Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އިންޓަރގްރޭޓެޑް ފެރީ ނެޓްވާރކް

ޖެނުއަރީ މަސް ނިމެންވާއިރަށް ހދ އަތޮޅުގައި ހައި ސްޕީޑް ފެރީގެ ޚިދުމަތް ފެށޭނެ - އަސްލަމް

2023 ގެ ނިޔަލަށް މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެއް

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 7 ޖެނުއަރީ 2022 | ހުކުރު 07:07
އިންޓަރގްރެޓެޑް ފެރީ ނެޓްވާރކްގައި ބޭނުންކުރާނީ ހައިސްޕީކޑް ފެންވަރު ރަނގަޅު ފެރީތަކެއް

އިންޓަރގްރެޓެޑް ފެރީ ނެޓްވާރކްގައި ބޭނުންކުރާނީ ހައިސްޕީކޑް ފެންވަރު ރަނގަޅު ފެރީތަކެއް

އިންޓަރގްރޭޓެޑް ފެރީ ނެޓްވޯކް މަޝްރޫއުގެ ދަށުން ހދ އަތޮޅުގައި ހައި ސްޕީޑް ފެރީ ގެ ޚިދުމަތް ޖެނުއަރި މަހު ފަށާނެ ކަމަށް މިނިސްޓަރ އޮފް ނެޝަނަލް ޕްލޭނިންގ ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުހައްމަދު އަސްލަމް ވިދާޅުވެއްޖެއެވެ.

ހައި ސްޕީޑް ފެރީގެ ޚިދުމަތް ޒޯން އެކެއްގައި ފެށުމަށް ކުރިން ނިންމާފައި އޮތީ މިދިޔަ އަހަރުގެ ނޮވެމްބަރު މަހުއެވެ. އެހެންނަމަވެސް ކޮވިޑްގެ ސަބަބުން ދިމާވި ބައެއް ދަތިތަކާއެކު ޒޯން އެކެއްގެ މި ޚިދުމަތް ފެށުމަށް ބަންނަން ހަމަޖެހިފައި އޮތް 17 ފެރީ ބަނުމުގައި ވަނީ ލަސްތަކެއް ވެފައެވެ.

Advertisement - newsAdvertisement

މިނިސްޓަރ އަސްލަމް ވިދާޅުވީ، ޖެނުއަރީ މަހުގެ ތެރޭގައި ހދ އަތޮޅަށް ފެރީގެ ޚިދުމަތް ފަށާއިރު، ޒޯން އެކެއްގެ ހުރިހާ ރަށްތަކަށް މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަަށް ފެރީގެ ޚިދުމަތް ފެށުމަށް މަސައްކަތް ކުރަމުންދާ ކަމަށެވެ. އަސްލަމް މިހެން ވިދާޅުވީ، ރައީސުލްޖުމްހޫރިއްޔާ ނ. މަނަދޫގެ ރައްޔިތުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ. ސަރުކާރުން ކުރިއަށްގެންދާ "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް" މަޝްރޫއުގެ ދަށުން ރާއްޖޭގެ އެންމެ އުތުރުން، ހއ. ހދ އަދި ށ އަތޮޅަށް ފެރީގެ ޚިދުމަތްދޭން ފެށުމަށް އެމް.ޓީ.ސީ.ސީއާ ވަނީ ހަވާލުކޮށްފައެވެ. ޒޯން 1 ގެ ޚިދުމަތަށް 17 ފެރީ ބަނުމުގެ މަސައްކަތާއި، ފެރީ ޓާމިނަލްތަކާއި ޕަސެންޖަރ ޓާރމިނަލް ހެދުމުގެ މަސައްކަތްވެސް އެމްޓީސީސީން އަންނަނީ ކުރަމުންނެވެ. އަދި ޒޯން އެކެއްގައި ބޭނުންކުރާ ފުރަތަމަ ފެރީ މިހާރުވަނީ މޫދަށް ބާލައި ޓެސްޓްކޮށްފައެވެ.

ހައި ސްޕީޑް ފެރީގެ ޚިދުމަތް ފެށުމަށް ބޭނުންވާ 17 ފެރީ ބަނުމުގެ މަސައްކަތް ގަލްފް ކްރާފްޓާއި ހަވާލުކޮށްގެން ކުރިއަށްދާއިރު، މިހާރު އޭގެ ތެރެއިން 4 ފެރީ ބަނދެ ނިމި، އިންޖީނުވެސް އަޅާ ނިމިފައިވެއެވެ. މި ފެރީތަކަކީ ޖާގަ ތަނަވަސް، ޒަމާނީ ޚިދުމަތްތަކާއެކު ފަރުމާކުރެވިފައިވާ ފެރީތަކެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. އަދި 17 ފެރީ ބަނުމުގެ މަސައްކަތް މިއަހަރުގެ އޭޕްރީލް މަހުގެ ނިޔަލަށް ނިންމާލެވޭނެ ކަމަށް އަސްލަމް ވިދާޅުވިއެވެ.

ފެރީގެ ޚިދުމަތް ދިނުމަކީ ޚަރަދު ބޮޑު މަސައްކަތެއްކަމަށާއި، ފެރީތަކުގެ މެއިންޓަނެންސަށްވެސް ބޮޑު ޚަރަދެއް ހިނގާނެ ކަމެއް ކަމަށް އަސްލަމް ވިދާޅުވިއެވެ. ފެރީގެ ޚިދުމަތުން މުޅި ރާއްޖެ ގުޅާލުމަކީ ސަރުކާރުގެ މުހިއްމު ވައުދެކެވެ. މި ޚިދުމަތް ޕްރައިވެޓައިޒްކުރުމަކީ ސަރުކާރުގެ ވިސްނުމެއް ނޫންކަމަށާއި ބޭނުންވަނީ ސަރުކާރުން ސަބްސިޑައިޒް ކޮށްގެން ފޯރުކޮށްދޭ ޚިދުމަތަކަށް ހަދަން ކަމަށް އަސްލަމް ވިދާޅުވިއެވެ.

އަތޮޅުތަކުގައި ފެރީގެ ނިޒާމު ހަރުދަނާ ކުރުމަށް ސަރުކާރުން ކުރާ މަސައްކަތާއެކު، 2023 ގެ ނިޔަލަށް މުޅި ރާއްޖެ ހައި ސްޕީޑް ފެރީ ނިޒާމަކުން ގުޅާލުމަކީ ސަރުކާރުގެ މުހިއްމު ސިޔާސަތެކެވެ.

ރަށު ފެރީހައި ސްޕީޑް ފެރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ކުރީ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް އާރުޓީއެލްގެ ހިދުމަތް އެއްކޮށް ނިންމާލެވޭނެ - ރައީސް

ކުރީ ސަރުކާރުގެ ޕްލޭނާ އެއްގޮތަށް އާރުޓީއެލްގެ ހިދުމަތް އެއްކޮށް ނިންމާލެވޭނެ - ރައީސް

29 ޑިސެމްބަރު 2023
ރައީސްގެ ތަސައްވުރާ އެއްގޮތަށް، ބޮޑުތިލަދުންމަތި ދަތުރުފަތުރުގެ ނިޒާމުން ރަސްމީކޮށް ގުޅާލައިފި

ރައީސްގެ ތަސައްވުރާ އެއްގޮތަށް، ބޮޑުތިލަދުންމަތި ދަތުރުފަތުރުގެ ނިޒާމުން ރަސްމީކޮށް ގުޅާލައިފި

27 ސެޕްޓެމްބަރު 2022
ށ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށުމަށް ނުރަސްމީ ދަތުރުތައް ފަށައިފި

ށ. އަތޮޅުގައި އާރުޓީއެލްގެ ޚިދުމަތް ފެށުމަށް ނުރަސްމީ ދަތުރުތައް ފަށައިފި

30 އޯގަސްޓު 2022
ރަށަށް ނުދެވޭނެ ކަމުގެ މާޔުސްކަން ފިލުވައިދިން ބައިވެރިޔާ

ރަށަށް ނުދެވޭނެ ކަމުގެ މާޔުސްކަން ފިލުވައިދިން ބައިވެރިޔާ

17 ޖުލައި 2022
އާރުޓީއެލްގެ ހއ އަތޮޅު ފެރީތައް އެ އަތޮޅަށް ފޮނުވައިފި

އާރުޓީއެލްގެ ހއ އަތޮޅު ފެރީތައް އެ އަތޮޅަށް ފޮނުވައިފި

24 ޖޫން 2022

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު