Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބްރެޒިލްގެ ރައީސް

ބްރެޒިލްގެ ރައީސް ބޮލްސޮނާރޯ ހޮސްޕިޓަލުން ދޫކޮށްލައިފި

ހޮސްޕިޓަލުން ދޫކޮށްލީ ބުދަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައި

ސިމާހާ ނަސީމް
ސިމާހާ ނަސީމް | 5 ޖެނުއަރީ 2022 | ބުދަ 13:19
ބްރެޒިލްގެ ރައީސް ޖެއިރް ބޮލްސޮނާރޯ

ބްރެޒިލްގެ ރައީސް ޖެއިރް ބޮލްސޮނާރޯ

ބްރެޒިލްގެ ރައީސް ޖެއިރް ބޮލްސޮނާރޯ ވިލާ ނޯވާ ސްޓާރ ހޮސްޕިޓަލުން ދޫކޮށްލައިފިއެވެ.

ބުދަ ދުވަހުގެ ހެނދުނު ހޮސްޕިޓަލުން ދޫކޮށްލާފައިވާ ކަމަށް ވިދާޅުވެ ބޮލްސޮނާރޯ ވަނީ އެންމެންނަށް ޝުކުރު އަދާކުރައްވައި ޓްވީޓެއް ކުރައްވާފައެވެ.

ސައޯ ޕައުލޯގައި ހުންނަ މި ހޮސްޕިޓަލުގައި ބޮލްސޮނާރޯ އެޑްމިޓްކޮށްފައިވަނީ ހޯމަ ދުވަހުގެ ހެނދުނުގެ ވަގުތެއްގައެވެ. ބޮލްސޮނާރޯ އެޑްމިޓްކުރީ އިންޓެންސްޝިއަލް ބްލޮކޭޖެއްގެ ސަބަބުންނެވެ. އިންޓެސްޝިއަލް ބްލޮކޭޖަކީ ގޮހޮރު ބޮލޮކްވުމުގެ ސަބަބުން ދިމާވާ މައްސަލައެކެވެ.

މިކަމާ ގުޅިގެން ބޮލްސޮނާރޯ ވިދާޅުވީ ސިއްހީ ހާލަތު ގޯސްވެ އެކަން އިހްސާސްވާން ފެށީ އާދީއްތަ ދުވަހު މެންދުރުގެ ފަރިއްކޮޅަށްފަހު ކަމަށެވެ. އަދި އެދުވަހު ޑޮކްޓަރުގެ ފަރުވާ ހޯއްދެވި ނަމަވެސް ހޮސްޕިޓަލުގައި އެޑްމިޓްކުރީ އިތުރަށް ހާލު ގޯސްވުމުންނެވެ.

މި މައްސަލަ ދިމާވެގެން މީގެ ކުރިންވެސް ބޮލްސޮނާރޯ ވަނީ 2018 ވަނަ އަހަރު ހޮސްޕިޓަލުގައި އެޑްމިޓްކޮށް އޮޕަރޭޝަން ތަކެއްވެސް ކުރައްވައިފައެވެ. އޭގެ ފަހުން 2021 ވަނަ އަހަރުވެސް މި ބައްޔަށް ބޮލްސޮނާރޯ ފަރުވާ ހޯއްދެވިއެވެ.

ބްރެޒިލްގެ ރައީސްކަމާ ބޮލްސޮނާރޯ ހަވާލުވެވަޑައިގަތީ 2019 ވަނަ އަހަރުއެވެ. އަދި މިއަހަރުގެ އޮކްޓޫބަރު މަހުގައި އޮންނަ އިންތިޚާބުގައި ވާދަކުރެއްވުމަށްވެސް ބޮލްސޮނާރޯ އަންނަނީ ތައްޔާރުވެވަޑައިގަންނަވަމުންނެވެ.

ބްރެޒިލްޖައިރް ބޮލްސޮނާރޯ

އިތުރަށް ކިޔާލަން

25 ޑިސެމްބަރު 2025

ސާޖަރީ ކުރުމަށް، ޖަލުގައި ހުންނެވި ބޮލްސޮނާާރޯ ހޮސްޕިޓަލަށް ބަދަލު ކޮށްފި

25 ޑިސެމްބަރު 2025
ސާޖަރީ ކުރުމަށް، ޖަލުގައި ހުންނެވި ބޮލްސޮނާާރޯ ހޮސްޕިޓަލަށް ބަދަލު ކޮށްފި
20 ޑިސެމްބަރު 2025

ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް

20 ޑިސެމްބަރު 2025
ބޮލްސޮނާރޯގެ އައު އިސްތިއުނާފު ބްރެޒިލްގެ ސުޕްރީމް ކޯޓުން ބަލައި ނުގަތް
26 ނޮވެމްބަރު 2025

27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި

26 ނޮވެމްބަރު 2025
27 އަހަރުގެ ޖަލު ޙުކުމް ތަންފީޒު ކުރުމަށް ބޮލްސޮނާރޯ ޖަލަށް ގެންދިޔުމަށް ސުޕްރީމް ކޯޓުން އަމުރު ކޮށްފި
24 ނޮވެމްބަރު 2025

ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި

24 ނޮވެމްބަރު 2025
ބްރެޒިލްގެ ކުރީގެ ރައީސް ފައިގައި ހަރުކޮށްފައިވާ މޮނިޓަރަށް ގެއްލުންދީފައިވާތީ، އޭނާ ފުލުހުންގެ ބެލުމުގެ ދަށުގައި ބަހައްޓަން ކޯޓުން އަމުރު ކޮށްފި
23 އޮކްޓޯބަރު 2025

ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި

23 އޮކްޓޯބަރު 2025
ނިންމުން ބަދަލު ކުރައްވައި، ކޮޕް30 ސަމިޓުގައި ސްޓާމަރ ބައިވެރިވާނެ ކަމަށް ހާމަ ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު