Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ކަޕް

ބާސާ އާއި ރެއާލް ގަދަ 16 އަށް

ރެއާލް މޮޅުވީ އަލްކޮޔާނޯ އަތުން 3-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 6 ޖެނުއަރީ 2022 | ބުރާސްފަތި 07:13
ލިނާރެސް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ލިނާރެސް އާއި ބާސާ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ކަޕުގައި ބުދަ ދުވަހުގެރޭ ކުޅުނު މެޗުތަކުން ތިންވަނަ ޑިވިޝަން ޓީމުތައް ބަލިކޮށް މުބާރާތުގެ ގަދަ 16 އަށް ސްޕެއިނުގެ ގަދަ ދެ ބާރު ކަމަށްވާ ބާސެލޯނާ އާއި ރެއާލް މެޑްރިޑް ދަތުރުކޮށްފިއެވެ.

ރަށުން ބޭރުގައި ކުޅުނު މެޗުން ބާސާ މޮޅުވީ ލިނާރެސް ޑިޕާޓިވޯ އަތުން ފަހަތުން އަރައި 2-1 ގެ ނަތީޖާއަކުންނެވެ.

މި މެޗަށް ބާސާ ނުކުތީ މިދިޔަ ނޮވެމްބަރު މަހު ހިލޭ ޓްރާންސްފާއެއްގައި އެ ޓީމާ އަލުން ގުޅުނު ބްރެޒިލުގެ ތަޖުރިބާކާރު ޑިފެންޑަރު ޑެނީ އަލްވޭސް ޓީމުގައި ހިމަނައިގެންނެވެ. މި މެޗު ފަށައިގެން ދެ ޓީމުގެ ފަރާތުން ހަމަހަމަ ކުޅުމެއް ފެނިގެންދިޔައިރު، މެޗުގައި އެންމެ ފުރަތަމަ ލަނޑު ޖަހައި ލީޑު ނަގައިފައިވަނީ ލިނާރެސްއިންނެވެ. މެޗުގެ 19 ވަނަ މިނެޓުގައި މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ހޫގޯ ޑިއާޒެވެ.

މި މެޗުގެ ދެވަނަ ހާފުގައި ބާސާއިން އެޓޭކުތައް ވަރުގަދަކުރިއިރު، މެޗުގެ 63 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އޮސްމާން ޑެމްބަލޭއެވެ. އަދި އޭގެ ހަ މިނެޓު ފަހުން ބާސާއިން ވަނީ އިތުރު ލަނޑެއް ޖަހައި، ލީޑު ނަގާާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ފެރާން ޖަޓްލާއެވެ.

މީގެ އިތުރުން ސްޕެނިޝް ކަޕުގެ ގަދަ 16 އަށް ރެއާލް ދަތުރުކުރީ ބުދަ ދުވަހުގެރޭ ރަށުން ބޭރުގައި ކުޅުނު މެޗުން އަލްކޮޔާނޯ އަތުން 3-1 ގެ ނަތީޖާއަކުން މޮޅުވެގެންނެވެ.

މި މެޗު ފަށައިގެން ރެއާލުން އަލްކޮޔާނޯ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދިއިރު، މެޗުގެ 39 ވަނަ މިނެޓުގައި އެ ޓީމުން ވަނީ ލީޑު ނަގާފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ އެޑާ މިލިޓާއޯއެވެ. މި ލަނޑަށްފަހުވެސް ރެއާލަށް ވަނީ ލަނޑު ޖަހަން ގިނަ ފުރުސަތުތަކެއް ލިބި ބޭކާރުވެފައެވެ. އެގޮތުން ތަޖުރިބާކާރު ފޯވާޑް އެޑެން ހަޒާޑާއި ރޮޑްރިގޯ ފޮނުވާލި ހަމަލާތަކުގެ ހުރަހަކަށްވީ އަލްކޮޔާނޯގެ ގޯލްކީޕަރު ހުއާން ހޯސޭއެވެ.

އެކަމަކު މެޗުގެ 66 ވަނަ މިނެޓުގައި އަލްކޮޔާނޯއިން ވަނީ ލަނޑު ޖަހައި ނަތީޖާ އެއްވަރުކޮށްފައެވެ. މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ޑެނީ ވެގާއެވެ. ނަމަވެސް މެޗުގެ 76 ވަނަ މިނެޓުގައި ރެއާލުން އަލުން ލީޑު ނެގިއިރު، ހަޒާޑްގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބު ކޮށްދިނީ މާކޯ އެސެންސިއޯއެވެ. އަދި އޭގެ ދެ މިނެޓު ފަހުން ރެއާލުން ލީޑު ފުޅާކުރިއިރު، މިއީ އަލްކޮޔާނޯގެ ގޯލްކީޕަރު ހުއާން ހޯސޭ އަތުން ބައިކޮޅަށް ވަން ލަނޑެކެވެ.

މި ނަތީޖާއާއެކު ސްޕެނިޝް ކަޕުގެ ގަދަ 16 އަށް ބާސާ އާއި ރެއާލް ދަތުރުކުރިއިރު، މުބާރާތުގެ ގަދަ 16 ގެ މެޗުތައް ކުޅޭނީ މި މަހުގެ 15 ވަނަ ދުވަހެވެ.

ސްޕެނިޝް ކަޕްބާސެލޯނާރެއާލް މެޑްރިޑް

ކޮމެންޓް

އިތުރަށް ކިޔާލަން

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު