Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމަގޭ ރިޕޯޓް

ވަޒަނުން ބޭރުކޮށްލަން އުޅުނު ފ. އަތޮޅު ރައްޔިތުންގެ ކައިރިއަށް ވިއްކާ ވާހަކަ ދައްކަން ދާނީ ލަދުހަޔާތް ނެތީމަ!

23 ޑިސެމްބަރު 2021 | ބުރާސްފަތި 13:02

2017 ވަނަ އަހަރު ތަރައްގީގެ ނަމުގައި ސައުދީގެ މަހުޖަނަކަށް ފ. އަތޮޅު ވިއްކާލަން އުޅުނު

ޙުސައިން މަޚްތޫމް
ޙުސައިން މަޚްތޫމް | 23 ޑިސެމްބަރު 2021 | ބުރާސްފަތި 13:02
އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ކެމްޕޭނަށް ފ. އަތޮޅަށް ރައީސް ޔާމީން ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައި

އިންޑިއާ އައުޓްގެ ނަމުގައި ހިންގާ ކެމްޕޭނަށް ފ. އަތޮޅަށް ރައީސް ޔާމީން ވަޑައިގެންނެވުމަށް ވަނީ ހަމަޖެހިފައި

ވެރިކަމުގައި ކޮންމެ ބަޔަކު ތިއްބަސް ދިވެހިންގެ މި ފަޚުރުވެރި ފަސްގަނޑު އޮންނަން ވާނީ ދިވެހިންގެ މިލްކެއްގެ ގޮތުގައެވެ. މި ފަސްގަނޑުން އެއްމެ ވެލި ފުކެއްވެސް އެހެން ބައެއްގެ އަތްމައްޗަށް ދޫކޮށްލާކަށް ދިވެހިން ބޭނުމެއް ނުވާނެއެވެ. އެކަމަކަށް ހިތެއްވެސް ނޭދޭނެއެވެ.

ދުނިޔޭގެ ޗާޓުގައި ދިވެހިންނަށް ލިބިފައިވާ މި މަގާމަކީ އެތައް ބަޔަކު ފާރަލައިފައިވާ އަދި ދަހިވެތިވާ މަގާމެކެވެ. މި ފަސްގަނޑުން ކުޑަ ނަމަވެސް ތަންކޮޅެއް ލިބޭނެ ގޮތެއް ވޭތޯ ބަލަބަލާ ތިބެއެވެ. މިކަން ހާސިލްވޭތޯ ދުނިޔޭގެ ބާރުގަދަ ގައުމުތަކުން މަސައްކަތް ކޮށްފައިވާކަން ތާރީޚުން ސާބިތުވާން އެބައޮތެވެ. ނަމަވެސް ފަހުގެ ތާރީޚެއްގައި ވެރިކަމުގެ އާރާއި ބާރާއި ގަދަކަން ދައްކައި ބަޔަކު ރަށްތަކާއި ފަޅުތައް ވިއްކާލިއެވެ. ނުއަގުގައި ޖީބަށްވެސް ބަރުކޮށްގެންނެވެ. ކިތައްމެ ޑީލެއް ހަދައި އެކަން ކާމިޔާބުވެސް ކޮށްފައި އެބަހުއްޓެވެ.

Advertisement - newsAdvertisement

މި ހުރިހާ ކަމެއްވެސް ކުރީ ވަގަށެވެ. އޮޅުވާލައިގެން ތަރައްގީގެ ނަމުގައެވެ. ރަށްތައް ވިއްކައިގެން އެވަރުން ނުވެގެން ބޭރުގެ ފަރާތްތަކަށް 99 އަހަރަށް ބިން ވެސް މިލްކު ކުރެވޭ ގޮތަށް ގާނޫނާއި ގަވާއިދުވެސް ހެދިއެވެ. އަދި މިއާއެކު އެއް ދުވަސްވަރެއްގައި އެންމެ އަޑުގަދަވި އެއް ވާހަކައަކަށް ވެފައިވަނީ ފ. އަތޮޅު ވިއްކާލަން އުޅުނު ވާހަކައެވެ.

ތެދެކެވެ. އެއިރު ވެރިކަމުގައި ހުންނެވި ދައުލަތުގެ ފައިސާއަށް ޚިޔާނާތްތެރިވި ވެރިއަކު އިސްވެ ހުންނަވައިގެން މިފަދަ ޖަރީމާއެއް ހިންގަވަން އުޅުއްވިއެވެ. ސައުދީ އަރަބިޔާގެ މަހުޖަނަކަށް މުޅި ފ. އަތޮޅު ވިއްކާލަން އުޅުނެވެ. 2017 ވަނަ އަހަރު ދިވެހިންގެ ބިމުން ބޮޑު ބައެއް މަހުޖަނަކަށް ވިއްކާލަން އޭރުގެ ސަރުކާރުން ޑީލް ހެދިކަން ދިވެހިންނަށް ފަޅާއެރުމާއެކު ލޭ ހޫނު ވިއެވެ. އެހެންނަމަވެސް އޭރުގެ ސަރުކާރުގެ ވަޒީރުންނާއި އެކި ފެންވަރުގެ ބޭބޭފުޅުން ނުކުންނަވައި ރައްޔިތުންނަށް އެކަން އޮޅުވާލަން މަސައްކަތްކުރިއެވެ.

ފ އަތޮޅުން ބައެއް އަރަބި މަހުޖަނަކަށް ވިއްކާލަން ޑީލް ހެއްދެވި މިނިސްޓަރުން މިއަދު ނިކުންނަވާ ގައުމު ވިއްކާލަނީއޭ އިންޑިއާއިން އަތްގަދަކުރަނީއޭ ބީކުރި ފަޅޮލޭ ފިހުނީ މަހޭ ވިދާޅުވުމުން އެވާހަކަތައް ހަމަޖައްސާނެ ގޮތެއް ނުފެނުނެވެ.

ޖުމްލަ 23 ރަށެއްގެ މައްޗަށް އެކުލެވޭ ފ. އަތޮޅުގެ މިލްކުވެރިކަން ސައުދީ އަރަބިއްޔާގެ ޝާހީ އާއިލާގެ ބޭފުޅަކަށް ދޫކޮށްލަން އުޅުނުއިރު ރާއްޖޭގެ މިނިވަންކަމާއި ސިޔާދަތު ގެއްލިދާނެ ކަމާމެދު ކަންބޮޑެއް ނުވިއެވެ. އޭރު އެއީ ރާއްޖޭގެ ތަރައްގީގެ ގޮތުގައި ސިފަކުރި އިރު މިއަދު ސަރުކާރުން ކުރާ ކޮންމެ ކަމަކީ ބޭރެގެ ބަޔަކަށް ރާއްޖެ ވިއްކާލުން ނުވަތަ އަޅުވެތި ކުރުން ކަމަށް ބުނުމުން ހަމައެއް ނުޖެހެވެ. ވާނީވެސް އެހެންތާއެވެ. ރާއްޖެ ވިއްކާލަން ޑީލް ހެދި ބަޔަކަށް ހީވަނީ އެހެން މީހުންވެސް ކަންކުރާނީ ހަމަ އެގޮތަށް ކަމަށެވެ.

ވެރިކަމުގެ ފަސް އަހަރު ނިންމާލައި ޖާހަތާއި ޝާނާއި ޝައުކަތު ދޫކޮށްލާފައި ވަޑައިގެންނެވި އިރު އެ ވިއްކާލަން އުޅުނު ފ. އަތޮޅެއް ވެރިކަމަށް ވަޑައިގެންނެވި ފަހުން ލޮލުގެ ހިމަކޮޅުންވެސް ނުދެކެއެވެ. ނަމަވެސް ދެ އަކުރެއްގެ ފަރަގަކުން ޖަލުން ނުކުމެވަޑައިގެން އެމަނިކުފާނު އުޅުއްވި ގޮތަށް މިހާރުގެ ވެރިން އުޅުއްވައޭ ކިޔައި މޭމަތި ފުރާލާ ފްލޮރެޒެންޓް އަކުތުތަކެއް ޖައްސަވައި އެއްކަލަ އެމަނިކުފާނު ވިއްކާލަން އުޅުނު ފ. އަތޮޅު ރައްޔިތުން ކައިރިއަށް ދާން ކޮންމެއަކަސް ތައްޔާރުވެއްޖެއެވެ.

ވާނީ ވެސް އެހެންތާއެވެ. މިއުޅެނީ ގައުމު ވިއްކާލައިގެން ނުވަތަ ބަޔަކަށް ތަންކޮޅެއް ދީގެން ވެސް ނޫނެވެ. މިއުޅެނީ ވެރިކަމުގެ ޖާހަތުގައެވެ. ވެރިކަމުގައި ލިބުނު އަރާމާއި އުފަލާއި ލައްޒަތާއި އަރާމު އަލުން ނުލިބިގެންނެވެ. އެ ހޯދަން ކޮންމެ ފަދަކަމެއް ވެސް ކޮށްފާނެއެވެ. ކޯޓަށް ވަޑައިގެންވެސް ވެރިކަން ކުރެއްވި ކަމަށް ބަޔަކު ބުނެއުޅެއެވެ. އެންމެ ފަހަރަކު ނޫނެވެ. ދެ ފަހަރަކަށް އެ ސަކަރާތެއް ޖައްސަވަން މަސައްކަތް ކުރިކަމަށްވެއެވެ.

މިއަދު ދިވެހި ރައްޔިތުން ނިކަން ތަހުޒީބެވެ. ކޮންމެ ބަޔަކަށް ވެސް ބަސް ބުނުމުގެ ފުރުސަތު އޮތީ ތަންމިނަށް ހުޅުވާލާފައެވެ. މިއަދު ދިވެހި ރައްޔިތުންނަށް ހަމްދަރުދީ ވާކަމަށް ދެއްކިޔަސް އަދި ވަކިން ޚާއްސަކޮށް ފ. އަތޮޅު ޚާއްސަކަމަށް ދައްކަވަން އުޅުއްވި ނަމަވެސް ފ. އަތޮޅުގެ ރައްޔިތުން ވަޒަނުން ބޭރުކޮށްލަން މަނިކުފާނު ކުޅުއްވި ޑްރާމާ އެ ރައްޔިތުން ހަނދާނެއް ނުނެތެއެވެ. 2023 ވަނަ އަހަރުގެ އިންތިޚާބަށް ތައްޔާރު ނޫންކަމަށް ވިދާޅުވެ ތިޔަ ޖަރީވެވަޑައިގަންނަވަނީ ހަމަ ރިޔާސީ އިންތިޚާބަށެވެ.

އިންޑިއާ ކުރިއަށް ނުލައި މިބައި މީހުންނަށް މިހާރު ވާހަކަ ދެކެވޭ ކަމަކަށްވެސް ނުވެއެވެ. ތިމާމެންގެ ވެރިކަމުގައި ރައްޔިތުންގެ އަނގަ ބަންދުކޮށް ކުޅުނު ޗަރުކޭސް އެއްމެން ކުޅޭނެއޭ ހިތަށް އަރަނީއެވެ. ރާއްޖެއަށް ހެވެއް އެދިގެން މަސައްކަތެއް ކުރަން ބޭނުން ނުވަނީއެވެ. މިބައިމީހުންނަށް ވިސްނިފައި އޮންނަނީ ވަކި މީހަކަށް ނޫނީ މިގައުމުގައި ވެރިކަން ނުކުރެވޭނެ ކަމަށެވެ. އޭރު ތަރައްގީއޭ ބުނެ ރައްޔިތުން ކަނުބަނދެ ބައިތިއްބާފައި ގައުމު ވިއްކާލިޔަސް އެންމެންގެ އަމަލުތައް ހުންނާނީ އެހެނެއް ނޫނެވެ.

ކުރީގެ ރައީސް ޢަބްދުﷲ ޔާމީންރައީސް ޔާމީންފ. ބިލެތްދޫސައޫދީ އަރަބިއްޔާ

އެންމެ ހިނގާ

1

އާރްޑީސީން މަގު ކޮނުމުގެ ތެރޭގައި ފާރެއް ވެއްޓި އުމުރުން ދުވަސްވީ މީހަކު "ވަޅުލެވިއްޖެ"

2

ތުރުކީގެ އަޝްޓާޝް އިން 300 މިލިއަން ޑޮލަރުގެ ލަގްޒަރީ ރިސޯޓެއް ރާއްޖޭގައި ތަރައްގީކުރަނީ

3

ޓްރަމްޕްގެ "ތިންވަނަ ހަނގުރާމަ" ވެސް ނާކާމިޔާބުވެ އެމެރިކާ ބަލިވެއްޖެ: އީރާނުގެ ލީޑަރުގެ އެޑްވައިޒަރ

4

މޮޅުވެވެން ނެތް، އަދި ބަލިވެވެން ވެސް ނެތް ހަނގުރާމައެއްގައި އެމެރިކާގެ ރައީސް ތާށިވެފައި!

5

އުތުރު ކޮރެއާއިން ޖަޕާނަށް އަސްކަރީ ފިޔަވަޅުއަޅާނެ ކަމުގެ އިންޒާރުދީފި

އިތުރަށް ކިޔާލަން

23 ނޮވެމްބަރު 2025

ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫ އަށް ގެންދިޔަ ހައިމާކު ބަނޑުޖެހި ގޮތަށް ގުޑާނުލާތާ އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް

23 ނޮވެމްބަރު 2025
ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫ އަށް ގެންދިޔަ ހައިމާކު ބަނޑުޖެހި ގޮތަށް ގުޑާނުލާތާ އޮންނަތާ ދެ މަހަށް ވުރެ ގިނަ ދުވަސް
22 ނޮވެމްބަރު 2025

ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫގައި 19 މަޝްރޫޢު އެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެންގިއިރު، ކުރީގެ ސަރުކާރުގައި ނިންމައި ޚިދުމަތްދޭ މަޝްރޫޢު ތައް ހިމެނޭ

22 ނޮވެމްބަރު 2025
ރައީސް މުއިއްޒުގެ ދަތުރުފުޅާ ގުޅިގެން ބިލެތްދޫގައި 19 މަޝްރޫޢު އެއް ކުރިއަށް ގެންދަން ނިންމާފައިވާ ކަމަށް އެންގިއިރު، ކުރީގެ ސަރުކާރުގައި ނިންމައި ޚިދުމަތްދޭ މަޝްރޫޢު ތައް ހިމެނޭ
26 އޮކްޓޯބަރު 2025

މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ

26 އޮކްޓޯބަރު 2025
މަޝްހޫރު ރެޕާ ކާޑީ ބީ، ސައުދީ އަރަބިއްޔާ ގައި ޝޯ ދެނީ
31 އޯގަސްޓު 2025

ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން

31 އޯގަސްޓު 2025
ރާއްޖެ ޓީވީގެ ޙާލު ކިހިނެއް ޕްރޮގްރާމްގައި ދައްކަނީ ރައީސް މުޢިއްޒު އަށް އަޑު އަހަން ފަސޭހަ ވާހަކަ ތަކެއް ނޫން: ރައީސް ޔާމީން
03 ފެބުރުއަރީ 2025

ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން

03 ފެބުރުއަރީ 2025
ފުދިއްޖެ-ފުނޑިއްޖެ ހިނގާލުން ކުރިއަށް ގެންދިއުމަށް ކުރި މަސައްކަތަށް ތައުރީފް ހައްގު، ނަމަވެސް އެ ހިނގާލުމާއި ޕެރޭޑަކާއި ތަފާތެއް ނެތް: ޔާމީން
23 ޑިސެމްބަރު 2024

ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި

23 ޑިސެމްބަރު 2024
ނޫސްވެރިން ވަނީ ހީނާގެ މައްސަލަ ރައީސް މުއިއްޒުގެ ސަމާލުކަމަށް ގެނެސްދީފައި، އަދިވެސް ފިޔަވަޅު ނާޅާ ސަބަބާއި ގުޅޭގޮތުން ޔާމީން ސުވާލު އުފައްދަވައިފި
23 ޑިސެމްބަރު 2024

އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން

23 ޑިސެމްބަރު 2024
އެޗްޑީސީ މައްސަލާގައި ފުލުހުން ލައްވާ މުއިއްޒު ކުޅުއްވަނީ ޑްރާމާ: ރައީސް ޔާމީން
22 ޑިސެމްބަރު 2024

ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން

22 ޑިސެމްބަރު 2024
ހައުސިންގ މިނިސްޓްރީ ހިންގަމުންދިޔަ ޓިނު އިމާރާތުގައި ރޯވެ އަނދާ ހުލިވެގެން ދިޔައީ އިއްތިފާގަކުން ނޫން: ޔާމީން
06 ޑިސެމްބަރު 2024

ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން

06 ޑިސެމްބަރު 2024
ޚަލީލުގެ މައްޗަށް މަނީ ލޯންޑަރިންގެ ދައުވާ ނުއުފުލޭނެ ގޮތަކީ ނެތް ގޮތެއް، ފައިސާކޮޅަށްވުރެން 15 އަހަރު ޖަލުގައި އޮންނަން ޖެހުމުން ލިބޭ ހިތްދަތިކަން މާ ބޮޑުވާނެ: ޔާމީން
19 ނޮވެމްބަރު 2024

ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު

19 ނޮވެމްބަރު 2024
ޗާގޯސްގެ މައްސަލަގައި އދ ގައި ވޯޓު ނެގި އިރު ޔާމީންގެ ވެރިކަމުގައި އެއްފަހަރުވެސް އެތަނަކީ ރާއްޖޭގެ ތަނެކޭ ބުނެ ވާހަކަ ނުދައްކާ - ޝާހިދު
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް