Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެސިންގަލް ޔޫސް ޕްލާސްޓިކް އުފެއްދުން މަނާކުރުން

13 ބާވަތެއްގެ ޕްލާސްޓިކް އުފައްދައި ބާޒާރަށް ނެރުން މަނާކޮށްފި

ބާޒާރަށް ނެރުން މަނާކުރުމަށް ހުށަހަޅާފައިވާ ތާރީޚުތަކަކީ 2022 ވަނަ އަހަރުގެ ޖޫން 1، އަދި ސެޕްޓެމްބަރ 1 އާއި 2023 ވަނަ އަހަރުގެ މާރޗް 1 އަދި 2024 ވަނަ އަހަރުގެ މާރޗް 1ން ފެށިގެން

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 29 ޑިސެމްބަރު 2021 | ބުދަ 18:29
ޕްލާސްޓިކާއި ކުނީގެ ބާވަތްތަކުން ފަޅުތެރެ ތަޣައްޔަރުވެފައި

ޕްލާސްޓިކާއި ކުނީގެ ބާވަތްތަކުން ފަޅުތެރެ ތަޣައްޔަރުވެފައި

ސިންގަލް ޔޫސް ޕްލާސްޓިކުގެ 13 ބާވަތެއް ދިވެހިރާއްޖޭގައި އުފެއްދުމާއި ބާޒާރަށް ނެރުން، އަންނަ އަހަރުގެ ވަކި ތާރީޚުތަކަކުން ފެށިގެން މަނާކަމަށް ކަނޑައަޅުއްވާ އެބާވަތްތައް އާންމުކޮށްފިއެވެ.

ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކޮށް ދެމެހެއްޓުމުގެ ގާނޫނަށް ގެނައި އިސްލާހުގެ ދަށުން ރައީސުލްޖުމްހޫރިއްޔާ ކަނޑައަޅުއްވާ ސިންގަލްޔޫސް ޕްލާސްޓިކްގެ ބާވަތްތަކުގެ ލިސްޓު، 1 ޖެނުއަރީ 2022ގެ ކުރިން ސަރުކާރުގެ ގެޒެޓްގައި ޝާއިއުކުރަންޖެހެއެވެ. އެ ލިސްޓު ގެޒެޓްގައި ޝާއިއުކޮށްފައިވާއިރު ރައީސުލްޖުމްހޫރިއްޔާގެ ގަރާރަކުން ވަނީ އެތަކެތި އުފެއްދުމާއި ބާޒާރަށް ނެރުން މަނާކޮށްފައެވެ.

ބާޒާރަށް ނެރުން މަނާކުރުމަށް ހުށަހަޅާފައިވާ ތާރީޚުތަކަކީ 2022 ވަނަ އަހަރުގެ ޖޫން 1، އަދި ސެޕްޓެމްބަރ 1 އާއި 2023 ވަނަ އަހަރުގެ މާރޗް 1 އަދި 2024 ވަނަ އަހަރުގެ މާރޗް 1ން ފެށިގެންނެވެ. އުފެއްދުން މަނާކުރުމަށް ހުށަހަޅާފައިވާ ތާރީޚުތަކަކީ 2022 ވަނަ އަހަރުގެ ޖޫން 1، ޑިސެމްބަރ 1 އަދި 2023 ވަނަ އަހަރުގެ ޑިސެމްބަރ 1ން ފެށިގެންނެވެ.

- ދިޔާތަކެތި ބުއިމަށް ބޭނުންކުރާ، އެއްފަހަރު ބޭނުންކޮށްފައި އުކާލާ ޒާތުގެ ޕްލާސްޓިކުން ހަދާފައި ހުންނަ ހޮޅި

- ޕްލާސްޓިކުން ހަދާފައި ހުންނަ ކާ ތަށި، ސަމުސާ، ވަޅި، އޫ، އަދި ދިޔާތަކެތި ގިރުމަށް ބޭނުންކުރާ ޕްލާސްޓިކް ދަނޑިކޮޅު

- ކާބޯތަކެތި ބަންދުކުރާ ސްޓައިރަފޯމް

- ބާޒާރުކުރަން ބޭނުންކުރާ، 30 ސެންޓިމީޓަރަށްވުރެެ ކުދި ޕްލާސްޓިކު ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ ޕްލާސްޓިކްވެސް ހިމެނޭ ގޮތަށް)

- ޕްލާސްޓިކްގައި ބަންދުކޮށްފައި ހުންނަ، އިމްޕޯރޓްކުރާ ސުޕާރީ

- 250 މިލިލީޓަރަށްވުރެ ކުޑަ، އެއްފަހަރު ބޭނުންކުރެވޭ، ދިޔާތަކެތި ބުއިމަށް ބޭނުންކުރާ ޕްލާސްޓިކް ތަށި

- ޕްލާސްޓިކް ދަނޑިކޮޅުލާފައިވާ ކަފަބުރު

- 50 މިލިލީޓަރާއި 50 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން ފުޅި

- ބާޒާރުކުރަން ބޭނުންކުރާ 50 މައިކްރޯންއަށްވުރެ ތުނި ޕްލާސްޓިކް ކޮތަޅު (އޮކްސޯޑިގްރޭޑަބަލް އަދި ސިންތެޓިކް ޕޮލިމަރއިން އުފައްދާފައިވާ، އަމިއްލަ ޒާތުގައި ނެތިފަނާވާ ޕްލާސްޓިކްވެސް ހިމެނޭ ގޮތަށް)

- 50 މިލިލީޓަރުން ފެށިގެން 200 މިލިލީޓަރާ ހަމައަށް ހިމެނޭ، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ކުދި ޝޭމްޕޫ، ސައިބޯނި، ކޮންޑިޝަނަރ އަދި ލޯޝަން ފުޅި

- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި، ޕްލާސްޓިކް ފުޅީގައި ބަންދުކޮށްފައި ހުންނަ ފެން

- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ 500 މިލިލީޓަރަށްވުރެ ކުދި ޕްލާސްޓިކު ފުޅީގައި ބަންދުކޮށްފައި ހުންނަ ތައްޔާރީ ބުއިންތައް (ފެން ފިޔަވައި)

- ރާއްޖޭގައި އުފައްދާ އަދި ބޭނުންކުރާ، 1 ލީޓަރާއި 1 ލީޓަރަށްވުރެ ކުދި ޕްލާސްޓިކް ފުޅީފައި ބަންދުކޮށްފައި ހުންނަ ފެން

އިތުރަށް ކިޔާލަން

13 ޖުލައި 2017

ފާރިސްގެ މައްސަލަ ކުއްލިއަކަށް އަވަސް ކުރި ގޮތާ މެދު ސުވާލު އުފައްދައިފި

13 ޖުލައި 2017
ފާރިސްގެ މައްސަލަ ކުއްލިއަކަށް އަވަސް ކުރި ގޮތާ މެދު ސުވާލު އުފައްދައިފި
09 ޖުލައި 2017

އެމްޑީޕީން ލަންކާގައި ގިނަ ގޮފިތަކެއް އުފައްދައި، ފުރަތަމަ ގޮފި ރެޖިސްޓްރީ ކުރަން ހުށަހަޅައިފި

09 ޖުލައި 2017
އެމްޑީޕީން ލަންކާގައި ގިނަ ގޮފިތަކެއް އުފައްދައި، ފުރަތަމަ ގޮފި ރެޖިސްޓްރީ ކުރަން ހުށަހަޅައިފި
29 ޖޫން 2017

ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭ: އެމްއެފްޑީއޭ

29 ޖޫން 2017
ރާއްޖޭގައި ޕްލާސްޓިކް ބިސް ނެތްކަން ޔަގީނާ ގާތަށް ބުނަން ކެރޭ: އެމްއެފްޑީއޭ
29 ޖޫން 2017

ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނެ ހަގީގަތާ ހިލާފް ޚަބަރު ނެފެތުރުމަށް އިލްތިމާސްކޮށްފި

29 ޖޫން 2017
ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނެ ހަގީގަތާ ހިލާފް ޚަބަރު ނެފެތުރުމަށް އިލްތިމާސްކޮށްފި
28 ޖޫން 2017

ރާއްޖޭގައި ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފި

28 ޖޫން 2017
ރާއްޖޭގައި ޕްލާސްޓިކް ބިސް ވިއްކާ ކަމަށް ބުނާ މައްސަލަ ބަލަން ފަށައިފި
07 ޖޫން 2017

ކަނޑަށް އަޅާ ޕްލާސްޓިކް އެއްކުރުމަށް ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓްތަކެއް ހަދަނީ!

07 ޖޫން 2017
ކަނޑަށް އަޅާ ޕްލާސްޓިކް އެއްކުރުމަށް ޕްލާސްޓިކް ކަލެކްޝަން ޕޮއިންޓްތަކެއް ހަދަނީ!
28 މާރިޗު 2017

ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!

28 މާރިޗު 2017
ދައުލަތުން ހުށަހެޅި ވީޑިއޯގެ ސައްޚަކަމާމެދު ސުވާލު އުފައްދައި، ވިސާމުގެ މައްޗަށް ކުށް ސާބިތެއް ނުވި!
18 ފެބުރުއަރީ 2017

ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި

18 ފެބުރުއަރީ 2017
ގާޒީ "އެކަހެރިކުރީ" ރަނގަޅަށްތޯ ސުވާލު އުފައްދައިފި
09 ފެބުރުއަރީ 2017

ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި

09 ފެބުރުއަރީ 2017
ބޮޑު ވައްކަމަށް ފަހު، ޓޫރިޒަމް އިޝްތިހާރުކުރަން އާ ކުންފުންޏެއް އުފައްދައިފި
01 ފެބުރުއަރީ 2017

މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު

01 ފެބުރުއަރީ 2017
މި ސަރުކާރުގެ ތިން އަހަރުގައި 4،000 ކުދިން ވަޒީފާގެ ބާޒާރަށް ވަނީ ތަމްރީނު ކުރެވިފައި: މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު