Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ވިޔަފާރި-އިގްތިސާދުނަލަ ނަލަ ރާއްޖެ

"ނަލަ ނަލަ ރާއްޖެ" ސޯޝަލް މީޑިއާ ކޮންޓެސްޓްގެ އެސޯސިއޭޓް ޕާރޓްނަރަކަށް އުރީދޫ

މި މުބާރާތުން މޮޅުވާ ފަރާތްތަކަށް އަގު ހުރި ފައިސާގެ އިނާމުތަކުގެ އިތުރުން ހޮލިޑޭ ޕެކޭޖްވެސް ލިބިގެންދާނެ

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 27 އެޕްރީލު 2022 | ބުދަ 08:56
ނަލަ ނަލަ ރާއްޖެ ސޯޝަލް މީޑިއާ ޗެލެންޖް

ނަލަ ނަލަ ރާއްޖެ ސޯޝަލް މީޑިއާ ޗެލެންޖް

މިނިސްޓްރީ އޮފް ޓުއަރިޒަމް އިން ކުރިއަށްގެންދާ ނަލަ ނަލަ ރާއްޖެ ވީޑިއޯ ޗެލެންޖްގެ އެސޯސިއޭޓް ޕާޓްނަރަކަށް އުރީދޫ މޯލްޑިވްސް ހަމަޖައްސައިފިއެވެ.

ނަލަ ނަލަ ރާއްޖެ ވީޑިއޯ ޗެލެންޖަކީ މިނިސްޓްރީ އޮފް ޓޫރިޒަމްއިން ބާއްވާ ލިޕް ސިންކްކުރާ ސޯޝަލް މީޑިއާ މުބާރާތެކެވެ. މި މުބާރާތުން މޮޅުވާ ފަރާތްތަކަށް އަގު ހުރި ފައިސާގެ އިނާމުތަކުގެ އިތުރުން ހޮލިޑޭ ޕެކޭޖެއްވެސް ލިބިގެންދާނެއެވެ. އެސޯސިއޭޓް ޕާޓްނަރެއްގެ ހައިސިއްޔަތުން އުރީދޫގެ ހިދުމަތްތައް ފޯރުކޮށްދޭ 10 ގައުމުގައި ވާ 117 މިލިއަނަށްވުރެ ގިނަ މީހުންނަށް ވީޑިއޯ ޗެލެންޖް ޕްރޮމޯޓްކުރުމަށްވަނީ ހަމަޖެހިފައެވެ.

މި ވީޑިއޯ ޗެލެންޖުގައި ބައިވެރިވުމުގެ ފުރުސަތުވަނީ ދިވެހިންނާއި ބޭރުގެ ފަރާތްތަކަށްވެސް ހުޅުވާލާފައެވެ. މި ޗެލެންޖްގައި ބައިވެރިވުމަށް ނަލަ ނަލަ ރާއްޖެ ތީމް ލަވައަށް ލިޕް ސިންކް ކުރާ ވީޑިއޯއެއް އެ ބައިވެރިންގެ ފޭސްބުކް، އިންސްޓަގްރާމް ނުވަތަ ޓިކްޓޮކް އެކައުންޓްގައި ހޭޝްޓެގްތަކާއެކު ޕޯސްޓް ކޮށްލުމުން ބައިވެރިވެވެއެވެ. މި މުބާރާތުން ވަނަތަކަށް ދިވެހިންނާއި ބޭރު މީހުން ވަކިވަކިން ހޮވާލެވޭނެއެވެ. ވަނަތަކަށް ހޮވޭ ދިވެހި ނަސީބުވެރި ފަރާތްތަކަށް 25000 ރުފިޔާއާއި ހަމައަށް ފައިސާގެ އިނާމުގެ އިތުރުން އުރީދޫ މައިފައިއެއް ލިބޭނެއެވެ. ވީޑިއޯ ޗެލެންޖުގައި ބައިވެރިވާ ބޭރު ގައުމުތަކުގެ ފަރާތްތަކުގެ ތެރެއިން ހޮވޭ ފަރާތްތަކަށް ހޮލިޑޭ ޕެކޭޖަކާއެކު އުރީދޫ ޓޫރިސްޓް މައިފައި އެއް ދިނުމަށް ވަނީ ހަމަޖެހިފައެވެ.

މި ކެމްޕޭން 22 މާރިޗުގައި ފަށާފައިވާއިރު، މި ކެމްޕެއިންގައި ބައިވެރިވުމުގެ ފުރުޞަތު 30 ޖޫން 2022 ގެ ނިޔަލަށް ވަނީ ހުޅުވާލާފައެވެ. ބައިވެރިން ކެޓަގަރައިޒް ކުރަނީ ކޮންމެ ޕްލެޓްފޯމެއްގައި ވެސް އެ ޕްލެޓްފޯމެއްގައި ބައިވެރިންގެ ފޮލޯވާރ ބޭސްއަށް ބިނާކޮށެވެ. ބައިވެރިވާ ފަރާތްތަކަށް ގިނަވެގެން 3 ވީޑިއޯ ޕޯސްޓް ކުރުމުގެ ފުރުސަތު ލިބެއެވެ. ޖަޖުންގެ ޕެނަލަކުން ވަނަތައް ހޮވައި، ކޮންމެ ކެޓަގަރީއަކުން ވެސް އެންމެ ގިނަ ވިއޫސް، ލައިކްސް، އަދި ޝެއަރ ލިބޭ ވީޑިއޯތަކަށް ޕްރޯ ރަޓާ އުސޫލުން ޕޮއިންޓް ދެވޭނެއެވެ.

މި ސޯޝަލް މީޑިއާ ކެމްޕެއިންގެ މައިގަނޑު އަމާޒަކީ ރާއްޖޭގެ ޓުއަރިޒަމް ދާއިރާއަށް 50 އަހަރު ފުރުމުގެ މުނާސަބަތު ފާހަގަކޮށް، ޔޫޒަރ ޖެނެރޭޓެޑް ކޮންޓެންޓް އުފައްދައިގެން ރާއްޖެ އިޝްތިހާރުކުރުމެވެ.

އުރީދޫޓުއަރިޒަމް އެމްވީ

އިތުރަށް ކިޔާލަން

18 ނޮވެމްބަރު 2025

ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި

18 ނޮވެމްބަރު 2025
ގޫގުލް އިން ދިވެހިރާއްޖެ، ކްރިސްމަސް އައިލެންޑް އަދި އޯމާން ގުޅުވާލާ އާ ސަބްސީ ކޭބަލް ސިސްޓަމެއް 'ދިވަރު' ނަމުގައި އިއުލާން ކޮށްފި
15 އޮކްޓޯބަރު 2025

އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ

15 އޮކްޓޯބަރު 2025
އުރީދޫ ފިންޓެކް އިން 2026 ވަނަ އަހަރު ރާއްޖެއަށް ޕޭޕަލްގެ ހިދުމަތް ތައާރަފްކުރަނީ
27 ފެބުރުއަރީ 2025

އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް

27 ފެބުރުއަރީ 2025
އުރީދޫ އާއި އެކު މި ރޯދަމަހު ކަރާފަޅައިގެން އެޕަލް ޕްރޮޑަކްޓްސްގެ ބޮޑު ބިޔަ ބަންޑަލް އެއް
24 ޑިސެމްބަރު 2024

މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި

24 ޑިސެމްބަރު 2024
މި ސަރުކާރުން ރިސޯޓް ތަރައްޤީކުރަން ކުއްޔަށް ދޫކުރި އެއްވެސް ތަނެއްގެ އަގު ހާމަކުރަން ސަރުކާރުން ދެކޮޅު ހަދައިފި
24 ޑިސެމްބަރު 2024

"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"

24 ޑިސެމްބަރު 2024
"ނިހާދު ސަސްޕެންޑްކުރުމުން އެނގެނީ ގޯހެއް ހެދުނުކަން ޤަބޫލުކުރާކަން، އެ ވާހަކަތައް ސާބިތު ނުވާ ނަމަ ޖެހޭނީ ނިހާދު މަޤާމުން ވަކިކުރަން"
17 ޑިސެމްބަރު 2024

އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް

17 ޑިސެމްބަރު 2024
އުރީދޫ އަށް 2023 ވަނަ އަހަރު 2.1 ބިލިއަން ރުފިޔާގެ އާމްދަނީ އެއް
12 ޑިސެމްބަރު 2024

އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް

12 ޑިސެމްބަރު 2024
އުރީދޫ އާއެކު ހައްޖު ކޯޕަރޭޝަންގެ ކަސްޓަމަރ ސާވިސް ޚިދުމަތަށް އިންގިލާބީ ބަދަލެއް
27 އޮކްޓޯބަރު 2024

މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް

27 އޮކްޓޯބަރު 2024
މެރެތަން ދުވެލަން ދޯހާއަށް! އުރީދޫގެ ކަސްޓަމަރުންނަށް ހާއްސަ ލަކީ ޑްރޯއެއް
26 އޮކްޓޯބަރު 2024

އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު

26 އޮކްޓޯބަރު 2024
އައްޑޫ އަށް އިންވެސްޓްކުރަން ޖެހިލުންވާން ޖެހޭ އެއްވެސް ސަބަބެއް ނެތް - ނިޒާރު
25 އޮކްޓޯބަރު 2024

އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި

25 އޮކްޓޯބަރު 2024
އުރީދޫއިން މޯލްޑިވްސް ގެ ޕާޓްނަރުންގެ އަގު ވަޒަން ކުރުމުގެ ގޮތުން ބިޒްނަސް ޕާޓްނަރ އެވޯޑްސް އަދި ގާލާ ނައިޓް ބާއްވައިފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު