Raajje.mv
Raajje.mv
  • ރާއްޖެ
  • ކުޅިވަރު
  • ދުނިޔެ
  • ވިޔަފާރި - އިގްތިސާދު
  • ރިޕޯޓު
  • ފޮޓޯ
  • ވާހަކަ
  • ސިއްހަތު
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ބޭރުގެ ހަނގުރާމަތަކުގައި ބައިވެރިވާ ދިވެހިން

އަނބުރާ އަންނަ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ 15 އަހަރުން ދަށުގެ ކުދިން ދައުލަތުގެ ބެލުމުގެ ދަށަށް ގެނެވިދާނެ

އިޚުތިޔާރުގެ ބޭނުން ކުރަން ޖެހޭނީ ކުއްޖާގެ އެސެސްމަންޓް ހެދުމަށްފަހު ވަކި ހާލަތްތަކަކަށް ބަލައިގެން

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު, ރާއްޖެ އެމްވީ | 5 ޖެނުއަރީ 2022 | ބުދަ 07:42
ސީރިޔާގައި ކުރިއަށްދާ ހަނގުރާމައިގެ ތެރެއިން- ސީރިޔާ ހަނގުރާމައިގައި ބައިވެރިވުމަށްވެސް ބައެއް ދިވެހިން ފާއިތުވި ދުވަސްތަކުގައި ގޮސްފައިވޭ

ސީރިޔާގައި ކުރިއަށްދާ ހަނގުރާމައިގެ ތެރެއިން- ސީރިޔާ ހަނގުރާމައިގައި ބައިވެރިވުމަށްވެސް ބައެއް ދިވެހިން ފާއިތުވި ދުވަސްތަކުގައި ގޮސްފައިވޭ

ހަނގުރާމައެއްގައި ބައިވެރިވުމަށްޓަކައި ރާއްޖެއިން ބޭރަށް ގޮސްފައި އަންނަ އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި އެ ކުދީންގެ މައިންބަފައިންނާ ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ އިޚުތިޔާރު ދައުލަތަށް ލިބިގެންވާކަމަށް ބަޔާންކޮށް އެކަމާގުޅޭ ގަވާއިދު އާންމުކޮށްފިއެވެ.

"އަނބުރާ އަންނަ ހަނގުރާމަވެރިންގެ މައްޗަށް ހިންގޭ ޚާއްސަ އިޖުރާއަތުތަކާބެހޭ ގަވާއިދު" 5 ޖެނުއަރީގައި ގެޒެޓުކޮށް އަމަލުކުރަން ފަށާފައިވާއިރު، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމަ ހިނގާ ސަރަހައްދަކަށް ދިޔުމަށްފަހު އެނބުރި ދިވެހިރާއްޖެއަށް އަންނަ ހާލަތުގައި އަމަލުކުރާނެ ޚާއްސަ އިޖުރާއަތުތައް ވަނީ ބަޔާންކޮށްފައެވެ. އެގޮތުން ހަނގުރާމަވެރިންނާއެކު ނުވަތަ އެ ނޫން ގޮތަކަށް އެފަދަ ސަރަހައްދަކުން އަންނަ މީހުންނަކީ، ޓެރަރިޒަމްގެ ޢަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ފަރާތެއް ކަމަށް ބަލައި، އެ ފަރާތެއް މުޖުތަމައަށް ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ރައްކާތެރިކަމުގެ ފިޔަވަޅު އެޅުމަށްޓަކައި އިދާރީ ބަންދުގެ މަރުކަޒެއްގައި ބަންދުކުރަން މިނިސްޓަރަށް އެންގިދާނެކަމަށް މި ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ.

Advertisement - newsAdvertisement

އޭގެ އިތުރުން، ކުޑަކުދިންނާ ގުޅޭ ޚާއްސަ އުސޫލުތައްވެސް މި ގަވާއިދުގައި ބަޔާންކޮށްފައިވާއިރު، އަނބުރާ އަންނަ ހަނގުރާމަވެރިންގެ ތެރޭގައި ހިމެނޭ އުމުރުން 15 އަހަރުން ދަށުގެ ކުޑަކުދިންގެ މަސްލަހަތު ރައްކާތެރިކުރުމަށްޓަކައި، އެ ކުދިން މައިންބަފައިންނާ ވަކިކޮށް ދައުލަތުގެ ބެލުމުގެ ދަށަށް ގެނައުމުގެ އިޚުތިޔާރު، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގެ ދަށުން، ކުޑަކުދިންގެ ހައްގުތައް ރައްކައުތެރިކުރުމުގެ މަސްއޫލިއްޔަތު ހަވާލުކޮށްފައިވާ ދައުލަތުގެ ވުޒާރާއަށް ލިބިގެންވާކަމަށް ބަޔާންކޮށްފައިވެއެވެ.

އެހެންނަމަވެސް، އިޚުތިޔާރުގެ ބޭނުންކުރަންޖެހޭނީ ކުއްޖާގެ އެސެސްމަންޓު ހެދުމަށްފަހު، ވަކި ހާލަތްތަކަކަށް ބަލައިގެންނެވެ. އޭގެތެރޭގައި މައިންބަފައިންގެ ގާތުގައި ހުރުމުގެ ސަބަބުން، އެ ކުއްޖާ ހަރުކަށި ފިކުރަށް ހުށަހެޅުމުގެ ފުރުސަތު އޮތުން، ނުވަތަ އެ ކުއްޖާގައި ހުރި އެފަދަ ފިކުރެއް އާލާވެ އަށަގަތުމުގެ ފުރުސަތު އޮތުން ހިމެނިފައިވެއެވެ. އަދި ކުއްޖާގެ މައިންބަފައިންގެ ނަފްސާނީ ހާލަތެއްގެ ސަބަބުން ކުއްޖާއަށް ދޭންޖެހޭ އަޅާލުމާއި ރައްކާތެރިކަން އެކަށީގެންވާ ގޮތެއްގައި ދެވެން ނެތް ނަމަވެސް، ދައުލަތަށް އެކުއްޖާ ނެގުމުގެ އިޚުތިޔާރު ލިބިގެންވެއެވެ.

އޭގެ އިތުރުން، މައިންބަފައިންގެ އިހުމާލުގެ ސަބަބުން ކުއްޖާއަށް ނަފްސާނީ ގޮތުން ނުވަތަ ޖިސްމާނީ ގޮތުން ގެއްލުންވެފައިވުމާއި، ކުއްޖާގެ މައިންބަފައިންގެ ފަރާތުން އެކްސްޕްލޮއިޓޭޝަންގެ އަމަލެއްގެ ޝިކާރައަކަށް ކުއްޖާ ވެފައިވުން ނުވަތަ އެފަދަ އަމަލެއްގެ ޝިކާރައަކަށް ވުމުގެ ފުރުސަތު އޮތުންވެސް އެ ހާލަތްތަކުގެ ތެރޭގައި ވަނީ ހިމެނިފައެވެ.

ގަވާއިދުގައި ބުނެފައިވާ ގޮތުން ކުއްޖާގެ މައިންބަފައިންނާ ވަކިކުރަންޖެހޭ ހާލަތުގައި އެ ކުއްޖަކު ދައުލަތުގެ ބެލުމުގެ ދަށަށް ވަގުތީގޮތުން ގެނެސް، ކުއްޖާގެ އާއިލާގެ އެހެން މެންބަރަކާ ނުވަތަ މެންބަރުންނާ، ކުޑަކުދިންގެ ހައްގުތައް ރައްކާތެރިކުރުމުގެ ގާނޫނާއި، އެ ގާނޫނުގެ ދަށުން އެކުލަވައިލައިފައިވާ ގަވާއިދުތަކުގައި ކަނޑައަޅައިފައިވާ ގޮތެއްގެ މަތިން ހަވާލުކުރެވިދާނެއެވެ. އެ ހާލަތުގައިވެސް ކުއްޖާއާ ހަވާލުވާ ފަރާތުގެ އެސެސްމަންޓު ހަދަން ޖެހެއެވެ.

އަދި ކުއްޖާއާ ހަވާލުވާނެ އާއިލާގެ މެންބަރެއް ނެތް ހާލަތެއްގައި، ކުޑަކުދިން ބަލަހައްޓާ ދައުލަތުގެ މަރުކަޒެއްގައި ކުއްޖާ ބަހައްޓަންވާނެކަމަށްވެސް ވަނީ ބަޔާންކޮށްފައެވެ

ރާއްޖެއިން ބޭރަށް ހަނގުރާމައަށް ގޮސް ތިބި މީހުންގެ ތެރެއިން ރާއްޖެއަށް އަންނަން ބޭނުންވާ ދިވެހިން ގެނެސް ރިހެބިލިޓޭޓް ކުރުމަށް ހޯމް މިނިސްޓްރީން ވަކި ޚާއްސަ ސެންޓަރެއް ގާއިމުކުރަންޖެހޭއިރު، އެ ސެންޓަރުގައި ހުންނަންޖެހޭ ޝަރުތުތައްވެސް ގަވާއިދުގައި ބަޔާންކޮށްފައިވެއެވެ. މި ސެންޓަރުގައި މަސައްކަތް ކުރާނެ މުވައްޒަފުން ބޭނުންވެގެން އިއުލާން ކުރުމުން މީހުން އެކަމަށް ވަރަށް ފަސްޖެހޭކަމަށް ހޯމް މިނިސްޓްރީން މައުލޫމާތު ދެއެވެ. މިއީ ރާއްޖޭގައި މުޅިން އަލަށް ކުރާ ކަމެއް ކަމުން އެކަމުގެ ތެރެއަށް ވަނުމަށް މީހުން ފަސްޖެހެނީ ކަމަށްވުން އެކަށީގެންވާ ކަމަށް ވެސް މިނިސްޓްރީން ބުނެއެވެ.

ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގެ ދަށުން ގާއިމު ކުރަންޖެހޭ "ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ" ގާއިމުކޮށްފައިވަނީ 2020 ވަނަ އަހަރުގެ އޮކްޓޯބަރު މަހުގެ ތެރޭގައެވެ.

މިނިސްޓްރީ އޮފް ހޯމްއެފެއާޒުން ބުނެފައިވާ ގޮތުގައި، ގާނޫނު ނަންބަރު 2015/32 (ޓެރަރިޒަމް މަނާކުރުމުގެ ގާނޫނު) އަށް 2 ވަނަ އިސްލާހު ގެނައުމުގެ ގާނޫނުގެ 6-60 ވަނަ މާއްދާގެ ދަށުން ގާއިމުކުރަންޖެހޭ ވަގުތީ މަރުޒަކުގެ ގޮތުގައި، "ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރ" ގެ ނަމުގައި ކ. ހިންމަފުށީގައި މަރުކަޒެއް ވަނީ ގާއިމުކޮށްފައެވެ.

ނޭޝަނަލް ރީއިންޓަގްރޭޝަން ސެންޓަރަކީ، ދިވެހިރާއްޖެއިން ބޭރުގައި ހިނގާ ހަނގުރާމައެއްގައި ބައިވެރިވުމަށްފަހު ނުވަތަ ދިވެހިރާއްޖެއިން ބޭރުގެ ހަނގުރާމައިގެ ސަރަހައްދަކަށް ދިޔުމަށްފަހު އަނބުރާ ދިވެހިރާއްޖެއަށް އަންނަ ހަނގުރާމަވެރިންނާއި، އެމީހުންނާއެކު އަންނަ އެމީހުންގެ އާއިލާގެ މެންބަރުންނަކީ، ޓެރަރިޒަމްގެ އަމަލުތައް ކުރުމުގައި އެއްވެސް މިންވަރަކަށް ބައިވެރިވެފައިވާ ބައެއްތޯ ބެލުމަށާއި، އެފަދަ އަމަލުތައް ކުރުމުގައި ސީދާ ބައިވެރިނުވިޔަސް އެފަދަ އަމަލުތަކަށް ހުށަހެޅުމުގެ ފުރުސަތު އޮތް ބައެއްތޯ ބެލުމަށާއި، އެފަދަ އަމަލުތައް ކުރުމަށް ތަމްރީނުލިބިފައިވާ ބައެއްތޯ ބެލުމަށާއި، އެ ފަރާތްތަކަކީ ކުށުގެ ޝިކާރައަކަށްވެފައިވާ ބައެއްތޯ ބަލައި، އެމީހުން މުޖްތަމައަށް އަނބުރާ ރުޖޫއަވުމުގެ ކުރިން އަޅަންޖެހޭ ފިޔަވަޅުތައް އެޅުމަށްޓަކައި، އެމީހުން ދިވެހިރާއްޖެ އައުމާއެކު، ވަގުތީ މަރުކަޒެއްގައި އެމީހުން ބަންދުކުރަންވާނެ ކަމަށް ޓެރަރިޒަމް މަނާކުރުމުގެ ގާނޫނުގައި ބުނެފައިވާތީ ގާއިމުކުރި މަރުކަޒެކެވެ.

ހައުސިންގ މިނިސްޓްރީމިނިސްޓްރީ އޮފް ހޯމް އެފެއަރޒް

ކޮމެންޓް

އިތުރަށް ކިޔާލަން

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

ޕްރެޝަރ ބޮޑުވެ ޕްރިޒަންސް އޮފިސަރުންނާއި ވަޒީރު ބައްދަލުކުރައްވައިފި: މުސާރަ ބޮޑުކުރުމާއި އެ ނޫނަސް އިތުރު ވައުދުތައް ވެވަޑައިގެންނެވި

28 ނޮވެމްބަރު 2025
ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

ރާއްޖޭގައި މިހާތަނަށް ހަދާފައިވާ އެންމެ ބޮޑު ކޮރަޕްޓް އެއްބަސްވުން ހަދާފައި އޮތީ މިނިސްޓަރ އިހުސާނުގެ ބެލުމުގެ ދަށުން: ޝަމްހީދު

03 އޮކްޓޯބަރު 2025
ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

ސިޔާސީ ނުފޫޒްގައި އެންޑީއޭ ޕެރަލައިޒްވަނީ: ފަންނީ މީހުންގެ ބަހެއް ނުވިކޭ!

07 ޖުލައި 2025
ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

ޒާތީ މައުލޫމާތު ބޭނުންކޮށްގެން ޕީއެންސީއަށް ވެއްދި މައްސަލަ ސާބިތުވުމުންވެސް ފުލުހުންބުނީ މައްސަލަ ނުބެލޭނެ ކަމަށް

02 ޖުލައި 2025
"ހިލޭ ބޭސްފަރުވާއާއި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް ދީގެން ނުވާނެ"

"ހިލޭ ބޭސްފަރުވާއާއި، އުމުރުން ދުވަސްވީ މީހުންނަށްދޭ އެލަވަންސް ދީގެން ނުވާނެ"

19 މާރިޗު 2025

އަހަރުތަކުން މިއަދު

6 ޖެނުއަރީ
އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް
20251 އަހަރު ކުރިން
ސިއްހަތު

އެޗްއެމްޕީވީ އާ ބެހޭގޮތުން އެނގެން ޖެހޭ ކަންތައްތައް

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި
20242 އަހަރު ކުރިން
ރާއްޖެ

ބޮޑުވަޒީރު މޯދީއަށް ފާޑުކި ސަރުކާރުގެ ތިން ނައިބު ވަޒީރަކު ސަސްޕެންޑް ކޮށްފި

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި
20233 އަހަރު ކުރިން
ދުނިޔެ

މަސްތުވާތަކެތީގެ ވިޔަފާރީގެ ބޮޑެއް ކަމަށްވާ އެލް ޗެޕޯގެ ދަރިފުޅު ހައްޔަރުކޮށްފި

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން
20224 އަހަރު ކުރިން
ރިޕޯޓު

ރަނުގެ ލާރި ދިނީ ދިވެހިންގެ ޖީބުން ނަގާފައެއް ނޫން

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި
20215 އަހަރު ކުރިން
ދުނިޔެ

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް މަގާމުން ވަކި ކުރުމުގެ މަސައްކަތް ފަށައިފި

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟
20197 އަހަރު ކުރިން
ސިއްހަތު

ހަކުރުބަލި ހުންނަ މީހުން ކުކުޅު ބިސް ކެއުމަކީ ރަނގަޅު ކަމެއްތަ؟

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!
20188 އަހަރު ކުރިން
ރިޕޯޓު

ނިހާންގެ ކޮއްކޮގެ ދެކޮޅު ނުޖެހޭ ވާހަކަތަކުން ފަޅާއެރި ހަގީގަތް!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު