Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އާރުޓީއެލް ފެރީގެ ހިދުމަތް

އާރުޓީއެލްގެ ހއ އަތޮޅު ފެރީތައް އެ އަތޮޅަށް ފޮނުވައިފި

ހއ އަތޮޅުގައި 5 ފެރީ އޮޕަރޭޓް ކުރާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 24 ޖޫން 2022 | ހުކުރު 14:02
ހއ އަތޮޅުގައި ހިދުމަތްދޭ 5 ފެރީ މާލެއިން ވަނީ ފުރާފައި

ހއ އަތޮޅުގައި ހިދުމަތްދޭ 5 ފެރީ މާލެއިން ވަނީ ފުރާފައި

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ދަށުން ހައިސްޕީޑް ފެރީގެ ހިދުމަތް ދިނުމަށް ހއ އަތޮޅަށް ބޭނުންވާ ފެރީތައް އެ އަތޮޅަށް ފޮނުވާލައިފިއެވެ.

މި ފެރީތައް ފޮނުވާލާފައިވަނީ ހުކުރު ދުވަހުއެވެ. ޖުމްލަ 5 ފެރީ އެއަތޮޅުގައި ބޭނުންކުރާނެއެވެ. އެމްޓީސީސީ އިން ބުނީ ފެރީތައް ހޮނިހިރު ދުވަހު ހއ. އަތޮޅަށް ދާނެ ކަމަށެވެ. އެމްޓީސީސީން އަންނަނީ އާރުޓީއެލްގެ ދަށުން ހދ. އަތޮޅުގައި ފެރީގެ ހިދުމަތް ދެމުންނެވެ. އަދި ޒޯން 1 ގައި ހިމެނޭ 3 އަތޮޅު ކަމުގައިވާ ހއ. ހދ އަދި ށ އަތޮޅުގައި ޖުލައި ނިމުމުގެ ކުރިން ފެރީގެ ހިދުމަތް ގުޅާލެވި ހިދުމަތް ދޭން ފެށޭނެކަމަށް އެމްޓީސީސީން ބުނެއެވެ.

Advertisement - newsAdvertisement

ހުކުރު ދުވަހު ހއ އަތޮޅަށް ފޮނުވާލި 5 ފެރީއާއި އެކު މި މަސް ނިމުމުގެ ކުރިން އެ އަތޮޅުގައި ފެރީގެ ހިދުމަތް ފެށިގެންދާނެއެވެ. ރާއްޖޭގެ ރަށްތައް ގުޅުވާލަދޭ ދަތުރުފަތުރުގެ ނިޒާމު "އިންޓެގްރޭޓަޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް"ގެ ދަށުން ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ރަސްމީކޮށް މި މަހުގެ ތެރޭގައި ހދ. އަތޮޅުގައި ވަނީ ފަށާފައެވެ.

އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްއަކީ މުޅި ރާއްޖެއަށް އަމާޒުކޮށް ފަސިންޖަރުންނާއި މުދާ އުފުލާ ފެރީ ހިމެނޭ ގޮތުން، ނޭޝަނަލް ސްޕެޝަލް ޕްލޭން (2020-2040)ގައި ހިމެނޭ ތިން ޒޯނާއި ހަ ރީޖަން ގުޅުވައިދިނުމަށް ފަރުމާކޮށްފައިވާ ވިއުގައެކެވެ. މި ގޮތުން ފެރީ ނެޓްވޯރކުން ހަ ރީޖަންގައި އެކުލެވޭ ހުރިހާ ރަށްތަކެއް ގުޅާލެވޭއިރު، އެއް ރީޖަން އަނެއް ރީޖަނާވެސް ގުޅިގެންދާނެއެވެ. މި ގޮތަށް ފަސިންޖަރުން އުފުލާ ފެރީ ގުޅުވާލެވޭނީ ތަފާތު ތިން ގޮތަކަށެވެ. އެއީ "ކޮމިއުޓް ލިންކް"، "ނަން-ކޮމިއުޓް ލިންކް"، އަދި "ހައިވޭ ލިންކް" މެދުވެރިކޮށެވެ.

ކޮމިއުޓް ލިންކްއަކީ އެ ރީޖަނެއްގައި ހިމެނޭ ރަށްތައް ގުޅުވައިދޭ، އާންމުކޮށް ކުރަންޖެހޭ މަސައްކަތް ނުވަތަ ޒަރޫރީ ބޭނުންތަކަށް ކުރާ ކުރު ދަތުރުތަކަށް ޚާއްސަކުރެވިފައިވާ ލިންކެވެ. ނަން-ކޮމިއުޓް ލިންކްއަކީ ދެ ރަށެއްގެ ދެމެދުގައި ކުރާ، ދިގު ދަތުރުތަކަށް ޚާއްސަކޮށްފައިވާ ލިންކެވެ. އަދި ހައިވޭ ލިންކަކީ އެއް ރީޖަން އަނެއް ރީޖަނާ ގުޅުވައިދޭ މައި ދަތުރުފަތުރުގެ ހަބެވެ. އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކްގައި ހިމެނޭ ދެވަނަ ޚިދުމަތަކީ ކާގޯ ނުވަތަ މުދާ އުފުލާ ފެރީގެ ޚިދުމަތެވެ. މި ޚިދުމަތަކީ، އެ ރީޖަންއެއްގައި ހިމެނޭ ހުރިހާ ރަށްތަކާއި އެންމެ ކައިރީގައި އޮންނަ ކޮމަރޝަލް ހަބް ގުޅުވައިދޭނެ ޚިދުމަތެކެވެ.

ސަރުކާރުން ފެށި މި މަޝްރޫއުގެ ތަފްސީލު ޕްލޭން ހަދައި، ޒޯން އެކެއްގައި މި ޚިދުމަތް ފަށާތާ އެއް އަހަރުގެ ތެރޭގައި އެ ސަރަހައްދުގައި މި ނިޒާމު ގާއިމްވެ ފުރިހަމަކުރެވިގެންދާނެއެވެ. ލަފާކުރެވޭ ގޮތުގައި އެ ސަރަހައްދަށް، ބޭނުންވާނީ 13 ވަރަކަށް އުޅަނދެވެ. މި ޝެޑިއުލްގެ ތެރޭގައި، މުދާ އުފުލާ ފެރީ ވެގެންދާނީ އަދި ވަކި ފެރީއަކަށެވެ. އެއީ ތަންކޮޅެއް ލޯ ފްރިކުއެންސީކޮށް ދަތުރުކުރާ އެއްޗެކެވެ. ފަސިންޖަރުންގެ ފެރީއަށް އެރުވޭނީ ފަސިންޖަރަކު އަތުން އުފުލާ އެއްޗެއް އެކަންޏެވެ. އޭގެ ތެރޭގައި ލަގެޖު ގެންދެވޭނެއެވެ. ނުއުފުލޭނީ މުދާ އެކަންޏެވެ. މިފަދަ ކޮންމެ ކްލަސްޓަރއެއްގެ ތެރޭގައި ދެން ޖެހިގެން އޮންނަ ޒޯނަށް ކަނެކްޓުވާ އުޅަނދެއްވެސް އޮންނާނެއެވެ. އެއީ އެ ޒޯނަށް ގޮސް، އެމީހަކު ފުރި ޒޯނަށް އެނބުރި އައުމަށެވެ. އެއީ ދުވާލަކު އެއްފަހަރު ދަތުރެއް ކުރާ ގޮތަށް އިންތިޒާމުކުރެވިފައިވާ ދަތުރެކެވެ.

މި ސަރަހައްދުގައި ފެރީގެ ޚިދުމަތް ދިނުމަށް 40އާ 50އާ ގާތްކުރާ އަދަދެއްގެ ހައިސްޕީޑް ލޯންޗް ބޭނުންކުރާނެއެވެ. މީގެ އިތުރުން ހުރިހާ ދުވަހެއްގައި ފެރީގެ ޚިދުމަތްދިނުމަށް ނިންމާފައިވާއިރު، ހޮސްޕިޓަލް ހުންނަ ރަށްރަށަށް މަދުވެގެން ދުވާލަކު ދެ ދަތުރު ކުރަން ވަނީ ނިންމާފައެވެ. އިންޓެގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވަރކް ތައާރަފުކުރުމުގެ އެއް މަގުސަދަކީ ރާއްޖޭގެ ބައިބައިވެފައިވާ އާބާދީތަކަށް ފަސޭހަކަމާއި، ރައްކާތެރިކަމާއެކު އެކަށީގެންވާ ހެޔޮ އަގެއްގައި ދަތުރުކުރެވޭނެ ފުރިހަމަ ފެރީގެ ނިޒާމަކުން ގުޅުވައިލުމެވެ.

ފުރަތަމަ ފޭސްގައި ހއ. ހދ. އަދި ށ. އަތޮޅު ގުޅާލެވޭނެ ކަމަށް ޕްލޭނިން މިނިސްޓްރީން ބުނެއެވެ. އަދި 41 ރަށަށް ޚިދުމަތް ލިބެނޭ ކަމަށާއި ހަފްތާއަކު 7 ދުވަހު ދަތުރުތައް ކުރާނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ޚިދުމަތް ފަށާފައިވާއިރު ދެވަނަ ފިޔަވަހީގައި ނ، ރ، ބ، ޅ، ގއ، ގދ، ޏ، އަދި ސ ގުޅާލާނެއެވެ. އަދި ތިންވަނަ ފިޔަވަހީގައި ކ، އއ، އދ، ވ، މ، ފ، ދ، ތ އަދި ލ ގުޅާލުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 188 ރަށް ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ.

ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހި ފަށާފައިވާއިރު، ޓިކެޓް ބުކް ކުރުމަށް ޕޯޓަލްގެ އިތުރުން މޮބައިލް އެޕްލިކޭޝަނެއް ވަނީ ތައާރަފުކޮށްފައެވެ. ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ޕޯޓަލްއަށް ވަންނަ ގޮތް ކިޔައިދީ ވީޑިއޯއެއް އަޕްލޯޑްކޮށްފައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ދަތުރު ކުރާ ކޮންމެ މީހަކާއެކު އުމުރުން 3 އަހަރުގެ ދަށުގެ އެއް ކުއްޖަކުގެ ގެންދެވިދާނެ ކަމަށާއި އުނގުގައި ބައިންދާ ގޮތަށް ހިލޭ އެ ކުއްޖަކަށް ދަތުރު ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

އެމްޓީސީސީހައި ސްޕީޑް ފެރީއާރްޓީއެލް ރާއްޖެ ޓްރާންސްޕޯޓް ލިންކް

ކޮމެންޓް

އިތުރަށް ކިޔާލަން

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

މިނިސްޓަރ އަމީން ވަނީ އަޚުލާގީ މިންގަނޑުން ބޭރުވެފައި، އިޚުލާސްތެރި ނިޔަތެއް އޮތް ނަމަ އިސްތިއުފާ ދެއްވާ: ޑީއޭއެމް

23 ނޮވެމްބަރު 2025
ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

ސަރުކާރުގެ ޓެކްސީ ލައިންގައި ޓެކްސީ ކުރާނެ ޑްރައިވަރުން ހޯދަން އިއުލާން ކޮށްފި

19 ނޮވެމްބަރު 2025
ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

ލޯޑަރެއް ގެންގޮސްގެން އޮޅުވެލިފުށީ ބަނދަރު ތަރައްޤީކުރުމުގެ މަޝްރޫޢުގެ މަސައްކަތް ރައީސް ފައްޓަވައިދެއްވައިފި

27 އޮކްޓޯބަރު 2025
ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

ބޭބީ ހައިމާކު އަކުން ކުރެންދޫ ބަނދަރު ތަރައްޤީ ކުރުމުގެ ބޮޑު މަޝްރޫޢު ރައީސް ފައްޓަވައި ދެއްވައިފި

27 އޮކްޓޯބަރު 2025
އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

އެމްޓީސީސީ އޮތީ މިހާރު ބަނގުރޫޓުވެފައި، ސަރުކާރުން ދަނީ އެކަން ފޮރުވަމުން: އަމްރު

17 އޮކްޓޯބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު