Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޒަވީ ހިތްހަމަނުޖެހުން ފާޅުކުރުން

ކޮވިޑުގެ ކޭސްތައް އިތުރުވެފައިވަނިކޮށް މެޗު ކުޅުވާތީ ޒަވީ ހިތްހަމަނުޖެހިއްޖެ

2 ޖެނުއަރީ 2022 | އާދީއްތަ 14:13

ބާސާގެ 10 ކުޅުންތެރިން ކޮވިޑަށް ޕޮޒިޓިވްވެފައިވޭ

އަތޫފް އާތިފް
އަތޫފް އާތިފް | 2 ޖެނުއަރީ 2022 | އާދީއްތަ 14:13
ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ބާސެލޯނާގެ ކޯޗު ޒަވީ ހެނާންޑޭޒް

ސްޕެއިންގެ ގަދަ ބާރު ބާސެލޯނާގެ 10 ކުޅުންތެރިން ކޮވިޑް-19 އަށް ޕޮޒިޓިވްވެފައިވަނިކޮށް ސްޕެނިޝް ލީގުން މެޗު ކުޅުމަށް ތާވަލުކުރުމުން އެ ޓީމުގެ ކޯޗު ޒަވީ ހެނާންޑޭޒް ހިތްހަމަނުޖެހިއްޖެއެވެ.

ރެޔާލް މަޔޯކާއާ ދެކޮޅަށް ބާސާއިން ކުޅެން ހަމަޖެހިފައިވާ މެޗު ސްޕެނިޝް ލީގުން ވަނީ އާދީއްތަ ދުވަހުގެ ރެޔަށް ތާވަލުކޮށްފައެވެ. އެހެންކަމުން ހާލަތަށް ބަލައި މެޗު ފަސްކޮށްދިނުމަށް ބާސާއިން އެދުނެވެ. އެކަމަކު ސްޕެނިޝް ލީގުން ބުނީ އުސޫލުތަކުގެ ތެރެއިން މެޗު ކުރިއަށް ގެންދެވޭނެ ކަމަށެވެ.

ކޮވިޑުގެ ހާލަތަށް ސްޕެނިޝް ލީގުން ކަނޑައެޅި އުސޫލުގައި ބުނެފައިވަނީ ސީނިއާ ޓީމުގެ ފަސް ކުޅުންތެރިން ކުޅެވޭ ހާލަތުގައި ތިބިނަމަ ބީ ޓީމުގެ ކުޅުންތެރިން ހިމަނައިގެން މެޗު ކުޅެވޭނެ ކަމަށެވެ. އަދި ފަސް ކުޅުންތެރިންގެ ތެރޭގައި ސީނިއާ ޓީމުގެ ކީޕަރެއް ހުންނަށް ޖެހެއެވެ. އޭގެ އިތުރުން މަދުވެގެން 13 ކުޅުންތެރިންގެ ސްކޮޑަކާއެކުވެސް މެޗު ކުރިޔަށް ގެންދިޔުމަށް ސްޕެނިޝް ލީގުން ވަނީ ނިންމާފައެވެ.

ޒަވީ ބުނީ މެޗު ކުރިޔަށް ގެންދަން ސްޕެނިޝް ލީގުން ނިންމުމުން އެކަމާ ކަންބޮޑުވާ ކަމަށާއި، މިއީ ހައިރާންވާން ޖެހޭ ކަމެއް ކަމަށެވެ. މިވަގުތު ބާސާގެ ކުޅުންތެރިން ވަރަށް ލިމިޓު ކަމަށާއި، އާންމު ހާލަތަށް ވިސްނާލިއަށް މެޗު ކުޅެވޭނެ ހާލަތެއް މިވަގުތު ނެތް ކަމަށް ޒަވީ ބުންޏެވެ.

ބާސާގެ އިތުރުން މަޔޯކާގެ ގިނަ ކުޅުންތެރިންވެސް ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ. އެކަމަކު މެޗު ފަސްކުރަން މަޔޯކާއިން އެދިފައިވާ ކަމަށް ޒަވީ ބުނެފައިވަނިކޮށް އެ ޓީމުން ވަނީ އެކަން ދޮގުކޮށްފައެވެ.

ސްޕެނިޝް ލީގުގައި މަޔޯކާއާ ބާސާ ބައްދަލުކުރާ މެޗު ފަށަނީ އާދީއްތަ ދުވަހުގެރޭ ރާއްޖެ ގަޑިން ދަންވަރު 01:00 ގައެވެ.

ސްޕެނިޝް ލީގުބާސެލޯނާޒަވީ

އެންމެ ހިނގާ

1

ޔޫއެސްއެސް އަބްރަހަމް ލިންކަންގައި ހިނގި ނުރައްކާތެރި ހަމަނުޖެހުމެއްގައި ހަތް މީހުން މަރުވެއްޖެ

2

ތުރުކީން ޓްރަމްޕް ފުރާވަޑައިގަންނަވާއިރު ކޮނޑުމަތީގައި ފޮނުވާލާ މިސައިލަކުން ހަމަލާދޭން އޮތީ ރާވާފައި: ރިޕޯޓް

3

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

4

އެމެރިކާގެ އަސްކަރިއްޔާގެ އިންޒާރުތަކަށް އިޖާބަ ނުދީ އޮމާން ކަނޑުން ދަތުރުކުރި ބޯޓަކަށް ހަމަލާ ދީފި

5

ސީރިއާގެ ކުރީގެ ރައީސް ބައްޝާރުލް އަސަދު އާއި އޭނާގެ އަރިސް އާތިފް ނަޖީބު މަރާލަން ހުކުމްކޮށްފި

އިތުރަށް ކިޔާލަން

14 ޑިސެމްބަރު 2025

އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި

14 ޑިސެމްބަރު 2025
އޮސަސޫނާ ބަލިކޮށް، ބާސެލޯނާާ އިން ލީޑު ފުޅާ ކޮށްފި
10 ޑިސެމްބަރު 2025

ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި

10 ޑިސެމްބަރު 2025
ފަހަތުން އަރައި ބާސެލޯނާ އިން ފްރޭންކްފާޓް ބަލިކޮށްފި
08 ޑިސެމްބަރު 2025

ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި

08 ޑިސެމްބަރު 2025
ސެލްޓަ އަތުން ބަލިވެ ފަރަގު ކުޑަ ކުރަން ލިބުނު ފުރުސަތު ރެއާލް އިން ނަގާލައިފި
07 ޑިސެމްބަރު 2025

ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި

07 ޑިސެމްބަރު 2025
ބާސެލޯނާ އިން ލީޑު ފުޅާކުރި މެޗުގައި ޓޮރޭސް ހެޓްރިކް ހަދައިފި
04 ޑިސެމްބަރު 2025

އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި

04 ޑިސެމްބަރު 2025
އެމްބާޕޭގެ ދެ ލަނޑާ އެކު ބިލްބާއޯ ބަލިކޮށް، ރެއާލް އިން ފަރަގު ކުޑަ ކޮށްފި
03 ޑިސެމްބަރު 2025

އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި

03 ޑިސެމްބަރު 2025
އެތުލެޓިކޯ ބަލިކޮށް، ބާސެލޯނާ އެއް ވަނައިގައި
30 ނޮވެމްބަރު 2025

އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް

30 ނޮވެމްބަރު 2025
އަލަވޭސް ބަލިކޮށް ބާސެލޯނާ އެއް ވަނަ އަށް
27 ނޮވެމްބަރު 2025

ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް

27 ނޮވެމްބަރު 2025
ފްލިކްގެ ޔަޤީންކަން، ކުރިއަށް އޮތް ތަނުގައި ފެންނާނީ ތަފާތު ބާސެލޯނާއެއް
26 ނޮވެމްބަރު 2025

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި
04 ނޮވެމްބަރު 2025

ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި

04 ނޮވެމްބަރު 2025
ބާސެލޯނާ އަށް ބަދަލުވާން ކޭން ވިސްނަމުން އަންނަ ކަމަށް ރިޕޯޓު ކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް