Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
އާރްޓީއެލް ފެރީގެ ޚިދުމަތް

ރައީސްގެ ތަސައްވުރާ އެއްގޮތަށް، ބޮޑުތިލަދުންމަތި ދަތުރުފަތުރުގެ ނިޒާމުން ރަސްމީކޮށް ގުޅާލައިފި

މި މަޝްރޫއުގެ ފޭސް 2 އަދި ފޭސް 3ގެ ދަށުން، ބާކީ 17 އަތޮޅަށް ޚިދުމަތް ދޭންފެށި، މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވޭނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 27 ސެޕްޓެމްބަރު 2022 | އަންގާރަ 17:28
އާރްޓީއެލް ފެރީގެ ޚިދުމަތް ޒޯން 1ގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވަނީ

އާރްޓީއެލް ފެރީގެ ޚިދުމަތް ޒޯން 1ގެ ޚިދުމަތް ރައީސް ފައްޓަވައިދެއްވަނީ

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙްގެ ތަސައްވުރާއެއްގޮތަށް، ބޮޑުތިލަދުންމަތި ދަތުރުފަތުރުގެ ފަސޭހަ ނިޒާމަކުން ގުޅާލައި، ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ހައިސްޕީޑް ފެރީގެ ނިޒާމް ރަސްމީކޮށް އިފްތިތާހުކޮށްފިއެވެ.

ހއ. ދިއްދޫގައި ބޭއްވި ޚާއްސަ ހަފްލާއެއްގައި، ޒޯން 1ގައި ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ފެރީގެ ޚިދުމަތް ރަސްމީކޮށް އިފްތިތާހުކޮށް، ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ބޮޑު ތިލަދުންމަތި ގުޅާލުމުގެ މަޝްރޫއު ރަސްމީކޮށް އިފްތިތާހުކޮށްދެއްވީ ރައީސުލްޖުމްހޫރިއްޔާ އިބްރާޙީމް މުޙައްމަދު ޞާލިޙެވެ. މި ރަސްމިއްޔާތުގައި މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިންގ، ހައުސިންގ އެންޑް އިންފްރާސްޓްރަކްޗަރ މުޙައްމަދު އަސްލަމާއި، ކެބިނެޓްގެ ވަޒީރުންނާއި، ރައްޔިތުންގެ މަޖިލީހުގެ މެމްބަރުންނާއި ދައުލަތުގެ އިއްޒަތްތެރިން ބައިވެރިވެވަޑައިގެންނެވިއެވެ. އަދި އެމްޓީސީސީގެ ސީއީއޯ އާދަމް ޢާޒިމްއާއި ކުންފުނީގެ އިސްވެރިން ބައިވެރިވެވަޑައިގެންނެވިއެވެ.

މުޅި ރާއްޖެ ކަނޑުމަގުން ގުޅާލެވޭ ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް) ހައި ސްޕީޑް ފެރީ ޚިދުމަތަކީ ރައީސް ޞާލިޙުގެ ވައުދުފުޅެކެވެ. މިގޮތުގެމަތިން، "އިންޓަރގްރޭޓެޑް ނޭޝަނަލް ޕަބްލިކް ފެރީ ނެޓްވޯރކް" މަޝްރޫއުގެ ފުރަތަމަ ފިޔަވަހި ސަރުކާރުން އެމްޓީސީސީއާ ހަވާލުކުރެއްވީ 17 ޖެނުއަރީ 2021 ވަނަ ދުވަހުއެވެ.

މި މަޝްރޫއުގެ ފޭސް 1ގެ ދަށުން، ޒޯން 1ގެ ހއ، ހދ، އަދި ށ އަތޮޅަށް މިހާރުވަނީ ރާއްޖެ ޓްރާންސްޕޯޓް ލިންކް ސްޕީޑް ފެރީގެ ޚިދުމަތް ދޭންފެށިފައެވެ. އަދި މި މަޝްރޫއުގެ ފޭސް 2 އަދި ފޭސް 3ގެ ދަށުން ބާކީ 17 އަތޮޅަށް ޚިދުމަތް ދޭންފެށި، މުޅި ރާއްޖެ ކަނޑު ދަތުރުފަތުރުގެ ވިއުގައަކުން ގުޅާލެވިގެންދާނެއެވެ. މިއީ އަތޮޅުތަކުގެ ރައްޔިތުންނަށް އިގުތިސާދީ ގޮތުންނާއި އިޖުތިމާއީ ގޮތުން ފައިދާތަކެއް ކުރާނެ ޚިދުމަތެކެވެ.

ބޮޑުތިލަދުންމަތީގައި އާރްޓީއެލް ރަސްމީކޮށް އިފްތިތާހުކުރެވުމާއެކު ރައްޔިތުން ރަށު ބަންދުން ވީއްލި، ދަތުރުފަތުރުގެ އިންގިލާބީ އައު ބާބެއް ފެށުނީއެވެ. ފުރަތަމަ ޒޯނުގެ ޚިދުމަތް ފަށާފައި މި ވަނީ، ޒަމާނީ އަދި ދުވެލި ހަލުއި އުޅަނދު ތަކެއްގައެވެ. މިގޮތުން ކުރިއަށްވުރެ އެތައް ގުނައެއް އަވަސްކޮށް ބާރު ދުވެލީގައި މިހާރު ދަތުރުތައް ކުރެވޭނެއެވެ. އެއަރކޯން ކުރެވިފައިވާ މިއުޅަނދުތައް ހުންނާނީ ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކަށް ފަސޭހައިން އަރައިފޭބޭގޮތަށް، އަދި ބަލިމީހުން އުފުލުމަށްވެސް ފަސޭހަވާނެގޮތަށް ފަރުމާކުރެވިފައެވެ. އުޅަނދުގައި ފާޚާނާއާއި ލަގެޖް ބެހެއްޓޭ ޖާގަ ޚާއްސަކުރެވިފައި ހުންނާނެއެވެ.

މިއީ ރާއްޖޭގެ މޫސުމާއި އޮއިވަރާއި ބާންޏާއި ރާޅަށް ރިއާޔަތްކުރެވިގެން، ދެ މޫސުމަށްވެސް، ފަހިވާނޭހެން ބަނދެފައިވާ، ކަނޑަށް ގަދަ އުޅަނދުތަކެކެވެ. މި ފްލީޓްގައި ޒަމާނީ 13 ފެރީ މިވަގުތު އޮންނާނެއެވެ. އެއީ މި ޒޯނުގެ 41 ރަށަށް، ހަމަ ކޮންމެ ދުވަހަކުވެސް ޚިދުމަތްދެވޭ އުޅަނދުތަކެކެވެ.

އާރްޓީއެލްގެ ޚިދުމަތް އެމްޓީސީސީން ރައްޔިތުންނަށް ފޯރުކޮށްދެނީ ޓެކްނޮލޮޖީއާ ވަރަށް ރައްޓެހި ޚިދުމަތެއްގެ ގޮތުގައެވެ. މިގޮތުން، ކޮންމެ ތަނެއްގައި ހުރެގެން، ކޮންމެ ވަގުތަކުވެސް، ކޮންމެ ރައްޔިތެއްގެ އަތުގައި އޮންނަ ސްމާޓު ފޯނުން އޭނާ އެ ހުރި ތަނަކުން ދަތުރު ޝެޑިއުލް ބަލައިލެވި، ޓިކެޓު ބުކްކޮށްލެވި، އަދި ޓިކެޓަށް ފައިސާ ދެއްކޭނެއެވެ. ސްމާޓް ފޯނެއް ނެތް މީހުން ޓިކެޓުގެ ނަންބަރު ދައްކާލައިގެން ދަތުރުކުރެވޭނެއެވެ.

ޓިކެޓް ގަތުމަށް ކަސްޓަމަރުންނަށް އާރްޓީއެލް ވެބްސައިޓާއި އެޕްލިކޭޝަން ބޭނުންކުރެވޭނެއެވެ. ކިޔުއާރް ޓިކެޓް ގަންނާނެގޮތުގެ ތަފްސީލް އެމްޓީސީސީގެ އާރްޓީއެލް ޔޫޓިއުބް ޗެނަލާއި މީސްމީޑިއާ ޕްލެޓްފޯމުތަކުގައި ވީޑިއޯގެ އެހީގައި ޝާޢިއުކުރެވިފައިވެއެވެ. އަދި އާރްޓީއެލް ޓްރެވަލް އެޕް، އެޕަލް އެޕް ސްޓޯރާއި ގޫގްލް ޕްލޭ ސްޓޯރުން ހިލޭ ޑައުންލޯޑްކުރެވެން ހުންނާނެއެވެ.

އާރްޓީއެލް ސްޕީޑް ފެރީގެ ޚިދުމަތް 6 ޒޯނުގައި ފެށިގެން ދާއިރު، ޒަމާނީ ފެރީގެ ޚިދުމަތް ދޭ 82 އުޅަނދެއް އޮންނާނެއެވެ. 188 ފެރީ ޓަރމިނަލް ހުންނާނެއެވެ. އަދި މި އުޅަނދުތަކަށް ޚިދުމަތްދޭނެ ބޯޓުޔާޑު ރާއްޖޭގެ ތިން ސަރަހައްދެއްގައި ގާއިމުކުރެވިފައި ހުންނާނެއެވެ. އެމްޓީސީސީގެ އަމާޒަމީ ކުރިއަށް އޮތް 24 މަސް ދުވަސްތެރޭ މުޅި ރާއްޖެ ކަނޑުދަތުރުފަތުރުގެ ވިއުގައަކުން ގުޅާލުމެވެ.

އެގޮތުގެމަތިން، ކުރިއަށް އޮތް 9 މަސް ދުވަހުގެ ތެރޭގައި 9 އަތޮޅެއްގައި މި ޚިދުމަތް ތައާރަފުކުރުމަށް ކުރަންޖެހޭ މަސައްކަތްތައް މިހާރުވެސް ދަނީ ކުރަމުންނެވެ. މުޅި ރާއްޖެއަށް މި ޚިދުމަތް ފުޅާވެގެންދާއިރު، 800އެއްހާ ވަޒީފާ އަލަށް އުފެދިގެން ދާނެއެވެ. މި މުވައްޒަފުންނަކީ އެކަށީގެންވާ މުސާރައެއް ލިބޭ، އަދި ޚިދުމަތަށް ތަމްރީނު ވެފައިވާ، ގާބިލު ބަޔަކަށް ވެގެންދާނެއެވެ.

ރާއްޖޭގައި ދަތުރުފަތުރުގެ ޚިދުމަތް ފޯރުކޮށްދޭ އެންމެ ބޮޑު ކުންފުނީގެ ހައިސިއްޔަތުން، ކުންފުނީގެ މަގުސަދަކީ އެކަށީގެންވާ އަގުގައި ލުއިފަސޭހަކަމާއެކު ބޭނުންކުރެވޭ، ކަނޑާއި އެއްގަމުގެ ދަތުރުފަތުރުގެ ޚިދުމަތެއް ރައްޔިތުންނަށް ފޯރުކޮށްދޭ ކުންފުންޏެއްގެގޮތުގައި ދެމިއޮތުން ކަމަށް އެމްޓީސީސީން ބުނެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްއާދަމް ޢާޒިމްއެމްޓީސީސީރައީސް, އިބްރާހީމް މުޙައްމަދު ޞާލިޙުހައި ސްޕީޑް ފެރީ

ކޮމެންޓް

އިތުރަށް ކިޔާލަން

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

ދައުލަތުގެ ބަޖެޓުގެ 96 އިންސައްތަ އަށް ވާގޮތެއް ރައްޔިތުންނަކަށް ނޭނގެ: މޭޔަރު އާޒިމް

09 ޑިސެމްބަރު 2025
ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

ގިނަ އަދަދެއްގެ ދަރިވަރުންނާ އެކު މާލެ ސިޓީ ކައުންސިލް ގެ ޤުރުއާން އަދި މަދަހަ މުބާރާތް ފަށައިފި

07 ޑިސެމްބަރު 2025
ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

ފައްޔާޒުގެ އިސްތިއުފާގެ ސިޓީގައި ކުރިން ނުދައްކާ އެތައް ވާހަކައެއް!

24 ނޮވެމްބަރު 2025
ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

ރައީސް ސާލިހް ގެ ސަރުކާރުން ފަށާފައިވާ ފެނަކަ އިމާރާތް މިސަރުކާރު އައިސް ހޮޅި ގެއަކަށް ހަދައިފި: ހުސައިން

23 ނޮވެމްބަރު 2025

އަހަރުތަކުން މިއަދު

22 ޖެނުއަރީ
ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.
20251 އަހަރު ކުރިން
ރާއްޖެ

ސަރުކާރުގެ ސުޕަރމެޖޯރިޓީ އޮތް މަޖިލިސް ދެފަޅިވެ، ދެ ފެކްޝަނަކަށް ބެހިގެން ދަނީއެވެ.

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި
20242 އަހަރު ކުރިން
ރާއްޖެ

ރޯދަ މަހު އިންތިޚާބުތައް ނުބޭއްވޭގޮތަށް ގާނޫނަށް އިސްލާހު ހުށަހަޅައިފި

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް
20233 އަހަރު ކުރިން
ތަފާތު ޚަބަރު

އަމާޒަށް ދުނި ޖެހުމުގައި އަތީރުގެ ސާބިތުކަން ކަސިޔާރުވުމެއް ނެތް

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު
20224 އަހަރު ކުރިން
ރާއްޖެ

އަދާލަތު ޕާޓީގެ އިސްސަފުގައި، އިޔާޒާއި ޒައިދުގެ ބަހެއް ނުވިކުނު

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް
20215 އަހަރު ކުރިން
ރާއްޖެ

ފައިސާއަށް ފާރިޝް ހިޔާނާތްތެރިވީ ކަމަށް ވިދާޅުވެ ދިޔާނާ ފުލުހަށް

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!
20197 އަހަރު ކުރިން
ރާއްޖެ

އީސީގެ މެމްބަރުންގެ އިތުބާރު ނެތް ކަމުގެ މައްސަލައެއް މަޖިލީހަށް ވައްދަނީ!

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!
20188 އަހަރު ކުރިން
ރިޕޯޓު

ޓެކްސީ ޑްރައިވަރުންނަށް ކޮމާންޑު ކުރުމުގައި ފުރާވަރު އަންހެން ކުއްޖެއް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު