Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާފުށި ޕިކްނިކް އައިލެންޑް

މާފުށި ޕިކްނިކް އައިލެންޑާއި ހިއްކި ބިން ކައުންސިލާ ހަވާލުކޮށްފި

28 ޑިސެމްބަރު 2021 | އަންގާރަ 16:59

ޕިކްނިކް އައިލެންޑުގެ ގޮތުގައި 2 ހެކްޓަރުގެ ބިން ހިއްކާފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 28 ޑިސެމްބަރު 2021 | އަންގާރަ 16:59
ކ. މާފުށީގައި އަލަށް އިތުރުކުރެވުނު ބިމާއި ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު

ކ. މާފުށީގައި އަލަށް އިތުރުކުރެވުނު ބިމާއި ޕިކްނިކް އައިލެންޑް ކައުންސިލާ ހަވާލުކުރުމުގެ ރަސްމިއްޔާތު

މޯލްޑިވްސް ޓްރާންސްޕޯޓް އެންޑް ކޮންޓްރެކްޓިން ކޮމްޕެނީ (އެމްޓީސީސީ)އިން ކ. މާފުށީގައި ތަރައްގީކުރި ޕިކްނިކް އައިލެންޑާއި ހިއްކި ބިން އެ ރަށު ކައުންސިލާ ހަވާލުކޮށްފިއެވެ.

މިކަމަށްޓަކައި ބޭއްވި ޚާއްސަ ރަސްމިއްޔާތުގައި ޕިކްނިކް އައިލެންޑާއި ހިއްކި ބިން ކައުންސިލާ ހަވާލުކޮށްދެއްވީ މިނިސްޓަރ އޮފް ނޭޝަނަލް ޕްލޭނިން ހައުސިން އެންޑް އިންފްރާސްޓްރކްޗަރ މުހައްމަދު އަސްލަމްއާއި، އެމްޓީސީސީގެ ސީއީއޯ އާދަމް އާޒިމްއެވެ. މާފުށީ ކައުންސިލްގެ ފަރާތުން، މި ހިއްކި ބިމާއި ޕިކްނިކް އައިލެންޑާ ހަވާލުވެވަޑައިގެންނެވީ މާފުށި ކައުންސިލްގެ ރައީސް ހަސަން ސަލާހެވެ.

Advertisement - newsAdvertisement

ބިން ހިއްކުމުގެ މަސައްކަތުގެ އެއްބަސްވުމުގައި ސަރުކާރާއި އެމްޓީސީސީއާ ދެމެދު ސޮއިކޮށްފައިވަނީ 2019 ވަނަ އަހަރުގެ އޮގަސްޓު 27 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 25 ހެކްޓަރުގެ ބިން ހިއްކުމާއި 1،100 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ. މިއީ 118.07 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މާފުށި ޕިކްނިކް އައިލެންޑްގެ ބިން ހިއްކުމާއި ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ އެއްބަސްވުމުގައި ސޮއިކޮށްފައިވަނީ މިއަހަރުގެ މާޗް މަހުގެ 29 ވަނަ ދުވަހުއެވެ. މި މަޝްރޫއުގެ ދަށުން، 2 ހެކްޓަރުގެ ބިން ހިއްކުމާއި 250 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމުގެ މަސައްކަތް ކޮށްފައިވެއެވެ. މިއީ 10.98 މިލިއަން ރުފިޔާގެ މަޝްރޫއެކެވެ.

މި ބޮޑު މަޝްރޫއާ ގުޅޭގޮތުން ވާހަކަދައްކަވަމުން މާފުށީ ކައުންސިލްގެ ރައީސް ހަސަން ސަލާހު ވިދާޅުވީ، މާފުށީ ރައްޔިތުންނަށް ދިމާވެފައިވާ އެންމެ ބޮޑު އެއް މައްސަލައަކީ ބޯހިޔާވަހިކަމުގެ މައްސަލަކަމަށެވެ. މާފުށީ ރައްޔިތުން ތިބީ ގޯތި ބޭނުންވެފައިކަމަށާއި، އެހެންނަމަވެސް ގޯތި ދޫކުރާނެ ޖާގައެއް މާފުށީގައި ނެތް ކަމަށެވެ. އަދި ލޭންޑް ޔޫސް ޕްލޭންއެއްވެސް ނެތް ކަމަށާއި، ޚިދުމަތްތައްވެސް މަދުކަމަށް ސަލާހު ވިދާޅުވިއެވެ.

ސަލާހު ވިދާޅުވީ މި ސަރުކާރުން މާފުށީ ރައްޔިތުންގެ ކަންބޮޑުވުންތައް އަޑުއަހާފައިވާކަމަށެވެ. އެގޮތުން ބޯހިޔާވަހިކަމުގެ މައްސަލަ ހައްލުކޮށްދިނުމަށް ބިން ހިއްކައިދީފައިވާކަމަށާއި، އަދިވެސް ބޭނުންވާ އެތައް ޚިދުމަތެއް ގާއިމްކޮށްދީފައިވާކަމަށް ސަލާހު ވިދާޅުވިއެވެ.

ސަލާހު ވިދާޅުވީ ޕިކްނިކް އައިލެންޑް ތަރައްގީކޮށްފައިވާ ސަރަހައްދަކީ މީގެ ކުރިން "ވަށް މާފުށި" އޮތް ތަން ކަމަށެވެ. 2004 ވަނަ އަހަރު ރާއްޖެއަށް އެރި ސުނާމީގައި ވަށް މާފުށި އެއްކޮށް ނެތިދިޔައީކަމަށެވެ. ވަށް މާފުށި އަލުން ވުޖޫދަށް ގެނައުމަށް މާފުށީ ރައްޔިތުން ބޭނުންވާ ކަމަށާއި، މިކަން މި ސަރުކާރުން ކޮށްދިނުމީ ލިބުނު ވަރަށް ބޮޑު އުފަލެއް ކަމަށް ސަލާހު ވިދާޅުވިއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

25 ފެބުރުއަރީ 2017

ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު

25 ފެބުރުއަރީ 2017
ފްރީހޯލްޑް އުސޫލުންކަމަށް ބުނެ ގަންނަ ފަރާތަށް ބިން މިލްކުކޮށްދެނީ: ހުސްނުއް ސުއޫދު
25 ފެބުރުއަރީ 2017

ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ

25 ފެބުރުއަރީ 2017
ބިން ނުވިއްކޭ ގޮތަށް ޤާނޫނު އަސާސީ އިސްލާހެއް ނުކުރެވޭނެ: ޑރ. ޝައިނީ
23 ފެބުރުއަރީ 2017

ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން

23 ފެބުރުއަރީ 2017
ބިދޭސީންނަށް ރާއްޖެއިން ބިން އަމިއްލަކުރެވޭ އިސްލާޙު އަނބުރާ ގެންދަންޖެހޭ: ރައީސް މަޢުމޫން
22 ފެބުރުއަރީ 2017

ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި

22 ފެބުރުއަރީ 2017
ބޭރު މީހުންނަށް ބިން ނުވިއްކޭ ގޮތަށް ގާނޫނޫއަސާސީއަށް އެމްޑީޕީން އިސްލާހު ހުށަހަޅަން ނިންމައިފި
19 ފެބުރުއަރީ 2017

ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި

19 ފެބުރުއަރީ 2017
ފޭރިގަތް ފޯނު އަތުލުމަށް ދިޔުމުން ސައިކަލުން ޖައްސައި ފައި ބިންދާލައިފި
11 ފެބުރުއަރީ 2017

ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ

11 ފެބުރުއަރީ 2017
ފިލިޕީންސަށް ބާރުގަދަ ބިންހެލުމެއް އަތުވެއްޖެ
22 ޖެނުއަރީ 2017

ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި

22 ޖެނުއަރީ 2017
ބިން ހިއްކައިގެން ތަރައްގީކުރާ ތަންތަނުގައި ހިންގާ މަޝްރޫއުތަކަށް އީއައިއޭ ހަދަން ނުޖެހޭގޮތަށް ކަނޑައަޅައިފި
22 ޖެނުއަރީ 2017

ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި

22 ޖެނުއަރީ 2017
ސްކޫލުތަކަށް އީވް ގާމަންޓުން 240 ޑަސްބިން ހަދިޔާކޮށްފި
14 ޖެނުއަރީ 2017

އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ

14 ޖެނުއަރީ 2017
އިންޑޮނީޝިޔާއަށް 5.6 ގެ ބާރުމިނުގެ ބިންހެލުމެއް އަތުވެއްޖެ
10 ޖެނުއަރީ 2017

ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި

10 ޖެނުއަރީ 2017
ޕިކްނިކް އައިލެންޑެއްގެ ގޮތުގައި ފޭދޫ ފިނޮޅު ކަނޑައަޅައި ދިނުމަށް ރައީސް މައުމޫން އަނެއްކާ ވެސް ގޮވާލައްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް