Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެނެއްލައިދޫ ކައުންސިލާއި ރައީސް ބައްދަލުކުރެއްވުން

ހައިސްޕީޑް ފެރީގެ ޚިދުމަތާއި އެކު ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިއްޖެ - ނެއްލައިދޫ ކައުންސިލް

12 ޖޫން 2022 | އާދީއްތަ 13:47

މިހާރު ލިބޭ ފެރީގެ ޚިދުމަތަކީ ފެންވަރު ރަނގަޅު އަދި ރައްޔިތުން ބަލައިގެންފައިވާ ޚިދުމަތެއް

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 12 ޖޫން 2022 | އާދީއްތަ 13:47
ނެއްލައިދޫ ކައުންސިލާއި ރައީސް ސޯލިހު ބައްދަލުކުރައްވަނީ

ނެއްލައިދޫ ކައުންސިލާއި ރައީސް ސޯލިހު ބައްދަލުކުރައްވަނީ

ހައިސްޕީޑް ފެރީގެ ޚިދުމަތާއިއެކު ރައްޔިތުންނަށް ވަރަށްބޮޑު ލުއިފަސޭހައެއް ލިބިއްޖެކަމަށް ހދ. ނެއްލައިދޫ ކައުންސިލުން ބުނެފިއެވެ.

އެ ކައުންސިލުން މިހެން ބުނެފައިވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްއާއި އެކު ބޭއްވި ބައްދަލުވުމުގައެވެ. ރައީސް ސޯލިހު ވަނީ ނެއްލައިދޫ ކައުންސިލާ ބައްދަލުކުރައްވައި އެރަށުގެ ތަރައްޤީއަށް ކުރެވެމުންދާ މަސައްކަތްތަކާއި ރައްޔިތުންނަށް ދިމާވެފައިވާ ދަތިތަކާ ގުޅޭ ގޮތުން މަޝްވަރާކުރައްވާފައެވެ.

Advertisement - newsAdvertisement

މިބައްދަލު ކުރެއްވުމުގައި ނެއްލައިދޫ ކައުންސިލުން ވަނީ، ސަރުކާރުން އުތުރުގެ އަތޮޅުތަކުގައި ޤާއިމްކުރި ހައި ސްޕީޑް ފެރީގެ ޚިދުމަތާއި އެކު ރައްޔިތުންނަށް ވަރަށް ބޮޑު ލުއިފަސޭހައެއް ލިބިގެން ގޮސްފައިވާކަން ފާހަގަކުރައްވާފައެވެ. މިގޮތުން މިހާރު ލިބޭ ފެރީގެ ޚިދުމަތަކީ ފެންވަރު ރަނގަޅު އަދި ރައްޔިތުން ބަލައިގެންފައިވާ ޚިދުމަތެއްކަން ވެސް ކައުންސިލުން ފާހަގަކުރެއްވިއެވެ.

ރައީސުލްޖުމުހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ވެރިކަމުގެ މި ދައުރުގައި މީގެ ކުރިން ދުވަހަކުވެސް ނެއްލައިދޫއަށް އައިސްފައި ނުވާފަދަ ތަރައްޤީ އާއި ކުރިއެރުން ލިބިފައިވާކަން ކައުންސިލުން ފާހަގަކުރައްވާފައިވެއެވެ. އަދި 2019 ވަނަ އަހަރު ރައީސުލްޖުމުހޫރިއްޔާ އާއި އެކު ނެއްލައިދޫ ކައުންސިލުން ބޭއްވެވި ބައްދަލުކުރެއްވުމުގައި ކައުންސިލުން ހުށައެޅުއްވި ކަންކަން މިހާރު އެކި މަރުޙަލާތަކުގައި ހިނގަމުންދާކަން ކައުންސިލުން ވަނީ ޝުކުރުވެރިކަމާއެކު ފާހަގަކުރައްވާފައެވެ. ޚާއްޞަކޮށް ރަށުގެ ބަނދަރު ތަރައްޤީކުރެވި، ގޮނޑުދޮށް ޙިމާޔަތް ކުރުމުގެ މަސައްކަތް ކުރިޔަށްދާކަމާއި، ޒަމާނީ ޓަރފް ދަނޑެއް އެޅިފައިވާއިރު އިންޖީނުގޭގެ މަސައްކަތް ހިނގަމުންދާކަން ކައުންސިލުން ފާހަގަކުރެއްވިއެވެ.

ރައްޔިތުންނަށް ދަތިވެފައިވާ ކަންކަމުގެ ތެރެއިން ރަށުގެ މަގުތައް ލެވެލްކުރުމާއި، ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަން ޙައްލުކުރުމާއި، ރައްކާތެރިގޮތުގައި ކުނިނައްތާލުމަށް ބޭނުންވާ ވަސީލަތްތައް ހޯދުމަށާއި، އިޤުތިޞާދީ އަދި ސިނާއީ މަސައްކަތްތައް ކުރުމަށް، ހދ. ހިރިނައިދޫ، ނެއްލައިދޫގެ ރައްޔިތުންނަށް ލިބޭނެ ގޮތް ހައްދަވައި ދެއްވުމަށް ކައުންސިލުން ހުށައެޅުއްވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައީސުލްޖުމުހޫރިއްޔާ ވިދާޅުވީ، ސީދާ ކައުންސިލްތަކާއި ބައްދަލުކޮށް، މަޝްވަރާކުރެއްވުމަކީ ވަރަށް މުހިންމު ކަމެއް ކަމުގައި އެމަނިކުފާނު ދެކެވަޑައިގަންނަވާ ކަމަށެވެ.އަދި، ނެއްލައިދޫ ކައުންސިލުން ފާހަގަކުރެއްވި ކަންކަމުގެ ތެރެއިން މިއަހަރު ކޮށްދެވެން ހުރި ކަންކަމަކީ ކޮބައިތޯ ބައްލަވައި އެކަމާއި ގުޅޭ މުއްސަސާތަކަށް ހުށައަޅުއްވާނެ ކަމުގައި ވިދާޅުވިއެވެ. މީގެ އިތުރުން ވެސް ސްކޫލްގެ ޖާގައިގެ ދަތިކަން ޙައްލު ކުރުމަށާއި، ކައުންސިލްގެ އައު ޢިމާރާތެއް އެޅުމާއި ގުޅޭ މަސައްކަތްތައްވެސް ކަމާބެހޭ މުއައްސަސާތަކާއި ވާހަކަ ދައްކަވައިގެން ކުރިޔަށް ގެންދަވާނެ ކަމުގައި ރައީސުލްޖުމްހޫރިއްޔާ ވިދާޅުވިއެވެ.

މި ބައްދަލުކުރެއްވުމުގައި ރައްޔިތުންގެ މަޖިލީހުގެ ވައިކަރަދޫ ދާއިރާގެ މެމްބަރު ހެސެއިން ޒިޔާދާއި، ނެއްލައިދޫ ކައުންސިލް މެމްބަރުންނާއި ނެއްލައިދޫގެ އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމިޓީގެ މެމްބަރުން ބައިވެރިވެވަޑައިގެންނެވިއެވެ.

ހދ.ނެއްްލައިދޫރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުހައި ސްޕީޑް ފެރީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ޕޯޓް ޓެކްނޮލޮޖީ އިންޓަނޭޝަނަލް ގެ އެޑްވައިޒަރީ ބޯޑުގެ ޗެއާމަންގެ މަގާމަށް ރައީސް ނަޝީދު

3

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

4

ދުނިޔޭގެ ބާރުގަދަ އެމެރިކާގެ ރައީސަށް ބޮޑެތި ގޮންޖެހުންތަކާ ކުރިމަތިލައްވަން އީރާނުން ޖައްސުވައިފި

5

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
24 ނޮވެމްބަރު 2025

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!
23 ނޮވެމްބަރު 2025

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން
22 ނޮވެމްބަރު 2025

ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ

22 ނޮވެމްބަރު 2025
ބިލެތްދޫ ތަރައްގީގެ ރަން ޒަމާނަކީ ކުރީގެ ރައީސް އިބްރާހިމް މުހައްމަދު ސާލިހުގެ ފަސް އަހަރު: ކައުންސިލް މެންބަރު އާސިފާ
08 ނޮވެމްބަރު 2025

ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް

08 ނޮވެމްބަރު 2025
ކުރީ ސަރުކާރުން ފެށި ވާދޫގެ ފެނާއި ނަރުދަމާ ނިޒާމުގެ މަޝްރޫއު އެއްކޮށް ނިމި، މިހާރު އޮތީ މުއިއްޒު ރަސްމީކޮށް ބަޓަނަށް ފިއްތާލުން: ކައުންސިލްގެ ރައީސް
06 ނޮވެމްބަރު 2025

އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި

06 ނޮވެމްބަރު 2025
އަތޮޅު ކައުންސިލްތައް އުވާލުމާ ދެކޮޅަށް ނުކުތުމަށް ބ. އަތޮޅު ކައުންސިލުން ރައީސް ސާލިހުގެ އަރިހުގައި ދަންނަވައިފި
02 ނޮވެމްބަރު 2025

ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން

02 ނޮވެމްބަރު 2025
ވެރިކަމުގައި މުއިއްޒު. ރައްޔިތުންގެ ލޯތްބާއެކު ހަފްލާތަކަށް އެހެން ރައީސުން
01 ނޮވެމްބަރު 2025

ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި

01 ނޮވެމްބަރު 2025
ރައީސް ޞާލިޙުގެ ސަރުކާރުގެ ގެދޮރުވެރިޔާ ފުލެޓު ލިބުނު އާއިލާއެއްގެ ދައުވަތަކަށް އެގެއަށް ހަވީރު ސަޔަށް ވަޑައިގެންފި
01 ނޮވެމްބަރު 2025

ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި

01 ނޮވެމްބަރު 2025
ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅިގެން ހުކުރު ދުވަހުގެ ރޭ ބޭއްވި އެއްވުމުގައި ހަ ކަމަކަށް ޑިމާންޑް ކޮށްފި
31 އޮކްޓޯބަރު 2025

ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''

31 އޮކްޓޯބަރު 2025
ރައީސް އިބޫގެ ތައުރީފް އާމިރު ސަލީމަށް ''މިހާރު އެ ކުރައްވާ މަސައްކަތަކީ ރައްޔިތުން އެންމެ ބޭނުންވާ މަސައްކަތް''
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް