Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެރަޝިޔާ-ޔުކްރެއިން ހަނގުރާމަ

ހަނގުރާމަ ނިންމަން ޕުޓިން ބޭނުންވޭ، އެމެރިކާ އިން ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބާއްވަން ތައްޔާރު: ޓްރަމްޕް

4 ޑިސެމްބަރު 2025 | ބުރާސްފަތި 07:04

އެ މަޝްވަރާ ތަކާ ގުޅޭ ގޮތުން އޭއެފްޕީގެ ނޫސްވެރިޔަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، މިވަގުތު އޭނާ އަށް ބުނެވޭނީ އެމެރިކާގެ އޮފިޝަލުންނާއި ރަޝިޔާގެ ރައީސް ޕުޓިންއާ ދެމެދު ވަރަށް ރަނގަޅު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި އެ މަޝްވަރާ ތަކަކީ ވަރަށް ރަނގަޅު މަޝްވަރާ ތަކެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ޓްރަމްޕްގެ ސަފީރު އާއި ދަރިކަލުން ކްރެމްލިންގައި ޕޫޓިންއާ މަޝްވަރާކުރިނަމަވެސް ހަނގުރާމަ ހުއްޓުވުމުގައި ކުރިއެރުމެއް ނުލިބުނު

ޝައިހާން ޒަރީރް
ޝައިހާން ޒަރީރް | 4 ޑިސެމްބަރު 2025 | ބުރާސްފަތި 07:04
އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް

އެމެރިކާގެ ރައީސް ޑޮނަލްޑް ޓްރަމްޕް | ރޮއިޓާސް

ރަޝިޔާގެ ރައީސް ވުލަޑިމިއަރ ޕުޓިން ހުންނެވީ ހަނގުރާމަ ހުއްޓާލަން ބޭނުންފުޅުވެފައި ކަމަށާއި، ޔުކްރެއިން އާއެކު އައު މަޝްވަރާ ތަކެއް ބޭއްވުމަށް އެމެރިކާ އިން ތައްޔާރު ވަމުން އަންނަ ކަމަށް އެ ޤައުމުގެ ރައީސް ޑޮނަލްޑް ޓްރަމްޕް ވިދާޅުވެއްޖެ އެވެ.

ޓްރަމްޕްގެ ޚާއްސަ މަންދޫބު ސްޓީވް ވިޓްކޮފް އާއި ޓްރަމްޕްގެ ދަރިކަލުން ޖެރާޑް ކުޝްނާ ވަނީ ރަޝިޔާގެ ވެރި ރަށް މޮސްކޯގަައި ބައްދަލު ކުރައްވައިފަ އެވެ. ހަނގުރާމަ ހުއްޓާލުމުގެ މާބޮޑު ކުރިއެރުން ތަކެއް ލިބިފައި ނެތް ނަމަވެސް، ރަޝިޔާ އިން ބުނެފައި ވަނީ އެމެރިކާ އިން ހުށަހަޅާފައިވާ ބައެއް ކަންކަން ޕުޓިން ޤަބޫލު ކުރައްވާ ކަމަށެވެ. އަދި އަނެއް ބައި ކަންކަމަށް އެއްބަސް ނުވެވޭ ކަމަށް ވެސް ހާމަ ކޮށްފައިވެ އެވެ.

އެ މަޝްވަރާ ތަކާ ގުޅޭ ގޮތުން އޭއެފްޕީގެ ނޫސްވެރިޔަކު ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވެފައި ވަނީ، މިވަގުތު އޭނާ އަށް ބުނެވޭނީ އެމެރިކާގެ އޮފިޝަލުންނާއި ރަޝިޔާގެ ރައީސް ޕުޓިންއާ ދެމެދު ވަރަށް ރަނގަޅު ބައްދަލުވުމެއް ބާއްވާފައިވާ ކަމަށެވެ. އަދި އެ މަޝްވަރާ ތަކަކީ ވަރަށް ރަނގަޅު މަޝްވަރާ ތަކެއް ކަމަށް ވެސް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ނަމަވެސް، މިވަގުތު ކަންތައް ވާނެ ވަކި ގޮތެއް ބުނަން އުނދަގޫކަން ފާހަގަ ކުރައްވައި ޓްރަމްޕް ވިދާޅުވީ، އެކަން ކުރިއަށް ދާނީ ދެ ފަރާތް ވެސް އެއްބަސްވާ ގޮތެއްގެ މަތިން ކަމަށެވެ. މީގެ އިތުރުން ހަނގުރާމަ ހުއްޓަން ޕުޓިން ބޭނުންފުޅުވާ ކަމުގެ އެއްވެސް ނިޝާނެއް އެ ބައްދަލުވުމުން ފެނުނުތޯ ސުވާލު ކުރުމުން ޓްރަމްޕް ވިދާޅުވީ، ރަޝިޔާ އިން ހަނގުރާމަ ނިންމަން ބޭނުންވާ ކަމަށެވެ. އެ ފަދަ އިޝާރާތެއް އެ ބައްދަލުވުމުން ލިބިފައިވާ ކަމަށް ޓްރަމްޕް ފާހަގަ ކުރެއްވި އެވެ.

މީގެ އިތުރުން ޓްރަމްޕް ވިދާޅުވެފައި ވަނީ، އެމެރިކާ އިން ހުށަހަޅާފައިވާ ހުށަހެޅުން ޔުކްރެއިން އިން ބަލައި ގަންނަ ކަމަށެވެ. އެހެން ނަމަވެސް، މިއަހަރުގެ ފެބްރުވަރީ މަހު އެމެރިކާގެ ރިޔާސީ ގަނޑުވަރު ވައިޓް ހައުސްގައި ކުރިއަށް ދިޔަ ހޫނު ބައްދަލުވުމުގެ ކުރިން ވެސް، ޔުކްރެއިންގެ ރައީސް ވުލޮޑޮމިއަރ ޒެލެންސްކީ އަދި އެ ޤައުމުން އެކަން ބަލައި ގަންނަން ޖެހޭ ކަމަށް ޓްރަމްޕް ވިދާޅުވެފައިވެ އެވެ.

ހަނގުރާމަ ހުއްޓާލުމާ ގުޅޭ ގޮތުން ވާހަކަ ދައްކަވަމުން ޒެލެންސްކީ ވިދާޅުވެފައި ވަނީ ސުލްޙަވެރި ކަމުގެ ދޮރު ހުޅުވިފައި ވީ ނަަމަވެސް، ރަޝިޔާ އަށް ޕްރެޝަރު ކުރުން ކުރިއަށް ދާން ޖެހޭ ކަމަށެވެ. އަދި ހަނގުރާމަ ނިންމުމުގެ ފުރުސަތު އޮތްކަން މުޅި ދުނިޔެ އަށް ވެސް ސާބިތުވެފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ.

މީގެ ކުރިން ޔުކްރެއިން އާއި އެ ޤައުމަށް ތާއީދު ކުރާ ޔޫރަޕުގެ ޤައުމު ތަކުން ގޮވާލާފައި ވަނީ އެމެރިކާގެ ޕްލޭން އިސްލާޙު ކުރުމަށެވެ. އަދި ރަޝިޔާ އިން އެދޭ ގޮތަށް ހަނގުރާމަ ހުއްޓާލުމުގެ އެއްބަސްވުން ޤާއިމު ކޮށްގެން ނުވާނެ ކަމަށާއި، އެކަން ކުރުމުގައި ޔުކްރެއިންގެ މަސްލަޙު ވެސް ހިމާޔަތް ކުރަން ޖެހޭ ކަމަށް ގޮވާލާފައިވެ އެވެ.

އެމެރިކާގެ ރައީސް ކަމުގެ ދެ ވަނަ ދައުރުގައި މިހާރު ހުންނެވި ޓްރަމްޕް ގެންދަވަނީ ރަޝިޔާ އާއި ޔުކްރެއިންއާ ދެމެދު ހިނގަމުން އަންނަ ހަނގުރާމަ ނިމުމަކަށް ގެނައުމަށް ވަރަށް ބޮޑަށް ބާރު އަޅުއްވަމުންނެވެ. ނަމަވެސް، އެކަމުގައި ޓްރަމްޕް ރަޝިޔާގެ މަސްލަޙު ހިމާޔާތް ކުރާ ކަމަށް ބުނެ އޭނާ އަށް ފާޑު ކިޔުންތައް އަމާޒުވެ އެވެ.

މަސްދަރު: އޭއެފްޕީ

ޑޮނަލްޑް ޓްރަމްޕްވުލަޑިމިއަރ ޕުޓިންޔޫކްރެއިން ހަނގުރާމަވުލަޑިމިއަރ ޒެލެންސްކީރަޝިޔާ-ޔޫކްރެއިން ހަނގުރާމަ

އެންމެ ހިނގާ

1

ރަޝިޔާގެ ހުއްދަ ނެތި އެމެރިކާ އެއަރ ފޯސްގެ ބޯޓެއް ވެރި ރަށް މޮސްކޯގައި ޖައްސައިފި

2

މޫސާ އިބްރާހީމް މަރާލި މައްސަލައިގައި ކުށް ސާބިތުވެ، މުހައްމަދު އިބްރާހީމް އަށް މަރުގެ ހުކުމް!

3

ރާއްޖެ ޓީވީގެ އާމިރު ސަލީމަށް ހަމަލާދޭން ސަރުކާރު ހިންގާ ޕާޓީން ބަޔަކަށް ފައިސާދިންކަމުގެ މައުލޫމާތު ލިބިގެން މައްސަލަ ފުލުހަށް ހުށަހަޅައިފި

4

މިސް ވޯރލްޑުގައި ދިވެހިރާއްޖެ ތަމްސީލު ކުރާ އީމާ އޭޝިއާ އާއި އޯޝޭނިއާ ރީޖަންގެ ގަދަ 5 ގައި ހިމެނިއްޖެ

5

ޓްރަމްޕްގެ ދަރިކަލުން ބެރޮންގެ ފުރާނަ އަށް ނުރައްކާވާ ގޮތަށް އީރާން އިން ދެއްކި މަންޒަރާއެކު، ސީކްރެޓް ސަރވިސް އެލާޓުގައި!

އިތުރަށް ކިޔާލަން

18 އޯގަސްޓު 2026

މޮސްކޯ ސަރަހައްދަށް ޔޫކްރެއިނުން ޑްރޯން ފުންޏެއް އޮއްސާލައިފި

18 އޯގަސްޓު 2026
މޮސްކޯ ސަރަހައްދަށް ޔޫކްރެއިނުން ޑްރޯން ފުންޏެއް އޮއްސާލައިފި
17 އޯގަސްޓު 2026

ރަޝިޔާ އިން ދިން މިސައިލް ހަމަލާއެއްގައި ޔޫކްރެއިންގެ އެންމެ ބޮޑު ސްޓީލް ކާރުޚާނާ އަށް ބޮޑެތި ގެއްލުންތަކެއް ދީފި

17 އޯގަސްޓު 2026
ރަޝިޔާ އިން ދިން މިސައިލް ހަމަލާއެއްގައި ޔޫކްރެއިންގެ އެންމެ ބޮޑު ސްޓީލް ކާރުޚާނާ އަށް ބޮޑެތި ގެއްލުންތަކެއް ދީފި
16 އޯގަސްޓު 2026

މޮސްކޯއަށް އެތައް ސަތޭކަ ޑްރޯން ހަމަލާ، ކީވްގައި ތިން މީހުން މަރު

16 އޯގަސްޓު 2026
މޮސްކޯއަށް އެތައް ސަތޭކަ ޑްރޯން ހަމަލާ، ކީވްގައި ތިން މީހުން މަރު
15 އޯގަސްޓު 2026

ޔޫކްރެއިންގެ ހަމަލާތަކުން ރަޝިއާގެ ތެލާއި އަސްކަރީ މަރުކަޒުތަކަށް ގެއްލުންދީފި

15 އޯގަސްޓު 2026
ޔޫކްރެއިންގެ ހަމަލާތަކުން ރަޝިއާގެ ތެލާއި އަސްކަރީ މަރުކަޒުތަކަށް ގެއްލުންދީފި
13 އޯގަސްޓު 2026

ޖަޕާނުން މިލްކުވެރިކަމަށް ދައުވާކުރާ ކޫރީލް އައިލެންޑްސްއަށް ރަޝިޔާގެ ރައީސް ޕޫޓިން ޒިޔާރަތް ކުރެއްވުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި

13 އޯގަސްޓު 2026
ޖަޕާނުން މިލްކުވެރިކަމަށް ދައުވާކުރާ ކޫރީލް އައިލެންޑްސްއަށް ރަޝިޔާގެ ރައީސް ޕޫޓިން ޒިޔާރަތް ކުރެއްވުމާ ގުޅިގެން، ޖަޕާނު ސަރުކާރުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި
13 އޯގަސްޓު 2026

ޔޫކްރެއިނުން ދިން ވަރުގަދަ ހަމަލާތަކެއްގައި ރަޝިޔާގެ ގޮވާން އެކްސްޕޯޓްކުރާ މައި ދެ ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ދީފި

13 އޯގަސްޓު 2026
ޔޫކްރެއިނުން ދިން ވަރުގަދަ ހަމަލާތަކެއްގައި ރަޝިޔާގެ ގޮވާން އެކްސްޕޯޓްކުރާ މައި ދެ ޓާމިނަލަކަށް ބޮޑެތި ގެއްލުންތަކެއް ދީފި
10 އޯގަސްޓު 2026

ޔޫކްރެއިނުގެ ޑްރޯން ހަމަލާގައި ރަޝިޔާގައި 13 މީހުން މަރު

10 އޯގަސްޓު 2026
ޔޫކްރެއިނުގެ ޑްރޯން ހަމަލާގައި ރަޝިޔާގައި 13 މީހުން މަރު
08 އޯގަސްޓު 2026

ޔޫކްރެއިން އަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެއްޖެ

08 އޯގަސްޓު 2026
ޔޫކްރެއިން އަށް ރަޝިޔާއިން ދިން މިސައިލް ހަމަލާތަކެއްގައި ކުޑަކުއްޖަކާއެކު މަދުވެގެން ތިން މީހުން މަރުވެއްޖެ
07 އޯގަސްޓު 2026

ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި

07 އޯގަސްޓު 2026
ރަޝިއާއިން ޔޫކްރެއިންގެ އަސްކަރީ މަރުކަޒުތަކަށް ގްލައިޑް ބޮން އަޅައިފި
06 އޯގަސްޓު 2026

ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި

06 އޯގަސްޓު 2026
ރަޝިޔާއާ ދެކޮޅަށް ދަތި ކުރުމުގެ އައު 13 ފިޔަވަޅެއް އިނގިރޭސިވިލާތުން އަޅައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް