Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓް

މޯލްޑިވިއަނުން އަގުހެޔޮކުރީ ޑިމާންޑް ނެތް ފުލައިޓްތައް - ފެރީތަކާއި ދިމާނުވެ ޖީބުން ބޮޑު ހަރަދެއްކުރަން މަޖުބޫރު

ފެއަރގައި ދެވޭ ފުލައިޓަކާއި ފެރީއަކާއި ދިމާނުވޭ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް, ރާއްޖެ އެމްވީ | 15 މާރިޗު 2024 | ހުކުރު 10:49
މޯލްޑިވިއަންގެ ފެއަރތައް ހަދާފައިވަނީ ތާކުންތާކު ނުޖެހޭގޮތަށް

މޯލްޑިވިއަންގެ ފެއަރތައް ހަދާފައިވަނީ ތާކުންތާކު ނުޖެހޭގޮތަށް

ޤައުމީ އެއަރލައިން މޯލްޑިވިއަންގެ ޓިކެޓުތަކުގެ އަގު ހެޔޮކޮށްފި ކަމަށް ދެކެވޭ ވާހަކައާއެކު ގިނަ ބަޔަކަށް ހިތްގަމަޖެހުމެއް ގެނުވިއެވެ. އަގުބޮޑުކޮށް ދަތުރުކުރުމަށް ކުރަންޖެހޭ ހަރަދުގެ ޝަކުވާއަށް ނިމުމެއް އަންނާނެކަމަށް ބަލައިގެންނެވެ. ސަރުކާރަށް ސަނާ ނިޔާ ނޫސްތަކުންނާއި، ދައުލަތުގެ މީޑިއާއިންވެސް އޮޅުވާލަން ލިޔުނީ "މޯލްޑިވިއަންގެ ޚިދުމަތް ދެމުން އަންނަ ހުރިހާ މަންޒިލަކަށް ކުރާ ދަތުރުތަކުގެ އަގުވަނީ ހެޔޮކޮށްފަ" ކަމަށެވެ.

ނަމަވެސް އަގުހެޔޮވީތޯ ނުވަތަ އަގާއެކު އިތުރު ތަކުލީފެއް އުފުލަންޖެހުނީތޯ ނުވަތަ މިއީ މަޖިލިސް އިންތިހާބަށް ސަރުކާރުން ނުބައި ހިސާބެއް ހަދާފައި ނިންމާލިކަމެއްތޯ ބަލާލަންވެސް ޖެހެއެވެ. އަގުތަކަށް އައި ބަދަލު ކިތައްމެހާވެސް ރަނގަޅެވެ. ނަމަވެސް ދައުލަތަކުން ނުވަތަ ސަރުކާރަކުން ރައްޔިތުންނަށް ހިދުމަތެއްދޭއިރު، އެ ހިދުމަތާއި ގުޅިގެން ރައްޔިތު މީހާއަށް އުފުލަންޖެހޭ ތަކުލީފު ކުޑަވަނީ ކިހާވަރަކަށްތޯ ވެސް ބަލަންޖެހެއެވެ.

އަގުތަކަށް އައި ދެތިން ސަތޭކައިގެ ފަރަގަށްފަހު ގައުމީ އެއަރލައިނުންވެސް ބުނީ ފެއަރގެ އަގުތަކަށް މިގެނެވުނު ބަދަލާއެކު ދަތުރުފަތުރުކުރުމުގައި ޢާއްމުންނަށް ބޮޑު ލުއިފަސޭހަކަމެއް ލިބިގެންދާނެކަމަށެވެ. އަދި އެކުންފުނީގެ ވެބްސައިޓް އަދި މޯބައިލް އެޕްލިކޭޝަން މެދުވެރިކޮށް ޓިކެޓު ނެގޭނެކަމަށެވެ. ދެން ފެނުނީ މުޅި ފޭސްބުކާއި އެކްސް އަދި އެހެން ސޯޝަލް މީޑިއާތަކުގެ މުޅިން އެހެން މަންޒަރެކެވެ. އަގުތަކަށް ބަދަލެެއް އައިކަމެއް ނުދެއްކިއެވެ. ރާއްޖޭގެ ބޮޑު ހިސާބެއް ފެރީގެ ނިޒާމުން ގުޅިފައިވާއިރު، ފެރީ ޓިކެޓްނަގާ މޯލްޑިވިއަންގެ ޓިކެޓް ނަގަން ބެލި އިރު އަގަކަށް ބަދަލެއް ނާދެއެވެ.

މިހާ ހިސާބުން ވެގެން އުޅޭގޮތް ބަލާލާނަމެވެ. ކުޅުދުއްފުއްޓަށް ފުލައިޓް އޮތީ އަގުހެޔޮކޮށް ދެގަޑިއެއްގައެވެ. އެއީ 1111 ރުފިޔާއަށް އިރުއޮއްސި 6:55 ގައި އިން ފުލައިޓާއި ރޭގަނޑު 8:30 ގައި އޮންނަ ފުލައިޓެވެ. ދެން އެހެން ގަޑިތަކުގައި ޓިކެޓުގެ އަގުތައް ހުރީ 1464 ރުފިޔާއަށެވެ.

3 ފުލައިޓް ދުވާލަކު ދަތުރުކުރާ އިރު، އެންމެ ގިނަ މީހުން ކުޅުދުއްފުއްޓަށް ދަތުރުކުރަނީ ހެނދުނު އޮންނަ ފުލައިޓުގައެވެ. އެއީ އާރުޓީއެލް ފެރީއާއި ދިމާވާނީ އެ ފުލައިޓުން ދަތުރުކޮށްގެން ކަމަށްވާތީއެވެ. އަދި ފުރަން ދާ ބަޔަކަށްވެސް އެންމެ އަވަހަށް ދިމާވާނީ ހެނދުނު 9:05 ގައި އޮންނަ ފުލައިޓުން ކަމަށްވާތިއެވެ. ދެން އިން ދެ ފުލައިޓަކީ މަދު މީހެއް ދަތުރުކުރާ އަދި އެހާ ތަރުހީބު ބޮޑު ދެ ފުލައިޓެއް ނޫނެވެ.

ސަބަބަކީ އިރުއޮއްސޭ ގަޑީގައި ދިޔަޔަސް އަދި ރޭގަނޑު ދިޔަޔަސް ކުޅުދުއްފުށީ ނޫން މީހަކު ނަމަ ޖެހޭނީ ކުޅުދުއްފުށިން ދުވަހު ކުއްޔަށްދޭތަނެއް ނަގައިގެން އެތަނުގައި މަޑުކުރާށެވެ. ނުވަތަ އަވަހަށްދާން ބޭނުން ނަމަ ޖެހޭނީ އެންމެ މަދުވެގެންވެސް 750 ރުފިޔާ ދީފައި ރަށަށް ދާށެވެ. ނުދެވޭ މީހަކު ނަމަ ހަމަ ހަރަދެއްކޮށްފައި ޖެހިގެން އަންނަ ދުވަހުގެ ހަވީރު އޮންނަ އާރުޓިއެލް ފެރީ ނުވަތަ ލަކުޑި ފެރީއަށް މަޑުކުރާށެވެ.

ކޮންމެ ގޮތެއް ވިޔަސް ޓިކެޓް އަގުހެޔޮކުރާނީ ރައްޔިތުންގެ ފައިދާއަށެވެ. ނަމަވެސް މިވީގޮތަށް ކުޅުދުއްފުއްޓަށް ދަތުރުކުރާ މީހުންނަށް 1111 ރުފިޔާއަށް ޓިކެޓް ލިބުނަސް އަތުން އިތުރު 500 ރުފިޔާ ހަރަދުކުރަންޖެހެއެވެ. އެހެންވީމާ ޓިކެޓް އަގުހެޔޮވީތޯ ނުވަތަ އަތުންދާ ހަރަދު ބޮޑުވީތޯ ސުވާލުއުފެދެއެވެ.

ދެން އޮތީ އެންމެ ކައިރީގައި އޮތް ހަނިމާދޫ އެއަރޕޯޓެވެ. ހަނިމާދޫއަށްދާ އަގުހެޔޮ ފުލައިޓްތައް ހުރީ ދަންވަރާއި ފަތިހަށެވެ. 4 ފުލައިޓެއް އަގުހެޔޮކޮށްފައިވާއިރު. މީގެ ތެރެއިން އާރުޓިއެލްގައި އަގުހެޔޮކޮށް ޓިކެޓް ނަގައިގެން ފުރަންދާ މީހަކަށް އެންމެ އަވަހަށްވެސް ލައްވާލާނީ ދަންވަރު އޮންނަ ފުލައިޓެވެ. އެއީ ދަންވަރު 1:20 އެވެ. އާންމު ގޮތެއްގައި އާރުޓިއެލް ހަނިމާދޫއަށް ކައިރި ކުރާނީ ހެނދުނު 8 އާއި 9 އާއި ދެމެދުއެވެ.

ނަމަވެސް ފެރީއާއި އެގަޑީގައި ދިމާވާނެ އެއްވެސް ފުލައިޓެއް އަގުހެޔޮކޮށްފައެއް ނެތެވެ. 1111 ރުފިޔާއަށް ޓިކެޓް ނެގިޔަސް ފުރަންދާ މީހާ މިޖެހެނީ އެއަރޕޯޓުން އެކަމަޑޭޝަން ހަމަޖައްސަން ނުވަތަ ރަށުތެރެއިން ތަނެއް ހޯދާށެވެ. އިތުރަށް އަނެއްކާވެސް އެ ހަރަދުވީ 500 ނުވަތަ 600 ރުފިޔާއެވެ. ޓިކެޓުގެ އަގަށް އައި ބަދަލާއެކު ޖީބުން ކުރާ ހަރަދު މިވީ އިތުރެވެ. މާލެއިން ހަނިމާދޫއަށްދާ މީހުންވެސް އެއްރެއާއި އެއް ދުވަސް ހޭދަކުރުމަށްފަހު ހަވީރު އޮންނަ އާރުޓީއެލް ފެރީއިން ދެވިދާނެއެވެ. ނޫނީ ދެންވީ ލޯންޗެއް ކުއްޔަށް ނަގާށެވެ.

ދެކުނުން ގއ އަދި ގދ. އަތޮޅުގައިވެސް އޮތީ މިހެންނެވެ. ފެރީ ނޯންނަ ގަޑިތަކަށް ފުލައިޓްތައް އަގުހެޔޮކޮށް، ރައްޔިތުންގެ އަތުން އިތުރު އެތައް ފައިސާއެއް ހަރަދުވާގޮތަށް ކަންކަން މިއޮތީ ހަދާފައެވެ. ދެކުނު މި ދެ އަތޮޅުގެ ތެރެއިން ކޫއްޑޫއަށްދާ މީހަކު ޖެހޭނީ ކިތައްމެ ބޭނުން ނުވިޔަސް ރޭނގަނޑު ލޯންޗެއް ނަގައިގެން މަދުވެގެން 500 ރުފިޔާ ދީފައި ދަތުރެއް ކުރާށެވެ. އެއީ ވިލިނގިއްޔަށެވެ. ދެން ދާންޖެހޭނީ މަދުވެގެން 1500 ރުފިޔާ ދީފައި ދާންބޭނުންވާ ހިސާބަށެވެ. ކާޑެއްދޫގެވެސް ހާލަކީމިއެވެ.

އިތުރު ބައެއް މަންޒިލްތަކަށް ބަލާލަައިރުވެސް ކަމުދާކަށް ނެތެވެ. ކަން އޮތީ މިހެންނެވެ. އާރުޓީއެލްގެ ހިދުމަތްދޭ ތަންތަނުގައި ފެރީއަކައި ދިމައެއް ނުވެއެވެ. އަތުން 1100 އެއްހާ ރުފިޔާ ދެއްކިޔަސް އޭގެ ބަދަލުގައި ކުރަންޖެހޭ ހަރަދު މިވީއިތުރެވެ. އަމާބުނީތީ ފަރަށްދާ އުސޫލުން މަޖިލިސް އިންތިހާބު ކައިރިވުމުން އަގުތައް ހެޔޮކޮށްފީމޭ ބުނަން މިއޮތީ ރައްޔިތުންގެ ލޮލުގައި އަނދުން އަޅުވާފައެވެ.

މިއީ ޓިކެޓް އަގުހެޔޮވުމެއް ނޫނެނެވެ. އަދި ނުވިތާކަށް ދޫކުރަނީ އަގުހެޔޮ މަދު ޓިކެޓްކޮޅެކެވެ. ކިހާ އަދަދެއްކަމެއްވެސް މޯލްޑިވިއަންއަކުން ހާމައެއް ނުކުރެއެވެ. މިހާރުންސުރެ ގިނަ ފުލައިޓްތަކުގެ ފެއަރ ހުސްވެއްޖެއެވެ. މިއީ ދެކޮޅު ނުޖެހޭ ސިޔާސަތުތައް ގަދަކަމުން ތަންފީޒުކުރުވަން ރައްޔިތުންނަށް މަޖުބޫރުކުރުވުމެވެ. ޓިކެޓުގެ އަގަށް އައި ބަދަލާއެކު ރައްޔިތުންނަށް މިޖެހުނީ އިތުރު ތަކުލީފުތަކެއް އުފުލާށެވެ. މިއީ ހަމަ ރައްޔިތުންނަށްޓަކައި ކުރިކަމެއް ހެއްޔެވެ. ނޫނި މަޖިލިސް އިންތިހާބުގެ އިތުރު ސްޓަންޓެއް ހެއްޔެވެ.

މޯލްޑިވިއަން

ކޮމެންޓް

އިތުރަށް ކިޔާލަން

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

މޯލްޑިވިއަން އާއި އެއާ އިންޑިއާ އިން ދަތުރުފަތުރުގެ ގުޅުން ފުޅާ ކުރުމަށް އެއްބަސްވުމެއް ގައި ސޮއި ކޮށްފި

06 ޑިސެމްބަރު 2025
މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

މޯލްޑިވިއަން އިން ބަންގްލަދޭޝްގެ ޑާކާއަށް އަލުން ދަތުރުތައް ފަށަނީ

04 ނޮވެމްބަރު 2025
މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

މޯލްޑިވިއަން އިން މެލޭޝިއާ ދަތުރުތަކަށް ޕްރޮމޯޝަނެއް ފަށައިފި

26 އޮކްޓޯބަރު 2025
މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

މޯލްޑިވިއަން އިން ޗައިނާއަށް ކުރާ ދަތުރުތަށް މުއްދަތެއް ނެތްގޮތަށް ހުއްޓާލައިފި

23 ސެޕްޓެމްބަރު 2025
ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

ގުބާ ހައްޖު އެންޑް އުމުރާ މޯލްޑިވްސްގެ ހަވާލުގައި އުމުރާއަށްދާ އުމުރާވެރިން ސަޢޫދީ އަރަބިއްޔާއަށް ގެންދިޔުމަށް މޯލްޑިވިއަންއާއެކު ސޮއިކޮށްފި

14 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

18 ޖެނުއަރީ
ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ
20251 އަހަރު ކުރިން
ދުނިޔެ

ޓްރަމްޕް އާ ދެކޮޅަށް އެތައް ހާސް އެމެރިކާ ރައްޔިތުން މުޒާހަރާ އަށް ނުކުމެއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ
20242 އަހަރު ކުރިން
ރާއްޖެ

މުދައްރިސުންނާއި އުނގަންނައިދޭ މީހުންނަކީ އީމާންކަމުގެ ފޭރާމުން ޒީނަތްތެރިވާންޖެހޭ ބައެއް - ހުތުބާ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"
20233 އަހަރު ކުރިން
ދުނިޔެ

ނޭޕާލް ފްލައިޓް: "ފުރާނަ ސަލާމަތްވީ ޕައިލެޓްގެ ސަބަބުން"

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!
20224 އަހަރު ކުރިން
ރިޕޯޓު

ޔާމީން ރަޝީދުގެ މަރު: ސިއްރު ހެކިވެރިޔާގެ ކުއްލި ސިޓީ ބަލައިނުގަނެ، ހައިޝަމްއާއި ޒިހާން އުމުރަށް ޖަލަށްލާން ޙުކުމް ކުރި ސަބަބު!

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!
20215 އަހަރު ކުރިން
ދުނިޔެ

ޗައިނާގެ ވާވޭ ކުންފުނީގެ އައު ވާހަކަތަކެއް ފަޅާ އަރުވާލައިފި!

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!
20197 އަހަރު ކުރިން
ރިޕޯޓު

ދައުލަތަށް އެންމެ ގިނަ އާމްދަނީ ވައްދައިދޭ މީހުންގެ ހައްގުތައް ގެއްލިފައި!

ދިވެހިބަހުގެ އަކުރު
20188 އަހަރު ކުރިން
ދިވެހި ބަސް

ދިވެހިބަހުގެ އަކުރު

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު