Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ސްޕެނިޝް ލީގު

ރެއާލް ބަލިވިއިރު، ބާސާއަށް މޮޅެއް

މަޔޯކާ އަތުން ބާސާ މޮޅުވީ 1-0 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 3 ޖެނުއަރީ 2022 | ހޯމަ 06:35
ރެއާލާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން

ރެއާލާއި ގެޓާފޭ ބައްދަލުކުރި މެޗުގެ ތެރެއިން

ސްޕެނިޝް ލީގުގައި އައު އަހަރު ކުޅުނު ފުރަތަމަ މެޗުން ރެއާލް މެޑްރިޑް ބަލިވިއިރު، ބާސެލޯނާއިން އައު އަހަރުގެ ފުރަތަމަ މެޗުން މަޔޯކާގެ މައްޗަށް ކުރިހޯދައިފިއެވެ.

އާދީއްތަ ދުވަހު ރަށުން ބޭރުގައި ކުޅުނު މެޗުން ގެޓާފޭ އަތުން ރެއާލް ބަލިވީ 1-0 ގެ ނަތީޖާއަކުންނެވެ. މިއީ 2012 ވަނަ އަހަރުގެ ފަހުން ގެޓާފޭ އަތުން ރެއާލް ބަލިވި ފުރަތަމަ ފަހަރެވެ. އަދި މިދިޔަ އޮކްޓޫބަރު މަހަށް ފަހު ކުޅުނު 11 މެޗުގެ ތެރެއިން ރެއާލް ބަލިވި ފުރަތަމަ މެޗުވެސްމެއެވެ.

މި މެޗުގެ ނުވަވަނަ މިނެޓުގައި ގެޓާފޭއިން ވަނީ ލަނޑު ޖަހައި ލީޑު ނަގާފައެވެ. ރެއާލުގެ ޑިފެންޑަރު އެޑާ މިލިޓާއޯ ހެދި ގޯހެއްގެ ފައިދާ ނަގާ މި ލަނޑު ގެޓާފޭއަށް ކާމިޔާބުކޮށްދިނީ އެނެސް އުލާންއެވެ. އޭގެ ފަހުން މެޗުގެ 17 ވަނަ މިނެޓުގައި ރެއާލުގެ ލޫކާ މޮޑްރިޗަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއް ލިބި ބޭކާރުވެފައެވެ. އެގޮތުން އޭނާ ހުހަށްހުރެ ފޮނުވާލި ހަމަލާ އަމާޒުވީ ގޯލު ދަނޑިއަށެވެ.

މި މެޗުގެ ދެވަނަ ހާފުގައި ރެއާލުން ގިނަ ހަމަލާތަކެއް އުފައްދަން މަސައްކަތްކުރި ނަމަވެސް، ގެޓާފޭގެ ޑިފަންޑަރުން ވަނީ ރެއާލުގެ ހަމަލާތައް ހުއްޓުވާފައެވެ.

މީގެ އިތުރުން ރަށުން ބޭރުގައި އާދީއްތަ ދުވަހުގެރޭ ކުޅުނު މެޗުން މަޔޯކާގެ މައްޗަށް ބާސާއިން ކުރިހޯދީ 1-0 ގެ ނަތީޖާއަކުންނެވެ.

ބާސާއިން މި މެޗަށް ނުކުތީ ކޮވިޑް-19 އަށް އެ ޓީމުގެ 10 ކުޅުންތެރިއަކު ޕޮޒިޓިވްވުމާއެކު، ގިނަ ބަދަލުތަކަކާއެކުގައެވެ. އަނެއްކޮޅުން މަޔޯކާގެވެސް ހަތް ކުޅުންތެރިއަކު ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މި މެޗުގެ ފުރަތަމަ ހާފުގައި ބާސާއިން މަޔޯކާގެ ގޯލަށް ނުރައްކާކޮށް ގިނަ ހަމަލާތަކެއް އުފެއްދިއެވެ. އެކަމަކު މަޔޯކާގެ ގޯލްކީޕަރު މެނަލޯ ރެއިނާ ވަނީ ބާސާގެ ހަމަލާތައް ހުއްޓުވުމުގައި މުހިންމު ދައުރެއް އަދާކޮށްފައެވެ. އެކަމަކު ފުރަތަމަ ހާފު ނިމުމުގެ ކުރިން ބާސާއިން ވަނީ ލަނޑު ޖަހައި ލީޑު ނަގައިފައެވެ. މެޗުގެ 44 ވަނަ މިނެޓުގައި އޮސްކާ މިންގޭޒާގެ އެހީތެރިކަމާއެކު މި ލަނޑު އެ ޓީމަށް ކާމިޔާބުކޮށްދިނީ ލޫކް ޑި ޔޮންއެވެ.

މި ނަތީޖާތަކާއެކު ރެއާލުން ލީގު ތާވަލުގެ އެއްވަނައިގައި އޮތީ ކުޅުނު 20 މެޗުން ލިބުނު 46 ޕޮއިންޓާއެކުގައެވެ. ދެވަނައިގައި ދެ މެޗު މަދުން ކުޅެ ސެވިއްޔާ އޮތީ ލިބުނު 38 ޕޮއިންޓާއެކުގައެވެ. އަދި ތިންވަނައިގައި 19 މެޗުން 33 ޕޮއިންޓް ހޯދައިގެން ރެއާލް ބެޓިސް އޮތްއިރު، ބާސާ ވަނީ މަޔޯކާގެ މައްޗަށް ކުރިހޯދާ ތާވަލުގެ ފަސްވަނައަށް ޖެހިލާފައެވެ. އެގޮތުން އެ ޓީމަށް 19 މެޗުން ވަނީ 31 ޕޮއިންޓް ލިބިފައެވެ.

ސްޕެނިޝް ލީގުރެއާލް މެޑްރިޑްބާސެލޯނާ

ކޮމެންޓް

އިތުރަށް ކިޔާލަން

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

އަލަވޭސް އަތުން މޮޅުވެ ރެއާލް އަށް ހަމަ ޖެހުމެއް

15 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

ފަހަތުން އަރައި ސިޓީ އިން ރެއާލް ބަލިކޮށްފި

11 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

ވަޒީފާ އިން ވަކި ކޮށްފާނެ ކަމުގެ ބިރެއް އަލޮންސޯގެ ނެތް

09 ޑިސެމްބަރު 2025

އަހަރުތަކުން މިއަދު

3 މެއި
މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ
20251 އަހަރު ކުރިން
ރާއްޖެ

މިޔަރު ހަމަލާގައި ނިޔާވި ޒައިދާންއަށް ފަރުވާ ދިނުމުގައި އިހުމާލުވި ކަމުގެ ތުހުމަތު، ހާދިސާ ހިނގާދިޔަ ގޮތް ސިފައިންގޭގެ އެންމެ މަތީވެރިޔާއަށް އެނގިވަޑައިނުގަންނަވާ

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ
20242 އަހަރު ކުރިން
މީހުން

ނޭނގުނީ މަރަޑޯނާ ޕެނަލްޓީ ޖެހިގޮތް، ނަޕޯލީން ސަޕޯޓަކުރި ސަބަބު: ޕަލިއޫކާ

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!
20233 އަހަރު ކުރިން
ރިޕޯޓު

ސައުދީ އަށް މެސީ ކުރި ދަތުރާއިި ޕީއެސްޖީން ކަންތައް ކުރި ގޮތުގެ ހަގީގަތަކީ މިއީ!

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު
20224 އަހަރު ކުރިން
ރިޕޯޓު

އަންހެނެއްގެ އިނގިލީގައި ދަތްއަޅައި ބުރިކޮށްލި ޙާދިސާ: މައްސަލަ ފެށުނު ގޮތާއި ސަބަބު

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ
20215 އަހަރު ކުރިން
ލައިފް ސްޓައިލް

ކްރިސްޕީ ޕޮޓޭޓޯ ކެސަޑިއާ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި
20197 އަހަރު ކުރިން
ދުނިޔެ

ހަމަލާ އަށް ފަންޑް ކުރި މީހާ ހައްޔަރު ކޮށްފި

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި
20188 އަހަރު ކުރިން
ރާއްޖެ

ރައީސް ނަޝީދު ވިދާޅުވި އެއްޗެއް ދުންޔާ މައުމޫނަށް އޮޅިވަޑައިގެންފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު