Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
ރައީސްގެ ނ އަތޮޅު ދަތުރުފުޅު

މާފަރު އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް މިއަހަރު ފެށޭނެ ކަމަށް ރައީސް ވިދާޅުވެއްޖެ

މާފަރު ސިއްހީ މަރުކަޒު ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރާނެ

ޝިއުނާ ސޯލިހް
ޝިއުނާ ސޯލިހް, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2022 | އަންގާރަ 07:32
ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނ. މާފަރުގައި

ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސާލިހް ނ. މާފަރުގައި

ނ.މާފަރު އިންޓަރނޭޝަނަލް އެއަރޕޯޓް ބޮޑުކުރުމުގެ މަސައްކަތް މިއަހަރުގެ ތެރޭގައި ފައްޓަވާނެ ކަމަށް ރަައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙު ވިދާޅުވެއްޖެއެވެ. 

ރައީސުލްޖުމްހޫރިއްޔާ މިހެން ވިދާޅުވީ، ނ.އަތޮޅަށް ކުރައްވާ ދަތުރުފުޅުގެ ތެރެއިން، ނ.މާފަރަށް ވަޑައިގެން، މާފަރު ރައްޔިތުންނާއި ބައްދަލުކުރައްވާ ދެއްކެވި ވާހަކަފުޅުގައެވެ. ރައީސް ވިދާޅުވީ، މާފަރު އެއަރޕޯޓާއެކު، މާފަރާއި، ނ.އަތޮޅުގެ ރައްޔިތުންނަށް ބޮޑެތި ފަސޭހަތަކެއް ލިބިގެންގޮސްފައިވާ ކަމަށެވެ. އެހެންނަމަވެސް އަދިވެސް އެއަރޕޯޓުގެ ޚިދުމަތް އިތުރަށް ފުޅާ ކުރަންޖެހޭކަން ފާހަގަކުރައްވައި އެއަރޕޯޓުގެ ޖާގަ އިތުރުކޮށް ބޮޑުކުރުމަކީ މި ސަރުކާރުގެ މުހިންމު ސިޔާސަތެއްކަމަށް ރައީސް ވިދާޅުވިއެވެ. އެކަން ނުކުރެވި ލަސްވެގެންދިޔައީ ބިޑް މަރުހަލާގައި ދިމާވި މައްސަލަތަކެއްގެ ސަބަބުންކަމަށާއި، އެއަރޕޯޓު ބޮޑުކުރުމުގެ މަސައްކަތުގެ ބިޑް މަރުހަލާ ނިންމައި މިއަހަރުގެ ތެރޭގައި އެ މަސައްކަތް ފެށިގެންދާނެކަމަށެވެ.

Advertisement - newsAdvertisement

 އެއަރޕޯޓު ބޮޑުކުރުމުގެ މަޝްރޫޢުގެ ތެރެއިން، ރަންވޭ ދިގުކޮށް، ޓަރމިނަލްވެސް ބޮޑުކުރާނެކަމަށް ރައީސް ވިދާޅުވިއެވެ. އަދި އެއަރޕޯޓުން ފްލައިޓްތަކަށް ތެޔޮއެޅޭނެ އިންތިޒާމް ހަމަޖެއްސުމާއި، އައިލެންޑް އޭވިއޭޝަންގެ ފަރާތުން އެއަރޕޯޓުގައި ހޮޓަލެއް ތަރައްގީކުރާނެކަމަށްވެސް އެމަނިކުފާނު ވިދާޅުވިއެވެ. މި މަޝްރޫއާއެކު، އެއަރޕޯޓުން އިތުރު ވަޒީފާގެ ފުރުޞަތު ލިބިގެންދާނެކަން ރައީސް ފާހަގަކުރެއްވިއެވެ. އަދި މި މަޝްރޫޢު ފެށެންވާއިރަށްވެސް، އެއަރޕޯޓުގައި ދުވަހުން ދުވަހަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް ފޯރުކޮށްދިނުމުގައި ހުރި ދަތިތައް ހައްލުކޮށްދެއްވާނެކަމަށްވެސް ރައީސް ވިދާޅުވިއެވެ.

ރައީސް ވަނީ މާފަރަކީ ގިނަ ޢަދަދެއްގެ ބަޔަކު އަރާފައިބާ ރަށަކަށްވެފައި، ރަށުގައި ފުރިހަމަ ޞިއްހީ ނިޒާމެއް ޤާއިމުވެފައި އޮތުމުގެ މުހިއްމުކަން ފާހަގަކުރައްވާފައެވެ. އެގޮތުން މާފަރު ޞިއްޙީ މަރުކަޒާ ގުޅިގެން ރައްޔިތުންގެ ހުރި ކަންބޮޑުވުންތަކަށް ހައްލު ހޯއްދަވައިދެއްވުމުގެ މަސައްކަތް މިއަހަރު ކުރެވިގެންދާނެކަމަށް އެމަނިކުފާނު ވިދާޅުވިއެވެ. އަދި މިއަހަރުގެ ބަޖެޓުގައި މާފަރު ސިއްހީ މަރުކަޒު، ރަނގަޅު ފެންވަރުގެ ހޮސްޕިޓަލަކަށް ބަދަލުކުރުން ހިމަނާފައިވާކަން އެމަނިކުފާނު ފާހަގަކުރެއްވިއެވެ. އަދި މިހާރުވެސް ސިއްހީ މަރުކަޒުން ޚިދުމަތްދޭ ވަގުތު 16 ގަޑިއިރަށް ބަދަލުކުރުމަށް ބޭނުންވާ އިންތިޒާމްތައް ހަމަޖެއްސުމުގެ މަސައްކަތް މިއަހަރުގެ ބަޖެޓުގެ ތެރެއިން ކުރިއަށްދާނެކަމަށް ރައީސް ވިދާޅުވިއެވެ.

މާފަރު ރައްޔިތުންނާއެކު ބޭއްވި މި ބައްދަލުކުރެެއްވުމުގައި މާފަރު ރައްޔިތުންގެ ފަރާތުން ހުރި ކަންބޮޑުވުންތަކާއި، ހުށަހެޅި ހުށަހެޅުންތަކާގުޅޭގޮތުން ރައީސުލްޖުމްހޫރިއްޔާ ވަނީ މަޝްވަރާކުރައްވާފައެވެ. އެގޮތުން މާފަރު ސްކޫލަށް ދިމާވެފައިވާ ޖާގައިގެ ދަތިކަމާއި، ޕްރިންސިޕަލަކު ނެތުމުގެ ދަތިކަމާއި، މަސްވެރިންނާއި އޮޑިވެރިންނަށް މާފަރު ބަނދަރު ބޭނުންކުރުމުގައި ހުރި ދަތިތަކާއި، ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކުރުމަށް ކުރަމުންދާ މަސައްކަތްތަކުގެ މަޢުލޫމާތު ރައީސް ހިއްސާކުރެއްވިއެވެ. މި ދަތުރުފުޅުގައި ރައީސް ވަނީ މާފަރު ކައުންސިލާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތް ކުރާ ކޮމެޓީގެ މެންބަރުންނާއިވެސް ބައްދަލުކުރައްވާފައެވެ.

ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙުލަންދޫ

ކޮމެންޓް

އިތުރަށް ކިޔާލަން

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

ޑރ އިޔާޟް, ޖަނާބް އަށް: އިތުރަށް ރަޢްޔިތުންނަށް ގެއްލުން ނުދީ ޅިޔަނަށާއި ކޮއްކޮ އަށް ގޯއްޗަށް ދާން ލަފާ ދެއްވާ

20 ސެޕްޓެމްބަރު 2025
ލަންދޫގައި ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

ލަންދޫގައި ކުރިއަށްގެންދިޔަ މަސްތުވާތަކެތީގެ ދެ އޮޕަރޭޝަނެއްގައި 3 މީހަކު ހައްޔަރުކޮށްފި

11 ސެޕްޓެމްބަރު 2025
މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

މާލޭ ހުކުރު މިސްކިތް ވަށައިގެން ކަލްޗަރަލް ޒޯނެއް ކަނޑައެޅުއްވުމަށް ރައީސް ސާލިހް ނިންމަވައިފި

31 އޮކްޓޯބަރު 2023
ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

ރައީސް ޞާލިހު އިރުޝާދު ދެއްވީ ހުވާކުރާ ޖަލްސާ އަށް ހުރަސް އެޅޭ ކަމެއް ނުކުރަން - އަސްލަމް

31 އޮކްޓޯބަރު 2023
ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

ރައީސް ޞާލިހުގެ "އާ ޒުވާނުންގެ ޖީލު" ސިޔާސަތު ތައާރަފްކޮށްފި

13 އޯގަސްޓު 2023

އަހަރުތަކުން މިއަދު

1 ޖޫން
"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"
20251 އަހަރު ކުރިން
ރިޕޯޓު

"އެންވަރަންމަންޓް މިނިސްޓްރީގެ މުވައްޒަފުން ބިކަވެއްޖެ"

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ
20242 އަހަރު ކުރިން
ރާއްޖެ

އެމްޓީސީސީގެ 2024 ވަނަ އަހަރުގެ އާންމު ޖަލްސާ - ކުންފުނީގެ އަސާސީ އަދި ހިންގާ ޤަވައިދަށް އިސްލާހު ގެންނަން ހުށަހަޅަނީ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ
20233 އަހަރު ކުރިން
ރާއްޖެ

މާލެއިން ދަތުރުކުރަމުންދިޔަ ދޯންޏެއްގައި ރޯވެއްޖެ

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ
20224 އަހަރު ކުރިން
ރިޕޯޓު

13 ނަންބަރަށް ފައްކާކުރި ސިހުރާއި އަސޭލާގެ ވާހަކަ

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.
20215 އަހަރު ކުރިން
ރިޕޯޓު

މައާފަށް އެދުމުން ފުދޭހެއްޔެވެ؟ އިހުމާލުން ތިޔަނަގާލީ މައުސޫމް ފުރާނައެކެވެ.

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!
20197 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދަށް 13 އަހަރުގެ ހުކުމް ކުރެއްވުމަށް ފަނޑިޔާރު އަބްދުﷲ ދީދީ އެއް މިލިއަން ޑޮލަރު ނެންގެވިކަމުގެ ތުހުމަތު!

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!
20188 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ މުސްލިމުންނަށް ރޯދަ މަހު ރާ ބޯންދޭ ވީޑީއޯ!!!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު