Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެޕްރައިމް މިނިސްޓަރ ރޮބްލް ސަސްޕެންޑްކުރުން

ކޮރަޕްޝަންގެ މައްސަލަތަކެއްގައި ސޯމާލިއާގެ ޕްރައިމް މިނިސްޓަރ ސަސްޕެންޑްކޮށްފި

އެގައުމުގެ މަޖިލިސް އިންތިޚާބަށް ބާރުފޯރުވާކަމުގެ ތުހުމަތުތަކެއް ވެސް ކޮށްފައިވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 ޑިސެމްބަރު 2021 | ހޯމަ 05:48
ސޯމާލިއާގެ ޕްރައިމް މިނިސްޓަރ މުހައްމަދު ހުސެއިން ރޮބްލް

ސޯމާލިއާގެ ޕްރައިމް މިނިސްޓަރ މުހައްމަދު ހުސެއިން ރޮބްލް

ކޮރަޕްޝަންގެ މައްސަލަތަކެއްގައި ސޯމާލިއާގެ ޕްރައިމް މިނިސްޓަރ މުހައްމަދު ހުސެއިން ރޮބްލް ސަސްޕެންޑްކުރަން އެގައުމުގެ ރައީސް މުހައްމަދު އަބްދުﷲ މުހައްމަދު ނިންމަވައިފިއެވެ.

ސޯމާލިއާގެ ޕްރައިމް މިނިސްޓަރ ސަސްޕެންޑްކުރަން ނިންމަވާފައިވަނީ ދެ ލީޑަރުންގެ ދެމެދުގައި ޚިޔާލު ތަފާތުވުންތަކެއް ހުރި ދަނޑިވަޅެއްގައެވެ. އަދި އެގައުމުގެ މަޖިލިސް އިންތިޚާބު ކުރިއަށްދާ ދަނޑިވަޅެއްގައެވެ.

މިކަމާ ގުޅިގެން ސޯމާލިއާގެ ރައީސް ދެއްވި ސްޓޭޓްމެންޓެއްގައި ވިދާޅުވީ ޕްރައިމް މިނިސްޓަރ ހުސެއިން ރޮބްލޭ މަސްއޫލިއްޔަތުތަކުން އެކަހެރިކުރަން ނިންމާފައިވަނީ އޭނާގެ މައްޗަށް ތުހުމަތުކުރެވޭ ކޮރަޕްޝަންގެ މައްސަލަތަކަކާއި، ޕަބްލިކް ފަންޑުގެ ބޭނުން ނަހަމަ ގޮތުގައި ހިފުމާއި އަދިވެސް މިނޫން އެކި އެކި ކަންކަމާ ގުޅޭ ތަހުގީގެއް މިވަގުތު ކުރިއަށްދާތީ ކަމަށެވެ. އަދި މިނިސްޓަރުންގެ ކައުންސިލްގެ އެހެން މެމްބަރުންގެ މަސްއޫލިއްޔަތުތައް ގާނޫނުތަކާއި ގަވައިދުތަކާ އެއްގޮތަށް ކުރިއަށްދާނެ ކަމަށް ވިދާޅުވިއެވެ.

ސޯމާލިއާ ސަރުކާރުން ވަނީ މިވަގުތު އެގައުމުގައި ކުރިއަށްދާ އިންތިޚާބަށް ހުރަސް އެޅުމަށް ހުސެއިން ރޮބްލް މަސައްކަތްކުރާކަމަށް މީގެ ކުރިން ބުނެފައެވެ. އަދި އެމަނިކުފާނުގެ މެންޑޭޓުން ބޭރުގެ މަސައްކަތްތައް ކޮށްފައިވާކަމަށް އެގައުމުގެ ސަރުކާރުން ބުނެފައިވެއެވެ.

އިތުރަށް ކިޔާލަން

24 މެއި 2017

އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި

24 މެއި 2017
އީޔޫގެ އެހީތެރިކަމަށް ފޮރިން މިނިސްޓަރ ތައުރީފް ކުރައްވައިފި
24 އެޕްރީލު 2017

ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި

24 އެޕްރީލު 2017
ތާލިބާނުން ދިން ހަމަލާ އާ ގުޅިގެން އަފްޣާން ޑިފެންސް މިނިސްޓަރާއި އާމީ ޗީފް އިސްތިއުފާ ދެއްވައިފި
07 އެޕްރީލު 2017

ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު

07 އެޕްރީލު 2017
ކެމިކަލް ހަތިޔާރު ބޭނުން ނުކުރާނަން އަދި ނުވެސް ކުރާނެ: ސީރިޔާގެ ފޮރިން މިނިސްޓަރު
01 އެޕްރީލު 2017

ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި

01 އެޕްރީލު 2017
ކަރަޕްޝަނާ ދެކޮޅަށް މަސައްކަތް ކުރެއްވި ދެކުނު އެފްރިކާގެ ފިނޭންސް މިނިސްޓަރު ކުއްލި ގޮތަކަށް މަގާމުން ވަކިކޮށްފި
27 ފެބުރުއަރީ 2017

ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު

27 ފެބުރުއަރީ 2017
ކިމް ޖޮން ނަމް ގައިގައި "ވީއެކްސް ނާވް އެޖެންޓް" ހޭކުމުން 20 މިނިޓް ތެރޭ އޭނާ މަރުވެފައިވޭ: މެލޭޝިއާގެ ހެލްތު މިނިސްޓަރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު