Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެބައިޑަން އާއި ޕުޓިންގެ މަޝްވަރާތައް

ޔޫކްރެއިން މައްސަލައިގައި ބައިޑަން އާއި ޕުޓިން ދެ ވަނަ ފަހަރަށް މަޝްވަރާކުރައްވައިފި

1 ޖެނުއަރީ 2022 | ހޮނިހިރު 03:55

ބައިޑަން ވަނީ ޔޫކްރެއިންގެ ކައިރި ހިސާބުތަކުގައި ތިބި ރަޝިޔާ ސިފައިން މަދުކޮށް ހަރަކާތްތައް މަދުކުރުމަށް އެދިވަޑައިގެންފައި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 1 ޖެނުއަރީ 2022 | ހޮނިހިރު 03:55
އެމެރިކާގެ ރައީސް ޖޯ ބައިޑަން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާ ފޯނުން ގުޅުއްވާ ވާހަކަދައްކަވަނީ

އެމެރިކާގެ ރައީސް ޖޯ ބައިޑަން ރަޝިޔާގެ ރައީސް ވްލަޑްމިއަރ ޕުޓިން އާ ފޯނުން ގުޅުއްވާ ވާހަކަދައްކަވަނީ

ޔޫކްރެއިންގެ މައްސަލައިގައި އެމެރިކާގެ ރައީސް ޖޯ ބައިޑަން އާއި ރަޝިޔާގެ ރައީސް ލަޑްމިއަރ ޕުޓިން މަޝްވަރާކުރައްވައިފިއެވެ.

ފޯނުން ދެ ބޭފުޅުން ކުރިޔަށް ގެންދެވި މިމަޝްވަރާތަކުގެ ދިގުމިނަކީ 50 މިނެޓެވެ. މިއީ ޑިސެމްބަރ މަހުގެ ތެރޭގައި ދެ ގައުމުގެ ރައީސުން ފޯނުން ވާހަކަދެއްކެވި ދެވަނަ ފަހަރެވެ. މިފަހަރުގެ މަޝްވަރާތަކުގައިވެސް ދެ ފަރާތުން ބަހުގެ ހަމަލާތައް ބަދަލުކުރިނަމަވެސް ޖެނުއަރީ މަސް ތެރޭގައި މިމައްސަލާގައި އިތުރަށް ކުރިޔަށް ގެންދާ މަޝްވަރާތަކާއެކު މަސްރަހު ފިނިވެގެންދާނެކަމަށް ވަނީ ބެލެވިފައެވެ.

ބައިޑަން ވަނީ ޔޫކްރެއިންގެ ކައިރި ހިސާބުތަކުގައި ތިބި ރަޝިޔާގެ ސިފައިންގެ އަދަދު މަދުކޮށް ހަރަކާތްތައް މަދުކުރުމަށް އެދިވަޑައިގަންނަވާފައެވެ. އެއާއެކު ޕުޓިން ވަނީ ދަތިކުރުމުގެ ފިޔަވަޅުތައް އަޅާނެކަމުގެ އިންޒާރު ވޮޝިންގޓަން އިން ދެމުން ގެންދާދިޔުމުގެ ސަބަބުން ހާލަތު އިތުރަށް ގޯސްވާނެކަމަށް ވިދާޅުވެފައެވެ. މިފޯނު ކޯލަކީ ރަޝިޔާގެ ރައީސްގެ އެދިވަޑައިގަތުމަކަށް ކުރިޔަށް ގެންދިޔަ ފޯނުކޯލެކެވެ.

މަޝްވަރާތަކަށްފަހު ވައިޓް ހައުސްގެ ޕްރެސް ސެކެޓްރީ ޖެން ސާކީ ވިދާޅުވީ މަޝްވަރާތަކުގެ ސަބަބުން ދެ ގައުމުގެ ގުޅުން ގޯސްވެ ހާލަތު ގޯސްވުމުގެ ބަދަލުގައި ރަނގަޅުވެގެންދާނެކަމަށެވެ. ރަޝިޔާގެ ރައީސް އޮފީހުންވެސް ވަނީ މިމަޝްވަރާތަކަކީ ކުރިޔަށް އެޅުނު ރަނގަޅު ފިޔަވަޅެއްކަމަށް ބުނެފައެވެ.

ޖެނުއަރީ މަހުގެ ތެރޭގައި ރަޝިޔާ އާއި އެމެރިކާ އާ ދެމެދު ސެކިޔުރިޓީ ބައްދަލުވުންތަކެއް ބޭއްވުމަށް ވަނީ ހަމަޖެހިފައެވެ. މަޝްވަރާތަކަށްފަހު ދެގައުމުންވެސް ބުނެފައިވަނީ ކުރިޔަށްދިޔައީ ސީރިއަސް ވާހަކަތަކެއް ކަމަށެވެ.

ޖޯ ބައިޑަންވްލަޑިމިއަރ ޕުޓިން

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

19 ޑިސެމްބަރު 2025

ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ

19 ޑިސެމްބަރު 2025
ޕުޓިން ބޭނުންފުޅު ވަނީ އަންނަ އަހަރު ވެސް އައު ހަނގުރާމައެއް ފަށަން: ޒެލެންސްކީ
19 ޑިސެމްބަރު 2025

އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް

19 ޑިސެމްބަރު 2025
އިޤްތިޞާދީ "ބޫމްް" އަކަށް ވައުދުވެ ވަޑައިގެންނެވުމާ އެކު، ޓްރަމްޕްގެ ފާޑު ކިޔުން ބައިޑަން އަށް
15 ޑިސެމްބަރު 2025

ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން

15 ޑިސެމްބަރު 2025
ރަޝިޔާ-ޔުކްރެއިން މައްސަލައިގެ ސުލްޙަ ޤާއިމު ކުރުމަކީ ދުރުގައި އޮތް ކަމެއް ނޫން: އުރުދުޣާން
09 ޑިސެމްބަރު 2025

އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ

09 ޑިސެމްބަރު 2025
އެމެރިކާގެ ހުށަހެޅުން ޒެލެންސްކީ ވިދާޅުވެފައި ނެތުމުން، ޓްރަމްޕް ހިތްހަމަ ނުޖެހިއްޖެ
07 ޑިސެމްބަރު 2025

އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް

07 ޑިސެމްބަރު 2025
އެމެރިކާގެ ނަން ނުބައިކޮށް ވިދާޅުވެވި، ބައިޑަން އަށް ބޮޑު ލަދުވެތި ކަމެއް
06 ޑިސެމްބަރު 2025

އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް

06 ޑިސެމްބަރު 2025
އިންޑިއާ އިން ބޭނުންވާ މިންވަރަކަށް ތެޔޮ ފޯރުކޮށްދިނުމަށް ޕުޓިން ހުންނެވީ ތައްޔާރަށް
06 ޑިސެމްބަރު 2025

ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ

06 ޑިސެމްބަރު 2025
ސުލްޙައިގެ މަޝްވަރާ ތަކަށް އެއްބަސްވި ނަަމަވެސް، ޕުޓިން ހައްޔަރު ކުރުމުގެ އަމުރު ދެމި އޮންނާނެ
05 ޑިސެމްބަރު 2025

ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް

05 ޑިސެމްބަރު 2025
ރަޝިޔާ ގެ ރައީސް ޕުޓިން އިންޑިއާ އަށް ވަޑައިގަތުމުން މަރުހަބާ ދަންނަވަން ބޮޑު ވަޒީރު މޯދީ އެއަރޕޯޓަށް
04 ޑިސެމްބަރު 2025

އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން

04 ޑިސެމްބަރު 2025
އެމެރިކާގެ އޮފިޝަލުންނާ އެކު ބޭއްވި ބައްދަލުވުން ވަރަށް ބޭނުންތެރި: ޕުޓިން
04 ޑިސެމްބަރު 2025

ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް

04 ޑިސެމްބަރު 2025
ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް