Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރު
ލުކާކޫގެ އިންޓަވިއު މައްސަލަ

ލުކާކޫގެ އިންޓަވިއު މައްސަލަ ހޫނުވެއްޖެ

އިންޓައިން ޗެލްސީއަށް ލުކާކޫ ބަދަލުވީ 135 މިލިއަން ޑޮލަރުގެ ފީއަކަށް

އަތޫފް އާތިފް
އަތޫފް އާތިފް, ރާއްޖެ އެމްވީ | 1 ޖެނުއަރީ 2022 | ހޮނިހިރު 13:02
ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ

ޗެލްސީގެ ފޯވާޑް ރޮމެލޫ ލުކާކޫ

ޗެލްސީން މިދިޔަ ޓްރާންސްފަރ މާކެޓުގައި އެންމެ އަގުބޮޑުކޮށް ގެނައި ބެލްޖިއަމްގެ ފޯވާޑް ރޮމެލޫ ލުކާކޫ އެ ޓީމުގައި ހުރީ ހިންހަމަ ޖެހިގެން ނޫންކަމަށް ބުނެ މީޑިއާއަށް ދިން އިންޓަރވިއުގެ މައްސަލަ ހޫނުވެއްޖެއެވެ.

އުމުރުން 28 އަހަރުގެ ލުކާކޫ އިންޓަ މިލާނުން ޗެލްސީއަށް ވިއްކާލީ 135 މިލިއަން ޑޮލަރަށެވެ. މިއީ އެއް ކުޅުންތެރިޔަކު ހޯދަން ޗެލްސީން އެ ކްލަބުގެ ތާރީޚުގައި ދިން އެންމެ ބޮޑު ޓްރާންސްފަރ ފީ އެވެ. އެކަމަކު ޗެލްސީއަށް ބަދަލުވިތާ ހަތަރު މަސް ނުވަނީސް ލުކާކޫ މީޑިއާއަށް ދިން އިންޓަރވިއުގައި ބުނީ އޭނާ އެ ކްލަބް ދޫކޮށްލަން ބޭނުންވާ ކަމަށާއި އަލުން ކުރިން ކުޅުނު އިންޓަ މިލާނަށް ބަލަދުވާން ބޭނުންވާ ކަމަށެވެ.

ލުކާކޫގެ އެ އިންޓަަރވިއުއާ ގުޅިގެން ނޫސްވެރިން ސުވާލުކުރުމުން ޗެލްސީގެ ކޯޗު ތޯމަސް ޓުޗެލް ބުނީ ތިން ހަފްތާ ކުރިން ލުކާކޫ މީޑިއާއަށް ދިން އިންޓަރވިއުއެއްގެ ވަކި ތަންކޮޅެއް ނަގައިގެން ހަބަރުތައް ގެނައުން ބަލައިނުގަނެވޭ ކަމަށެވެ. އެކަމަކު ހަގީގަތަކީ ކޮންމެ ސިފައެއްގައި ކަމުގައިވިޔަސް އެ އިންޓަވިއުގެ އަޑުތަކަކީ ޗެލްސީ މިވަގުތު އޮތް ހާލަތަށް ބަލާއިރު ވަރަށް ބޮޑު މައްސަލައެއް ކަމަށެވެ.

ޓުޗެލް ބުނީ ލުކާކޫގެ އެއ އަމަލަކީ އޭނާއަށް ކަމުދާ އަމަލެއް ނޫން ކަމަށާއި، މިއީ ޗެލްސީން މިވަގުތު އިވެން ބޭނުންނުވާ އަޑެއް ކަމަށެވެ. އޭގެ ބަދަލުގައި ޗެލްސީން މިވަގުތު ބޭނުންވަނީ ހަމަޖެހިލައިގެން ކުރިޔަށް ހުރި މެޗުތަކަށް ފޯކަސް ކުރަން ކަމަށާއި، ލުކާކޫގެ އެ އިންޓަރވިއުގެ ސަބަބުން އިތުރު ޕްރެޝަރެއް އައިސްފައިވާ ކަމަށެވެ.

ލުކާކޫވަނީ އޭނާގެ އިންޓަރވިއުގައި ޗެލްސީގެ ކޯޗު ޓުޗެލް އެ ޓީމު ލައްވާ ކުޅުވާ ސްޓައިލާ މެދުވެސް ހިތްހަމަ ނުޖެހޭ ކަމަށް ބުނެފައެވެ. އެކަމާ ގުޅިގެން ޓުޗެލް ބުނީ އޭނާ ކުޅުވާ ސްޓައިލާމެދު ލުކާކޫ ހިތްހަމަ ނުޖެހޭކަން ނޭނގޭކަމަށާއި، ލުކާކޫގެ ފަރާތުން އެވާހަކަ އަޑުއިވުމުން ލިބުނީ ހައިރާންކަންކަމަށެވެ.

މީޑިއާއަށް ދިން އިންޓަވިއުގައި ލުކާކޫ ވަނީ އިންޓަ އިން އޭނާ ބޭނުންވި ކޮންޓްރެކްޓް ހުށަހެޅިނަމަ އެ ޓީމުގައި މަޑުކުރުމުގެ ފުރުސަތު އޮތް ކަމަށްވެސް ބުނެފައެވެ. އަލުން އިންޓައަށް ބަދަލުވާން ބޭނުންވަނީ ކެރިއަރުގެ ފަހުކޮޅުގައި ނޫން ކަމަށާއި ރަނގަޅު ލެވަލެއްގައި ކުޅެން ކަމަށް ލުކާކޫ ވަނީ ބުނެފައެވެ.

ރޮމެލޫ ލުކާކޫޗެލްސީ

ކޮމެންޓް

Like & Win

Giveaway
Powered by: Radient Heat Waters
Kent Grand Plus

Kent Grand Plus

Tap

އިތުރަށް ކިޔާލަން

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

އެޓަލަންޓާ އަތުން ޗެލްސީ ބަލިވެއްޖެ

10 ޑިސެމްބަރު 2025
ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

ލީޑްސް ޔުނައިޓެޑުން ޗެލްސީ ބަލިކޮށްފި

04 ޑިސެމްބަރު 2025
ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

ޗެލްސީ އިން ބާސެލޯނާ ލަދު ގަންނަވާލައިފި

26 ނޮވެމްބަރު 2025
ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

ފަހު ވަގުތު ޗެލްސީ އަތުން ބަލިވެ ލިވަޕޫލް އަށް ޖެހިޖެހިގެން ތިން ވަނަ ބަލި

05 އޮކްޓޯބަރު 2025
އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

އަމިއްލަ ދަނޑުގައި ބްރައިޓަން އަތުން ޗެލްސީ ބަލިވެއްޖެ

28 ސެޕްޓެމްބަރު 2025

އަހަރުތަކުން މިއަދު

22 ފެބުރުއަރީ
ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި
20251 އަހަރު ކުރިން
ރާއްޖެ

ޒަކިއްޔާގެ މަރުގެ މައްސަލަ - ތުހުމަތު ކުރެވޭ މީހާ އަށް މިސްކިތުގެ ކާޕެޓް އެޅުމުގެ ފުރުސަތު ނުދޭން ނިންމައިފި

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި
20242 އަހަރު ކުރިން
ދުނިޔެ

ނަވަލްނީގެ މަރުގެ މައްސަލައިގައި ބޮޑެތި ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ބައިޑަން ޕުޓިންއަށް ދެއްވައިފި

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް
20233 އަހަރު ކުރިން
ރާއްޖެ

ނިރުފެހި ގެއިން ފެނުނީ މަރުވި ބިދޭސީ މީހާގެ ފައި - ޕޮލިސް

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި
20224 އަހަރު ކުރިން
ރާއްޖެ

އިންޑިއާ ސިފައިންގެ ބައެއްގެ ފޮށިތަކެއް އެމްއެންޑީއެފްގެ އުޅަނދަކަށް އަރުވާ މަންޒަރު ފެންނަ ފޮޓޯގެ ހަގީގަތް ހާމަކޮށްދީފި

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ
20215 އަހަރު ކުރިން
ރާއްޖެ

ޖަލު ޙުކުމުގެ އިސްތިއުނާފް އަޑުއެހުންތަކަށް ޔާމީންގެ ފަރާތްޕުޅުން ވަކާލާތު ކުރުމަށް ބޭރުގެ ވަކީލެއް ގެންނަނީ

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!
20197 އަހަރު ކުރިން
ރިޕޯޓު

ވަގު ހިފަން ދަންތުރަޖެހުން: ބޮޑު ކުށެއް!

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ
20188 އަހަރު ކުރިން
ރާއްޖެ

ޕެޕަރސްޕްރޭ ޖެހުމުން ފިޓުޖެހި ހޭނެތުނު މީހާ މިހާރު އޮތީ ކޯމާއެއްގައި: އާއިލާ

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު