Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
މެސީ ކޮވިޑަށް ޕޮޒިޓިވްވުން

މެސީ ކޮވިޑަށް ޕޮޒިޓިވްވެއްޖެ

މެސީގެ އިތުރުން ޕީއެސްޖީގެ ތިން ކުޅުންތެރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައި

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 2 ޖެނުއަރީ 2022 | އާދީއްތަ 14:11
ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނެލް މެސީ

ފްރާންސްގެ ޕީއެސްޖީއަށް ކުޅެމުން އަންނަ އާޖެންޓީނާގެ ތަރި ލިއޮނަލް މެސީ ކޮވިޑް-19 އަށް ޕޮޒިޓިވްވެއްޖެއެވެ.

ފިނި މޫސުމުގެ ޗުއްޓީއަށް ކުޅުންތެރިން ގޮސްފައި އެނބުރި އައިއިރު މެސީގެ އިތުރުން ޕީއެސްޖީގެ ތިން ކުޅުންތެރިން ވަނީ ކޮވިޑަށް ޕޮޒިޓިވްވެފައެވެ.

މެސީ ކޮވިޑަށް ޕޮޒިޓިވްވިކަން އެނގުނީ އައު އަހަރަށް ފްރާންސްގެ ފުޓުބޯޅަ ސީޒަން މެދުކަނޑާލުމަށްފަހު އަލުން ފަށަންވެގެން ކުރި ޓެސްޓުތަކުންނެވެ.

އެހެންކަމުން މެސީގެ އިތުރުން ޕީއެސްޖީއިން ޕޮޒިޓިވްވި ކުޅުންތެރިންނަށް ފްރެންޗު ކަޕުގައި ޕީއެސްޖީއިން ވަނެސްއާ ދެކޮޅަށް ކުޅޭ މެޗުގައި ނުކުޅެވޭނެއެވެ. މީގެ އިތުރުން އަންނަ ހޮނިހިރު ދުވަހު ފްރާންސް ލީގުގައި ލިޔޯންއާ ދެކޮޅަށް ކުޅޭ މެޗުވެސް ގެއްލޭނެއެވެ.

ހިލޭ ޓްރާންސްފަރ އެއްގެ ދަށުން ދެ އަހަރު ދުވަހުގެ ކޮންޓްރެކްޓެއްގައި މެސީ ޕީއެސްޖީއަށް ބަދަލުވީ ހޫނު މޫސުމުގެ ޓްރާންސްފަރ މާކެޓުގައެވެ. ފްރާންސް ލީގުގައި މެސީގެ ކުޅުން ދަށްވެފައިވާއިރު މިހާތަނަށް ކުޅުނު 11 މެޗުން ޖެހިފައިވަނީ އެންމެ ލަނޑެކެވެ. އެކަމަކު ޗެމްޕިއަންސް ލީގުގެ ހަ މެޗުން ފަސް ލަނޑު އޭނާ ވަނީ ޖަހާފައެވެ.

މެސީގެ އިތުރުން ދެން ޕޮޒިޓިވްވި ތިން ކުޅުންތެރިއަކީ ސްޕެއިނުގެ ފުލްބެކް، ހޫލިއަން ބެނާޓް އާއި ގޯލްކީޕަރު ސާޖިއޯ ރިކޯގެ އިތުރުން ޒުވާން މިޑްފީލްޑަރު ނޭތަން ބިޓޫމަޒާލާއެވެ.

ކޮވިޑް-19ގެ އައު ވޭރިއަންޓް، އޮމިކްރޯންގެ ނުރައްކާ ޔޫރަޕްގެ އެކި ގައުމުތަކަށް ކޮށްފައިވާއިރު، ފްރާންސްގައި ވެސް ކޮންމެ ދުވަހަކު ގިނަ ކޭސްތަކެއް އަންނަނީ ރިޕޯޓްކުރަމުންނެވެ. އެ ގޮތުން މިދިޔަ ތިން ދުވަހަށް ބަލާއިރު، ފްރާންސްގައި ދުވާލަކު 200،000 ޕޮޒިޓިވް ކޭސް ދަނީ ފެންނަމުންނެވެ.

ލިއޮނެލް މެސީޕީއެސްޖީ

ކޮމެންޓް

އިތުރަށް ކިޔާލަން

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

މިއާމީ އާއެކު އެމްއެލްއެސް ކަޕް ކާމިޔާބުކޮށް، މެސީ އަށް ކެރިއަރުގެ 48 ވަނަ ތަށި

07 ޑިސެމްބަރު 2025
"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

"މެސީ ކަޕް"ގެ ނަމުގައި ފުޓުބޯޅަ މުބާރާތެއް ބާއްވަނީ

18 އޮކްޓޯބަރު 2025
ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

ޑެމްބެލޭ، ބެލެންޑިއޯ ކާމިޔާބު ކޮށްފި

23 ސެޕްޓެމްބަރު 2025
މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

މެސީގެ އެއްބަސްވުން އައު ކުރުމަށް މިއާމީ އިން މަޝްވަރާ ކުރަނީ

20 ސެޕްޓެމްބަރު 2025
ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

ޗެމްޕިއަން ޕީއެސްޖީ އަށް ވެސް ވަރުގަދަ ފެށުމެއް

18 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

13 ޖޫން
"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

"ސޮރީ" ފިލްމަށް ލިބުނު ބޮޑު ކާމިޔާބީ ފާހަގަކޮށްފި، ފިލްމު ދެއްކުމުގެ ކުރިން 15 ޝޯ ފުލް ވެއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

އަރަފާތު ބިމުގައި ނެތް ނަމަވެސް އެދުވަހުގެ މާތްކަން ލިބިގަތުމަށް ރޯދަ ހިފުމާއި، ޒިކުރު ކުރުމާއި ދުއާ ކުރުމާއި ތަކުބީރު ކިޔުން ފަދަ ހެޔޮ އަމަލު ކުރެވިދާނެ - ހުތުބާ

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ
20233 އަހަރު ކުރިން
ކުޅިވަރު

ފްރާންސްގައި މެސީ އަށް ލިބެން ޖެހޭ އިހުތިރާމް ނުލިބުނު: އެމްބާޕޭ

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟
20224 އަހަރު ކުރިން
ރިޕޯޓު

ޑްރަގަށްވުރެ ބިރުވެރި، ބޮޑު މަސްތެއްގައި ދިވެހިން ފައިސާތައް ބުރުއްސަނީ: އިދާރާތަކަށް ހިލަމެއްވޭ؟

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ
20215 އަހަރު ކުރިން
ދުނިޔެ

ދުނިޔޭގެ އެންމެ ބޮޑު އާއިލާގެ ބައްޕަ މަރުވެ 39 އަނބިން ހުވަފަތްވެއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް
20197 އަހަރު ކުރިން
ރާއްޖެ

ފަނޑިޔާރުގެ އިސްލާހުކުރުމަށް ކުރަންޖެހޭ އެންމެ މުހިންމު ކަމަކީ ސިޔާސީގޮތުން ވަންނަ ނުފޫޒު ހުއްޓުވުން: ލަތީފާ ޤާސިމް

ފިޠުރު ޒަކާތް
20188 އަހަރު ކުރިން
އިސްލާމް

ފިޠުރު ޒަކާތް

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު