Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެހަނިމާދޫ ހައުސިން ޕްރޮޖެކްޓް

ހަނިމާދޫ ހައުސިން ޕްރޮޖެކްޓުގެ އެޑްވާންސް ފައިސާ ހޯދުމަށް ކުންފުނިން އަމަލުކުރީ އުސޫލާ އެއްގޮތަށް: ދޮންބެ

ކުޅުދުއްފުށީގެ އިތުރު ޕްރޮޖެކްޓެއްވެސް ހަވާލުކޮށްގެން ކުރިއަށް ގެންގޮސްފައިވޭ

ލައިޝާ އަހްމަދު
ލައިޝާ އަހްމަދު | 3 ޖެނުއަރީ 2022 | ހޯމަ 10:55
ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ)

ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ)

ހދ. ހަނިމާދޫގައި ހައުސިން ޔުނިޓްތައް ނިންމުމުގެ މަސައްކަތްކުރުމަށް ކުރެވުނު ޓެންޑަރ އާއި ގުޅިގެން އެޑްވާންސް ފައިސާގެ ކަންކަން ކުރިއަށް ގެންގޮސްފައިވާއިރު، ކުންފުނިން އުސޫލުން ބޭރުން އެއްވެސް ކަމެއް ކޮށްފައިނުވާނެކަމަށް ޕްރޮޖެކްޓް އެވާރްޑް ކޮށްފައިވާ ކުންފުނި ކަމަށްވާ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑުގެ ފަރާތުން ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުޙައްމަދު ރަޝީދު (ދޮންބެ) ވިދާޅުވެއްޖެއެވެ.

މި ޕްރޮޖެކްޓު އެވާރޑް ކުރި ގޮތުގެ މައްސަލަ ސިވިލް ކޯޓަށް ހުށައަޅަމުން ބީލަން ހުށައެޅި އެއް ފަރާތްކަމަށްވާ އެސްޖޭ ކުންފުނިން ބުނެފައި ވަނީ ހދ. ހަނިމާދޫގައި ހައުސިންގ ޔުނިޓްތައް ނިންމުމުގެ މަސައްކަތްކުރުމަށް ކުރެވުނު ޓެންޑަރ އާއި ގުޅިގެން ހުށަހަޅާފައިވާ ބިޑްތަކަށް ބަލާއިރު، އެންމެ ރަނގަޅީ އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑުން ހުށަހަޅާފައިވާ ބިޑްކަން އެނގެން އޮތް ކަމަށެވެ. މި މައްސަލާގައި އެންމެ ކުޑަ އަގު ހުށަހަޅާފައިވަނީ އެސްޖޭ ކޮންސްޓްރަކްޝަން ކުންފުނިން ނަމަވެސް، އެ ހުށަހަޅާފައިވާ ބިޑްގައި ޝަރުތެއް ފުރިހަމަ ނުވާކަމަށް ނޭޝަނަލް ޓެންޑަރ ބޯޑުން ވަނީ ބުނެފައެވެ. އެގޮތުން އެ ކުންފުނީގެ މާލީ ވަސީލަތްތަކާއި މުވައްޒަފުންގެ ޝަރުޠުތައް ހަމަނުވާކަމަށް ބުނެފައިވެއެވެ.

ނަމަވެސް އެ ޝަރުތުތައް ފުރިހަމަވާކަމަށް، މުސްތަގިއްލު ރިވިއު ކޮމެޓީން އަންގާފައިވާއިރު، އެ ކޮމެޓީގެ ނިންމުން ބަދަލުކުރުމުގެ ބާރު ނޭޝަނަލް ޓެންޑަރ ބޯޑަށް ލިބިގެންނުވާތީ، މި ބިޑް އިވެލުއޭޓްކޮށް އެސްޖޭއަށް އެވޯޑްކުރުމަށް ނުވަތަ އެ ރިކުއަރމަންޓްތައް ފުރިހަމަވާކަމަށް ޝަރީއަތުން ކަނޑައަޅައި، މި ބިޑް އިވެލުއޭޓްކޮށް އެސް.ޖޭ ކޮންސްޓްރަކްޝަން ޕްރައިވެޓް ލިމިޓެޑް އަދި އެސް.ޖޭ ޓްރޭޑް ޕްރައިވެޓް ލިމިޓެޑަށް އެވޯޑްކުރުމަށް ފިނޭންސްގެ މައްޗަށާއި، އަދި ނޭޝަނަލް ޓެންޑަރ ބޯޑުގެ މައްޗަށް އަންގައި އަމުރުކޮށް ދިނުމަށް އެ ކުންފުނިން ވަނީ އެދިފައެވެ.

މި މައްސަލަ ސިވިލް ކޯޓަށް ހުށައަޅައިގެން ކުރިއަށްދިޔައިރު އެސްޖޭ ކުންފުނިން ވަނީ މި ބިޑާ ގުޅޭ ކަންކަން މަޑުޖައްސާލުމާއި ގުޅޭ ވަގުތީ އަމުރަކަށްވެސް އެދިފައެވެ. އެގޮތުގެ މަތިން 31 އޯގަސްޓު 2021 ގައި ސިވިލް ކޯޓުން ވަގުތީ އަމުރު ނެރެފައިވާއިރު، ނޮވެމްބަރު މަހުގެ 15 ވަނަ ދުވަހު ހައިކޯޓުންވެސް ވަނީ ސިވިލް ކޯޓުގެ ވަގުތީ އަމުރު ދަމަހައްޓާފައެވެ. އެގޮތުން ޝަރީއަތުން ވަކިގޮތެއް ކަނޑައަޅަންދެން، ހދ. ހަނިމާދޫގައި ޢިމާރާތްކުރަން ފަށާފައިވާ 100 ހައުސިންގ ޔުނިޓް ނިންމުމުގެ މަސައްކަތްކުރުމަށް ކުރެވުނު ޓެންޑަރ އާއި ގުޅޭ ޕްރޮޖެކްޓުގެ އެއްވެސް މަސައްކަތެއް ކުރިއަށް ނުގެންދިއުމަށް އެކަމުގައި ޝާމިލުވާ އިދާރާތަކުގެ މައްޗަށް ވަނީ އަންގާފައެވެ.

އެހެންނަމަވެސް، ސިވިލް ކޯޓުގެ އަމުރު ހައިކޯޓުން ދަމަހައްޓާފައިވަނިކޮށް، ފިނޭންސް މިނިސްޓްރީން މި މަޝްރޫއު ހަވާލުކޮށްފައިވާ ދޮންބޭޒް ޕްރައިވެޓް ލިމިޓެޑަށް 10 މިލިއަން ރުފިޔާ އެޑްވާންސް ފައިސާގެ ގޮތުގައި ދޫކޮށްފައިވާކަމަށް ބައެއް ނޫސްތަކުން ވަނީ ރިޕޯޓު ކޮށްފައެވެ.

އެކަމާ ގުޅޭގޮތުން ރާއްޖެއެމްވީއާ ވާހަކަ ދައްކަވަމުން އެ ކުންފުނީގެ ވެރިޔާ ފުވައްމުލަކު އުތުރު ދާއިރާގެ މެންބަރު މުހައްމަދު ރަޝީދު (ދޮންބެ) ވިދާޅުވީ، އެ ޕްރޮޖެކްޓް އޭރު ދޮންބޭޒް ޕްރައިވެޓް ލިމިޓެޑަށް ހަވާލު ކުރުމުން, އޮންނަ އުސޫލުގެ މަތިން އެޑްވާންސް ޕޭމަންޓް ގެރެންޓީގެ ކަންކަންވެސް ކުރިއަށް ގެންގޮސް، ގެރެންޓީ ހުށައަޅައިގެން މިނިސްޓްރީން އެޑްވާންސް ފައިސާވެސް ދޫކޮށްފައިވާ ކަމަށެވެ.

އޭރު ކުޅުދުއްފުށީގެ އިތުރު ޕްރޮޖެކްޓެއްވެސް އެވާރޑް ކޮށްގެން ކުރިއަށް ގެންގޮސްފައިވާއިރު، އެ ޕްރޮޖެކްޓުގެ މަސައްކަތްވެސް މިހާރު ނިމުމަކާއި ގާތްވެފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އޭނާ ވަނީ އެޑްވާންސް ފައިސާގެ ކަންކަން ކުންފުނިން ކުރިއަށް ގެންގޮސްފައިވާނީ އޮންނަ އުސޫލުގެ މަތިން ކަމުގެ ޔަގީންކަން ދެއްވާފައެވެ.

މިކަމާ ގުޅޭގޮތުން ފިނޭންސް މިނިސްޓްރީގެ ބަހެއް ހޯދާލުމަށް މަސައްކަތް ކުރި ނަމަވެސް، މިނިސްޓްރީން މިކަމާގުޅޭގޮތުން ވަކި ޖަވާބެއް ނުދެއެވެ.

ހދ. ހަނިމާދޫފިނޭންސް މިނިސްޓްރީސިވިލް ކޯޓުހައި ކޯޓު

އިތުރަށް ކިޔާލަން

10 ޑިސެމްބަރު 2025

ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި

10 ޑިސެމްބަރު 2025
ނ. އަތޮޅު ކައުންސިލުން ކޯޓަށް ހާޒިރު ނުވުމުން ކެނދިވަރު އާއި ދޮނައެރިކަނޑޫދޫ މައްސަލަ ބޭރު ކޮށްލައިފި
10 ޑިސެމްބަރު 2025

އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!

10 ޑިސެމްބަރު 2025
އާމްދަނީ އަށް ވުރެ ޚަރަދުތައް ބޮޑުވެއްޖެ، ތަރައްގީ އަށް ކުރާ ޚަރަދު ދަށުގައި ހުރި އިރު އިދާރީ ޚަރަދުތައް މާ މަތީގައި!
10 ޑިސެމްބަރު 2025

23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި

10 ޑިސެމްބަރު 2025
23 އަހަރު ގެ ޚިދުމަތަށްފަހު ފަނޑިޔާރު ނިޔާޒް ރިޓަޔާ ކުރައްވައިފި
07 ޑިސެމްބަރު 2025

ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް

07 ޑިސެމްބަރު 2025
ފީފާގެ ބަހެއް ނެތި މައްސަލަ ނުބެލޭނެކަމަށް ބުނެ ބައްސާމް ހުށަހެޅި މައްސަލަ ހައިކޯޓުން ބަލައި ނުގަތް
30 ނޮވެމްބަރު 2025

އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި

30 ނޮވެމްބަރު 2025
އިތުރު އިސްލާހުތަކާއި އެކު ފިސްކަލް ޒިންމާގެ ޤާނޫނަށް އިސްލާހު ގެނައުމުގެ ބިލު ކޮމިޓީ އިން ފާސްކޮށްފި
30 ނޮވެމްބަރު 2025

ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި

30 ނޮވެމްބަރު 2025
ސިވިލް ކޯޓުގެ ބައެއް މުވައްޒަފުން އެ ކޯޓުގެ ދެ ގާޒީއެއްގެ މައްސަލަ ޖޭއެސްސީ އަށް ހުށަހަޅައިފި
27 ނޮވެމްބަރު 2025

އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި

27 ނޮވެމްބަރު 2025
އަމުރު ނެރުއްވި ފަނޑިޔާރު، އިސްތިއުނާފް މައްސަލަ ބަލަން އިންނެވުމުން ޝަރީއަތް މެދުކަނޑާލައިފި
25 ނޮވެމްބަރު 2025

ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި

25 ނޮވެމްބަރު 2025
ތާރީޚުގައި މިހާތަނަށް ހުށަހެޅި އެންމެ ބޮޑު، 64.2 ބިލިއަން ރުފިޔާގެ ބަޖެޓް މަޖިލީހުން ފާސްކޮށްފި
23 ނޮވެމްބަރު 2025

ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި

23 ނޮވެމްބަރު 2025
 ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ފައިސަލް ފަނޑިޔާރުކަމުން އިސްތިއުފާ ދެއްވައިފި
22 ނޮވެމްބަރު 2025

ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް

22 ނޮވެމްބަރު 2025
ހުސްވި އަހަރު ބަޖެޓު ކުރި ހާހަކަށް ވުރެ ގިނަ މަޝްރޫއު އޮތީ ހުއްޓިފައި، ހިންގީ ބަޖެޓު ނުކުރާ 100 މަޝްރޫއު: އޮޑިޓަރ ޖެނެރަލް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު