Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • ލައިފް ސްޓައިލް
ރިޕޯޓު
މަގޭ ރިޕޯޓު

ބޮޑެތި ބަދަލުތަކާއެކު ސަރުކާރަށް ބޮޑު ގޮންޖެހުންތަކެއް ކުރިމަތިވާނެ!

ބޮޑެތި، ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ސޯލިހް ރިޔާސީ ބަޔާނުގައި ވަނީ ވިދާޅުވެފައި

އަބުދުﷲ ނަސީރު އިބްރާހިމް
އަބުދުﷲ ނަސީރު އިބްރާހިމް, ރާއްޖެ އެމްވީ | 9 ފެބުރުއަރީ 2019 | ހޮނިހިރު 07:25
ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވަނީ

ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ރިޔާސީ ބަޔާން އިއްވަވަނީ

އިޤްތިސާދީ ބޮޑެތި ބަދަލުތަކަކީ، މަހުޖަނުންނާއި، ވިޔަފާރިވެރިން މާގަޔާވާ ކަމެއް ނޫނެވެ. ހަމައެގޮތަށް ޝަރުއީ ނިޒާމް އިސްލާހްކޮށް، އިންސާފު ޤާއިމްވާތަން ދެކުމަކީ ގިނަ ފަނޑިޔާރުންނާއި، ފަނޑިޔާރުގެތައް ކޮންޓްރޯލް ކުރާ ސިޔާސީ ފަރާތްތައް މާ އަޑުއަހަން ބޭނުންވާނެ ވާހަކަތަކެއް ނޫނެވެ. ކިތަންމެ ގަބޫލުކުރަން ބޭނުން ނުވިޔަސް، ރާއްޖޭގައި ކަންހިނގާ ގޮތަކީ މިއީ އެވެ.

މަހުޖަނުންނާއި، ވިޔަފާރިވެރިން ބޭނުންނުވާ ގޮތަކަށް އެއްކަމެއް ވެސް މި ޤައުމުގައި ހިނގާ ކަމަށް އެ ފަރާތްތައް ބޭނުމެއް ނުވާނެއެވެ. އަދި ވިޔަފާރިވެރިންގެ އަތުން ރައްޔިތުންނަށް އެއްޗެއް ދިނުމަކީ އެމީހުން މާ ރުހޭކަމެއް ނޫންކަން މާޒީގެ ސޮފުހާތައް ބަލާލުމުން އޮތީ ވަރަށް ސާފުކޮށް ފެންނާށެވެ.

ކުޑަކުޑަ މިސާލަކަށް ބަލާލާނަމެވެ. 2008 އަހަރު އުފެދުނު، ދިވެހިރާއްޖޭގެ ފުރަތަމަ ޑިމޮކްރެޓިކް ވެރިކަމެއް ކުރިމަތިވި އެންމެ ބޮޑު ގޮންޖެހުމަކަށްވީ އެ ސަރުކާރުން ގެނައި އިޤްތިސާދީ ބޮޑު ބަދަލެވެ. އަދި ޖުޑީޝަރީގައި ހުރި މައްސަލަތަކުގެ ވާހަކަ، އެ ޖުޑީޝަރީ ހަމައަކަށް އެޅުވުމަށް ފެށި މަސައްކަތްތަކެވެ.

2008ގެ ކުރިން ދައުލަތުގެ ޖުމްލަ އާމްދަނީއަކީ އެންމެ 7 ބިލިއަންކަމުގައި ވިނަމަވެސް، އެމްޑީޕީ ސަރުކާރުން ގެނައި، އިޤްތިސާދީ ބޮޑު ބަދަލާއެކު، ރާއްޖޭގެ އިޤްތިސާދު އެތައް ގޮތަކުން ކުރިއަރައި ދިޔައެވެ. ޓެކްސްގެ ނިޒާމެއް ތައާރަފްކޮށް، ގެސްޓް ހައުސް ވިޔަފާރި ތައާރަފް ކުރަމުން ގޮސް އެތައް ބައިވަރު ބަދަލުތަކެއް ވެގެންދިޔައީ މިއަދު ދިވެހިން މިދެކޭ ކުރިއެރުމުގެ ފެށުމަށެވެ. ނަމަވެސް އޭރުގަ ވެސް އެ ބަދަލުތަކާއި، މި ދެންނެވި ވިޔަފާރިވެރިން އޮތީ ވަރަށް ނުރުހުންވެސްފަ އެވެ. ޓެކްސްގެ ނިޒާމް ތައާރަފް ކުރުމާއެކު، އެކަމާއި ދެކޮޅަށް ވިޔަފާރިވެރިންނާއި، މަހުޖަނުން ފަހަތުގައި ތިބެ، އާންމު މުޒާހަރާތަކަށް ނެރެ ޤައުމު ހަލަބޮލިކޮށްލި އެވެ.

ޓެކްސް ނެގުމާއި ދެކޮޅަށް 2010 ވަނަ އަހަރު ކުރި މުޒާހަރާއެއްގެ ތެރެއިން -- ފޮޓޯ: ސަން އޮންލައިން

ގެސްޓްްހައުސްގެ ވިޔަފާރިއަށް ދޮރުތައް ހުޅުވާލުމާއެކު ވެސް، މަހުޖަނުންނާއި، ވިޔަފާރިވެރިން ކުރީ ހަމަ އެއް މަސައްކަތެކެވެ. އެކަމުގެ ސަބަބުން ބޮޑެތި ގެއްލުންތަކެއްވާނެ ކަމަށް ބުނެ، މުޒާހަރާތަކަށް މީހުން ނެރެ، ރައްޔިތުންގެ ހިތްތަކުގައި އޭރުގައި އޮތް ސަރުކާރާއިމެދު ނުރުހުން އުފެއްދުމަށް މަސައްކަތްކުރި އެވެ. އިޤްތިސާދު ފުޑުފުޑުވާނެކަމާއި، ޓޫރިޒަމް އިންޑްސްޓްރީއަށް ގެއްލުންވާނެ ކަމަށް ވިދާޅުވެ އެތަކެއް ވާހަކަތަކެއް ފެތުރި އެވެ.

ޖުޑީޝަރީ އިސްލާހްކުރުމުގެ މަސައްކަތް ފެށުމާއެކު ވެސް، ހަމަ އެ ވިޔަފާރިވެރިންނާއި، ނުފޫޒް ގަދަ ފަރާތްތަކަށް ކެތެއް ނުކުރެވުނު އެވެ. ސަރުކާރު ވައްޓާލުމަށް ކުރި މަސައްކަތާއި، ނައިބް ރައީސްއަކު ސަރުކާރާއި ދެކޮޅަށް ނެރެ ވެރިކަން ބަދަލުކުރި ގޮތް، މިއަދުވެސް އެއޮތީ ވަރަށް ސާފުކޮށް ފެންނާށެވެ.

ރައީސް ނަޝީދު 7 ފެބުރުަރީ 2012 ގައި ވެރިކަމުން އިސްތިއުފާދެއްވަނީ -- ފޮޓޯ: ހަވީރު އޮންލައިން

ކޮންމެ އަކަސް ދައްކަން މިއުޅެނީ އެ ވާހަކައެއް ނޫނެވެ. ރައީސް އިބްރާހިމް މުހައްމަދު ސޯލިހް ގެންނެވުމަށް މަސައްކަތްކުރާ ބޮޑު ބަދަލުގެ ވާހަކަ އެވެ. އެ ބަދަލުތަކާއެކު ސަރުކާރަށް ކުރިމަތިވާނެ ގޮންޖެހުންތަކުގެ ވާހަކަ އެވެ.

ރައީސް ސޯލިހްގެ ފުރަތަމަ ރިޔާސީ ބަޔާން ވެގެންދިޔައީ، އުއްމީދުން ފުރިގެންވާ ރިޔާސީ ބަޔާނަކަށެވެ. ރައްޔިތުންގެ ހުވަފެންތައް ހަޤީޤަތަކަށްވާނެކަމުގެ ފޮނި އުއްމީދުގެ ފެހި ސިގްނަލް ރައްޔިތުންނަށް ލިބިގެންދިޔަ ރިޔާސީ ބަޔާނަކަށެވެ.

ބޮޑެތި ބަދަލުތަކެއް ގެނެސް، ރައްޔިތުންނަށް ހައްޤު މިންވަރު ހޯދައިދިނުމުގެ މަސައްކަތް ފައްޓަވާނެކަމުގެ ވައުދުވެވަޑައިގެންނެވި ރިޔާސީ ބަޔާނަކަށެވެ. ވަޒީފާ އަދާކުރާ މުވައްޒިފުންނަށްދޭނެ އެންމެ ކުޑަ މުސާރައެއް ކަނޑައެޅުމުގެ ވައުދާއި، އިންކަމް ޓެކްސް، ނުވަތަ އާމްދަނީން ޓެކްސް ނެގުން ފައްޓަވާނެ ކަމުގެ ވައުދުވެވަޑައިގެންނެވި އެވެ. ޖުޑީޝަރީ އިސްލާހް ކުރައްވާނެކަމުގެ ވައުދުވެ ވަޑައިގެން، ރައްޔިތުންނަށް އިންސާފު ލިބޭ ތަނަކަށް ފަނޑިޔާރުގެތައް ހައްދެވުމުގެ މަސައްކަތް ފައްޓަވާނެ ކަމަށް ރައީސް ސޯލިހް ރިޔާސީ ބަޔާނުގައި ވިދާޅުވި އެވެ.

ރިޔާސީ ބަޔާން އިއްވުމަށް ބޭއްވި ޖަލްސާގެ ތެރެއިން -- ފޮޓޯ: ރައީސް އޮފީސް

މިގޮތަށް ގޮސް، އެތަށް ބޮޑެތި ބަދަލުތަކެއް ގެންނަވާނެ ކަމަށް ރައީސް ސޯލިްހ ވައުދުވެވަޑައިގެންނެވި އެވެ. މަހުޖަނުން ކައިރިން ސަލާން ޖަހައިގެން، ކަންތައްތައް ކުރުން ނިމުމަކަށް ގެނެސް، ރަށު ރައްޔިތުންނާއި، ރަށަށް އާމްދަނީ ލިބި، ރައްޔިތުން ހަމަ އިސްކޮޅަށް ތެދުވެ ނޭވާލުމުގެ ފުރުސަތު ތަނަވަސް ކޮށްދެއްވާނެކަމުގެ ވައުދުވެވަޑައިގެންނެވި ރިޔާސީ ބަޔާނެކެވެ. ނަމަވެސް މީގެތެރެއިން ގިނަ ބަދަލުތަކަކީ ވިޔަފާރިވެރިންނާއި، މަހުޖަނުން މާގަޔާވާނެ ބަދަލުތަކެއް ކަމަކަށް ނުބެލެވެ އެވެ. އެވެރިން ނުރުހުމާއި، ނަފްރަތު މި ސަރުކާރަށް އަމާޒުވެދާނެ ކަންތައްތަކެއް ކަމަށް ބެލެވެ.

މާޒީގައި ކަން ހިނގިގޮތަށް ބަލާއިރު، މިފަހަރު ވެސް މިކަންކަމާއި ދެކޮޅަށް މި ދެންނެވި ނުފޫޒުގަދަ ފަރާތްތައް ނުކުތުމަކީ ހަމަ ގާތުގައިވާ ކަމެކެވެ. ބަދަލުތައް ހުއްޓުވައި، ރައްޔިތުންގެ މެދުގައި ނުތަނަވަސްކަން އުފެއްދުމަށް އެ ފަރާތްތަކުން މަސައްކަތްކުރުމަކީ ހަމަވެދާނެކަންކަމެވެ. ބައެއް ކަންތައްތައް އެ ފަރާތްތަކުން މިހާރުވެސް ފަށާފައިވެޔޭ ބުނެވިދާނެ އެވެ.

އެމްޑީޕީގެ އެޖެންޑާ 19ގައި ޖުޑީޝަރީ އިސްލާހްކުރުމުގެ ބައެއް ތަފްސީލްތައް ހާމަކުރުމާއެކު، ބައެއް ބޭފުޅުން އުޅުއްވަނީ އެކަމާއި ދެކޮޅަށް ޓުވީޓް ކުރެއްވުމާއި، އިންޓަވިއުތައް ދެއްވުމުގައި އަވަދިނެތި އެވެ. ބަހުގެ ހޫނު ހަމަލާތައް ދެއްވުމާއި، އެކަމަކީ ކުރެވޭނެކަމެއް ނޫން ކަމަށް ވިދާޅުވެ ވާހަކަތައް ދެއްކެވުމުގަ އެވެ. ނަމަވެސް ހަމަ މި ދެންނެވ ބޭފުޅުންނަކީ ކަންކަން އިސްލާހްކުރުމަށް ލިބުނު ފުރުސަތުގައި އެއްވެސްކަމެއް ރައްޔިތުންނަށް ކޮށްދެއްވުނު ބޭފުޅުންނެއް ނޫނެވެ.

އެހެންކަމުން މިފަހަރު ބޮޑެތި ބަދަލުތަކާއި ދިމާލަށް މިސްރާބު ޖަހައިރު، ސަރުކާރާއި، ސަރުކާރުގެ ތެރެއިން އެމްޑީޕީންް ހޭލާ އޮންނަންޖެހެ އެވެ. މާޒީގައި ހިނގާ ދިޔަ ކަންތައްތައް ތަކުރާރުވިޔަ ނުދިނުމަށްޓަކައެއެވެ. ރައްޔިތުން ދެކެމުން އަންނަ ހުވަފެނުގައި ހަޤީޤީ ކުލަ ޖައްސައި ދިނުމަށްޓަކައެވެ. އަދި ކިޔެއްތަ، މިއީ ރައްޔިތުންވެސް ހޭލަންޖެހޭ ދަނޑިވަޅެކެވެ. މަހުޖަނުންނާއި، ވިޔަފާރިވެރިންނާއި، ނުފޫޒުގަދަ ފަރާތްތަކަށް، ރައްޔިތުންގެ ވިސްނުމާއި ކުޅުމަށް ފުރުސަތު ނުދީ، ސާބިތުވެ ތިބެންޖެހެއެވެ. އެހެން ނޫންކަމުގައިވާނަމަ، އަނެއްކާ ވެސް މާޒީ ތަކުރާރުވުމަކީ ހަމަވެދާނެ ކަމެކެވެ.

ކޮމެންޓް

އިތުރަށް ކިޔާލަން

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

ސުނީ މިހާރު ދެކޭ އެންމެ ބޮޑު ހުވަފެނަކީ ޕްރިޔަންކާއާ އެކު ނެށުމެއް ހުށަހެޅުން!

06 މާރިޗު 2017
ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

ރައީސް ޔާމީންގެ ސަރުކާރަށް ރައްޔިތުން އިތުބާރު ނުކަރީ ކީއްވެ؟

02 މާރިޗު 2017
އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

އަސްކަރީ ބަޖެޓް އެންމެ ބޮޑެތި ގައުމުތައް

01 މާރިޗު 2017
19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 އަހަރު ފަހުން ވެސް "އަމާނާތަށް" ބެލުންތެރިންގެ ބޮޑު ތަރުހީބެއް

19 ފެބުރުއަރީ 2017
ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

ލޯމަތިން ތިފެންނަ ކަންތައްތަކުގެ އަވައިގައި ނުޖެހޭ، ފަހަތުގައި ބޮޑެތި ޖަރީމާ!

05 ފެބުރުއަރީ 2017

އަހަރުތަކުން މިއަދު

11 ފެބުރުއަރީ
އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ
20251 އަހަރު ކުރިން
ރާއްޖެ

އައިއެމްއެފް އާ އެކު އޮތް ކޮމިޓީ ބައްދަލުވުމުގައި ގާސިމު ކޯފާވެ "ކަލޭ މާ ހަޔާތް ކުޑަވެގެން ނޫޅޭށޭ" މެމްބަރު ގަފޫރު އާ ދިމާލަށް ވިދާޅުވެއްޖެ

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!
20242 އަހަރު ކުރިން
ވިޔަފާރި-އިގްތިސާދު

ސްކައިފޯލް އިން މީރު ލަންޗް އަދި ބްރެކްފާސްޓްގެ ޚިދުމަތް، މިހާރު ދޮރާ ހަމައަށް ގެން ގޮސްދޭނެ!

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ
20233 އަހަރު ކުރިން
ރިޕޯޓު

ސެޓެލައިޓް މަންޒަރުތަކުން ފެންނަ ފޯލްޓް ލައިން: ތުރުކީއަށް އައި ބިން ހެލުމުގެ ބާރުގަދަކަން ވަޒަންކޮށްލެވޭ

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.
20224 އަހަރު ކުރިން
ރިޕޯޓު

ބޮޑާނުހާކާ އެއްކަމެއް ވެސް ނެތެވެ.

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟
20215 އަހަރު ކުރިން
ރާއްޖެ

އެމްޑީޕީ ބައެއް އެކްޓިވިސްޓުންވެސް އިދިކޮޅު އެއްވުންތަކާ ގުޅުމަށް ސިއްރު މަޝްވަރާތަކެއް ކުރަނީ؟

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ
20197 އަހަރު ކުރިން
ކުޅިވަރު

ހިތްވަރާއެކު މަސައްކަތް ކޮށްފިނަމަ ކޮންމެ ކަމެއް ވެސް ކާމިޔާބުވާނެ: އަޒްކާ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި
20188 އަހަރު ކުރިން
ރާއްޖެ

އެމްއާރުޑީސީގެ ކުރީގެ މެނޭޖިންގ ޑިރެކްޓަރު ޝަފާއު ހައްޔަރުކޮށްފި

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު