Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިދިކޮޅުގެ ކެމްޕެއިން

ސިޔާސީ މަޤްޞަދެއްގައި އަވައްޓެރި ގައުމުތަކާއެކު އޮތް ގުޅުން ހީނަރުކުރަން ނޫޅޭ: އެމްއާރްއެމް

27 ޑިސެމްބަރު 2021 | ހޯމަ 04:00

ސުނާމީ ކާރިސާއިން އަވައްޓެރި ގައުމުތަކާއެކު އޮންނަ ގުޅުމުގެ މުހިންމުކަން ހާމަވި

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 27 ޑިސެމްބަރު 2021 | ހޯމަ 04:00
އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން

އެމްއާރްއެމްއިން ބޭއްވި ފުރަތަމަ ޖަލްސާގެ ތެރެއިން -- ފޮޓޯ : ޔޫސުފް ސޮފްވާން

ސިޔާސީ ދަހިވެތިކަމުގައި އަވައްޓެރި ގައުމުތަކާމެދު ނަފްރަތު އުފައްދައި، އެގައުމުތަކާއެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ މޯލްޑިވްސް ރިފޯމް މޫވްމެންޓް (އެމްއާރްއެމް) އިން ގޮވާލައިފިއެވެ.

އެއްބައިވަންތަކަމުގެ ދުވަހާ ގުޅިގެން އެމްއާރްއެމްއިން ނެރުނު ބަޔާނުގައި ވަނީ 2004 ވަނަ އަހަރުގެ ޑިސެމްބަރު 26 ވަނަ ދުވަހު ދިވެހިންނާ ކުރިމަތިލާންޖެހުނު ސުނާމީ ކާރިސާއަކީ އަވައްޓެރި ގައުމުތަކާއެކު އޮތް ގުޅުމާއި، އެ ގުޅުން ހީނަރު ވިޔަނުދީ ދެމެހެއްޓުމުގެ މުހިންމުކަން ހާމަވެގެންދިޔަ ކަމެއް ކަމަށެވެ. އެހެންކަމުން އަވައްޓެރި ގައުމުތަކާމެދު ނަފްރަތު އުފައްދައި، އެ ގައުމުތަކާއެކު އޮތް ގުޅުން ހީނަރުވާފަދަ ނޭއްގާނީ އަމަލުތައް ނުކުރުމަށް ދިވެހި ރައްޔިތުންނަށް އެމްއާރްއެމްއިން ވަނީ ގޮވާލާފައެވެ.

Advertisement - newsAdvertisement

އަދި އަވައްޓެރި ގައުމުތަކުގެ ރައްޔިތުންނަށް، ޚާއްސަކޮށް ރާއްޖޭގެ ތަރައްގީގެ މުހިންމު ހިއްސާދާރުންތަކެއް ކަމަށްވާ ބިދޭސީ މަސައްކަތްތެރިންނަށް އިހުތިރާމްކޮށް، އޯގާތެރިކަމާއެކު އެމީހުންނާމެދު އަމަލުތައް ބެހެއްޓުމަށް އެޕާޓީން އިލްތިމާސްކޮށްފައިވެއެވެ. އަދި ސުނާމީ ކާރިސާފަދަ ކޮންމެ ކާރިސާއެއްގައި އަވައްޓެރި ގައުމުތަކުން ރާއްޖެއަށް ފޯރުކޮށްދޭ އެހީތެރިކަމަށް އެމްއާރްއެމްއިން ވަނީ ޝުކުރުއަދާކޮށްފައެވެ.

ދޭދޭ ގައުމުތަކުގެ ގުޅުން ހީނަރު ވެދާނެފަދަ ކަމެއް ނުކުރުމަށް އެމްއާރްއެމްއިން ގޮވާލާފައިވާއިރު، އިދިކޮޅު ޕީޕީއެމް/ޕީއެންސީ ކޯލިޝަނުން ގެންދަނީ "އިންޑިއާ އައުޓް"ގެ ނަމުގައި ހަރަކާތެއް ކުރިއަށްގެންދަމުންނެވެ. މާލެ ސަރަހައްދުން ފެށި މި ހަރަކާތް މިހާރު ގެންދަނީ އަތޮޅުތެރޭގެ އެކި ސަރަހައްދުތަކުގައި ކުރިއަށްގެންދަމުންނެވެ. އަދި މި ހަރަކާތް ކުރިއަށްގެންދަނީ ކުރީގެ ރައީސް ޔާމީން އިސްވެ ހުންނަވައިގެންނެވެ.

މި ހަރަކާތް ސަރުކާރު ހިންގާ ކޯލިޝަންގެ ޕާޓީތަކުން ގެންދަނީ ކުށްވެރިކުރަމުންނެވެ. މިގޮތުން ސަރުކާރު ހިންގާ ޕާޓީ އެމްޑީޕީއިން ވެސް މިކަން ކުށްވެރިކޮށްފައިވާއިރު، އެމްޑީޕީގެ ރައީސް މުހައްމަދު ނަޝީދު ވަނީ ކުރީގެ ރައީސް އަބްދުﷲ ޔާމީނަށް ޓީޝާޓްގައި "އިންޑިޔާ އައުޓް" ޖައްސަވައިގެން ބޭރަށް ނިކުމެވަޑައިގެން އެގޮތަށް ނުހިންގެވޭނެކަމަށް ވިދާޅުވެފައެވެ. އެއީ ކަނޑައެޅިގެން ރާއްޖޭގެ މަސްލަހަތާ ޚިލާފު ކަމެއްކަމަށާއި، ރާއްޖޭގެ އެކި ތަންތަނުގައި އެކި ސަރަހައްދުތަކުގައި އެހެން ގޮވަމުން ނުދެވޭނެކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ. ތަހުޒީބު ޑިމޮކްރަސީއެއްގައި އެކަން އެގޮތަށް ނުހިނގާނެކަމަށާއި، ރާއްޖޭގެ ފުލުހުން އެކަން ހުއްޓުވަން ޖެހޭކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

މީގެ އިތުރުން ކޯލިޝަންގައި ހިމެނޭ އަދާލަތު ޕާޓީ އަދި ޖުމްހޫރީ ޕާޓީއިން ވެސް ވަނީ މިކަން ކުށްވެރިކޮށްފައެވެ. މިއީ ސިޔާސީ މަޤްޞަދެއް ހާސިލްކުރުމަށް ރައީސް ޔާމީން އިސްވެ ހުންނަވައި ހިންގަވާ ވަރަށް ނޭއްގާނީ އަމަލެއް ކަމަށް ޕާޓީތަކުން ގެންދަނީ ބުނަމުންނެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

25 ޖެނުއަރީ 2017

ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް

25 ޖެނުއަރީ 2017
ކޯޓުގެ ހުކުމުން މީޑިޔާގެ މިނިވަންކަމަށް އޮތް ޕްރެޝަރ ހާމަވޭ: ޑޯރިސް
24 ޖެނުއަރީ 2017

ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ

24 ޖެނުއަރީ 2017
ފުލުހުންގެ މުއައްސަސާ ވަނީ ސިޔާސީ ނުފޫޒުގައި ކަސްތޮޅު އެޅުވިފައި: ޑރ. ޑީޑީ
23 ޖެނުއަރީ 2017

ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި

23 ޖެނުއަރީ 2017
ސައިކަލެއްގެ ތެރޭގައި އޮތް ފޯނެއް ވަގަށްނެގި މީހަކު ހޯދަން އިއުލާން ކޮށްފި
23 ޖެނުއަރީ 2017

ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ

23 ޖެނުއަރީ 2017
ބޯޓްގެ މިލްކުވެރިޔަކު ހޯދުމަށް އިއުލާންކުރީ ސިޔާސީގޮތުން ފިއްތާލުމަށް: މުސްތަފާ
13 ޖެނުއަރީ 2017

ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް

13 ޖެނުއަރީ 2017
ރައީސް ޔާމީންގެ ސިޔާސީ ހަރަކާތަށް ސަރުކާރުގެ ކުންފުނިތައް ބޭނުން ކުރުން ކުށްވެރިކުރަން: ޑރ ޖަމީލް
10 ޖެނުއަރީ 2017

"ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"

10 ޖެނުއަރީ 2017
 "ރައީސް ނަޝީދުގެ މައްޗަށް ދައުވާކުރަން ފޮނުވާފައިވަނީ ސިޔާސީ މަޤްސަދެއްގައި"
09 ޖެނުއަރީ 2017

ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ

09 ޖެނުއަރީ 2017
ހދ. ނޮޅިވަރަމްފަރުގައި ޢުމުރުން ދުވަސްވީ މީހަކު މޫދުގައި މަރުވެފައި އޮތްވާ ފެނިއްޖެ
06 ޖެނުއަރީ 2017

ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ

06 ޖެނުއަރީ 2017
ގޮންޖެހުންތަކާ އެކު 2016 ވަނަ އަހަރު އިދިކޮޅު ސިޔާސީ ޕާޓީއެއްގެ ދައުރު އަދާކުރެވުނު: އެމްޑީޕީ
06 ޖެނުއަރީ 2017

ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ

06 ޖެނުއަރީ 2017
ޤާނޫނު އަސާސީއެއް ނެތް، އުފާވެރި ދިވެހިރާއްޖެއަށް އޮތް ހުރިހާ މަގެއް ބަންދުކޮށްފި: އިބްރާ
04 ޖެނުއަރީ 2017

ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު

04 ޖެނުއަރީ 2017
ރާއްޖޭގެ ސިޔާސީ މަސްރަހުން 2017 ވަނަ އަހަރު އާ ބަދަލުތަކެއް ފެނިގެންދާނެ: ނިޒާރު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް