Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެ
އަރަބިއްޔާ ސްކޫލްގެ މައްސަލަ

އަރަބިއްޔާ ސްކޫލަށް ދިމާވި މައްސަލަ ރައީސް ހައްލު ކޮށްދެއްވައިފި

ސްކޫލް ހިންގޭނެ ވަރަށް އެ އިމާރާތުގެ ކަންކަން ސަރުކާރުން އިންތިޒާމް ކޮށްދޭނެ

އަމްނާ އިމާދު
އަމްނާ އިމާދު, ރާއްޖެ އެމްވީ | 22 ޑިސެމްބަރު 2021 | ބުދަ 17:30
ރައީސުލްޖުމްހޫރިއްޔާ، އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

ރައީސުލްޖުމްހޫރިއްޔާ، އަލް މަދަރުސަތުލް އަރަބިއްޔަތުލް އިސްލާމިއްޔާގެ ޕީ.ޓީ.އޭ.ގެ ބޭފުޅުންނާއެކު ބޭއްވެވި ބައްދަލުކުރެއްވުމުގެ ތެރެއިން

އަރަބިއްޔާ ސްކޫލް ވަގުތީ ގޮތުން، ފޮރިން މިނިސްޓްރީގެ ކުރީގެ ވަގުތީ އިމާރާތަށް ބަދަލު ކުރަން ނިންމައި މައްސަލަ ހައްލުކޮށްފިއެވެ

އަރަބިއްޔާ ސްކޫލްގެ ދަރިވަރުން އިއްޒުއްދީން ސްކޫލަށް ބަދަލުކުރަން ނިންމާފައިވާކަން އެޑިއުކޭޝަން މިނިސްޓްރީން އިއުލާނުކޮށްފައިވަނީ ޑިސެންބަރު މަހުގެ 16 ވަނަ ދުވަހުއެވެ. މި ނިންމުމާއެކު ގިނަ އަދަދެއްގެ ބެލެނިވެރިން ދަނީ ހިތްހަމަނުޖެހުން ފާޅުކުރަމުންނެވެ. އަދި ޑިސެންބަރުމަހު 17 ވީ ހުކުރު ދުވަހުގެ ހަވީރު ބެލެނިވެރިންގެ މެދުގައި ބޭއްވި ބައްދަލުވުމަށްފަހު، އަރަބިއްޔާ ސްކޫލްދޮށަށް އެއްވެ މުޒާހަރާކޮށްފައިވެއެވެ.

Advertisement - newsAdvertisement

މިމައްސަލަ ހޫނުވެފައިވާ ދަނޑިވަޅެއްގައި އެ ސްކޫލްގެ ޕޭރެންޓް ޓީޗަރސް އެސޯސިއޭޝަން (ޕީޓީއޭ)އިން ވަނީ ރައީސުލްޖުމްހޫރިއްޔާ އިބްރާހިމް މުހައްމަދު ސޯލިހާ ބައްދަލު ކުރައްވައި، މަޝްވަރާ ކުރައްވާފައިވެއެވެ. މި ބައްދަލުކުރެއްވުމުގައި އެބޭފުޅުންގެ ހުރި ކަންބޮޑުންތައް ހިއްސާ ކުރައްވާފައިވާއިރު، މި ބައްދަލުކުރެއްވުމުގައި ރައީސް ވަނީ އެކަން ބޮޑުވުންތަކަށް ހައްލެއް ހޯއްދަވައިދެއްވާނެ ކަމަށް ވިދާޅުވެފައެވެ.

ރައީސް ނިންމަވާފައިވަނީ އަރަބިއްޔާ ސްކޫލު ވަގުތީ ގޮތުން ފޮރިން މިނިސްޓްރީގެ ކުރީގެ ވަގުތީ އިމާރާތަށް ބަދަލު ކުރެއްވުމަށެވެ. އަދި މި އިމާރާތް ހަވާލުކުރެވޭއިރު، ކްލާސްރޫމާއި އަދި ސްކޫލު ހިންގޭނެވަރަށް އެ އިމާރާތުގެ ކަންކަން އިންތިޒާމް ކޮށްދެއްވުމަށް ރައީސް ވަނީ ނިންމަވާފައެވެ.

މީގެ އިތުރުން އެޑިޔުކޭޝަން މިނިސްޓަރު ޑރ. އައިޝަތު އަލީ ވެސް ވަނީ ޕީޓީއޭއާ ބައްދަލު ކުރައްވައި މަޝްވަރާ ކުރައްވާފައެވެ. އަރަބިއްޔާ ސްކޫލްގެ ދަރިވަރުންނަށް ދެރަ ގޮތެއް ނުވާނެ ކަމަށާއި، އެ ސްކޫލް އުވާނުލައްވާނެ ކަމަށް މިނިސްޓަރު ވިދާޅުވިއެވެ.

އަރަބިއްޔާ ސްކޫލް އެންމެ ފުރަަތަމަ ހިންގީ މަޖީދީމަގުގައި ޓާޓާ ފްލެޓްތައް އިމާރާތްކޮށްފައިވާ ބިމުގައެވެ. އެ ތަނުން ދެން ބަދަލުކުރީ، އިއްޒުއްދީން ސްކޫލު ހިންގާ، ކުރީގެެ އެމްއީއެސް އިމާރާތަށެވެ. އެ އިމާރާތުން ދެން ބަދަލުވީ މިހާރު ބޭނުންކުރާ އިމާރާތަށެވެ. ނަމަވެސް އެއިމާރާތު ބައެއް ތަންތަނުން ވަނީ ވަރަށް ބޮޑަށް ކަނޑައިގެން ގޮސް ގެއްލުންތައް ލިބިފައެވެ.

އަރަބިއްޔާ ސްކޫލް ހުންނަ އިމާރާތަށް ލިބިފައިވާ ގެއްލުންތަކާ ގުޅިގެން އެޑިއުކޭޝަން މިނިސްޓްރީން ނެރުނު ބަޔާނުގައި ބުނެފައިވަނީ، އެ ސްކޫލްގެ އިމާރާތަށް މިވަގުތު ދިމާވެގެން އުޅޭ މައްސަލަ ބަލައި ހައްލުކުރުމަށް އިތުރު ވަގުތު ބޭނުންވާ ކަމަށެވެ. އެ ސްކޫލްގެ އިމާރާތުގެ ހާލަތު މިވަގުތު ހުރިގޮތުން އެތަނުގައި ދަރިވަރުންނަށް ތައުލީމު ފޯރުކޮށްދިނުމަކީ އެންމެ ރައްކާތެރިކަމެއްނޫން ކަމަށާއި، ޢިމާރާތަށް ލިބިފައިވާ ގެއްލުންތަކަށް އަވަސް ހައްލެއް ހޯދުމަށްޓަކައި މިނިސްޓްރީން މަސައްކަތް ކުރަމުންދާ ކަމަށެވެ. މިކަމަށް ހައްލެއް ހޯދެންދެން ވެސް ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދަންޖެހޭ ކަމަށާއި، 700ށްވުރެ ގިނަ ދަރިވަރުންގެ ކިޔެވުން މެދުނުކެނޑި ކުރިއަށް ގެންދެވޭނީ ސްކޫލެއް ހިންގުމަށް އިމާރާތްކޮށްފައި ހުރިތަނެއްގައި ކަމަށް މިނިސްޓްރީން ބުނެފައިވެއެވެ. އަދި ވަސީލަތްތައްވެސް ހުންނަންޖެހޭ ކަމަށެވެ.

އަރަބިއްޔާ ސްކޫލް

ކޮމެންޓް

އިތުރަށް ކިޔާލަން

ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި

ގައުމީ ސްކައުޓް އެސޯސިއޭޝަން މަގުމަތިވެ، އޮފީސް ބަންދުކޮށްފި

10 ސެޕްޓެމްބަރު 2025
މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

މި ސަރުކާރުން އަރަބިއްޔާ ސްކޫލު ބޭނުންކުރަނީ ސިޔާސީ ޓޫލެއްގެ ގޮތުގައި: އިހުސާން

24 ނޮވެމްބަރު 2024
އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން ބިމެއް ކަނޑައަޅައިފި

އަރަބިއްޔާ ސްކޫލުގެ އައު އިމާރާތް އަޅަން ބިމެއް ކަނޑައަޅައިފި

22 ނޮވެމްބަރު 2023
އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލަށް އަލުން އެ ވަޒީފާ ދީފި

އަރަބިއްޔާގެ ކުރީގެ ޕްރިންސިޕަލަށް އަލުން އެ ވަޒީފާ ދީފި

20 ނޮވެމްބަރު 2023
ދަރިވަރަކާ ދިމާލަށް ޓެރަރިސްޓެއް ކަމަށް ބުނެފައި ނުވާނެ، ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: އަރަބިއްޔާ ސްކޫލު

ދަރިވަރަކާ ދިމާލަށް ޓެރަރިސްޓެއް ކަމަށް ބުނެފައި ނުވާނެ، ފަތުރަމުން ދަނީ ހަގީގަތާ ޚިލާފު ވާހަކަތަކެއް: އަރަބިއްޔާ ސްކޫލު

08 އެޕްރީލު 2023

އަހަރުތަކުން މިއަދު

18 އެޕްރީލު
ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް
20251 އަހަރު ކުރިން
ރާއްޖެ

ރިޔާސީ އިންތިހާބުގެ ދެ ވަނަ ބުރު ބޭއްވުން އުވާލަން ތާއިދު ނުކުރަން: މެންބަރު އައްބާސް

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި
20242 އަހަރު ކުރިން
ރާއްޖެ

ޔާމީންގެ ރައްދު މުއިއްޒަށް: ރައީސެއްގެ ހައިސިއްޔަތުން ޝަރީއަތް އަވަސްކުރުމަށް އެދުމަކީ ޤާނޫނީ ކުށެއްނޫން، އެކަންވެސް ކޮށްނުލެއްވި

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"
20233 އަހަރު ކުރިން
ދުނިޔެ

"ބައެއް ފަހަރު ހަމަ ގަބުވެފަ އިނދެވެނީ، މީ ރޯދަމަސްކަންވެސް ހަނދާން ނެތޭ"

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި
20224 އަހަރު ކުރިން
ދުނިޔެ

'ބެޓްލް އޮފް ޑޮންބަސް' ރަޝިއާއިން ފަށައިފިކަމަށް ޔޫކްރެއިން ބުނެފި

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!
20215 އަހަރު ކުރިން
ރިޕޯޓު

އުމުރުން 14 އަހަރުން ފެށިގެން މަސްތުގެ ބަލިމަޑުކަމުގައިވާ އަންހެނެއް!

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި
20197 އަހަރު ކުރިން
އިސްލާމް

ޢަޞްރު ސޫރަތުން ލިބޭ މަތިވެރި އިބްރަތްތަކުގެ ވާހަކަ މިއަދުގެ ހުކުރު ޚުތުބާގައި

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!
20188 އަހަރު ކުރިން
ރިޕޯޓު

ބާޒާރު މަތީ ގޮޅިއަށް ވެސް ދިޔާނާ ހެޔޮވަރު!

ރާއްޖެކުޅިވަރުދުނިޔެވިޔަފާރި - އިގްތިސާދުރިޕޯޓުފޮޓޯވާހަކަސިއްހަތުތަފާތު ޚަބަރުލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު