Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރިޕޯޓުތޫފާން އޮކި

ތޫފާން އޮކި: އުފެދުނު ގޮތާއި ނަން ދެވުނު ގޮތް

މި ތޫފާން މިހާރު ދަތުރުކުރަމުންދަނީ ލަކްޝަދްވީޕާއި ދިމާލަށް

އިސްމާއިލް ނާއިލް ނަޝީދު
އިސްމާއިލް ނާއިލް ނަޝީދު | 30 ނޮވެމްބަރު 2017 | ބުރާސްފަތި 13:56
ތޫފާން އޮކީގެ ސަބަބުން އިންޑިއާ ކަނޑުގެ ޤައުމުތަކަށް ދަނީ ވަރަށް ބޮޑަށް ވިއްސާރަކުރަމުން

ތޫފާން އޮކީގެ ސަބަބުން އިންޑިއާ ކަނޑުގެ ޤައުމުތަކަށް ދަނީ ވަރަށް ބޮޑަށް ވިއްސާރަކުރަމުން

އިންޑިއާގެ ކަންޏަކުމާރީގެ ދެކުނުގައި ސްރީލަންކާގެ ހުޅަނގަށް ވާގޮތަށް، އިންޑިއާ ކަނޑުގައި އުފެދުނު ކޮޅިގަނޑުގެ ބާރު ގަދަވެ މިހާރު މިވަނީ ތޫފާނަކަށް ބަދަލުވެފައެވެ. ސްކައިމެޓް ވެދަރއިން ހާމަކޮށްފައިވާ ގޮތުގައި މި ތޫފާން ދަތުރުކުރަމުންދަނީ ގަޑިއަކު 38 ކިލޯމީޓަރު ބާރުމިނުގައެވެ. ބުރާސްފަތި ދުވަހު މި ކޮޅިގަނޑު ތޫފާނަކަށް ބަދަލުވެގެންދިޔައިރު، ތޫފާން އުފެދިފައިވަނީ އިންޑިއާގެ ކަންޏަކުމާރީގެ 55 ކިލޯމީޓަރު ދެކުނުން، ތްރިވަނަމްތަޕޫރަމް (ޓްރިވެންޑްރަމް)ގެ 120 ކިލޯމީޓަރު ހުޅަނގު ދެކުނުން، މަލިކުގެ އިރު ދެކުނުން 480 ކިލޯމީޓަރު ދުރުން، ސްރީލަންކާގެ ގޯލްގެ ހުޅަނގު އުތުރުން ލަކްޝަދްވީޕް އާއި ދިމާލަށެވެ.

މި ތޫފާނާއި ގުޅިގެން ހޮނިހިރު ދުވަހާއި ހަމައަށް ބޯކޮށް ވާރޭ ވެހޭނެކަމަށް ލަފާކުރާއިރު، ތޫފާން އުފެދިފައިވާ ސަރަޙައްދުގައި އާދީއްތަ ދުވަހާއި ހަމައަށް ގަޑިއަކު 85 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ބުރާސްފަތި ދުވަހުގެ ރެއިން ފެށިގެން ލަކްޝަދްވީޕަށް ގަޑިއަކު 100 ކިލޯމީޓަރު ބާރުމިނުގައި ވައިޖެހޭނެއެވެ.

މި ތޫފާނާއި ގުޅިގެން ލަންކާ އާއި ރާއްޖެ އަދި އިންޑިއާ ހިމެނޭގޮތަށް ބޯކޮށް ވާރޭވެހި ގަދަޔަށް ވައިޖެހުމުގެ ސަބަބުން އެކި ވަރުގެ ގެއްލުންތައް ލިބޭނެ ކަމަށް ލަފާކުރާއިރު، ދެކުނު އިންޑިއާ ކަނޑު އާދަޔާ ޚިލާފަށް ގަދަވާނެކަމަށް ލަފާކޮށް، ދެކުނު އިންޑިއާ ކަނޑުގައި ދަތުރުކުރާ ފަރާތްތައް ސަމާލުވުމަށް ކަމާއިބެހޭ ފަރާތްތަކުން ވަނީ އިލްތިމާސްކޮށްފައެވެ.

މި ތޫފާނަށް 'ތޫފާން އޮކި' ގެ ނަން ދީފައިވާއިރު އޮކި އަކީ ބަންގާޅު ބަހެކެވެ. މި ބަހުގެ މާނައަކީ ލޮލެވެ.

ދުނިޔޭގެ މޫސުމާއި ބެހޭ އިދާރާ އާއި އދގެ އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދި ޕެސިފިކް އިން މޫސުމީ ތޫފާނަށް ނަން ދިނުމަށް ފަށާފައިވަނީ 2000 ވަނަ އަހަރެވެ. ތޫފާނުތަކަށް ނަން ދިނުމުގެ ބޭނުމަކީ، މުޢާމަލާތު ކުރުމަށް ފަސޭހަ ކުރުމާއި، އާންމުންނަށް ތޫފާނާއި ގުޅޭ މަޢުލޫމާތު ދިނުމަށް ފަސޭހަކުރުމެވެ.

ތޫފާނުތަކަށް ނަން ދެނީ ދުނިޔެ 9 ސަރަޙައްދަކަށް ބަހާލައިގެންނެވެ. އެއީ؛

  1. އުތުރު އެޓްލާންޓިކް
  2. އިރު އުތުރު ޕެސިފިކް
  3. މެދު އުތުރު ޕެސިފިކް
  4. ހުޅަނގު އުތުރު ޕެސިފިކް
  5. އުތުރު އިންޑިއާ ކަނޑު
  6. ހުޅަނގު ދެކުނު އިންޑިއާ ކަނޑު
  7. އޮސްޓްރޭލިއާ
  8. ދެކުނު ޕެސިފިކް
  9. ދެކުނު އެޓްލާންޓިކް

މީގެ ތެރެއިން ދިވެހިރާއްޖެ ނިސްބަތްވަނީ އުތުރު އިންޑިއާ ކަނޑުގެ ސަރަޙައްދަށެވެ. މި ސަރަޙައްދުގެ ތޫފާނުތަކަށް ނަން ދެނީ ސަރަޙައްދުގެ 8 ޤައުމަކުން ހުށަހަޅާ ޖުމްލަ 64 ނަމުގެ ތެރެއިން ވަކި ތަރުތީބަކުން، އިންޑިއާގެ މޫސުމާއިބެހޭ އިދާރާއިންނެވެ. މި 8 ޤައުމުގެ ތެރޭގައި ހިމެނެނީ، ބަންގަލަދޭޝް، އިންޑިއާ، ދިވެހިރާއްޖެ، މިޔަންމާ، އޮމާން، ޕާކިސްތާން، ސްރީލަންކާ އަދި ތައިލޭންޑެވެ.

މި ސަރަޙައްދުގައި އެންމެ ފުރަތަމަ ތޫފާނަކަށް ނަން ކިޔާފައިވަނީ 2004 ވަނަ އަހަރެވެ. އެ އަހަރު އުފެދުނު ފުރަތަމަ ތޫފާނަށް ދީފައިވާ ނަމަކީ، ތޫފާން އޮނިލްއެވެ. މިއީވެސް ބަންގްލަދޭޝްއިން ދިން ނަމެކެވެ.

މި ސަރަޙައްދަށް އެންމެ ފަހުން ތޫފާނެއް އަރާފައިވަނީ މި އަހަރުގެ މޭ މަހު އުތުރު އިންޑިއާއަށެވެ. އެ ތޫފާނަށް ދީފައިވާ ނަމަކީ ތޫފާން މޯރާއެވެ. މިއީ ތައިލޭންޑުން ދިން ނަމެކެވެ. އަދި މިހާރު އުފެދިފައިވާ ތޫފާނަށް އޮކި ކިޔާފައިވާއިރު ދެން އަރާ ތޫފާނަކަށް ކިޔާނީ އިންޑިއާއިން ހުށަހަޅާފައިވާ ނަމެއް ކަމުގައިވާ 'ސާގަރް' އެވެ. އަދި އެއަށްފަހު ދެން އަރާ ތޫފާނަކަށް ކިޔާނީ ދިވެހިރާއްޖެއިން ހުށަހަޅާފައިވާ ނަމެއް ކަމުގައިވާ 'މެކުނު' އެވެ.

ރާއްޖެއިން މި ލިސްޓަށް ހުށަހަޅާފައިވާ އެހެން ނަންތަކުގެ ތެރޭގައި ހިމެނެނީ ހިބަރު، ގޮނު، އައިލަ، ކެއިލަ، މަޑި، ރޯނު، އަދި ހިކާއެވެ.

އިތުރަށް ކިޔާލަން

30 އޯގަސްޓު 2017

ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!

30 އޯގަސްޓު 2017
ތޫފާން ހާވީގެ ގެއްލުން އެމެރިކާ އަށް ދަނީ އިންތިހާއަށް ކުރަމުން!
29 ޖުލައި 2017

ޗިސްޗިސް ކޮށްލިއަސް، މިނިވަން ނޫސްވެރިކަން ހުއްޓައެއް ނުލާނަން

29 ޖުލައި 2017
ޗިސްޗިސް ކޮށްލިއަސް، މިނިވަން ނޫސްވެރިކަން ހުއްޓައެއް ނުލާނަން
10 ޖުލައި 2017

ގެންނަން މިއުޅެނީ ހަމަ ހަގީގަތުގައި ވެސް ބަޢާވާތެއްބާ؟

10 ޖުލައި 2017
ގެންނަން މިއުޅެނީ ހަމަ ހަގީގަތުގައި ވެސް ބަޢާވާތެއްބާ؟
08 ޖުލައި 2017

ސިނާން: ބިން ފުރައި ރަން އެޅިޔަސް ބަދަލެއް ނުވާނަން!

08 ޖުލައި 2017
ސިނާން: ބިން ފުރައި ރަން އެޅިޔަސް ބަދަލެއް ނުވާނަން!
28 ޖޫން 2017

ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟

28 ޖޫން 2017
ރަސްފަންނަށް ގެންނަން ބުނި "ކޭއެފްސީ" އާއި "ޕިއްޒާ ހަޓް" ކޮބާ؟
11 ޖޫން 2017

ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟

11 ޖޫން 2017
ރައީސް ޔާމީންގެ ނަންފުޅުގައި ހާލާ އިތުރުފުޅު ހެއްދެވީތަ؟
07 ޖޫން 2017

ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!

07 ޖޫން 2017
ގަތަރުގެ މައްސަލައަށް މަތިންބައިން ޖެހިގެން ވަނުމުން ރާއްޖޭގެ ނަން ހުތުރު ވަނީ!
27 މެއި 2017

ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟

27 މެއި 2017
ގެފުޅު ދޮންނަން ހަދާގޮތް އެނގޭތަ؟
31 މާރިޗު 2017

ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!

31 މާރިޗު 2017
ހަސަދަވެރިކަމަކީ ބައްޔެއްކަން ރައީސް ޔާމިން ދަންނަންޖެހޭ!
14 ޖެނުއަރީ 2017

އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!

14 ޖެނުއަރީ 2017
އޭސީސީ އަށް: މިނިވަން ވާންވީ އިންސާނާ، ނަން ބޯޑުތަކެއް ނޫން!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު