Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - worldAdvertisement
ދުނިޔެލީބިޔާގެ ރިޔާސީ އިންތިޚާބު

ލީބިޔާގައި އިންތިޚާބު ބާއްވާނެ ތާރީޚު ވީއެންމެ އަވަހަކަށް ކަނޑައެޅުމަށް ހުޅަނގުން ގޮވާލައިފި

25 ޑިސެމްބަރު 2021 | ހޮނިހިރު 03:32

ހުޅަނގުގެ ގައުމުތަކުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިހާރު ލީބިޔާގައި އުފެދިފައިވާ ވަގުތީ ސަރުކާރު ގަބޫލުކުރާކަމަށް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 25 ޑިސެމްބަރު 2021 | ހޮނިހިރު 03:32
ލީބިޔާގެ ރިޔާސީ އިންތިޚާބު ފަސްކުރުމާއި ދެކޮޅަށް މުޒާހަރާކުރަނީ

ލީބިޔާގެ ރިޔާސީ އިންތިޚާބު ފަސްކުރުމާއި ދެކޮޅަށް މުޒާހަރާކުރަނީ

ފްރާންސް، ޖަރމަނީ، އިޓަލީ، އިނގިރޭސިވިލާތް އަދި އެމެރިކާއިން ގުޅިގެން ނެރެފައިވާ ބަޔާނެއްގައި ލީބިޔާގެ ރިޔާސީ އިންތިޚާބު ބާއްވާނެ ތާރީޚު ވީއެންމެ އަވަހަކަށް ކަނޑައެޅުމަށް ގޮވާލައިފިއެވެ.

ފަސް ގައުމުން މިގޮތަށް ގޮވާލާފައި މިވަނީ މިމަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް ހަމަޖެހިފައިވާ ލީބިޔާގެ ރިޔާސީ އިންތިޚާބު ފަސްކޮށްފައިވާ ކަމަށް އެގައުމުގެ އިލެކްޝަންސް ކޮމިޝަނުން ބުނުމާއެކުއެވެ. ހުޅަނގު ގައުމުތަކުން ނެރެފައިވާ ބަޔާނުގައި ބުނެފައިވަނީ މިހާރު ލީބިޔާގައި އުފެދިފައިވާ އިންޓަރިމް ސަރުކާރު ގަބޫލުކުރާކަމަށެވެ. ނަމަވެސް ހުރިހާ އެންމެންނަށް އެއްބަސްވެވޭ ތާރީޚެއްގައި އިންތިޚާބު ބޭއްވުމަށް ވަނީ ގޮވާލާފައެވެ.

މިހާރު ލީބިޔާގައި އޮތް ގޮވަރމެންޓް އޮފް ނޭޝަނަލް ޔުނިޓީ (ޖީއެންޔޫ) އަކީ މަރޗް މަހު އެކުލަވާލާފައިވާ ސަރުކާރެކެވެ. ލީބިޔާގެ ކުރީގެ ރައީސް މުއާމަރަލް ގައްޒާފީގެ ވެރިކަން ނިމުމަމަށް ގެނައިފަހުން ލީބިޔާގައި އަންނަނީ ހަމަނުޖެހުންތައް ހިނގަމުންނެވެ. އެހެންކަމުން ލީބިޔާއަށް ސުލްހަ ގެނައުމަށްޓަކައި ދެފުށް ފެންނަ ރިޔާސީ އިންތިޚާބެއް ބޭއްވުމަކީ މުހިންމު ކަމެކެވެ.

ލީބިޔާގެ ގާނޫނު ހަދާ މަޖިލީހުން އިންތިޚާބު ބާއްވަން ކަނޑައަޅާފައިވާ ދުވަހު އިންތިޚާބު ނުބޭއްވޭނެކަން އިއުލާންކުރުމުން މިހާރު އުފެދިފައިވާ ސަރުކާރުގެ ގާނޫނީ ހައިސިއްޔަތާއި މެދުވެސް ވަނީ ސުވާލުއުފެދިފައެވެ.

ލީބިޔާގެ އިލެކްޝަން ކޮމިޝަނުން ވަނީ އިންތިޚާބު އެއްމަސް ދުވަހަށް ފަސްކުރުމަށް ހުށަހަޅާފައެވެ. އެހެންނަމަވެސް އިންތިޚާބު ޖެނުއަރީ މަހުގެ 24 ވަނަ ދުވަހު ބޭއްވުމަށް އަދި ގިނަ ބަޔަކު ތާއީދެއްނުކުރެއެވެ.

ލީބިޔާގެ ގާނޫނުހަދާ މަޖިލީހުން ސެޕްޓެމްބަރ މަހު ބުނެފައިވަނީ ލީބިޔާގައި މިހާރު އުފެދިފައިވާ ސަރުކާރު ޑިސެމްބަރ މަހުގެ 24 ވަނަ ދުވަހުގެ ފަހުން ގަބޫލުނުކުރާނެ ކަމަށެވެ. ނަމަވެސް ބައިނަލްއަގްވާމީ ފަރާތްތަކާއެކު ލީބިޔާގެ އެކި ފަރާތްތަކުން ކުރިޔަށްގެންދިޔަ އެއްބަސްވުމުގައި އެއްބަސްވެފައިވަނީ އިންތިޚާބެއް ބާއްވާ އިންތިޚާބުގެ ނަތީޖާ ހާމަކުރުމާއި ހަމައަށް ވެރިކަމުގެ ބާރުތައް އެހެން ފަރާތަކަށް ބަދަލު ނުކުރުމަށެވެ.

ރިޔާސީ އިންތިޚާބު ބޭއްވުން ފަސްވުމާއި ގުޅިގެން ލީބިޔާގެ އެތެރޭގައި ވަނީ ރުޅިވެރިކަން ފާޅުކުރަން ފަށާފައެވެ. އެގޮތުން އެކި ފެކްޝަންތަކާއި ސިޔާސީ ލީޑަރުން ގެންދަނީ އެކަމާއި ދެކޮޅަށް ވާހަކަދައްކަވަމުންނެވެ.

އދން އަންނަނީ ލީބިޔާގެ އެކި ފަރާތްތަކާއި މަޝްވަރާކޮށްގެން އިންތިޚާބު ބޭޭއްވޭނެ ގޮތްތަކެއް ހޯދުމުގެ މަސައްކަތްކުރަމުންނެވެ. އދ ގެ ސްޕެޝިއަލް އެޑްވައިޒަރ ސްޓެފަނީ ވިލިއަމްސް ވިދާޅުވީ ލީބިޔާގެ އެކި ހިސާބުތަކުން އިވެމުންދާ އަޑުތަކަކީ ރައްޔިތުން އިންތިޚާބެއް ބޭއްވުމަށް ބޭނުންވެފައިވާކަމުގެ އަޑުތައް ކަމަށެވެ.

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

5

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

އިތުރަށް ކިޔާލަން

21 މެއި 2017

އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް

21 މެއި 2017
އީރާންގެ އިންތިޚާބު: ރޫހާނީ ވިދާޅުވީ ހައްދުފަހަނައެޅުމަށް ރައްޔިތުން ނޫނެކޭ ބުނެފިކަމަށް
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބު ރައީސް ރޫހާނީ ކާމިޔާބުކުރައްވައިފި
20 މެއި 2017

އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި

20 މެއި 2017
އީރާނުގެ ރިޔާސީ އިންތިޚާބުގައި މިހާރުގެ ރައީީސް ހަސަން ރޫހާނީ ބޮޑުތަފާތަކުން ކުރި ހޯއްދަވައިފި
08 މެއި 2017

ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން

08 މެއި 2017
 ރިޔާސީ އިންތިޚާބު ކާމިޔާބު ކުރައްވައި ފްރާންސްގެ އެންމެ ޒުވާން ރައީސްއަކަށް މެކްރޮން
24 އެޕްރީލު 2017

ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން ދެވަނަ ބުރަށް

24 އެޕްރީލު 2017
ފްރާންސްގެ އިންތިޚާބު: މެކްރޮން އާއި މެރިން ލެ ޕެން  ދެވަނަ ބުރަށް
23 އެޕްރީލު 2017

އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު

23 އެޕްރީލު 2017
އަހުމަދީނިޖާދަށް އިންތިޚާބުގައި ވާދައެއް ނުކުރެއްވުނު
19 އެޕްރީލު 2017

ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި

19 އެޕްރީލު 2017
ޖޫން 8ގައިި އާއްމު އިންތިޚާބު ބޭއްވުމަށް ގާނޫނުހަދާ މަޖިލީހުން ތާއީދުކޮށްފި
11 މާރިޗު 2017

އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި

11 މާރިޗު 2017
އިންޑިއާގެ ސްޓޭޓް ތަކުގެ އިންތިޚާބުގައި ބީޖޭޕީ ކުރީގައި
01 ފެބުރުއަރީ 2017

ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ

01 ފެބުރުއަރީ 2017
ފަސްކުރެވުނު ފަލަސްތީނުގެ ލޯކަލް ކައުންސިލް އިންތިޚާބު މޭ 13 ގައި ބާއްވަނީ
07 ޖެނުއަރީ 2017

ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި

07 ޖެނުއަރީ 2017
ގެމްބިގާގެ އިންތިޚާބު:ސަރުކާރާ ދެކޮޅު ދެ ރޭޑިއޯ ސްޓޭޝަނެއް ބަންދުކޮށްފި
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް