Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމަޑިވަރު އެއާޕޯޓް

ފާދިއްޕޮޅު މަޑިވަރު އެއާޕޯޓަށް ޓެސްޓް ފްލައިޓު ޖައްސައިފި

25 ޑިސެމްބަރު 2021 | ހޮނިހިރު 08:05

އެއާޕޯޓު ހިންގަން ސީދާ ހަވާލުކުރާނެ ބަޔަކުވެސް އަދި ނިންމާފައިނުވޭ

އަމްނާ އިމާދު
އަމްނާ އިމާދު | 25 ޑިސެމްބަރު 2021 | ހޮނިހިރު 08:05
މަޑިވަރު އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓް ޖައްސާފައި

މަޑިވަރު އެއާޕޯޓުގައި މޯލްޑިވިއަންގެ ފްލައިޓް ޖައްސާފައި

ޅ.މަޑިވަރުގައި ތަރައްގީކޮށްފައިވާ އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސައިފިއެވެ.

ހޮނިހިރު ދުވަހުގެ ހެނދުނު އެ އެއާޕޯޓަށް ޖައްސާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެކެވެ. އެ ފްލައިޓުން ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ އިސްވެރިން ވަޑައިގެންނެވިއެވެ.

މޯލްޑިވިއަން ހިންގާ އައިލެންޑް އޭވިއޭޝަނާ މަޑިވަރު އެއާޕޯޓު ހިންގަން ހަވާލު ކުރުމުގެ މަޝްވަރާތައް މީގެ ކުރިން ކުރި ނަމަވެސް އެއާޕޯޓު ހިންގަން ސީދާ ހަވާލުކުރާނެ ބަޔަކު އަދި ނިންމާފައެއް ނުވެއެވެ.

ކުރެއްދޫ ހޯލްޑިންސްއާއެކު ސަރުކާރުން ތަރައްގީކުރި މި އެއާޕޯޓަށް ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ޚަރަދުކޮށްފައިވެއެވެ. ދެއަހަރު ތެރޭގައި ނިންމާ ގޮތަށް ކުރެއްދޫ ހޯލްޑިންސްއާއެކު ސަރުކާރުން އެއާޕޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރީ 29 މޭ 2018 ގައެވެ. އަދި އެހަރު ތެރޭގައި އެއާޕޯޓު ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި އެއާޕޯޓުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.

ހޮނިހިރު ދުވަހު މި އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައި ވާއިރު، އެއާޕޯޓް ޝެޑިއުލް ދަތުރުތައް ފަށާނެ ސީދާ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

މަޑިވަރު އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލު ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކު ވެސް މިހާރު ނިންމާފައި ވާއިރު، އެއާޕޯޓަށް ބޭނުންވާ ފަޔާ ލޮރީތައް މި އަހަރުގެ މެދު ތެރޭގައި އެ އެއާޕޯޓަށް ވަނީ ގެންގޮސްފައެވެ. މަޑިވަރު އެއާޕޯޓުގައި އޮންނަނީ 1.2 ކިލޯމީޓަރުގެ ރަންވޭއެކެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

27 އެޕްރީލު 2022

"ނަލަ ނަލަ ރާއްޖެ" ސޯޝަލް މީޑިއާ ކޮންޓެސްޓްގެ އެސޯސިއޭޓް ޕާރޓްނަރަކަށް އުރީދޫ

27 އެޕްރީލު 2022
"ނަލަ ނަލަ ރާއްޖެ" ސޯޝަލް މީޑިއާ ކޮންޓެސްޓްގެ އެސޯސިއޭޓް ޕާރޓްނަރަކަށް އުރީދޫ
24 މާރިޗު 2022

އިންޑިއާއިން ރާއްޖޭގެ އުތުރަށް ޑައިރެކްޓް ފްލައިޓުތައް ބާއްވަނީ

24 މާރިޗު 2022
އިންޑިއާއިން ރާއްޖޭގެ އުތުރަށް ޑައިރެކްޓް ފްލައިޓުތައް ބާއްވަނީ
17 މާރިޗު 2022

އެސްޓީއޯ އިން ގާއިމް ކޮށްފައިވާ ފިއުލް ލެބުން ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓްކޮށްފި

17 މާރިޗު 2022
އެސްޓީއޯ އިން ގާއިމް ކޮށްފައިވާ ފިއުލް ލެބުން ފުރަތަމަ ފަހަރަށް ތެޔޮ ޓެސްޓްކޮށްފި
18 ޖެނުއަރީ 2022

މަޑިވަރު އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނާއި ހަވާލުކޮށްފި

18 ޖެނުއަރީ 2022
މަޑިވަރު އެއާޕޯޓް ހިންގުމަށް އައިލެންޑް އޭވިއޭޝަނާއި ހަވާލުކޮށްފި
25 ޑިސެމްބަރު 2021

މަޑިވަރު އެއަރޕޯޓާއެކު ފާދިއްޕޮޅުގެ ފަތުރުވެރިކަން ރަނގަޅުވެ، ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބޭނެ!

25 ޑިސެމްބަރު 2021
މަޑިވަރު އެއަރޕޯޓާއެކު ފާދިއްޕޮޅުގެ ފަތުރުވެރިކަން ރަނގަޅުވެ، ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބޭނެ!
24 ޑިސެމްބަރު 2021

މަޑިވަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުން ހޮނިހިރު ދުވަހު

24 ޑިސެމްބަރު 2021
މަޑިވަރު އެއާޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުން ހޮނިހިރު ދުވަހު
18 ޖުލައި 2020

4 މަހުގެ މެދުކެނޑުމަކަށްފަހު އިއްތިހާދުގެ ފުރަތަމަ ފްލައިޓް ވެލާނާ އެއާޕޯޓަށް!

18 ޖުލައި 2020
4 މަހުގެ މެދުކެނޑުމަކަށްފަހު އިއްތިހާދުގެ ފުރަތަމަ ފްލައިޓް ވެލާނާ އެއާޕޯޓަށް!
16 އޮކްޓޯބަރު 2019

ހަނިމާދޫ-ކޮޗިން ތާވަލު ފްލައިޓުގެ އަގުތައް މޯލްޑިވިއަން އިން ކަނޑައަޅައިފި

16 އޮކްޓޯބަރު 2019
ހަނިމާދޫ-ކޮޗިން ތާވަލު ފްލައިޓުގެ އަގުތައް މޯލްޑިވިއަން އިން ކަނޑައަޅައިފި
05 އޯގަސްޓު 2018

މާފަރު އެއަރޕޯޓަށް އަންނަ ހަފްތާގައި ޓެސްޓް ފްލައިޓް ޖައްސަނީ!

05 އޯގަސްޓު 2018
މާފަރު އެއަރޕޯޓަށް އަންނަ ހަފްތާގައި ޓެސްޓް ފްލައިޓް ޖައްސަނީ!
09 ޖުލައި 2017

ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް "އިންޑިއަން އޯޝަންސް ބެސްޓް އެއާޕޯޓު" ލިބިއްޖެ

09 ޖުލައި 2017
ވެލާނާ އިންޓަރނޭޝަނަލް އެއާޕޯޓަށް "އިންޑިއަން އޯޝަންސް ބެސްޓް އެއާޕޯޓު" ލިބިއްޖެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް