Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މޯލްޑިވިއަންގެ ކުރިމަގު

ސާފުފައިދާއެއް ނެރުމުގެ އަޒުމާއެކު، މޯލްޑިވިއަންގެ އައު "ޓޭކް އޯފް"!

ނިމިދިޔަ އަހަރުގެ ފަހުކޮޅު ދެއްކީ ފައިދާއަކާއެކު

ރާއްޖެ އެމްވީ | 2 ޖެނުއަރީ 2022 | އާދީއްތަ 12:00
މޯލްޑިވިއަން އެއަރލައިން

މޯލްޑިވިއަން އެއަރލައިން

ޚިދުމަތުގައި 22 އަހަރުގެ މާޒީއެއް އޮތް، މޯލްޑިވިއަންގެ ޚަރަދުބަރަދު 2020އާއި 2021ގައި ހަމަޖައްސައިދިނީ ސަރުކާރުންނެވެ. 2021ގައިވެސް 200 މިލިއަން ދިވެހިރުފިޔާ، ސަރުކާރުން މޯލްޑިވިއަނަށް އިންޖެކްޓްކުރިއެވެ. މިހެން މިކަން އޮއްވާ، ނިމިދިޔަ 2021 ވަނަ އަހަރުގެ ދެ ކުއާޓަރުން، މޯލްޑިވިއަނަށް 99 މިލިއަން ރުފިޔާގެ ގެއްލުންވެ، ނޫސްތަކުގެ ފަލަ ސުރުޚީގައި މި ޚަބަރު ވަކި ހިއްޕާލިއެވެ. އިސާހިތަކުމެ ސުރުޚީތަކަށް ދެން އައީ، އެއް ގަޑިއިރަށްވުރެ ކުރު ދަތުރު ތަކުގައި ފަސިންޖަރުންނަށް، އެ އެއާލައިނުން ދެމުންއައި ލުއި ބުއިން ހުއްޓާލި ވާހަކައެވެ.

މިހާތަނުން އުފަންވެގެން އެ އަންނަނީ " ދިވެހީންގެ ގައުމީ އެއަރލައިން ބަނގުރޫޓު ވަނީތޯ" ކުރެވޭ ސުވާލެވެ. ސުވާލުތަކުން އޮފި ފަޅައި ހެދި ބޮޑުވަމުން އައީ، ގައުމީ އެއަރލައިނަށް ދިމާވި ހަގީގީ މައްސަލައަކީ ކޮބައިކަން ނޭނގުމުގެ އަނދިރީގެ ތެރެއިންނެވެ. ނަމަވެސް އެ ސުވާލަށް ޖަވާބު ލިބެމުން ދާވަރަކަށް، ފެންނާން އޮތީ އެހެން މަންޒަރެކެވެ. އެ މަންޒަރު އޮތީ މި ފެށުނު އައު އަހަރާ ގުޅި ލާމެހިފައެވެ.

މި ފެށުނު އައު އަހަރުގެ ފަތިސް ދަންމަތީގެ އަނދިރީގެ ތެރެއިން، އިބްރާހީމް ނާސިރު އިންޓަރނޭޝަނަލް އެއާޕޯޓު (އައިއޭއެލް)ގެ އޭޕްރަންގައި އޮތް، މޯލްޑިވިއަނުން އެ އިވެނީ، "ޝޮކްސް އޯފް"ގެ އަޑެވެ. އެއާ ޓްރެފިކް ކޮންޓްރޯލް އޮފިސަރަށް އެ އިވެނީ، މޯލްޑިވިއަނުން، ބޯޓުގެ ދޮރު ލައްޕައިފީމޭ ބުނާ އަޑެވެ. ބޯޓުގެ ކެޕްޓަން އޭރު އިނީ "ރަންވޭ ކްލިއަރ" މި މެސެޖުގެ އިންތިޒާރު ގައެވެ. އޭޕްރަން މަތިން، ނިކުމެވޭނީ އެ މެސެޖު ލިބުނީމައެވެ. "ރަންވޭ ކްލިއަރ"ގެ މެސެޖާއެކު، މޯލްޑިވިއަން ރަންވޭއަށް ނުކުމެ ހަމަޖެހިލައެވެ. ދެން، ޕައިލެޓު އިންތިޒާރު ކުރަމުން އައީ، "ކްލިއަރ ޓު ޓޭކް އޯފް"ގެ ކޮމާންޑަށެވެ. މި ކޮމާންޑާއެކު އިންޖީނު "ފުލްތްރަސްޓު"އަށް ލައި، ފަސިންޖަރުންނާއެކު މޯލްޑިވިއަން "ޓޭކް އޯފް" އެ ކުރަނީ އައު އަހަރުގެ އުންމީދީ އުދަރެހަށެވެ. ވައިގެ ތެރޭގައި އައު އަހަރަށް ފަށާ އުންމީދީ ދަތުރު ތަކަށެވެ. ސުވާލަކީ މިއަހަރު ގައުމީ އެއާލައިން "މޯލްޑިވިއަން" ޓޭކް އޯފް އެ ކުރަނީ، ކިހާ ވަރެއްގެ އުންމީދަކާއެކު ހެއްޔެވެ؟

ނިމިދިޔަ 2021 ވަނަ އަހަރާ 2020 ވަނަ އަހަރުގެ މާޒީވި އަހަރުގެ ލޯޑާއެކު، އައު އަހަރަކަށް މޯލްޑިވިއަން ޓޭކް އޯފް ކުރާއިރު، މިދެންނެވި މާޒީގައި އޮތީ ވިޔަފާރިއެއް ނެތި ގްރައުންޑު ކޮށްފައި އޮތް، ދުވަސްވަރުގެ ގެއްލުން ތަކެވެ. އޭގެ ތެރޭގައި، ފާއިތުވި އަހަރުގެ ފުރަތަމަ ދެ ދަންފަޅީގައި ގެއްލުން ވެފައި އޮތް 99 މިލިއަން ރުފިޔާގެ އެއްލުންވެސް ހިމެނެއެވެ. އެއީ އެހުރީ ދުނިޔެއަށް ކުރިމަތިވި ކޯވިޑު19ގައި، ދުނިޔޭގެ ހުރިހާ އެއަރލައިން ތަކެއްހެން ކުރަން ޖެހުނު ތަޖުރިބާއެކެވެ.  

ކޯވިޑު19ގައި ދުނިޔޭގެ ހުރިހާ އެއަރލައިން ތަކެއްހެން އޮތީ ގްރައުންޑު ވެފައެވެ. ވިޔަފާރި ގެއްލިފައެވެ. ބައެއް އެއަރލައިންތައް ބަނގުރޫޓުވި މި ހާދިސާއަކީ، އޭވިއޭޝަން އިންޑަސްޓްރީ އިނދަޖައްސާލި ހާދިސާ އެކެވެ. އިއްތިހާދު އެއަރލައިނާއި، ގަތަރު އެއަރލައިނާއި އެމިރޭޓްސް، ރިސްކާއެކު އުދުހެންފެށި ނަމަވެސް، އެހެން އެއަރލައިންތައް އޮތީ، ކޮވިޑުގެ ރަޖާ ދަށުގައެވެ. އެހެން ކަމުން، ބައެއް އެއާލައިންތައް ވަނީ، ވިއްކާލައިފައެވެ. އެހެން ބައެއް އެއާލައިންތައް އޮތީ، އޮޕަރޭޝަން ހުއްޓާވެސް ލައިފައެވެ. ގްރައުންޑްކޮށްފައި އޮތް މޯލްޑިވިއަންގެ ފްލައިޓުތަކަށް، ބޯ ހިއްލާލާނެ ފުރުސަތެއް ލިބުނީ 3 މަސް ދުވަހަށް ބަންދު ކޮށްފައި އޮތް ރާއްޖޭގެ ބޯޑަރު 2021ގެ ޖުލައި 15ގައި ހުޅުވާލި ހިސާބުންނެވެ.

މޯލްޑިވިއަންގެ ވިޔަފާރި ބަރޯސާވެފައި އޮތީ، ހަމައެކަނި އެތެރޭގެ އުދުހުން ތަކަކަށް ނޫނެވެ. ބޮޑަށް ބަރޯސާވެފައި އޮތީ ޗައިނާގެ 6 މަންޒިލަކުން ރާއްޖެއަށް ގެންނަ ފަތުރުވެރިންގެ ދަތުރު ތަކުގެ ނަފާއަށާއި، އިންޓަރނޭޝަނަލް އޮޕަރޭޝަނުން ލިބޭ ނަފާއަށާއި، ޓޫރިސްޓުން ރާއްޖޭގެ ޑޮމެސްޓިކު އެއާޕޯޓު ތަކަށް އުފުލައިދޭން ރިސޯޓުތަކާއެކު އެއްބަސްވެފައި އޮތް ދަތުރު ތަކުގެ ނަފާއަށާއި، ލޯކަލް ދަތުރު ތަކުގެ ނަފާއަށެވެ.

ލޯކަލް ދަތުރުތަކުން ކުރިން ލިބެމުން އައި ނަފާ ފަހުން ކުޑަވެގެން ދިޔައީ، އެތެރޭގެ ދަތުރު ތަކުގެ ޓިކެޓުގެ އަގު ހެޔޮ ކޮށްދިނުމަށް، ރައީސް ސޯލިހުގެ ސަރުކާރުން ގެނައި ބަދަލުގެ ސަބަބުންނެވެ. މި ބަދަލާއެކު، 2019އަށް އެކަނި ބެލި ނަމަވެސް، އެތެރޭގެ އުދުހުން ތަކުގެ ޓިކެޓު އާމްދަނީން 126 މިލިއަން ރުފިޔާ އެ އަހަރު މަދުވިއެވެ.

ހަމަ އެހެންމެ، ކޮވިޑުގެ ސަބަބުން، ޗައިނާއިން ރާއްޖެއަށް ފަތުރުވެރިން އައުން ހުއްޓާލި ގޮތަށް އަދިވެސް އޮތީ ދަތުރުތައް ނުފެށިއެވެ. އެހެން ކަމުން މޯލްޑިވިއަންވެސް، 2020 2021ގައި، މި ތަޖުރިބާތައް ކުރަން ޖެހުމުން، އޮޕަރޭޝަނުން ލިބެމުންދިޔަ ގެއްލުން، ދިޔައީ ބޮޑުވަމުންނެވެ. 2021ގެ ޖުލައި 15ގައި ރާއްޖޭގެ ބޯޑަރު އަލުން ހުޅުވިނަމަވެސް، ޗައިނާގެ 6 މަންޒިލަށް ކުރަމުންދިޔަ ދަތުރުތައް އަދިވެސް އޮތީ ހުއްޓިފައެވެ. ޓޫރިސްޓުން ރާއްޖެއަށް އަންނަން ފެށިނަމަވެސް، 2021ގެ ފުރަތަމަ 8 މަސްދުވަހުވެސް، އިހު އޮތް ހާލަތަށް ރުޖޫއައެއް ނުވެއެވެ. އެކަން ރަނގަޅުވާންފެށީ އަހަރުގެ ފަހު ކުއާޓަރގައެވެ. މޯލްޑިވިއަންގެ ސީޕްލޭން ދަތުރުތަކުންނާއި، ބޭރާ އެތެރޭގެ އުދުހުން ތަކުން ލިބެންފެށި ނަފާ ރަނގަޅުވާން ފެށީވެސް މި 8 މަސްދުވަހުއެވެ.

ނިމިގެންދިޔަ އަހަރުގެ އެންމެ ފަހު ދަންފަޅީގައި ކޮންމެވެސް މިންވަރެއްގެ ފައިދާއެއް ނެރެވުނު މޯލްޑިވިއަންގެ ވިޔަފާރި ގެއްލި، ބޭރު ދަތުރު ތަކުގެ ވަރަ ބިނދިފައި އޮތް ކޮވިޑުގެ ހާލަތުގައިވެސް، ރާއްޖެއަށް ބޭރުން ގެންނަން ޖެހުނު ބޭހާއި، މެޑިކަލް އިކުއިޕްމަންޓާއި، ކާބޯތަކެއްޗާއި، ވެކްސިންފަދަ، މުހިންމު ބާވަތްތައް ބަލައި ދަތުރު ކުރީ މޯލްޑިވިއަންއެވެ. އެއީ ފައިދާއަކަށް ނުބަލައި ހަމައެކަނި ދަތުރު ޚަރަދު ހޯދައިގެން، ސަރުކާރަށް މޯލްޑިވިއަނުން ކުރި ދަތުރު ތަކެކެވެ.

މީގެ ތެރޭގައި، އެކި ރަށްރަށުން މާލެއަށް ކޮވިޑު ޕޭޝަންޓުން އުފުލުމަށާއި، އެކި އަތޮޅު ތަކަށް ބޭހާއި މެޑިކަލް ޕްރޮފެޝަނަލުން ގެންގޮސް ގެނެސް ދިނުމުގެ ޚިދުމަތް، މުވައްޒަފުން ރިސްކު ނަގައިގެން ދިނެވެ. އެ ދަނޑިވަޅަކީ، އެއަރލައިންގެ މުވައްޒަފުންގެ މުސާރަތައް ކުޑަކޮށްފައި އޮތް ވަގުތަކަށް ވީނަމަވެސް، 2021ގެ ޑިސެމްބަރު މަހުގެ ނިޔަލަށް، ކުރިން ދިން މުސާރަތައް އޮތީ އިއާދަ ކޮށްދީފައެވެ.

އޭވިއޭޝަން ވިޔަފާރިއަށް ބަލާނަމަ، އެއަރލައިން ތަކުގެ ބޯޓުފަހަރު، ވައިގެ ތެރޭގައި އޮންނަ ކޮންމެ ވަގުތަކީ، އެއާލައިނަށް ފައިދާ ވަމުންދާ ވަގުތެކެވެ. ނަމަވެސް ގްރައުންޑުވެފައި އޮންނަ ކޮންމެ ވަގުތަކީ، ގެއްލުން ވަމުންދާނެ ވަގުތެކެވެ. އެއަރލައިން ތަކުގެ ބޯޓުތައް، ވައިގެތެރޭގައި ބޭއްވޭތޯ ބަލަނީ، މިއީ ފަސިންޖަރުން ގޮވައިގެން އެ އުދުހޭ އުދުހުންތަކުން ލިބޭ އެއްޗެއްގެ މާޖިނުން، ފައިދާ ހޯދޭ ވިޔަފާރި އަކަށް ވީމައެވެ. އެއީ ހަގީގަތް ކަމަށް ވީނަމަވެސް، ފަތުރުވެރިންގެ ދަތުރުތަކުގެ މާޖިނުން ފައިދާ ހޯދަމުން އައި މޯލްޑިވިއަންގެ ވަރަ ބިނދުމުން 2020 އަދި 2021ގައި މި އެއަރލައިން އޮތީ ފައިދާއެއް ނުލިބިއެވެ.

ޖެނިފައިއާއި، އެމްޑީ މިހާދު، ރާއްޖެ.އެމްވީއަށް ދެއްވި އިންޓަރވިއު ނިންމާލެއްވީ، އުންމީދީ ޚަބަރަކާއެކީ އެވެ.

މޯލްޑިވިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

26 އޮކްޓޯބަރު 2025
މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

23 ސެޕްޓެމްބަރު 2025
ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

14 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު