Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުއެސްޓީއޯ ޕީޕަލްސް ޗޮއިސް

އެސްޓީއޯގެ އެޖެންޓަކަށްވުމުގެ ފުރުސަތު ހުޅުވާލައިފި

28 ޑިސެމްބަރު 2021 | އަންގާރަ 01:45

އެޖެންޓްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް

މުހައްމަދު ޔާސިރު މޫސާ
މުހައްމަދު ޔާސިރު މޫސާ | 28 ޑިސެމްބަރު 2021 | އަންގާރަ 01:45
ސްޓޭޓް ޓްރޭޑީންގ އީގަނައިޒޭޝަންގެ ހެޑް އޮފީސް

ސްޓޭޓް ޓްރޭޑީންގ އީގަނައިޒޭޝަންގެ ހެޑް އޮފީސް

އެސްޓީއޯ ޕީޕަލްސް ޗޮއިސްއިން ރާއްޖެ އެތެރެކޮށްގެން ވިއްކާ ބްރޭންޑުތަކުގެ މުދާ ޕްރޮމޯޓްކޮށް، އެސްޓީއޯގެ ބްރޭންޑް އެޖެންޓެއްގެ ގޮތުގައި ރާއްޖޭގެ ހުރިހާ އަތޮޅުތަކެއްގައި އެ މުދާ ވިއްކާ ޑިސްޓްރިބިއުޓް ކޮށްދޭނެ އެޖެންޓުން ހޯދުމަށް އެސްޓީއޯއިން ހުޅުވާލައިފިއެވެ.

ރާއްޖޭގެ ހުރިހާ އަތޮޅެއްގައި މަސައްކަތް ކުރާނެ އެޖެންޓުން ހޯދުމަށް ހުޅުވާލާފައި ވާއިރު، އެޖެންޓުގެ ގޮތުގައި ބަލައިގަނެވޭނީ މިނިސްޓްރީ އޮފް އިކޮނޮމިކްސް ޑިވެލޮޕްމެންޓްގައި ރަޖިސްޓްރީކޮށްފައިވާ ވިޔަފާރިތަކެވެ. އެޖެންޓުކަމުގެ ގޮތުގައި ކަނޑައެޅޭ ފަރާތުން، އެސްޓީއޯގެ ޕީޕަލްސް ޗޮއިސްގެ ބުރޭންޑްތައް ވިއްކުމުގެ މަސައްކަތްކުރަންވާނީ އެފަރާތްތަކަށް ކަނޑައެޅިފައިވާ އަތޮޅުގައެވެ. އެހެންނަމަވެސް އެޖެންޓުން ނެތް އަތޮޅުތަކަށް މުދާވިއްކިދާނެއެވެ.

އަދި އެޖެންޓާ ހަވާލު ކުރެވިފައިވާ އަތޮޅުގެ މާކެޓް ދިރާސާކޮށް، ޑިމާންޑްއަށާއި އަގަށް އަންނަ އެންމެހާ ބަދަލުތައް އެސްޓީއޯއާ ހިއްސާކުރުމާއެކު މާކެޓް ހޯދުމުގައި އެސްޓީއޯއަށް މިފަރާތްތަކުން އެހީތެރިކަން ފޯރުކޮށްދޭން ޖެހޭނެއެވެ. އެސްޓީއޯގެ އެޖެންޓުންގެ ގޮތުގައި ހަމަޖެހޭ ފަރާތްތަކަށް، އެޖެންޓުންނަށް ހާއްސަ އަގުތަކެއް ހަމަޖައްސައި ދެވޭނެއެވެ.

އެޖެންޓުން ނަގާނީ ދެ ކެޓަގަރީއަކަށެވެ. އެއީ އޮންލައިން ވިޔާފަރި ކުރާ ފަރާތްތައް އަދި ފިހާރަ ހިންގާ ފަރާތްތަކެވެ. އެޖެންޓުން ނަގާއިރު އެސްޓީއޯއާ އެކު މިހާރު ވެސް ވިޔަފާރި ކުރާ ފަރާތްތަކަށް އިސްކަންދެވޭނެއެވެ.

އެސްޓީއޯގެ ބްރޭންޑް އެޖެންޓްކަމަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލާފައިވަނީ 2022 ވަނަ އަހަރުގެ ޖެނުއަރީ މަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށެވެ.

އެސްޓީއޯއިން ބުނީ އެޖެންޓުން އައްޔަންކުރުމުގެ މައިގަނޑު މަޤްޞަދަކީ އެސްޓީއޯ ޕީޕަލްސް ޗޮއިސް އިން ވިއްކާ މުދާ ރާއްޖޭގެ ހުރިހާ ރަށެއްގައި ފަސޭހަ ކަމާއެކު ފޯރުކޮށްދީ، ދިވެހިރާއްޖޭގައި ހިންގާ ކުދި އަދި މެދު ފަންތީގެ ވިޔަފާރިތައް ފުޅާކުރުމުގެ ފުރުސަތު ހޯދައިދިނުން ކަމަށެވެ.

އެންމެ ހިނގާ

1

ސްޕޯޓްސް މިނިސްޓްރީގެ ސްޓޭޓް މިނިސްޓަރު ލަތީފް ކުއްލި ގޮތަކަށް މަޤާމުން ވަކިކޮށްފި

2

"އަދަބުވެރިކަން ނެތުމުގެ" ސަބަބުން ދަނބިދަރިފުޅުގެ ޝާހީ ލަގަބުތައް ބުރޫނާއީގެ ރަސްގެފާނު އަތުލައްވައިފި

3

އެމެރިކާއާއި އީރާނުގެ މަޝްވަރާތައް މަރުތަޅުއެޅިފައި - އެންމެ ފަހުގެ ތަފުސީލު

4

އީރާނުގެ އަސްކަރީ ގާބިލިއްޔަތު އިއާދަކުރަމުންދާ ހަލުވި މިނުގެ ސަބަބުން އިސްރާއީލަށް ސިހުން: ޖެރޫސަލަމް ޕޯސްޓް

5

ލިންކަން މަނަވަރުގައި އެމެރިކާ ސިފައިން ކަނޑަށް ފުންމާލައިގެން އަމިއްލަ އަށް މަރުވާން އުޅުނު ރިޕޯޓުތަކާ އެކު އިތުރު ކަންބޮޑުވުން އުފެދިއްޖެ

އިތުރަށް ކިޔާލަން

06 އޯގަސްޓު 2017

ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި

06 އޯގަސްޓު 2017
ސްޓޮކް އެކްސްޗޭންޖްގެ އޮންލައިން ޕޯޓެލް މެދުވެރިކޮށް އެޗްޑީއެފްސީގެ ސުކޫކު ގަތުމުގެ ފުރުސަތު ހުޅުވާލައިފި
02 އޯގަސްޓު 2017

ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ

02 އޯގަސްޓު 2017
ދެވަނަ ކުއާޓަރގައި އެސްޓީއޯގެ ސާފު ފައިދާ ދަށަށް ހިނގައްޖެ
01 މެއި 2017

އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި

01 މެއި 2017
އުރީދޫގެ ހިއްސާ ގަތުމުގެ ފުރުސަތު ހުޅުވާލައިފި
21 އެޕްރީލު 2017

ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި

21 އެޕްރީލު 2017
ދިރާގުން ސެމްސަންގ ގެލެކްސީ އެސް8 އަދި އެސް8 ޕްލަސްގެ ޕްރީ އޯޑަރ ހުޅުވާލައިފި
18 އެޕްރީލު 2017

އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި

18 އެޕްރީލު 2017
 އުރީދޫގެ ހިއްސާ އެއް 30 ރުފިޔާގެ ރޭޓުން ވިއްކަން ހުޅުވާލައިފި
09 އެޕްރީލު 2017

ސައިރިކްސް ކޮލެޖުން އާ ޕްރޮގްރާމަކަށް ފުރުޞަޠު ހުޅުވާލައިފި

09 އެޕްރީލު 2017
ސައިރިކްސް ކޮލެޖުން އާ ޕްރޮގްރާމަކަށް ފުރުޞަޠު ހުޅުވާލައިފި
03 އެޕްރީލު 2017

ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި

03 އެޕްރީލު 2017
ކުންމިންގ ފެއަރގައި ބައިވެރިވުމުގެ ފުރުޞަތު ހުޅުވާލައިފި
31 މާރިޗު 2017

ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު

31 މާރިޗު 2017
ރާއްޖޭގެ ވިޔަފާރިތަކަށް ހޮންކޮންގައި ވިޔަފާރު ކުރުމުގެ ފުރުސަތު ވަނީ ހުޅުވާލެވިފައި: މިނިސްޓަރު ސައީދު
29 މާރިޗު 2017

ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ

29 މާރިޗު 2017
ޗައިނާގެ ސީއޯޓީޓީއެމް ފެއާގައި ރާއްޖޭގެ ރީތިކަން ދައްކާ ލުމުގެ ފުރުސަތު ވަަރަށް ފުރިހަމަ އަށް ލިބިއްޖެ: އެމްއެމްޕީއާރުސީ
05 ޖެނުއަރީ 2017

ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި

05 ޖެނުއަރީ 2017
 ހުލުމާލޭ ދެވަނަ ފިޔަވަހިން ބިން ވިއްކަން ހުޅުވާލައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް