Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓު
މުވައްޒަފުން ވިޔަފާރިތަކަށް ޚިޔާނާތްތެރިވުން

ސޭޓުންނަށް ސަމާލުވޭ، ނޫންނަމަ ވިޔަފާރި ބަނގުރޫޓުވެދާނެ!

މިފަދަ އަމަލުތައް ކުރުމަށް ތަފާތު އުކުޅުތައް އަންނަނީ ބޭނުން ކުރަމުން

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ, ރާއްޖެ އެމްވީ | 4 ޖެނުއަރީ 2022 | އަންގާރަ 13:29
ބާޒާރުމަތީ ފިހާރަތަކެއް

ބާޒާރުމަތީ ފިހާރަތަކެއް

ދުނިޔޭގެ އެހެން ހިސާބުތަކެކޭ އެއްގޮތަށް ރާއްޖޭގައިވެސް ވިޔަފާރިތައް ކުރަމުން އަންނަނީ އެވިޔަފާރިތަކުގެ މަސައްކަތްތައް ކުރުމަށް މުވައްޒަފުން ލައިގެންނެވެ. ފަހަރުގައި ކަންމަތީ ފިހާރައެއްގެ ވެރިއަކު މުވައްޒަފަކާ ނުލައި އެތަން ހިންގި ނަމަވެސް، ގިނަ ފިހާރަތަކެއްވެސް ހިންގަމުން އަންނަނީ މީހުންނަށް މުސާރަދީގެން އެމީހުން ލައްވައި މަސައްކަތް ކުރުވައިގެންނެވެ. ވަކިން ޚާއްސަކޮށް ވިޔަފާރި އިތުރަށް ފުޅާވަމުންދާ މިންވަރަކަށް ގިނަ މުއައްޒަފުން ބޭނުންވެއެވެ. އަދި އެމީހުން ތިމާއާ ގާތްކޮށް، އެމީހުންނަށް އޮންނަ އިތުބާރު ބޮޑުކުރަން ޖެހެއެވެ. ނަމަވެސް މިފަދަ ހާލަތްތަކުގައި މުވައްޒަފުންނަށް ކުރެވޭ އިތުބާރެއްގެ ބޮޑުކަމުން މުޅި ވިޔަފާރި ބަނގުރޫޓުވާން ޖެހޭ ހާލަތްތައްވެސް މެދުވެރިވެފައި އެބަހުއްޓެވެ. މުވައްޒަފުން ވެރިންނަށް ޚިޔާނަތްތެރިވެ މުޅި ވިޔަފާރި "ދަވާލާ" ހާދިސާތައް މިހާރު އަންނަނީ ގިނަ ވަމުންނެވެ.

އައު އަހަރު ފެށުމާއެކު ގިނަ ވިޔަފާރިވެރިން އަވަސްވެގަތީ ނިމުނު އަހަރުގެ އޮޑިޓް ކުރުމަށެވެ. އެގޮތުން އޮޑިޓްކުރި އަތޮޅުތެރޭ ރަށެއްގެ ފިހާރައަކަށް ނަޒަރު ހިންގާލާނަމެވެ. އެވިޔަފާރިވެރިޔާ ބުނީ މިދިޔަ އަހަރުގެ އޮޑިޓްކޮށް ނިންމާލިއިރު ގާތްގަނޑަކަށް 60،000 ރުފިޔާގެ މުދަލަށް ވިނުވީއެއް ނޭނގޭ ކަމަށެވެ. ފިހާރައިގެ ސިސްޓަމުން އެތަކެތި ހުރިކަމަށް ދެއްކި ނަމަވެސް 'ފިޒިކަލީ' މުދާ ގުނިއިރު އެތަކެތި ނެތްކަމަށެވެ. އަތޮޅުތެރޭ ރަށްރަށުގައި ހުންނަ ފިހާރަތަކުގެ ނިސްބަތުން ބަލާނަމަ އެއީ ބޮޑު ފިހާރައެއް ނަމަވެސް އެވަރުގެ ބޮޑު ގެއްލުމެއް ވާންވީ އެއްވެސް ސަބަބެއް ނުވިސްނުނެވެ.

މި ވާނުވާ ކަންތައްގަނޑުގެ "ބިތުފަންގި ނަގައި" ބެލިއިރު ކަމަކުދާކަށް ނެތެވެ. ކޮންމެ މީހަކުވެސް ބޮލަށް ފައިން އަރާފާނެކަން، ފިހާރައިގެ ސީސީޓީވީ ފުޓޭޖްތަކުން ވަރަށް ރަނގަޅަށް ޔަގީންކޮށްދިނެވެ. ފިހާރައިގެ ސޭޓުންނަށް ލާފައިތިބި ދެ މުވައްޒަފުން ފައިސާ ނުދައްކާ ފިހާރައިން މުދާ ނަގާފައިވަނީ 'ހޭކަނޑާފަ'އެވެ. ވިޔަފާރިވެރިޔާ ބުނި ގޮތުގައި އެންމެ ގިނަ އަދަދަކަށް ފިހާރައިން ނަގާފައިވަނީ އެކްސްއެލް، ރެޑްބުލް، ފޯނުކާޑު އަދި ސިނގިރޭޓެވެ. އަދި ބެލި ބެލުމުން، ރަށުގައި އުޅޭ ބިދޭސީންގެ ކްރެޑިޓް އެކައުންޓުގައި ޖަހާފައި ރައްޓެހިންނަށް އެކި ޒާތްޒާތުގެ ތަކެތި ދީފައިވާކަން އެނގިފައިވާކަމަށްވެސް ވިޔަފާރިވެރިޔާ ކިޔައިދިނެވެ.

މިހާ ހިސާބުން އުފެދެނީ އިތުރު ސުވާލުތަކެކެވެ. ހަމަ ހަގީގަތުގައިވެސް އެމީހުން އެގޮތަށް އެކަންތައް ކޮށްފައި އޮވެދާނެބާވައެވެ. އެކަމަކު ސުވާލަކީ އެމީހުންގެ މައްސަލަ ފުލުހުންނާ ހަމައަށް ހުށަނޭޅީ ކީއްވެތޯއެވެ؟ އެމީހުންނާމެދު ފިޔަވަޅު ނޭޅީ ކީއްވެތޯއެވެ؟ ވިޔަފާރިވެރިޔާ ކިޔައިދިން ގޮތުގައި އެރަށަކީ ކުޑަ ރަށަކަށްވެފައި މުވައްޒަފުންގެ ގޮތުގައި ތިބީ ކޮންމެވެސް ވަރަކަށް ތިމާގެކަމުގެ 'ދިލަކޮޅު' ފޯރާ މީހުންނެވެ. ނުވިތާކަށް އެއީ ގާތް ރަހުމަތްތެރީންގެ ދަރީންނެވެ. އެހެންކަމުން އެމުވައްޒަފުން ފަލީހަތްކޮށް ރަށުތެރެއަށް ގިނަކޮށްލަން ބޭނުން ނުވީއެވެ. ނަމަވެސް މިކަމާމެދު އިތުރަށް ފާރަވެރިވެ، ލިބިފައިވާ ގެއްލުމުގެ ބަދަލު އެމުއައްޒަފުންގެ މުސާރައިން ކެނޑުމަށް ނިންމާފައިވާކަމަށް ވިޔަފާރިވެރިޔާ ބުންޏެވެ.

މިއީ އަތޮޅުތެރޭ ރަށެއްގައި ހިނގި މިފަދަ އެންމެ ހާދިސާއެކެވެ. ކޮންމެ ފަހަރަކީ މިގޮތަށް ކަންތައްތައް ފަޅާއަރާނެ ފަހަރެއްވެސް ނޫނެވެ. އަދި ލިބުނު ގެއްލުމުގެ ބަދަލުވެސް ކޮންމެ ފަހަރަކު ނުލިބިދާނެއެވެ. ހަމައެހެންމެ މިއީ މިފަދަ ވައްކަންތައް ކުރާ ހަމައެކަނި ގޮތެއްވެސް ނޫނެވެ. ޒަމާނާ އެއްވަރަށް މިފަދަ ޚިޔާނާތްތެރި ވަގުން އަންނަނީ ތަފާތު އައު އުކުޅުތައް ތައާރަފް ކުރަމުންނެވެ. ކޮންމެ ގޮތަކުންވިއަސް ނެގެން އޮތް ފައިދާއެއް ނަގަމުންނެވެ. އަދި މިފަދަ ކަންތައްތައް އެނގި ހާމަވާ ފަހަރުތަކުގައި މުވައްޒަފުންގެ ފަރާތުން ވިޔަފާރިއަށާއި ވިޔަފާރިވެރިޔާއަށް ބޮޑެތި ގެއްލުންތަކެއްދީ އިތުރު ބިރުވެރިކަމަށް ވައްޓާލާ ފަހަރުވެސް ކުރިމަތިވެފައި އެބަހުއްޓެވެ.

އަތޮޅުތެރޭގެ އިތުރުން މުޅި ރާއްޖެއަށް ބަލާނަމަ، އަދި ވަކިން ޚާއްސަކޮށް ތޮއްޖެހިފައިވާ މާލޭގައި މިފަދަ ހާދިސާތައް ދުވަހެއް ދުވަހަކަށް އަންނަނީ އިތުރުވަމުންނެވެ. މުވައްޒަފުން މިފަދަ އަމަލުތައް ކުރާކަން މަދު ހާލަތެއްގައި ވިޔަފާރިވެރިންނަށް އެނގި، އެކަމަށް ފިޔަވަޅު އަޅައެވެ. ނަމަވެސް "ވަގަކަށް ހާސްދުވަހޭ ވެރިއަށް އެއްދުވަހޭ" ބުނާ ބީދައިން ވިޔަފާރިވެރިންނަށް ނޭނގިވެސް މިފަދަ އަމަލުތައް އެތައްހާސް ދުވަހަކު ކުރާ މުއައްޒަފުން ހުންނާނެކަން ގައިމެވެ. ގިނަ ފަހަރަށް ވިޔަފާރިވެރިޔާއަށް ރޭކާލާއިރު ވިޔަފާރި އޮންނާނީ އެއްކޮށް ބަގުރޫޓުވެފައެވެ. މުޅި ހަޔާތުގައި ދާއޮހޮރުވައިގެން ކުރި ބުރަ މަސައްކަތް ފެނަށް ގޮސްފައެވެ.

މިފަދަ ހާދިސާތަކުގައި ވިޔަފާރިވެރިންގެ އިހުމާލުވެސް މަދު ފަހަރެއްގައި ނޫނީ އޮވެއެވެ. އެއީ ވިޔަފާރީގެ ރައްކާތެރިކަމަށްޓަކައި އަޅަންޖެހޭ ފިޔަވަޅުތައް އެޅިފައި ނެތުމެވެ. މުވައްޒަފުންނަށް ފޯރުކޮށްދޭންޖެހޭ ޚިދުމަތްތައް އެކަށީގެންވާ މިންވަރަށް ފޯރުކޮށް ނުދެވުމެވެ. ނުވިތާކަށް ވިޔަފާރިއަށް ރަނގަޅަށް ފާރަވެރިނުވެވުމެވެ. ހަމައެހެންމެ މިއީ އަދިވެސް "އަޅު މީހާ، ސާހިބު މީހާ" ހެދިގެން އުޅޭ ޒަމާންކަމަށް ބަލައި މާބޮޑަށް މުވައްޒަފުންނަށް އިތުބާރުކުރެވޭ ފަހަރުވެސް ވަކި މަދެއް ނޫނެވެ.

ވިޔަފާރި

ކޮމެންޓް

އިތުރަށް ކިޔާލަން

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

ވިޔަފާރިވެރިންނަށް ޑޮލަރު ލިބޭ، އެޑޮލަރުން ކުރަނީ އެހެން ކަމެއް: ރައީސް މުއިއްޒު

18 ސެޕްޓެމްބަރު 2025
ވަޅޯމަހުގެ އަގު އުފުލިއްޖެ

ވަޅޯމަހުގެ އަގު އުފުލިއްޖެ

17 ސެޕްޓެމްބަރު 2024
އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސް މޯލްޑިވްސް އިފްތިތާޙް ކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް މާދަމާ

އިންސްޓިޓިއުޓް އޮފް ޑިރެކްޓަރސް މޯލްޑިވްސް އިފްތިތާޙް ކުރުމުގެ ގޮތުން ބާއްވާ ބައިނަލްއަޤްވާމީ ކޮންފަރެންސް މާދަމާ

28 އޯގަސްޓު 2024
ވިޔަފާރިތަކަށް ހާއްސަކޮށްގެން ފާފު އަތޮޅުގައި ފުލުހުން ޕްރޮގްރާމެއް ހިންގައިފި

ވިޔަފާރިތަކަށް ހާއްސަކޮށްގެން ފާފު އަތޮޅުގައި ފުލުހުން ޕްރޮގްރާމެއް ހިންގައިފި

24 ޖުލައި 2024
ޖާޒީ ވިޔަފާރިން އެންމެ ގިނަ ފައިސާ ހޯދަނީ ކޮން ޓީމެއް؟

ޖާޒީ ވިޔަފާރިން އެންމެ ގިނަ ފައިސާ ހޯދަނީ ކޮން ޓީމެއް؟

29 އެޕްރީލު 2024

އަހަރުތަކުން މިއަދު

2 މެއި
އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟
20251 އަހަރު ކުރިން
ރާއްޖެ

އިޔާޒްގެ ސުވާލެއް ރައީސަށް، ވެރިކަމަށް ވަޑައިގަތުމަށް ކިތައް އިތުރުފުޅު ހެއްދެވިންތޯ؟

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!
20242 އަހަރު ކުރިން
ތަފާތު ޚަބަރު

ޣައްޒާގެ ޝަވަރުމާގެ ރަހަ، ރެފިއުޖީންގެ އަތުން މިޞްރަށް!

 ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް
20233 އަހަރު ކުރިން
ރިޕޯޓު

ޗާގޯސް މައްސަލައިގެ އިދިކޮޅު ޕްރެސް: ފޮނު އަރުވަ އަރުވާފައި ގޮއްވާލީ އަތަށް

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި
20224 އަހަރު ކުރިން
ތަފާތު ޚަބަރު

228 ކެރެޓުގެ ޑައިމަންޑް "ދި ރޮކް" ނީލަން ކިޔާއިރު، ފެށޭ އަގުވެސް 30 މިލިއަން ޑޮލަރުން މަތީގައި

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު
20215 އަހަރު ކުރިން
ރިޕޯޓު

ފިރިމީހާ ބިންދާލީ އުނަގަނޑު، އެންމެ ގާތް އެކުވެރިޔާ ދިނީ ހަކުރު

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި
20197 އަހަރު ކުރިން
ދުނިޔެ

ކަށުކަމާކެމީގެ ކަންކަން ފުރިހަމަ ނުކޮށް ލަންކާއަށް ހަމަލާދިން ޓެރަރިސްޓުން ވަޅުލައިފި

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް
20188 އަހަރު ކުރިން
ރާއްޖެ

މެޑަމްގެ ދަތުރާ ގުޅިގެން ފުވައްމުލަކުގެ ވަކި މަގުތަކެއް ހެދީ، މިއީ ދެއްކުންތެރިކަން: ފަލާހް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު