Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހައި ސްޕީޑް ފެރީ ނިޒާމު ތަޢާރަފުކުރުން

ބޮޑެތި ޕްރޮޖެކްޓްތައް ހިންގިއަސް ގައުމު ކުރިޔަށްދާނީ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަވެގެން: ނަހުލާ

12 ޖޫން 2022 | އާދީއްތަ 08:24

މިނިޒާމުގެ ފުރަތަމަ ފޭސްގައި ހއ. ހދ. އަދި ށ. އަތޮޅު ގުޅާލެވޭނެ

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 12 ޖޫން 2022 | އާދީއްތަ 08:24
ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

ޓްރާންސްޕޯޓް މިނިސްޓަރު އައިޝަތު ނަހުލާ

ގައުމެއްގައި ބޮޑެތި މަޝްރޫޢުތަކެއް ކުރިޔަށްގެންދިޔަ ނަމަވެސް ގައުމު ކުރިޔަށްދާނީ ދަތުރުފަތުރުގެ ނިޒާމު ވަރުގަދަވެގެންކަމަށް މިނިސްޓަރ އޮފް ޓްރާންސްޕޯޓް އެންޑް ސިވިލް އޭވިއޭޝަން އައިޝަތު ނަހުލާ ވިދާޅުވެއްޖެއެވެ.

ރާއްޖެ ޓްރާންސްޕޯޓް ލިންކްގެ ޚިދުމަތް ރަސްމީކޮށް ހދ. އަތޮޅަށް ފެށުމާއެކު ކުރިޔަށްދިޔަ ލައިވް ސްޓްރީމް އިވެންޓްގައި ދެއްވި ވީޑިއޯ މެސެޖްގައި މިނިސްޓަރު ނަހުލާ ވިދާޅުވީ ރާއްޖޭގެ ތަރައްގީއަށް ދަތުރުފަތުރުގެ ނިޒާމަކީ ވަރަށް މުހިންމު އިސްކަމެއް ދީގެން ކުރަން ޖެހިފައިވާ ކަމެއްކަމަށެވެ. ސަބަބަކީ ރާއްޖެއަކީ ޖަޒީރާ ރަށްތަކަކަށް ވުމާއެކު ރާއްޖޭގެ ރަށްތައް އެއް ރަށް އަނެއް ރަށަށް ގުޅާލުމަކީ ރައްޔިތުންނަށް ލިބޭނެ ވަރަށް ބޮޑު ފަސޭހައަކަށްވާތީ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ވިދާޅުވީ އިޖުތިމާއީ ގޮތުންނާއި އިގްތިޞާދީ ގޮތުން ރާއްޖެ ތަރައްގީކޮށް ކުރިއަރުވަން ބޭނުންނަމަ އިސްކަމެއް ދޭންޖެހޭނެ އެންމެ މުހިންމު އެއް ކަންތަކަކީ ދަތުރުފަތުރުގެ ނިޒާމުކަމަށެވެ. ރާއްޖެ ޓްރާންސްޕޯޓް ލިންކުގެ ބޭނުމަކީ ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖޭގެ ރަށްތައް ގުޅާލުންކަމަށްވާއިރު މިގޮތަށް ގުޅޭލެވޭއިރު އެންމެ އިސްކަމެއް ދޭނީ ސަލާމަތާއި ރައްކާތެރިކަމާއި ފަސޭހަކަމާއެކު އެމީހެއްގެ ރަށަށް ވާސިލުވެވޭނެ ފަސޭހަ އަވަސް ނިޒާމެއް އޮތުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އިފްތިތާހުކުރެވިގެންދާ މިނިޒާމަކީ މިކަމަށް އެޅޭނެ އެންމެ މުހިންމު އެއް ފިޔަވަޅުކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިސްޓަރު ނަހުލާ ވިދާޅުވީ މިނިޒާމާއެކު ރާއްޖެއަށް ތަރައްގީ ގެނުވައިދޭނެކަމަށެވެ. އަދި މިސަރުކާރުގެ އަބަދުވެސް ވިސްނަނީ ރާއްޖެއަށް ތަރައްގީ އާ ތަމައްދުން ގެނައުމަށްކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

މިނިޒާމުގެ ފުރަތަމަ ފޭސްގައި ހއ. ހދ. އަދި ށ. އަތޮޅު ގުޅާލެވޭނެ އެވެ. އަދި 41 ރަށަށް ޚިދުމަތް ލިބެނޭ ކަމަށާއި ހަފްތާއަކު 7 ދުވަހު ދަތުރުތައް ކުރާނެ ކަމަށް ޕްލޭނިންގ މިނިސްޓްރީން ވަނީ ބުނެފައެވެ.

މި މަޝްރޫއު ހިންގުމަށް ހަމަޖެހިފައިވަނީ ތިން ފިޔަވައްސަކަށް ބަހާލައިގެންނެވެ. ފުރަތަމަ ފިޔަވަހީގެ ޚިދުމަތް ފަށާފައިވާއިރު ދެވަނަ ފިޔަވަހީގައި ނ، ރ، ބ، ޅ، ގއ، ގދ، ޏ، އަދި ސ ގުޅާލާނެއެވެ. އަދި ތިންވަނަ ފިޔަވަހީގައި ކ، އއ، އދ، ވ، މ، ފ، ދ، ތ އަދި ލ ގުޅާލުމަށް ވަނީ ނިންމާފައެވެ. މި މަޝްރޫއުގެ ދަށުން ޖުމްލަ 188 ރަށް ގުޅާލުމަށް ވަނީ ހަމަޖެހިފައެވެ.

ހައި ސްޕީޑް ފެރީ ނިޒާމަކުން ރާއްޖެ ގުޅާލުމުގެ ފުރަތަމަ ފިޔަވަހި ފަށާފައިވާއިރު، ޓިކެޓް ބުކް ކުރުމަށް ޕޯޓަލްގެ އިތުރުން މޮބައިލް އެޕްލިކޭޝަނެއް ވަނީ ތައާރަފުކޮށްފައެވެ. ޕްލޭނިން މިނިސްޓްރީން ކޮށްފައިވާ ޓުވީޓެއްގައި ވަނީ ޕޯޓަލްއަށް ވަންނަ ގޮތް ކިޔައިދީ ވީޑިއޯއެއް އަޕްލޯޑްކޮށްފައެވެ. އަދި ޚާއްސަ އެހީއަށް ބޭނުންވާ ފަރާތްތަކުން ރާއްޖެ ޓްރާންސްޕޯޓް ލިންކް (އާރްޓީއެލް)ގެ ފެރީތަކުން ހިލޭ ދަތުރުކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ. ދަތުރު ކުރާ ކޮންމެ މީހަކާއެކު އުމުރުން 3 އަހަރުގެ ދަށުގެ އެއް ކުއްޖަކުގެ ގެންދެވިދާނެ ކަމަށާއި އުނގުގައި ބައިންދާ ގޮތަށް ހިލޭ އެ ކުއްޖަކަށް ދަތުރު ކުރެވޭނެ ކަމަށް ވެސް ވަނީ ބުނެފައެވެ.

ހައި ސްޕީޑް ފެރީޓްރާންސްޕޯޓް މިނިސްޓްރީ

އިތުރަށް ކިޔާލަން

07 ޑިސެމްބަރު 2025

2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން

07 ޑިސެމްބަރު 2025
2024 ވަނަ އަހަރުގެ ފަހު ކޮޅު ފަށާނެކަމަށް ބުނި، ހުޅުމާލެ ޕާކިން އިމާރާތްތަކުގެ އަމަލީ މަސައްކަތް 4 މަސް ތެރޭ ފެށޭނެ: މިނިސްޓަރ އަމީން
06 ޑިސެމްބަރު 2025

ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!

06 ޑިސެމްބަރު 2025
ހުޅުމާލޭން ގިނަ އަދަދެއްގެ ވެހިކަލް ޓޯކޮށްގެން ތިލަފުއްޓަށް ގެންދަނީ، ވެހިކަލް ތަކުގެ ވެރިން ބުނަނީ، މިއީ ސަރުކާރުން ދޭ ބޮޑު އަނިޔާ އެއް ކަމަށް!
27 ނޮވެމްބަރު 2025

އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް

27 ނޮވެމްބަރު 2025
އެހެނިހެން ޤާނޫނާއި ޚިލާފުވެގެން، ލައިސަންސް ބާތިލްކުރުމަކީ ކަންބޮޑުވުމެއް : ނާޒިލް
07 ނޮވެމްބަރު 2025

ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ

07 ނޮވެމްބަރު 2025
ކޮޅުވެއްޓި އާ ބާޖުތައް އޮޕަރޭޓް ކުރަނީ އެކަމަށް ބޭނުންވާ ސެޓްފިކެޓްތައް ނެތް ކެޕްޓަނުން: ޓްރާންސްޕޯޓް މިނިސްޓްރީ
27 އޮކްޓޯބަރު 2025

"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"

27 އޮކްޓޯބަރު 2025
"އެސްޑީއެފްސީ އިން ޓެކްސީ ޑްރައިވަރުންނަށް ލޯނު ދިނީ ޤާނޫނާއި ޚިލާފަށް ކަމަށް ބުނެ އަމީން ހަދަނީ ދޮގު. އުޅުއްވަނީ ޒިންމާ އިން ރެކެން"
27 އޮކްޓޯބަރު 2025

މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް

27 އޮކްޓޯބަރު 2025
މިނިސްޓަރ އަމީން ވިދާޅުވީ މުއިއްޒުގެ މޭޔަރު ކަމުގައި މާލެއަށް ވެހިކަލްތައް ރަޖިސްޓްރީ ކުރީ ގާނޫނަކަށް ބެލުމެއް ނެތިކަމަށް
10 ސެޕްޓެމްބަރު 2025

ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި

10 ސެޕްޓެމްބަރު 2025
ރައީސް މުއިއްޒުގެ މޭޔަރުކަމުގައި ޕާކިންއަށް ދޫކުރި ތަންތަން ޢާއްމުންނަށް ހުޅުވައިލުމަށް މާލެ ސިޓީ ކައުންސިލުން ނިންމައިފި
08 ސެޕްޓެމްބަރު 2025

ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!

08 ސެޕްޓެމްބަރު 2025
ސަރުކާރުން ދިވެހި ޑްރައިވަރުން ފަހަތުން ދުވެދުވެ ތިއްބާ ޓެކްސީ ކުރުން ވެސް ބިދޭސީންނަށް!
18 އޯގަސްޓު 2025

އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ

18 އޯގަސްޓު 2025
އޮގަސްޓް މަހުގައި ފަށަން ފަސްކުރި ޓެކްސީ ލައިންގެ ހިދުމަތް އަދިވެސް ނުފަށާ
07 ޖުލައި 2025

ޖުލައި 13 ން ފެށިގެން ދެފުރޮޅުލީ އެއްގަމު އުޅނަދު ފިޔަވާ ހުރިހާ އުޅަނދެއް އެތެރެ ކުރަން ހުއްދަ ނަގަން ޖެހޭނެ: ޓްރާންސްޕޯޓް

07 ޖުލައި 2025
ޖުލައި 13 ން ފެށިގެން ދެފުރޮޅުލީ އެއްގަމު އުޅނަދު ފިޔަވާ ހުރިހާ އުޅަނދެއް އެތެރެ ކުރަން ހުއްދަ ނަގަން ޖެހޭނެ: ޓްރާންސްޕޯޓް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް