Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެއިންޑިޔާ އައުޓް ކެމްޕެއިނާ ގުޅޭގޮތުން ޖޭޕީގެ ބަސް

"އިންޑިޔާ އައުޓް"އޭ ގޮވުމަކީ ދެ ޤައުމުގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް: ޖުމްހޫރީ ޕާޓީ

26 ޑިސެމްބަރު 2021 | އާދީއްތަ 15:30

"އިންޑިއާ މިލިޓަރީ އައުޓް"ގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 26 ޑިސެމްބަރު 2021 | އާދީއްތަ 15:30
ކުރީގެ ރައީސް ޔާމީން ކ. ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ކުރީގެ ރައީސް ޔާމީން ކ. ތުލުސްދޫއަށް ކުރެއްވި ދަތުރުފުޅުގެ ތެރެއިން

ޒަމާނުއްސުރެ ގާތް އެކުވެރި ޤައުމެއްގެ ގޮތުގައި އޮތް އަވަށްޓެރި އިންޑިޔާއަށް ނިސްބަތްކޮށް "އިންޑިޔާ އައުޓް"އޭ ގޮވުމަކީ މި ދެ ޤައުމުގެ ރައްޔިތުންނަށް ވެވޭ ވަރަށް ބޮޑު އިހުމާލެއް ކަމަށް ސަރުކާރު ކޯލިޝަންގައި ހިމެނޭ ޖުމްހޫރީ ޕާޓީން ބުނެފިއެވެ.

އިދިކޮޅު ޕީޕީއެމް/ޕީއެންސީން ކުރިޔަށްގެންދާ "އިންޑިޔާ އައުޓް" ކެމްޕެއިނާ ގުޅިގެން ޖޭޕީން ދެކޭގޮތް ހާމަކުރަމުން އެޕާޓީން ނެރުނު ނޫސްބަޔާނެއްގައި ބުނީ، ދިވެހިރާއްޖޭގެ މިނިވަންކަމާއި، އިސްތިޤްލާލަށް ގެއްލުމެއް ލިބިދާނެ އެއްވެސް ކަމަކަށް އެއްވެސް އިރެއްގައި ޖުމްހޫރީ ޕާޓީތާއީދު ނުކުރާނެކަމަށެވެ. ދިވެހި ފަސްގަނޑުގައި ބޭރުގެ އެއްވެސް ޤައުމެއްގެ މިލިޓަރީ ސިފައިން ތިބުމާއި، އަދި ދިވެހި ޤައުމުގެ އެއްވެސް މިންވަރެއް، މިލިޓަރީ ބޭނުމަށް ބޭރުގެ އެއްވެސް ޤައުމަކަށް ދިނުމަކީ ޤާނޫނު އަސާސީގައި ބަޔާންވެގެންވާ ގޮތުގެ މަތިން މެނުވީ އެއްވެސް ވެރިކަމަކަށް ކުރެވޭނޭ ކަމެއްނޫންކަން، 2008ގައި ތަޞްދީޤުކޮށް ޢަމަލު ކުރެވެމުން މިދާ ޤާނޫނޫ އަސާސީގައި ސާފު ޢިބާރާތުން ބަޔާން ކޮށްފައިވާކަމެއް ކަމަށް އެޕާޓީން ބުނެއެވެ. އަދި ޤާނޫނު އަސާސީގެ ދަށުން ފުރަތަމަ އެކުލަވާލި 17 ވަނަ މަޖިލީހުން ފެށިގެން، މިހާރު ކުރިއަށް މިދާ 19 ވަނަ މަޖިލީހުގެ އެއްވެސް ޖަލްސާއަކުން ދިވެހިރާއްޖޭގެ ސަރަޙައްދުގެ އެއްވެސް ބައެއް ޢަސްކަރީ ބޭނުމަކަށް ( އެއްވެސް ޤައުމަކަށް/އެއްވެސް ޤައުމެއްގެ ޢަސްކަރިއްޔާއަށް) ދިނުމަށް ފާސްކޮށްފައި ނުވާ ހިނދު، "އިންޑިޔާގެ މިލިޓަރީ" މި ދިވެހި ފަސްގަނޑުގައި ތިބި ކަމަށް ނިންމާނޭ ޤާނޫނީ ހަމައެއްއޮތްކަމަކަށް ޖުމްހޫރީ ޕާޓީއަކުން ނުދެކޭ ކަމަށް ބަޔާނުގައި ބުނެފައިވެއެވެ.

Advertisement - newsAdvertisement

ދޭދޭ ޤައުމުތަކުގެ މެދުގައި އުފައްދާ "ބައިލެޓްރަލް" ގުޅުންތަކުގެ ތެރެއިން، ދެ ޤައުމުގެ މެދުގައި ވެވޭ އެއްބަސްވުންތަކުގެދަށުން، ގުޅިގެން ހިންގާ ތަމްރީނުތަކުގެ ބޭނުމަށާއި، ތަޢުލީމާއި ހުނަރު އިތުރުކުމުގެ ބޭނުމުގައާއި، ކާރިޘާތަކުން ސަލާމަތްވުމަށް ކުރިއަށް ގެންދެވޭ ހަރާކާތްތަކަށާއި، ޙާލުގައި ޖެހޭ ފަރާތްތަކަށް އެހީވެ ދިނުމަށް ހިންގޭ ހަރަކާތްތަކާއި، ދެ ޤައުމުގެ ސަލާމަތާއި ގުޅިފައިވާ ބޯޑަރު ބެލެހެއްޓުމާއި، ބައިނަލްއަޤްވާމީ ޤާނޫނުތައް ތަންފީޒުކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ އެކި އެކި ޙަރާކާތްތަކާއި، ހުއްޓުމެއް ނެތި ކުރަންޖެހޭ އެކި ތަމްރީނުތަކާއި، ގުޅިގެން ވަކި މުއްދަތަކަށް އެއް ޤައުމުގެ ސިފައިން އަނެއް ޤައުމުގައި ތިބުމަކީ ދެފަރާތަށްމެ ފައިދާ ލިބޭ ކަންކަން ކަމަށް ޖޭޕީގެ ބަޔާނުގައި ބުނެފައިވެއެވެ. މިއީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި، ދޭދޭ އަދި ސަރަޙައްދީ ފެންވަރުގައިވެސް ކުރިއަށް ގެންދެވޭ ގުޅުންތަކެއް ކަމަށް ދުނިޔޭގެ ގިނަ ޤައުމުތައް ވަނީ ބަލައިގެންފައެވެ. އަދި ޢަމުދުން މިފަދަ ބޭނުމަކު "ހަތިޔާރު" ނުލައި ޔުނީފޯމުގައި އެހެން ޤައުމެއްގެ ސިފައިން ހަރަކާތްތެރި ވުމަކީ "މިލިޓަރީ" ހަރަކާތެއްކަމަށް ސިފަކުރުމަކީ ގިނަ ފަހަރަށް އިދިކޮޅު ޕާޓީތަކުން އެވަގުތެއްގައި ވެރިކަމުގައި ތިބޭ ބަޔަކާއި ދެކޮޅަށް ސިޔާސީ ބޭނުމަށް ކޮށްއުޅޭ ކަމެއް ކަމަށް ޖޭޕީން ބުނެއެވެ.

އެހެން ކަމުން "އިންޑިއާ މިލިޓަރީ އައުޓް"ގެ ނަމުގައި ކުރިއަށްދާ ކެމްޕޭނަކީ ވަކި ސިޔާސީ މަޤްޞަދެއް ޙާޞިލްކުރުމަށް އިދިކޮޅު ފަރާތްތަކުން ހިންގާ ކެމްޕޭނެއްކަމަށް ދުށުމުގެ ވަރަށް ފުޅާ ޖާގައެއް އެބައޮތެވެ. ޖޭޕީން ބުނީ "އިންޑިޔާ މިލިޓަރީ އައުޓް"އާ އެކުއެކުގައިހެން އެންމެ ޢާންމުކޮށް ދެން ފެންނަ އަނެއް ކެންޕޭނަކީ "އިންޑިޔާއައުޓް" ކެމްޕޭންކަމަށެވެ. ބަވަނަ ވެފައިވާ މިއަދުގެ ދުނިޔޭގެ ދެބަސް ނުވެވޭ ޙަޤީޤަތަކީ، ހުރިހާ ޤައުމަކުންވެސް އެ ޤައުމެއްގެ އަވަށްޓެރި ޤައުމުތަކާއި، ކުދި ބޮޑު އެންމެހާ ޤައުމުތަކާ އެކުވެސް ގުޅިގެން މަސައްކަތްކުރަން ޖެހޭ ކަމަށް އެޕާޓީން ބުނެއެވެ. ދިވެހިރާއްޖެ އަކީ ޤުދުރަތީ ވަސީލަތްތައް މަދު، ބޭރުގެ އިންޕޯޓުގެ މައްޗަށް ވަރަށް ބޮޑަށް ބަރޯސާވާން ޖެހޭ ޤައުމަކަށް ވެފައި، ބޭރު ދުނިޔެއާއި ވީހާވެސް އޮމާން އަމާން ގުޅުމެއް ޤާއިމުކޮށްގެން ތިބުމަކީ ރާއްޖޭގެ ކުރިއެރުމާއި، ރާއްޖޭގެ ސަލާމަތާއި ރައްކާތެރިކަން ޤާއިމުވެފައި އޮތުމަށް އޮތް އެންމެ ރަނގަޅު އަދި އެންމެ އޮމާން މަގު ކަމުގައި ޖޭޕީން އަބަދުވެސް ޤަބޫލު ކުރާކަމަށް އެޕާޓީން ބުނެއެވެ.

ސިޔާސީ މަޤްޞަދެއް ޙާޞިލް ކުރުމުގެ ބޭނުމުގައި ކުރިއަށް ގެންދެވޭ މިފަދަ ޢަމަލުތަކުން މި ދެ ޤައުމުގެ ރައްޔިތުންގެ މެދުގައި އޮތް އެކުވެރިކަމާއި، ވިޔަފާރިއާއި، އަދި އެ ނޫންވެސް ޒާތީ އެކިއެކި މުޢާމަލާތްތަކަށް، ސީދާކޮށް އަދި ނުސީދާކޮށްވެސް ހުރަސްއެޅި، ޒާތީ ރުޅިވެރިކަމާއި، ބަދަލު ހިފުން ފަދަ ނުރަނގަޅު ކަންކަން އުފެދިގެން ހިނގައިދާނެތީ، ޖުމްހޫރީ ޕާޓީ އިންތިހާއަށް ކަންބޮޑުވާކަމަށް ބަޔާނުގައި ބުނެފައިވެއެވެ. "އިންޑިޔާ އައުޓް" އަދި "އިންޑިޔާ މިލިޓަރީ އައުޓް"ގެ ނަމުގައި މިހާރު ކުރިއަށް ގެންދާ ސިޔާސީ ކެންޕޭންގެ ސަބަބުން ދިވެހި ޤައުމަށް ދިގުމުއްދަތަކަށް ގެއްލުންތަކެއް ފޯރުމަކީ ޖުމްހޫރީ ޕާޓީ ބަލައިގަންނާނޭ އަދި ހިތްވަރުދޭނޭ ކަމެއް ނޫންކަމަށްވެސް އެޕާޓީން ބުނެއެވެ. ސިޔާސީ ޕާޓީއެއްގެ ޙައިސިއްޔަތުން ޖުމްހޫރީޕާޓީ އަބަދުވެސް އޮންނާނީ އިޚްލާޞްތެރިކަމާއި އެކު އިސްލާމްދީނާއި، ދިވެހި ރާއްޖޭގެ މިނިވަންކަމާއި، ދިވެހީންގެ ޤާނޫނީ ވެރިކަން ދެމެހެއްޓުމާއި، ޤާނޫނު އަސާސީއަށް ތަބަޢަވުމާއި، ދިވެހި ޤައުމުގެ ސަލާމަތާއި އިސްތިޤްލާލް ނަގަހައްޓައި ދެމެހެއްޓުމުގައި ފާރަވެރިއެއްގެ ގޮތުގައިކަން ރައްޔިތުންނަށް ޔަޤީންކަން އަރުވާކަމަށް އެޕާޓީން ބުނެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

22 ފެބުރުއަރީ 2017

މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ

22 ފެބުރުއަރީ 2017
މައުމޫނާއި، ނަޝީދު މަސައްކަތްކުރައްވަނީ ނުލަފާ ރޭވުމެއްގެ ދަށުން ޤައުމުގެ އިޤްތިސާދު ހަލާކުކޮށްލަން: ޑރ. ޝައިނީ
22 ފެބުރުއަރީ 2017

ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!

22 ފެބުރުއަރީ 2017
ފ. އަތޮޅު ވިއްކާލުމަށް ސަރުކާރުގެ ޖަވާބު: "ރައީސް ކޮންމެ ކަމެއްވެސް ކުރައްވަނީ ރައްޔިތުންނަށްޓަކައި"!
16 ފެބުރުއަރީ 2017

އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ

16 ފެބުރުއަރީ 2017
އިންޑިޔާ އިން ނެގި 100 މިލިއަން ޑޮލަރުގެ ބަދަލުގައި އޭޕްރީލް މަހު ދެ ބިލިއަން ރުފިޔާ ދައްކަންޖެހިއްޖެ
09 ފެބުރުއަރީ 2017

ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު

09 ފެބުރުއަރީ 2017
ރިޔާސީ ބަޔާނަކީ، ހިސާބު އަދަދު ތަކަކުން ރައްޔިތުންނަށް ހަގީގަތް އޮޅުވާލާފައިވާ ބަޔާނެއް: މަހުލޫފު
07 ފެބުރުއަރީ 2017

ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް

07 ފެބުރުއަރީ 2017
ގާނޫނުގެ ނަން ބޭނުންކޮށްގެން ރައްޔިތުންނަށް ބިރު ދެއްކުން ހުއްޓާލާ: މަޚުލޫފް
06 ފެބުރުއަރީ 2017

ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް

06 ފެބުރުއަރީ 2017
ފުރަތަމަ 3 އަހަރުން ރައްޔިތުންނަށް އުފާވެރިކަމާއި ހިތްހަމަޖެހުން ގެނެސްދެވިއްޖެ: ރައީސް
26 ޖެނުއަރީ 2017

އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި

26 ޖެނުއަރީ 2017
އިންޑިޔާ އަށް ވުރެ ވެސް ރާއްޖޭގައި ކޮރަޕްޝަން ބޮޑު: ސީޕީއައި
23 ޖެނުއަރީ 2017

ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް

23 ޖެނުއަރީ 2017
ރައްޔިތުންނަށް ޚިދުމަތް ކުރަން އައީ އެއްވެސް ބޭފުޅަކާ ހަނގުރާމަކުރާކަށް ނޫން: ރައީސް
22 ޖެނުއަރީ 2017

ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް

22 ޖެނުއަރީ 2017
ރައްޔިތުންނަށް އޮޅުވާލުމަށް ސަރުކާރުން ބޮޑެތި ޒަރީމާތަކެއް ހިންގާ: ޝިފާޒް
20 ޖެނުއަރީ 2017

ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ

20 ޖެނުއަރީ 2017
ތަރައްގީގެ މަޝްރޫއުތައް ހިންގުމަށް އިންޑިޔާ ފަދަ ގައުމުތަކަށް ރާއްޖެއިން އަބަދުވެސް މަރުހަބާ ކިޔަން : ޝައިނީ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް