކިޔާނަމަ، ގާތް ގަނޑަކަށް ސާޅީހަކަށް ހެކްޓަރަށް ވުރެން ބޮޑު ބިމެއް ލިބި، ގެދޮރު އާރާސްތު ކުރާނެ އާ ޙަޔާތެއްގެ ފެށުމެވެ.

މިއީ އެއްކަލަ މަޝްހޫރު ނެރުގެ މެދުން ގުޅިފައި އޮންނާނެ ފާލަމެކެވެ. ހިތާމައަކީ އެ ތާރީޚީ ދުވަހުގެ އިރު އަރާއިރު، މަތިކޮމަންޑޫގެ ފާލަން ކޮޅުގައި އުބްރެހިން ތަކުރު ނެތިފައި، އަނެއް ކޮޅުން ކޮމަންޑޫ މަޝްހޫރު ފަނޑިޔާރު ނައު ބަން ވަޑިންވެސް ނެތީތީއެވެ. ހަމަ އެހެންމެ ނަރުދޫ ހުކުރު މިސްކިތް ބިނާކުރުމުގެ އިސް ވެރިއަކަށް އައްސުލްޠާން ޙަސަން ނޫރައްދީން 1، ޢައްޔަން ކުރެއްވި ކޮމަންޑޫ އަލް މަރުޙޫމް މުޙައްމަދު އަޅާވެސް، މި އުފާވެރި މަންޒަރުގައި ނުހުންނާނެތީއެވެ.

ދެ ކޮމަންޑޫގެ ތާރީޚީ މި ގުޅުން، ކޮންމެވެސް ދުވަހަކުން ދުނިޔެ ދެކޭނެ ކަން، މި ދެންނެވި ފަންނުވެރި ޙިކުމަތްތެރި ބުއްދިވެރި ބޭކަލުންގެ ޚިޔާލީ އުދަރެހުގައި، ހަނި ގޮތަކަށް ނަމަވެސް ކުރެހިފައި ވާނޭ ކަމާމެދަކު ޝައްކެއް ނެތެވެ.

ށ.ކޮމަންޑޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

ރައީސް މުއިއްޒު ކޮމަންޑޫ ރައްޔިތުންނަށް: ރިޔާސީ ކެންޕޭންގައި ވައުދުވެވަޑައިގެންނެވި ގޮތަށް މިއަހަރު ވެސް ދެއްވީ އެއަރޕޯޓު ތަރައްގީ ކޮށްދެއްވާނެ ކަމުގެ ޔަގީންކަން

15 އޮކްޓޯބަރު 2025
ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

ބަންދުގައި ބަހައްޓައިގެން ކޯޓަށް ހާޒިރުކުރުމަށް މީހަކު ހޯދަނީ

29 އެޕްރީލު 2024
ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް

ށ. ކޮމަންޑޫގެ ބިން ހިއްކުގެ މަސައްކަތް ޖުލައި މަހު ނިމޭނެ: އާޒިމް

26 ޖޫން 2023
ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި

ކޮމަންޑޫގައި ވޮލަންޓިއަރ ފަޔަރފައިޓަރުން ތަމްރީނުކުރުމަށް ޕްރޮގްރާމެއް ހިންގައިފި

28 ފެބުރުއަރީ 2023
3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ

3 ރަށެއްގެ ހައުސިންގ ޔުނިޓުތައް އަޅައިދޭނެ ބަޔަކު ހޯދަނީ

10 ޖެނުއަރީ 2023

އަހަރުތަކުން މިއަދު

15 ފެބުރުއަރީ
ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި
20251 އަހަރު ކުރިން
ރާއްޖެ

ރާއްޖޭގެ އާމްދަނީ 19% ދަށްވެފައި ވަނިކޮށް އިންޑިއާ ތީމްގެ ބޮޑު ހަފްލާއަކާއި އެކު ފިނޭންސްގެ ސްޓާފްނައިޓް ބާއްވައިފި

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް
20242 އަހަރު ކުރިން
މީހުން

ވެލެންސިއާ އާއި ވިކްޓަރީ ނަގައިދީގެން ފައިޓޯ ތާރީހުގެ ތެރެއަށް

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ
20233 އަހަރު ކުރިން
ދުނިޔެ

ތައިލެންޑްގެ ހޮހަޅައިން ސަލާމަތްކުރި ޑޫއަންގްފެޓް ފްރޮމްތެޕް މަރުވެފައި އޮއްވާ ފެނިއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ
20224 އަހަރު ކުރިން
ރާއްޖެ

ވިނަރެސް އެޕާރޓްމެންޓް ގަތުމަށް ބޭނުންވާ އާއްމުންނަށް އެފުރުސަތު ކުރިއަށް އޮތް ދެ ހަފްތާތެރޭގައި ހުޅުވާލާނެ: އެޗްޑީސީ

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟
20215 އަހަރު ކުރިން
ތަފާތު ޚަބަރު

ގިނިހިލަޔަކުން ޖެހި 2029 ގައި ދުނިޔެއަށް ނިމުން އަތުވެދާނެ؟

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި
20197 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބެލުމުގެ ދަށަށް ގެންދިޔަ މަސްދޯނި ރާއްޖެއައުމަށް ދަތުރު ފަށައިފި

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި
20188 އަހަރު ކުރިން
ރާއްޖެ

ޚުތުބާގައި ހިމެނޭ ދޮގު ހަދީސްތައް އުނިކޮށްފައި ކިޔުމަށް އިމާމުންނަށް އަންގައިފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު