Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - sportsAdvertisement
ކުޅިވަރުޕްރެޒިޑެންޓްސް ކަޕް

ޓީސީ އަތުން މާޒިޔާއަށް ހަނި މޮޅެއް

ޓީސީގެ މައްޗަށް މާޒިޔާއިން ކުރިހޯދީ 2-1 ގެ ނަތީޖާއަކުން

އަތޫފް އާތިފް
އަތޫފް އާތިފް | 30 ޑިސެމްބަރު 2021 | ބުރާސްފަތި 18:47
ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕުގައި މާޒިޔާ އާއި ޓީސީ ބައްދަލުކުރި މެޗުގެ ތެރެއިން

ޕްރެޒިޑެންޓްސް ކަޕުގައި ޓީސީ ސްޕޯޓްސް ކްލަބުގެ މައްޗަށް މާޒިޔާއިން ހަނި ގޮތަކަށް މޮޅުވެއްޖެއެވެ.

ގައުމީ ފުޓުބޯލަ ދަނޑުގައި ބުރާސްފަތި ދުވަހުގެރޭ ކުޅުނު މެޗު މާޒިޔާއިން ކާމިޔާބުކުރީ 2-1 ގެ ނަތީޖާއަކުންނެވެ.

މެޗު ފަށައިގެން މާޒިޔާއިން މެޗު ކޮންޓްރޯލްކޮށްގެން ކުޅުނުއިރު، ޓީސީން ކުޅެމުންދިޔައީ ކައުންޓަ އެޓޭކުތަކުގައި ލިބޭ ފުރުސަތުތަކުގެ ބޭނުން ހިފުމަށް ވިސްނައިގެންނެވެ. އެގޮތުން މެޗުގެ 17 ވަނަ މިނެޓުގައި ޓީސީގެ އަހްނަފް މުޙައްމަދު ތަސްމީނަށް ވަނީ ލަނޑު ޖަހަން ރަނުގެ ފުރުސަތެއްލިބި ބޭކާރުވެފައެވެ.

މާޒިޔާއިން ޓީސީގެ ހާފުގެ ތެރޭގައި ގިނަ ވަގުތު ބޯޅަ ހިފަހައްޓައިގެން ކުޅުނުއިރު، މެޗުގެ 38 ވަނަ މިނެޓުގައި މާޒިޔާއިން ވަނީ ލަނޑު ޖަހާ ލީޑު ނަގައިފައެވެ. މިއީ އަޙްމަދު އަބްދުﷲ (ލިލީ)ގެ އެހީތެރިކަމާއެކު އިބްރާހީމް އައިސަމް އެ ޓީމަށް ކާމިޔާބުކޮށްދިން ލަނޑެކެވެ. އަދި އޭގެ ހަ މިނެޓު ފަހުން މާޒިޔާއިން ވަނީ އިތުރު ލަނޑެއް ޖަހާ ލީޑު ފުޅާކޮށްފައެވެ. އައިސަމްގެ އެހީތެރިކަމާއެކު މި ލަނޑު އެޓީމަށް ކާމިޔާބުކޮށްދިނީ އިބްރާހީމް ވަހީދު ހަސަން (އިއްބެ)އެވެ.

ދެވަނަ ހާފުގައިވެސް މާޒިޔާއިން ގިނަ އެޓޭކްތަކެއް ކޮށްގެން ކުޅުނުއިރު، މެޗުގެ 57 ވަނަ މިނެޓުގައި މުޙައްމަދު އުމެރަށް ވަނީ އޭރިޔާ ތެރެއިން މުޅިން ހުސްކޮށް ފުރުސަތެއް ލިބި ބޭކާރުވެފައެވެ.

މެޗު ނިމުމުގެ ކުރިން ޓީސީން ވަނީ ލަނޑެއް ޖަހާ ފަރަގު ކުޑަކޮށްފައެވެ. މިއީ ބަދަލު ކުޅުންތެރިއެއްގެ ގޮތުގައި ކުޅެންއެރި މުހައްމަދު މުސްލިހް (މުއްޓި) ކާމިޔާބުކޮށްދިން ލަނޑެކެވެ.

ޕްރެޒިޑެންޓްސް ކަޕުގެ ލީގު ބުރުގައި ކޮންމެ ޓީމަކުންވެސް ތިން މެޗު ކުޅެފައިވާއިރު އެއްވަނައިގައި އޮތް ވެލެންސިއާ އާއި ދެވަނައިގައި އޮތް މާޒިޔާއަށް ތިން މެޗުން ނުވަ ޕޮއިންޓް ވަނީ ލިބިފައެވެ. ވެލެންސިއާއަށް އެއްވަނަ ލިބެނީ ލަނޑުގެ ތަފާތުންނެވެ. ތިންވަނައިގައި އޮތް ގްރީން ސްޓްރީޓްސް އަށާއި ހަތަރުވަނައިގައި އޮތް ސަސްއަށް ވަނީ ހަ ޕޮއިންޓް ލިބިފައެވެ.

ޕްރެޒިޑެންޓްސް ކަޕްމާޒިޔާ ސްޕޯޓްސް އެންޑް ރެކްރިއޭޝަންޓީސީ ސްޕޯޓްސް ކުލަބު

އިތުރަށް ކިޔާލަން

30 ނޮވެމްބަރު 2025

ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް

30 ނޮވެމްބަރު 2025
ޓީސީ ބަލިކޮށް އޮޑި ދެ ވަނަ އަށް
29 ނޮވެމްބަރު 2025

ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް

29 ނޮވެމްބަރު 2025
ނިއު ރޭޑިއަންޓް ބަލިކޮށް، މާޒިޔާގެ ރެކޯޑު ކުރިއަށް
03 ނޮވެމްބަރު 2025

ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު

03 ނޮވެމްބަރު 2025
ބެންޖޯގެ އިރުޝާދުގެ ދަށުން އީގަލްސް އަށް ފުރަތަމަ މޮޅު
01 ނޮވެމްބަރު 2025

ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި

01 ނޮވެމްބަރު 2025
ފަސް ލަނޑުގެ މޮޅާ އެކު މާޒިޔާ އިން އެއް ވަނައިގައި
27 އޮކްޓޯބަރު 2025

އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ

27 އޮކްޓޯބަރު 2025
އޮޑި އާއި ވިކްޓަރީ ވެސް މޮޅުވެއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު