Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިވިލް ކޯޓާއި ފެމިލީ ކޯޓުގެ އިހުތިސާސް

ދެ ކޯޓެއްގެ ޑިވިޝަންތައް އުވާލައި، ކޯޓުތަކުގެ ގާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަލުން ރުޖޫއަކޮށްފި

5 ޖެނުއަރީ 2022 | ބުދަ 08:33

އާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިހުތިސާސް އޮންނަނީ ސިވިލް ކޯޓަށް

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 5 ޖެނުއަރީ 2022 | ބުދަ 08:33
ފެމިލީ ކޯޓް- އާއިލާއާއި ބެހޭ ކަންކަން ބަލަހައްޓަމުން ގެންދަނީ ފެމިލީ ކޯޓުން

ފެމިލީ ކޯޓް- އާއިލާއާއި ބެހޭ ކަންކަން ބަލަހައްޓަމުން ގެންދަނީ ފެމިލީ ކޯޓުން

2015 ވަނަ އަހަރު ސުޕްރީމް ކޯޓުގެ ސަރކިއުލާއަކުން ސިވިލް ކޯޓާއި ފެމިލީ ކޯޓުގައި ހެދި ޑިވިޝަންތައް އުވާލައި، ކޯޓުތަކުގެ ޤާނޫނުގައި ބަޔާންކޮށްފައިވާ ގޮތަށް އަލުން ރުޖޫއަކޮށްފިއެވެ.

އެކަމާ ގުޅޭގޮތުން އުއްތަމަ ފަނޑިޔާރު މުއުތަސިމް އަދުނާން ސޮއިކުރައްވައި ނެރުއްވި ޕްރެކްޓިސް ޑައިރެކްޝަންގައި އަންގަވާފައިވަނީ ކޯޓުތަކުގެ އިހުތިސާސްތަކާއި މަސައްކަތްތައް ހިންގުމުގެ އުސޫލުތައް ގާނޫނު ނަންބަރު 22/2010 (ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނު) ގައި ބަޔާންކޮށްފައިވާއިރު، ކޯޓުތަކުގެ މަސައްކަތްތައް ތަރުތީބުވެ އިންތިޒާމް ކުރެވިފައި އޮންނަންވާނީ އެ ގާނޫނުގައި ކަނޑައަޅައި ބަޔާންކޮށްފައިވާ ގޮތުގެ މަތިންކަމަށެވެ.

އެގޮތުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގެ ދަށުން ގާއިމުކުރެވުނު ސިވިލް ކޯޓާއި، ފެމިލީ ކޯޓުގެ އިހުތިސާސްތައް އެ ގާނޫނުގެ ޖަދުވަލު 1 އަދި 3 ގައި ބަޔާންކޮށްފައިވާއިރު، މަދަނީ މައްސަލަތަކުގެ ތެރެއިން ޢާއިލީ މައްސަލަތައް ފިޔަވައި އެންމެހައި މަދަނީ މައްސަލަތައް ބެލުމުގެ އިހުތިސާސް ސުޕީރިއަރ ކޯޓުތަކުގެ ތެރޭގައި ހިމެނޭ ސިވިލް ކޯޓަށް ލިބިގެންވާކަމަށެވެ.

އެހެންނަމަވެސް، އެގޮތަށް ބަޔާން ކުރުމަށްފަހު، ފެމިލީ ކޯޓުގެ މަސައްކަތްތައް ބެހިގެންވާގޮތާއި އެކޯޓުން ބަލާ މައްސަލަތައް އެ ގާނޫނުގެ ޖަދުވަލު 3 ގައި ބަޔާންކޮށްފައިވާތީ އާއި ދިވެހިރާއްޖޭގެ ސުޕްރީމް ކޯޓުގެ ސަރކިއުލަރގެ ދަށުން ސިވިލް ކޯޓުގައި 5 ޑިވިޝަން ގާއިމުކޮށް ތަރުތީބު ކުރެވިފައިވާ ގޮތުން ހަމަހަމަ އުސޫލުން މަސައްކަތްތައް އިންތިޒާމް ކުރުމަށް ހުރަސްއެޅޭތީ ސިވިލް ކޯޓުގައި 05 ޑިވިޝަން ގާއިމުކޮށް، ހިބައާއި ވަސިއްޔަތާއި، ތަރިކައިގެ މައްސަލަތަކާއި، ވާރިސުން ގިންތިކުރުމުގެ މައްސަލަތަކާއި، މައިންބަފައިންގެ ގެދޮރަށް ވައްދައިދިނުމަށް އެދި ހުށަހެޅޭ މައްސަލަތައް ބަލާނީ އެކަމަށްޓަކައި ފެމިލީ ކޯޓުގައި ގާއިމުކުރެވޭ ޑިވިޝަނުން ކަމަށް ކަނޑައަޅައި 2015 ޖަނަވަރީ 08 ވަނަ ދުވަހު ސުޕްރީމް ކޯޓުން ވަނީ ސަރކިއުލާއެއް ނެރެފައެވެ.

އެ ސަރކިއުލަރ ބާތިލުކޮށް ސުޕްރީމް ކޯޓުން ބުނީ، ސިވިލް ކޯޓާއި ފެމިލީ ކޯޓުން ދިވެހިރާއްޖޭގެ ކޯޓުތަކުގެ ގާނޫނުގައި ކަނޑައަޅާފައިވާ އިހުތިސާސާ އެއްގޮތްވާ ގޮތުގެމަތިން މައްސަލަ ބަލަމުން ގެންދާގޮތަށް ހަމަޖައްސާފައިވާ ކަމަށެވެ. އަދި އެގޮތަށް ހަމަޖެހުމުން އެ ސަރކިއުލަރގެ ދަށުން މިހާރު ހަދާފައިވާ ޑިވިޝަންތައް އުވިގެން ދާނެކަމަށް ބަޔާންކޮށްފައިވެއެވެ.

އެގޮތުގެމަތިން ސުޕްރީމް ކޯޓުގެ ސަރކިއުލަރ ބާޠިލުވުމާއި ގުޅިގެން ހަމަޖައްސަންޖެހޭ އެންމެހައި އިންތިޒާމްތައް 2012 ޖަނަވަރީ 31 ގެ ނިޔަލަށް ސިވިލް ކޯޓާއި ފެމިލީ ކޯޓުން ހަމަޖެއްސުމަށް ވަނީ އަންގާފައެވެ. އެއަށް އަމަލުކުރަން ފަށާނީ 2022 ފެބުރުވަރީ 01 ވަނަ ދުވަހުން ފެށިގެންކަމަށް ސުޕްރީމް ކޯޓުން މައުލޫމާތު ދެއެވެ.

ސިވިލް ކޯޓުފެމިލީ ކޯޓް

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
20 ނޮވެމްބަރު 2025

ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި

20 ނޮވެމްބަރު 2025
ގޯލްޑް ކްރެޑިޓް ކާޑަށް ބައްސާމް ފައިސާ ނުދައްކައިގެން ކުރި ދައުވާ, ފައިސާ ދެއްކުމުން އަނބުރާ ގެންގޮސްފި
01 ނޮވެމްބަރު 2025

ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި

01 ނޮވެމްބަރު 2025
ކޯޓު ހުކުމާއެކު، އެމްއެލްއެސްޑީޕީ ސިޔާސީ ޕާޓީ ތަކުގެ ދަފްތަރުގައި އަލުން ހިމަނައިފި
30 އޮކްޓޯބަރު 2025

ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި

30 އޮކްޓޯބަރު 2025
ވަކީލުން ހާޒިރު ނުވެގެން ސާޖިދާ އާއި ދެކޮޅަށް މަންދި ހުށަހެޅި މައްސަލަ ބާތިލުކޮށްފި
28 އޮކްޓޯބަރު 2025

ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް

28 އޮކްޓޯބަރު 2025
ބޮންޑެޑް ވެއަރހައުސް އިން ގެއްލުވާލި ސިނގިރޭޓަށް 14 ދުވަހުގެ ތެރޭ 47 މިމިއަން ރުފިޔާ ދައްކަން ހުކުމެއް
28 އޮކްޓޯބަރު 2025

ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!

28 އޮކްޓޯބަރު 2025
ބޯޓެއްގެ މިލްކުވެރިކަމާ ބެހޭ ގޮތުން ކައިޒީން އާއި އޭނާގެ ބައްޕައާ ދެމެދު ޖެހިގެން އުޅޭ މައްސަލަ އަލުން ބަލަނީ!
19 އޮކްޓޯބަރު 2025

ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި

19 އޮކްޓޯބަރު 2025
ކުރީގެ މެންބަރު ޝިޔާން ކްރެޑިޓް ކާޑަށް 10,000 ޑޮލަރު ދައްކަން ހުކުމްކޮށްފި
19 އޮކްޓޯބަރު 2025

ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި

19 އޮކްޓޯބަރު 2025
ކިހާދުއްފަރު އެއްބަސްވުން ބާތިލުކުރަން ސަރުކާރުން އުޅުމުން ކޯޓުން ހުއްޓުވައިފި
05 އޮކްޓޯބަރު 2025

ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި

05 އޮކްޓޯބަރު 2025
ދަރުމަވަންތަ ހޮސްޕިޓަލް އެޅި ކުންފުނިން ޓެކްސް ނުދައްކާ މައްސަލައިގެ ޝަރީއަތް މަޑުޖައްސާލުމަށް އަމުރުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް