Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
Advertisement - newsAdvertisement
ރާއްޖެމާލޭ ޑަބްލިއުޑީސީ މެމްބަރުންގެ ކަންބޮޑުވުން

ޑަބްލިއުޑީސީ މެމްބަރުން ރައީސްގެ އަރިހަށް، މޭޔަރު ވިދާޅުވީ "ކޮންމެ ކަމެއްގައި ރައީސްގެ އަރިހަށް ދާންވީނޫންތޯ"އޭ

21 ޑިސެމްބަރު 2021 | އަންގާރަ 18:31

ޑަބްލިއުޑީސީގެ މެމްބަރުންނަށް މަސައްކަތްކުރާނެ ޖާގަ ފޯރުކޮށްދޭންޖެހޭނީ ކައުންސިލުން

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 ޑިސެމްބަރު 2021 | އަންގާރަ 18:31
މާލޭ ޑަބްލިއުޑީސީގެ ރައީސް ފާތިމަތު ޝިފާ

މާލޭ ޑަބްލިއުޑީސީގެ ރައީސް ފާތިމަތު ޝިފާ

ޑަބްލިއުޑީސީ މެމްބަރުންގެ ކަންބޮޑުވުން ރައީސްއާ ހިއްސާކުރުމުން މާލެ ސިޓީގެ މޭޔަރ ޑރ. މުހައްމަދު މުއިއްޒު ވިދާޅުވީ "ކޮންމެ ކަމެއްގައި ރައީސްގެ އަރިހަށް ދާންވީނޫންތޯ"އޭ ކަމަށް މާލޭ ޑަބްލިއުޑީސީގެ ރައީސް ފާތިމަތު ޝިފާ ވިދާޅުވެއްޖެއެވެ.

ރާއްޖެޓީވީގެ ފަލަސުރުޚީ ޕްރޮގްރާމުގައި ބައިވެރިވެވަޑައިގެން ވާހަކަދައްކަވަމުން ޝިފާ ވިދާޅުވީ, އެ ކޮމިޓީގެ މަސައްކަތްތަކަށް ކައުންސިލުން އެކަށީގެންވާ ވަސީލަތްތައް ފޯރުކޮށްދީފައިނުވާކަމަށެވެ. އެބޭފުޅުންނަށް ދީފައިވަނީ އޮފީސް ސްޓޭޝަނެއް ކަމަށާއި، އެހެންނަމަވެސް އެ ކޮމިޓީގައި ހަރަކާތްތެރިވަނީ ޕާޓް ޓައިމް މުވައްޒަފުން ކަމުން، ރަސްމީ ގަޑިން ބޭރުގައި އެ އޮފީހަށް ވަންނަން ދަތިވާކަމަށް ޝިފާ ވިދާޅުވިއެވެ. އަދި ބޭނުންވާ ވަސީލަތްތައްވެސް ހަމަނުވާކަމަށް ވިދާޅުވިއެވެ.

Advertisement - newsAdvertisement

ޝިފާ ވިދާޅުވީ ގާނޫނު ބުނާގޮތުން ނަމަ، ކައުންސިލްގެ ދަށުން އޮންނަ ޑަބްލިއުޑީސީގެ މެމްބަރުންނަށް މަސައްކަތްކުރާނެ ޖާގަ ފޯރުކޮށްދޭންޖެހޭނީ ކައުންސިލުން ކަމަށެވެ. އެހެންނަމަވެސް އެތައް ފަހަރެއްގެ މަތިން ސިޓީ ކައުންސިލްގައި އެދިގެންވެސް މިކަން ހައްލުވެފައިނުވާކަމަށެވެ. މޭޔަރުގެ ޖަވާބަކަށްވަނީ އެކޮމިޓީގެ ޚަރަދުގައި އަމިއްލައަށް ތަނެއް ކުއްޔަށް ނަގާށޭ ކަމަށް ޝިފާ ވިދާޅުވިއެވެ.

މިހާރު ޑަބްލިއުޑީސީ މެމްބަރުން މަސައްކަތްކުރުމަށް ހަމަޖައްސައިދީފައިވަނީ މައްޗަންގޮޅީ އޮފީހުގައި ހުންނަ މީޓިން ރޫމެއް ކަމަށް ޝިފާ ވިދާޅުވިއެވެ. އެ މީޓިން ރޫމްގައި ޑަބްލިޔުޑީސީގެ ބައްދަލުވުމެއް ކުރިއަށްދަނިކޮށް، އޮފީސް ލައްޕާ ގަޑި ޖެހިގެން އެތަނުން ނިކުންނަން ޖެހުނު ކަމަށް ޝިފާ ވިދާޅުވިއެވެ.

މިކަންކަމަށް އެދެވޭ ހައްލެއް ހޯދުމަށް ދާދި ފަހުން ރައީސުލްޖުމްހޫރިއްޔާއާ ބައްދަލުކުރައްވައިވެސް މިކަންކަން ފާހަގަކުރައްވާފައިވާކަމަށް އޭނާ ވިދާޅުވިއެވެ. އަދި ކައުންސިލްގެ މައްޗަންގޮޅީގައި ހުންނަ އޮފީހުގައި 18 މެމްބަރުންނަށް މަސައްކަތްކުރެވޭނެ ގޮތެއް ހަމަޖައްސައިދިނުމަށް އެދިފައިވާނެ ކަމަށް ވިދާޅުވިއެވެ.

އެންމެ ފަހުން މޭޔަރާ ބައްދަލުކުރެއްވިއިރު ރައީސްގެ އަރިހަށް ގޮސް، އެކަންކަން ހިއްސާކުރެއްވިކަަމަށް މޭޔަރު ކައިރީ ދަންނަވާފައިވާނެ ކަމަސް ޝިފާ ވިދާޅުވިއެވެ. އެކަން ހިއްސާކުރެއްވުމުން، "ކޮންމެ ކަންބޮޑުވުމެއް ހައްލުކުރުމަށް ރައީސް އަރިހަށް ދާންވީނޫން"ހޭ ވިދާޅުވި ކަމަށް ޝިފާ ވިދާޅުވިއެވެ.

މީގެ އިތުރުން ޝިފާ ވަނީ އެހެން ސިޓީތަކުގެ ޑަބްލިއުޑީސީ އޮފީސްތަކާ މާލޭގެ ޑަބްލިއުޑީސީ އޮފީހާ ހުރި ތަފާތު ހިއްސާކުރައްވާފައެވެ. އަތޮޅުތެރޭގައި ކޮންމެ ޑަބްލިއުޑިސީ މެމްބަރަކަށް ސްޓޭޝަނެއް ހުންނަކަމަށް ވިދާޅުވިއެވެ. އަތޮޅުތެރޭގެ ޑަބްލިއުޑީސީތަކުން މާޅޭގެ ޑަބްލިއުޑީސީއަށް ޒިޔާރަތްކުރިކަމަށާއި، ވެރިރަށް މާލޭގެ ހާލަތު މާ ދަށްކަމަށް ޝިފާ ވިދާޅުވިއެވެ.

ޑަބްލިއުޑީސީ

އެންމެ ހިނގާ

1

މީގެ ފަހުން ޑޮލަރުގެ އަގަކީ 15.42 ނޫން ކަމަށް ނުލިޔެވޭނެ! ކަޅު ބާޒާރުގެ އަގު ލިޔުމުން ބައި މިލިއަން ރުފިޔާއާ ހަމައަށް ޖޫރިމަނާ ކުރަނީ!

2

ޓްރަމްޕް ކިމްއާ ބައްދަލުކުރައްވާނެ ކަމަށް ވިދާޅުވިތަނާ އުތުރު ކޮރެއާއިން 10 މިސައިލް ފޮނުވާލައިފި

3

ޓްރަމްޕްގެ މާ އަރިހުގައި ހުންނަ ޚާއްސަ އަންހެނެއްގެ ވާހަކަ

4

މިނިސްޓަރު އަމީން ރަޝިޔާ އަށް ކުރެއްވި ދަތުރުފުޅާ މެދު ރާއްޖޭގެ ޓްރެވަލް އެޖެންޓުންގެ ޖަމްއިއްޔާ އިން ކަންބޮޑުވެއްޖެ

5

ލިންކަން މަނަވަރުގެ ހާލަތުން ދިގު ހަނގުރާމައެއް ކުރުމުގައި އެމެރިކާގެ ހަގީގީ ގާބިލުކަން ހާމަވެއްޖެ

އިތުރަށް ކިޔާލަން

19 އޮކްޓޯބަރު 2025

ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ

19 އޮކްޓޯބަރު 2025
ލޯކަލް ކައުންސިލް އިންތިހާބު މާރޗު 28 ގައި، 80 މިލިއަން ރުފިޔާ ޚަރަދުވާނެ
05 ސެޕްޓެމްބަރު 2025

ޑަބްލިއުޑީސީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި

05 ސެޕްޓެމްބަރު 2025
ޑަބްލިއުޑީސީތަކަށް ދޭ ބަޖެޓު ދެގުނަ ބޮޑުކުރަން ރައީސް ނިންމަވައިފި
22 ޑިސެމްބަރު 2023

ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން - އޮބްޒާވަރުން، މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އިތުރު ވަގުތު ދީފި

22 ޑިސެމްބަރު 2023
ކައުންސިލްތަކާއި ޑަބްލިއުޑީސީގެ ބައި-އިލެކްޝަން - އޮބްޒާވަރުން، މޮނީޓަރުން އަދި ކެންޑިޑޭޓުންގެ މަންދޫބުންނަށްވުމަށް އިތުރު ވަގުތު ދީފި
25 ޖޫން 2023

ޑަބްލިޔުޑީސީ އާ މެދު ރައްޔިތުން ދެކެމުން އައި ނުރަނގު ގޮތްތައް މިހާރު ބަދަލުކުރެވިއްޖެ

25 ޖޫން 2023
ޑަބްލިޔުޑީސީ އާ މެދު ރައްޔިތުން ދެކެމުން އައި ނުރަނގު ގޮތްތައް މިހާރު ބަދަލުކުރެވިއްޖެ
21 މެއި 2023

ޑަބްލިއުޑީސީތަކުން އިސްތިއުފާދިނުން އިތުރުވަނީ، ކީއްވެ؟

21 މެއި 2023
ޑަބްލިއުޑީސީތަކުން އިސްތިއުފާދިނުން އިތުރުވަނީ، ކީއްވެ؟
20 މެއި 2023

ޑަބްލިއުޑީސީން އިސްތިއުފާދޭ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރު: އިލެކްޝަން

20 މެއި 2023
ޑަބްލިއުޑީސީން އިސްތިއުފާދޭ މިންވަރު ކަންބޮޑުވާ މިންވަރަށް އިތުރު: އިލެކްޝަން
11 މެއި 2023

އަންހެނުންގެ ކޮމިޓީ ބައި އިލެކްޝަން: ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި

11 މެއި 2023
އަންހެނުންގެ ކޮމިޓީ ބައި އިލެކްޝަން: ރީ ރަޖިސްޓްރޭޝަނަށް ހުޅުވާލައިފި
22 ޑިސެމްބަރު 2022

ޑަބްލިއުޑީސީގެ ބައި އިލެކްޝަން އަހަރަކު އެއް ފަހަރު ބޭއްވުމާ ގުޅޭ ޤަވާއިދަށް އަމަލުކުރަން ފަށައިފި

22 ޑިސެމްބަރު 2022
ޑަބްލިއުޑީސީގެ ބައި އިލެކްޝަން އަހަރަކު އެއް ފަހަރު ބޭއްވުމާ ގުޅޭ ޤަވާއިދަށް އަމަލުކުރަން ފަށައިފި
02 ނޮވެމްބަރު 2022

ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން މަޖިލީހުން ފާސްކޮށްފި

02 ނޮވެމްބަރު 2022
ޑަބްލިއުޑީސީގެ ބައި-އިލެކްޝަން އަހަރަކު އެއްފަހަރު ބާއްވަން މަޖިލީހުން ފާސްކޮށްފި
15 ސެޕްޓެމްބަރު 2022

އޮކްޓޯބަރު މަހުގައި 7 ބައި އިލެކްޝަނެއް ބާއްވާނެ

15 ސެޕްޓެމްބަރު 2022
އޮކްޓޯބަރު މަހުގައި 7 ބައި އިލެކްޝަނެއް ބާއްވާނެ
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް