Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - businessAdvertisement
ވިޔަފާރި-އިގްތިސާދުމަޑިވަރު އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސުން

މަޑިވަރު އެއަރޕޯޓާއެކު ފާދިއްޕޮޅުގެ ފަތުރުވެރިކަން ރަނގަޅުވެ، ރައްޔިތުންނަށް ލުއިފަސޭހަތަކެއް ލިބޭނެ!

25 ޑިސެމްބަރު 2021 | ހޮނިހިރު 09:08

ފަތުރުވެރިން ސީޕްލޭން ލައުންޖްގައި މަޑުކުރަންޖެހޭ ވަގުތު ކުޑަވާނެ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 25 ޑިސެމްބަރު 2021 | ހޮނިހިރު 09:08
ޅ. މަޑިވަރު އެއަރޕޯޓް

ޅ. މަޑިވަރު އެއަރޕޯޓް

ޅ. މަޑިވަރު އެއަރޕޯޓާއެކު މުޅި އަތޮޅުގެ ފަތުރުވެރިކަން ރަނގަޅުވެ، އެ އަތޮޅުގެ ރައްޔިތުންނަށްވެސް ލުއިފަސޭހަތަކެއް ލިބިގެންދާނެ ކަމަށް ރިހިވެލި މޯލްޑިވްސް އަދި ކުރެއްދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރ ބްރެޑްލީ ކޯލްޑަރ ވިދާޅުވެއްޖެއެވެ.

ޅ. މަޑިވަރު އެއަރޕޯޓަކީ ކުރެއްދޫ ހޯލްޑިންގސްއާއި ސަރުކާރާ ގުޅިގެން ތަރައްގީކޮށްފައިވާ އެއަރޕޯޓެކެވެ. ހޮނިހިރު ދުވަހުގެ ހެނދުނު މި އެއަރޕޯޓަށް ޓެސްޓު ފްލައިޓް ވަނީ ޖައްސާފައެވެ. އެ އެއާޕޯޓަށް ޖައްސާފައިވަނީ ގައުމީ އެއާލައިން، މޯލްޑިވިއަންގެ ފްލައިޓެކެވެ. އެ ފްލައިޓުން ބައެއް ވަޒީރުންނާއި، ބައެއް ކުންފުނިތަކުގެ އިސްވެރިން ވަޑައިގެންނެވިއެވެ.

މިކަމާއި ގުޅިގެން ރާއްޖެޓީވީއަށް މައުލޫމާތުދެއްވަމުން ރިހިވެލި މޯލްޑިވްސް އަދި ކުރެއްދޫ ރިސޯޓުގެ ޖެނެރަލް މެނޭޖަރ ބްރެޑްލީ ކޯލްޑަރ ވިދާޅުވީ މި އެއަރޕޯޓާއެކު އަތޮޅުތަކުގެ ރިސޯޓުތަކަށް ދަތުރުކުރާ ފަތުރުވެރިންނަށް ގިނަ ވަގުތު ސީޕްލޭން ލައުންޖްގައި މަޑުކުރަންނުޖެހި ފަސޭހަކަމާއެކު ދަތުރުކުރެވޭނެކަމަށެވެ. އަދި އެ އަތޮޅަށް ދަތުރުކުރާ ފަތުރުވެރިން ގިނަވެ، ފަތުރުވެރިކަން ފުޅާވެގެންދިއުމަށް މަގުފަހިވެގެންދާނެ ކަމަށް ބްރެޑްލީ ކޯލްޑަރ ވިދާޅުވިއެވެ. މީގެ އިތުރުން މި އެއަރޕޯޓާއެކު ޅ. އަތޮޅުގެ ރައްޔިތުންނަށްވެސް ދަތުރުފަތުރު ކުރުމުގައި ލުއިފަސޭހަވެގެންދާނެ ކަމަށް އޭނާ ވިދާޅުވިއެވެ.

މި އެއަރޕޯޓަށް ޓެސްޓް ފްލައިޓް ޖެއްސި މޯލްޑިވިއަންއިން ބުނީ އެ އެއަރލައިނުން މީގެ ކުރިން ގިނަ އެއަރޕޯޓްތަކަކަށް ޓެސްޓް ފްލައިޓް ޖައްސާފައިވާކަމަށެވެ. މި ހުރިހާ އެއަރޕޯޓެއްގެ ތެރެއިންވެސް އެންމެ ފުރިހަމައަށް ކަންކަން ނިމިގެން ޓެސްޓް ފްލައިޓް ޖެއްސުނު އެއަރޕޯޓަކީ މަޑިވަރު އެއަރޕޯޓް ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ. އެއަށްފަހު ދެން އަންނާނީ ސެޓިފިކޭޝަން ޕްރޮސެސްކަމަށާއި، މި ޕްރޮސެސްގައި މާބޮޑު މައްސަލައެއް އުޅޭނެކަމަށް ނުބެލެވޭ ކަމަށް މޯލްޑިވިއަންއިން ބުނެފައިވެއެވެ. މާލެއިން މަޑިވަރު އެއަރޕޯޓަށް ކުރާ ދަތުރުގެ ދިގުމިނަކީ 25 މިނެޓެވެ.

މި އެއަރޕޯޓާއެކު ޅ. އަތޮޅުގެ ރައްޔިތުންނަށް މިކަމުން ކުރާނެ ފައިދާ ވަރަށް ބޮޑެވެ. މިކަމާއި ގުޅިގެން ޅ. އަތޮޅުން ރާއްޖެޓީވީއާ ވާހަކަދެއްކި މީހަކު ބުނިގޮތުގައި މަޑިވަރުގައި އެއަރޕޯޓް ތަރައްގީކުރެވިގެންދިއުމަކީ ފާދިއްޕޮޅު ރައްޔިތުންގެ ވަރަށް ބޮޑު އުންމީދެއް ކަމަށެވެ. އެ އަތޮޅުގެ މީހުންނަކީ ވަރަށް ގިނައިން ދަތުރުފަތުރު ކުރަންޖެހޭ ބައެއް ކަމަށާއި، އެ އަތޮޅުން ދަތުރުފަތުރުކުރާ އުޅަނދުތައް އަބަދުވެސް ވަރަށް ބާރުބޮޑު ކަމަށް އޭނާ ބުނެފައިވެއެވެ. އެހެންކަމުން ދަތުރުފަތުރުގައި ފަސޭހަ ގޮތްތަކެއް ހަމަޖެހިގެންދިއުމަކީ ރައްޔިތުން އެދޭ ވަރަށް ބޮޑު އެދުމެއް ކަމަށް އޭނާ ކިޔައިދިނެވެ.

ކުރެއްދޫ ހޯލްޑިންސްއާއެކު ސަރުކާރުން ތަރައްގީކުރި މި އެއާޕޯޓަށް ގާތްގަނޑަކަށް 11 މިލިއަން ޑޮލަރު (170 މިލިއަން ރުފިޔާ) ޚަރަދުކޮށްފައިވެއެވެ. ދެއަހަރު ތެރޭގައި ނިންމާ ގޮތަށް ކުރެއްދޫ ހޯލްޑިންސްއާއެކު ސަރުކާރުން އެއާޕޯޓު އެޅުމަށް އެއްބަސްވުމުގައި ސޮއިކުރީ 29 މޭ 2018 ގައެވެ. އަދި އެއަހަރު ތެރޭގައި އެއާޕޯޓު ހެދުމުގެ މަސައްކަތް ވަނީ ފަށާފައެވެ. މި އެއާޕޯޓުގެ އަމަލީ މަސައްކަތް ކޮށްފައިވަނީ ވެލާނާ އިންޓަނޭޝަނަލް އެއާޕޯޓު ތަރައްގީކުރުމުގެ ގިނަ މަސައްކަތްތަކެއް ކުރަމުން އަންނަ ޗައިނާގެ ބީޔޫސީޖީ ކުންފުނިންނެވެ.

މަޑިވަރު އެއާޕޯޓުގެ އެއާ ޓްރެފިކް ކޮންޓްރޯލު ޓަވަރުގެ އިތުރުން، ޓާމިނަލް އިމާރާތްތަކާއި އެކޮމޮޑޭޝަން ބްލޮކު ވެސް މިހާރު ނިންމާފައި ވާއިރު، އެއާޕޯޓަށް ބޭނުންވާ ފަޔާ ލޮރީތައް މި އަހަރުގެ މެދު ތެރޭގައި އެ އެއާޕޯޓަށް ވަނީ ގެންގޮސްފައެވެ. މަޑިވަރު އެއާޕޯޓުގައި އޮންނަނީ 1.2 ކިލޯމީޓަރުގެ ރަންވޭއެކެވެ.

ހޮނިހިރު ދުވަހު މި އެއާޕޯޓަށް ޓެސްޓު ފްލައިޓު ޖައްސާފައި ވާއިރު، އެއާޕޯޓް ޝެޑިއުލް ދަތުރުތައް ފަށާނެ ސީދާ ތާރީޚެއް އަދި ކަނޑައަޅާފައެއް ނުވެއެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ގައުމީ ދުވަހުގެ ރަސްމިއްޔާތުގައި ގުރުއާން ކިޔަވަން ހުރި ކުއްޖާ ސިއްސުވާލުމާ ގުޅިގެން ގިނަ ބައެއްގެ ފާޑު ކިޔުން ސަރުކާރަށް!

3

ހުރްމުޒް ކަނޑުއޮޅީގެ ކޮންޓްރޯލު ހޯދުމަށް އަސްކަރީ ގޮތުން އެމެރިކާ އަށް ކުރެވޭނެ އެއްވެސް ކަމެއް ނެތް ކަމަށް ޕެންޓަގަންއިން އެއްބަސްވެއްޖެ

4

މަޝްހޫރު ބަތަލާ ހޭޑަން ޕެނެޓިއޭ 36 އަހަރުގައި މަރުވެފައި އޮއްވާ ފެނިއްޖެ

5

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

އިތުރަށް ކިޔާލަން

09 ޑިސެމްބަރު 2019

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޔޫރަޕުގެ މީޑިއާ ޓީމެއް ރާއްޖެއަށް!

09 ޑިސެމްބަރު 2019
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ޔޫރަޕުގެ މީޑިއާ ޓީމެއް ރާއްޖެއަށް!
26 ނޮވެމްބަރު 2019

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބެލްޖިއަމްގެ މީޑިއާ ޓީމެއް ރާއްޖެއަށް!

26 ނޮވެމްބަރު 2019
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް ބެލްޖިއަމްގެ މީޑިއާ ޓީމެއް ރާއްޖެއަށް!
25 އޮކްޓޯބަރު 2019

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޖަޕާނުގައި އެމްއެމްޕީއާރުސީއިން ގިނަ ހަރަކާތެއްގައި ބައިވެރިވަނީ!

25 އޮކްޓޯބަރު 2019
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކުރުމަށް ޖަޕާނުގައި އެމްއެމްޕީއާރުސީއިން ގިނަ ހަރަކާތެއްގައި ބައިވެރިވަނީ!
25 އޮކްޓޯބަރު 2019

ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އޮސްޓްރޭލިޔާގެ ނޫސްވެރިން ޒިޔާރަތްކޮށްފި

25 އޮކްޓޯބަރު 2019
ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އޮސްޓްރޭލިޔާގެ ނޫސްވެރިން ޒިޔާރަތްކޮށްފި
10 އޮކްޓޯބަރު 2019

ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން އިޓަލީގައި ގިނަ ހަރަކާތްތަކެއް

10 އޮކްޓޯބަރު 2019
ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީން އިޓަލީގައި ގިނަ ހަރަކާތްތަކެއް
13 ސެޕްޓެމްބަރު 2019

ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީ އިން ހާއްސަ ބައްދަލުވުމެއް ބާއްވައިފި

13 ސެޕްޓެމްބަރު 2019
ފަތުރުވެރިކަން އިޝްތިހާރު ކުރުމަށް އެމްއެމްޕީއާރްސީ އިން ހާއްސަ ބައްދަލުވުމެއް ބާއްވައިފި
04 މާރިޗު 2018

ފަތުރުވެރިކަން ދަށްވެ، ރޫމް ރޭޓްތައް އިންތިހާއަށް ދަށްކޮށްފި!

04 މާރިޗު 2018
ފަތުރުވެރިކަން ދަށްވެ، ރޫމް ރޭޓްތައް އިންތިހާއަށް ދަށްކޮށްފި!
08 ޖޫން 2017

މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ

08 ޖޫން 2017
މަސްވެރިކަމާއި ފަތުރުވެރިކަން ދަށަށް ހިނގައްޖެ
10 އެޕްރީލު 2017

ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި

10 އެޕްރީލު 2017
ފަތުރުވެރިކަން 11 ޕަސެންޓް، މަސްވެރިކަން 28 ޕަސެންޓް ދަށަށް ގޮސްފި
14 ޖެނުއަރީ 2017

ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން: އިބްތިޝާމާ

14 ޖެނުއަރީ 2017
ބައިނަލްއަޤްވާމީ ފްލައިޓްތަކާއި ގުޅިފައިވަނީ ދެކުނު ސަރަހައްދުގެ ފަތުރުވެރިކަން: އިބްތިޝާމާ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް