Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުކުޅުދުއްފުށީ ކުނިކޮށީގެ މައްސަލަ

އިރުވައި މޫސުމާއެކު ކުރިމަތިވާ ދުމުގެ ތޫފާން!

28 ޑިސެމްބަރު 2021 | އަންގާރަ 05:28

ކޮންމެ އަހަރެއްގެ ވެސް އިރުވައި މޫސުމުގައި ކުނިކޮށިން އަރާ ދުމާއި ކުނިވަހުގެ އުދަނގޫ ރައްޔިތުންނަށްކުރިމަތިވޭ

އުއްމު ކުލްސޫމް އިބްރާހިމް
އުއްމު ކުލްސޫމް އިބްރާހިމް | 28 ޑިސެމްބަރު 2021 | އަންގާރަ 05:28
ކުޅުދުއްފުށީ ކުނިކޮށީގައި އަލިފާން ރޯކުރުމުން ދުންއަރަނީ

ކުޅުދުއްފުށީ ކުނިކޮށީގައި އަލިފާން ރޯކުރުމުން ދުންއަރަނީ

ދުނިޔޭގެ އެކި ގައުމުތަކުގައި ހަތަރު މޫސުމް ތަޖުރިބާކުރި ނަމަވެސް އަޅުގަނޑުމެން ރާއްޖޭގައި އަންނަނީ ދެ މޫސުމެވެ. ކޮންމެ ގައުމެއްގެ ބަޔަކުވެސް އެ ގައުމެއްގައި އަންނަ މޫސުމްތަކަށް ތައްޔާރުވެ، މަރުހަބާ ކިޔަނީ އުފަލާއި ހިތްހަމަޖެހިލުމާއެކު އެވެ. ރާއްޖޭގައި ވެސް އެކަން އޮތީ އެހެންނެވެ. ހުޅަނގު މޫސުމަށް ފަހު އިރުވައި މޫސުމް ފެށޭއިރު އަންނަ ބަދަލުތަކަށް ދިވެހިން ވެސް ތައްޔާރުވެއެވެ. ރާއްޖޭގެ އެންމެ އުތުރުން އާބާދީ ބޮޑު ކުޅުދުއްފުށި ސިޓީގެ ރައްޔިތުންނަށް އިރުވައި މޫސުމަކީ މާ އުފާވެރިކަން ގެނުވާ މޫސުމަކަށް ނުވެއެވެ.

ދަންނަވަން މިއުޅެނީ ކުޅުދުއްފުށީގެ ޒަމާންވީ އެންމެ ބޮޑު މައްސަލަކަމުގައިވާ ކުނިކޮށީގެ ވާހަކައެވެ. ދުވާލެއްގެ މައްޗަށް އެތަކެއް ކުންޏެއް އުކާލައި މިތަނުގައި ހުޅު ޖެހުމުން އަރައި ދުންތައް މުޅި ރަށު ތެރެއަށް ފެތުރެވެ. ރަށުގެ ދެކުނު ފަރާތުގައި ހުންނަ މި ކުނިކޮށިން އަރައި ދުން ގަނޑުން ބައެއް ފަހަރު ރަށުގެ މެދެއްހާ ހިސާބަށް އަސަރުކުރެއެވެ. ވައިޖެހޭ ގޮތަކުން އެޔަށްވުރެ ވެސް ބޮޑަށް ދުމުގެ އަސަރުކުރެ އެވެ. ކުނި ނައްތާލެވޭނެ އެއްވެސް ނިޒާމެއް ގާއިމުވެފައިނުވާއިރު އެތަނުގައި އަނދައި ހުސްވަނީ ހަމައެކަނި ގުދުރަތީ ގޮތުން އުފެދޭ ކުންޏެއް ނޫނެވެ. ތަފާތު ބާވަތްތަކުގެ ޕްލާސްޓިކް ފުޅި އާއި ކުނީގެ ގޮތުގައި އުފެދޭ އެހެނިހެން ނުރައްކާތެރި ބާވަތްތައް ވެސް ހިމެނެއެވެ. މިކަމުގެ ސަބަބުން ތަފާތު އެކި ބާވަތްތަކުގެ ވިހަ ދުމާއި ކުނިވަސް މުޅި ރަށުތެރޭގައި ފެތުރިފައި ހުރެއެވެ.

އެންމެ ބޮޑަށް މިކަމުގެ ވޭން ތަހަމަލުކުރަނީ އެ ސަރަހައްދުގައި ދިރިއުޅޭ ރައްޔިތުންނެވެ. އެއަށްފަހު އެ ސަރަހައްދުގައި ހުންނަ ސަރުކާރުގެ މުވައްސަސާތަކުގެ މުވައްޒަފުންނާއި އެތަންތަނުގެ ބޭނުން ހިފަން ޖެހިފައި ތިބި ރައްޔިތުންނެވެ. އެ ސަރަހައްދުގައި ހުރި ބައެއް ތަންތަނަށް ބަލައިލާއިރު އެންމެ ކައިރީގައި އޮންނަ ސްޓޭޑިއަމްއަކީ ކޮންމެ ދުވަހަކު ވެސް އެތަކެއް ސަތޭކަ ބަޔަކު އެތަނުގެ ބޭނުން ހިފަމުންދާ ތަނެކެވެ. ކުޅިވަރުތަކުގައި އާއި ކަސްރަތުކުރުމުގައި ގިނަ ބަޔަކު ސްޓޭޑިއަމް ބޭނުންކުރެ އެވެ. 800 އަށްވުރެ ގިނަ ދަރިވަރުން ކިޔަވާ އަފީފުއްދީން ސްކޫލަށް ވެސް މިކަމުގެ އަސަރު ވަރަށް ބޮޑަށް ފޯރަ އެވެ. ގޮނޑުން އަރައި ވިހަ ދުމާއި ނުބައި ވަހުން ސްކޫލުގެ ޖައްވު ވެސް އޮންނަނީ ތަޣައްޔަރުވެފައެވެ. އެމްޑަބުލިއުއެސްސީ އާއި ފުޅީގައި ފެން އުފައްދާ ކުންފުނީގެ އިތުރުން ފެނަކަ އާއި ޕަބްލިކް ވޯކްސް އިމާރާތް ވެސް ހުންނަނީ އެ ސަރަހައްދުގައެވެ. އަދި މީގެ އިތުރުން މި މޫސުމުގައި އާޓިފިޝަލް ބީޗް ސަރަހައްދަށް ވެސް ދުމާއި ކުނިވަހުގެ އަސަރު ބޮޑުވުމުން އެސަހައްދުގައި ހިތްއުފާކޮށްލަން މީހުންނަށް މަޑުކޮށްލެވެން ނެތެވެ.

ކުނިކޮށިން އަރާ ދުމުން ކާބަންޑައި އޮކްސައިޑާއި ކާބަން މޮނޮކްސައިޑް، މީތޭއިން ފަދަ ސިއްހީ ގޮތުން އެތައް ނުރައްކާތެރި ގޭހެއް އަރާނެކަމަށް ސިއްހީ މާހިރުން ވިދާޅުވެއެވެ. އެއީ ވިހަ ގޭސްތަކެއްކަމުން ނޭވާލާ ނިޒާމުގެ މައްސަލަތައް ދިމާވެ ފުއްޕާމެއަށް ގެއްލުންވާނެ ކަމަށާއި އަދި ނޭވާ ހިއްލާ ކުދިންނަށް އެކަމުގެ ނުރައްކާތެރިކަން ވަރަށް ބޮޑުކަމަށް ވެސް ސިއްހީ މާހިރުން ވިދާޅުވެއެވެ.

ކުޅުދުއްފުށީ ކުނިކޮށީގައި ރޯކުރާ މައްސަލަ ބޮޑުވެ އާންމުންގެ ޝަކުވާ ބޮޑުވެގެން ސިޓީކައުންސިލުން ވަނީ އެކަމަކީ މަނާކަމެއްކަން އިއުލާނުކޮށްފައެވެ. އެތައް ދުވަހަކު ކުނިކޮށި ރޯކޮށްލާފައިހުއްޓާ ކައުންސިލް ފަރާތުން ފަޔާރއާ ގުޅިގެން އެތަން ނިއްވާލުމުގެ މަސައްކަތް ވެސް ކުރެއެވެ. އެހެންނަމަވެސް ރޯކުރާ މީހުން މިކުރާ އަމަލު ހުއްޓައެއް ނުލައެވެ. އަދި ހުއްޓުވޭނެ ގޮތެއް ވެސް ނެތެވެ.

ކުޅުދުއްފުށި ސިޓީގެ މޭޔަރ އާތިފް ވިދާޅުވީ ކުޅުދުއްފުއްޓަކީ އާބާދީ ބޮޑު ސިޓީއަކަށްވުމުން ކައުންސިލުން ބޭނުންވަނީ އެހެން ސިޓީތަކެކޭ އެއްގޮތަށް ވެމްކޯއާ ހަވާލުކޮށްގެން ކުޅުދުއްފުށީގެ ކުނި މެނޭޖްކުރުމުގެ މަސައްކަތްކުރާށެވެ. އަދި އެކަމަށްޓަކައި ވާންޖެހޭ ތައްޔާރީތައް މިހާރު ވަމުންދާކަމަށާއި، ސަރުކާރުން އެކަމަށް ދޭންޖެހޭ ސަބްސިޑީ ވެސް ދެއްވާނެކަމަށް ރައީސުލްޖުމްހޫރިއްޔާ ވިދާޅުވެފައިވާކަމަށެވެ. އެގޮތުން ކައުންސިލްގެ އަމާޒަކީ އަންނަ އަހަރު ކުޅުދުއްފުށީ ކުނިކޮށި މެނޭޖްކުރުމުގެ މަސައްކަތް ވެމްކޯއާ ހަވާލުކޮށް ރަނގަޅު ނިޒާމެއްގެ ދަށުން އެމަސައްކަތް ކުރުންކަމުގައި މޭޔަރ ވިދާޅުވިއެވެ.

އަދި ކުނިކޮށީގެ ސަބަބުން މީހުންނަށް ވަމުންދިޔަ އުނދަގޫތަކަށް ހައްލެއް ލިބިގެންދާނެ ކަމަށާއި، މިކަން ހައްލުވެގެންދާއިރު ގިނަބަޔަކަށް އެތަނުން ވަޒީފާގެ ފުރުސަތު ވެސް ތަނަވަސްވެގެންދާނެކަމަށް ވެސް އާތިފް ވިދާޅުވިއެވެ.

ކުޅުދުއްފުއްޓަކީ 12000 ށް ވުރެ ބޮޑު އާބާދީއެއް ދިރިއުޅެމުންދާ ރަށެކެވެ.

އެންމެ ހިނގާ

1

ދުނިޔޭގެ ދެވަނަ އަށް އެންމެ އަޑުފަށްގަނޑު ގަދަ ގައުމަކަށް ދިވެހިރާއްޖެ ހޮވިއްޖެ

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ސްޓޮކް ހުސްވަމުންދާތީ އައު ޕާސްޕޯޓް ދޫކުރުން ކޮންޓްރޯލްކޮށް، މިހާރު ބޭނުންކުރާ ޕާސްޕޯޓްތަކުގެ މުއްދަތު މެނުއަލްކޮށް އިތުރު ކުރުމާގުޅޭ ގޮތުން މަޝްވަރާކުރަނީ!

އިތުރަށް ކިޔާލަން

09 ފެބުރުއަރީ 2019

ބޮޑެތި ބަދަލުތަކާއެކު ސަރުކާރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ!

09 ފެބުރުއަރީ 2019
ބޮޑެތި ބަދަލުތަކާއެކު ސަރުކާރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ!
17 މާރިޗު 2018

ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް

17 މާރިޗު 2018
ސަރުކާރަށް ކޮޅު ބެދުމުގެ ފެހި ސިގްނަލް
15 ފެބުރުއަރީ 2018

ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު

15 ފެބުރުއަރީ 2018
ސިޔާސީ އަމިއްލަ އެނދުމުގެ ތެރެއިން ހަލާކުވެގެންދަނީ ގައުމުގެ އިގްތިސާދު
18 ޖެނުއަރީ 2018

ނުބައި ރިސޯޓަކަށް ގެންދަން ޖެހޭ ރާފުޅި ހޯދުމުގެ ކުރިން ނުބައި އެކައުންޓަށް ޖަމާކުރި ފައިސާ ހޯދާ!

18 ޖެނުއަރީ 2018
ނުބައި ރިސޯޓަކަށް ގެންދަން ޖެހޭ ރާފުޅި ހޯދުމުގެ ކުރިން ނުބައި އެކައުންޓަށް ޖަމާކުރި ފައިސާ ހޯދާ!
01 ޑިސެމްބަރު 2017

ތޫފާން އޮކި: ލަންކާއިން 7 މަރު، އިންޑިއާއިން 8 މަރު

01 ޑިސެމްބަރު 2017
ތޫފާން އޮކި: ލަންކާއިން 7 މަރު، އިންޑިއާއިން 8 މަރު
30 ނޮވެމްބަރު 2017

ތޫފާން އޮކި: އުފެދުނު ގޮތާއި ނަން ދެވުނު ގޮތް

30 ނޮވެމްބަރު 2017
ތޫފާން އޮކި: އުފެދުނު ގޮތާއި ނަން ދެވުނު ގޮތް
18 ނޮވެމްބަރު 2017

ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟

18 ނޮވެމްބަރު 2017
ދައްކަންވީ ކެނޑިޑޭޓެއްގެ ވާހަކަތޯ އެވެ؟ ނޫނީ އިންސާފުވެރި އިންތިހާބެއް ހޯދުމުގެ ވާހަކަތޯ އެވެ؟
30 އޯގަސްޓު 2017

ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

30 އޯގަސްޓު 2017
ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!
13 އޯގަސްޓު 2017

ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!

13 އޯގަސްޓު 2017
ރައީސަށް ތާއީދު ދައްކަން ބޭނުން ނަމަ ހިޔާލު ހޯދުމުގެ ވޯޓަކަށް ދާށެވެ.؟!
26 އެޕްރީލު 2017

ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!

26 އެޕްރީލު 2017
ޔާމީންގެ ގާތިލުން ހޯދިއްޖެނަމަ، އަފްރާޝީމްގެ މަރުގެ ހަގީގަތް ހޯދުމުގެ ފުރުސަތު ބޮޑު!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް