Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެލ އަތޮޅުގެ 6 ސަރަޙައްދެއް ހިމާޔަތްކުރުން

ލ އަތޮޅުގައި ހިމެނޭ، ތިމާވެށީގެ ގޮތުން ޚާއްސަ 6 ސަރަޙައްދެއް ހިމާޔަތްކުރުމަށް ނިންމަވައިފި

މި 6 ސަރަހައްދަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެއް

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ޑިސެމްބަރު 2021 | އަންގާރަ 16:14
ލ. ބޮޑު ފިނޮޅު

ލ. ބޮޑު ފިނޮޅު

ލ އަތޮޅުގައި ހިމެނޭ, ތިމާވެށީގެ ގޮތުން ޚާއްޞަ 6 ސަރަހައްދެއް ޙިމާޔަތްކުރުމަށް ވަޒީރުންގެ މަޖިލީހުގެ މެންބަރުންގެ ލަފާފުޅާއެކު ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުޙައްމަދު ޞާލިޙް ނިންމަވައިފިއެވެ.

ހިމާޔަތްކުރުމަށް ނިންމެވީ ލ. ގަމު ބޮޑަ ފެންގަނޑަ ސަރަޙައްދާއި، ލ. މާބައިދޫ ކޯރާއި ފުށީ ކަނޑު ސަރަޙައްދާއި، ލ. ބޮޑު ފިނޮޅު އަދި ވަޑިނޮޅު ކަނޑު ސަރަޙައްދާއި، ލ. ގާދޫ، ރަށުގެ ވެލާއަރާ ގޮނޑުދޮށާއި، ޗަސްބިމާއި، ވަށައިގެންވާ ފަރާއި އަދި މޫދުވިނަ ސަރަޙައްދާއި، ލ.ގާދޫ-ހިތަދޫ ކަނޑު ސަރަޙައްދާއި، ލ. ހިތަދޫ ކުޅިއާއި ވަށައިގެންވާ މޫދުގެ ސަރަޙައްދެވެ.

Advertisement - newsAdvertisement

އަންގާރަ ދުވަހުގެ މެންދުރުފަހު ރައީސުލްޖުމްހޫރިއްޔާގެ އޮފީހުގައި ކުރިއަށްދިޔަ ވަޒީރުންގެ މަޖިލީހުގެ ޖަލްސާގައި، މިނިސްޓްރީ އޮފް އެންވަޔަރަންމަންޓް، ކްލައިމެޓް ޗޭންޖް އެންޑް ޓެކްނޯލޮޖީއިން ހުށަހެޅުއްވި ކަރުދާހަކަށް ވަޒީރުން މަޝްވަރާކުރެއްވުމަށްފަހު، ޙިމާޔަތްކުރެއްވުމަށް ނިންމެވި 6 ސަރަހައްދަކީ، ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާ ސަރަޙައްދުތަކެކެވެ. އަދި ލ. އަތޮޅަކީ ތިމާވެށީގެ ގޮތުން ޚާއްސަ ސިފަތަކެއް ލިބިގެންވާކަމަށް "ހޯޕް ސްޕޮޓް"އެއްގެ ގޮތުގައި، ގްލޯބަލް ކޯލިޝަންއެއް ކަމަށްވާ "މިޝަން ބްލޫ"އިން 2021 ވަނަ އަހަރު ފާހަގަކޮށްފައިވާ އަތޮޅެކެވެ.

ރާއްޖޭގެ ކޮންމެ އަތޮޅެއްގައި މަދުވެގެން 1 ރަށާއި 1 ފަރާއި 1 ކަނޑޫފާ ރައްކާތެރިކުރުމަށް ސަރުކާރުން ވެފައިވާ ވަޢުދުގެ މަތިން، މި މަސައްކަތުގެ ފުރަތަމަ ފިޔަވަހީގެ ދަށުން ތިލަދުންމަތީގެ (ހއ، ހދ، ށ އަދި ނ އަތޮޅުގެ) 14 ސަރަޙައްދަކާއި އައްޑޫ ސިޓީގެ 4 ސަރަޙައްދަކާއި، ފުވައްމުލަކު ސިޓީގެ 1 ސަރަޙައްދަކާއި، އަދި ފާދިއްޕޮޅުގެ 5 ސަރަޙައްދެއް މި ސަރުކާރުން ވަނީ، ދިވެހިރާއްޖޭގެ ތިމާވެށި ރައްކާތެރިކުރުމުގެ ޤާނޫނުގެ ދަށުން ހިމާޔަތްކޮށްފައިވާ ސަރަޙައްދުތަކެއްގެ ގޮތުގައި ކަނޑައަޅައި ގެޒެޓްކޮށްފައެވެ. އެއީ ޖުމްލަ 14،423 ހެކްޓަރުގެ ސަރަޙައްދެކެވެ.

މީގެއިތުރުން ދިވެހިރާއްޖޭގެ ކަނޑުގެ ސަރަޙައްދުގެ 20 އިންސައްތަ ޙިމާޔަތްކުރުމަކީ މި ސަރުކާރުގެ ސިޔާސަތެކެވެ.

ރައީސް ސޯލިހުލ އަތޮޅު

އިތުރަށް ކިޔާލަން

30 އޮކްޓޯބަރު 2025

ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: ގަމު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް

30 އޮކްޓޯބަރު 2025
ރައީސް މުއިއްޒު ލ. އަތޮޅުގެ ދަތުރުފުޅު: ގަމު ރައްޔިތުންނަށް ވެވަޑައިގެންނެވި ވައުދުފުޅުތައް
21 އޮކްޓޯބަރު 2025

ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު

21 އޮކްޓޯބަރު 2025
ލާމުގައި ދެވަނަ އެއާޕޯޓް އަޅާނެ ކަމަށް މުއިއްޒު ވިދާޅުވި ނަމަވެސް، އަޅާނެ ތަނެއް ކަނޑަނޭޅުނު
14 އެޕްރީލު 2025

ޢައްޒާގެ ދިފާއުގައި ލާމުގައި އުޅަނދު ބުރެއް ބާއްވަނީ

14 އެޕްރީލު 2025
ޢައްޒާގެ ދިފާއުގައި ލާމުގައި އުޅަނދު ބުރެއް ބާއްވަނީ
22 ޖުލައި 2024

ލ.އަތޮޅު ޗެމްޕިއަންކަން ތުނޑީ ފުޓްބޯޅަ ކްލަބަށް!

22 ޖުލައި 2024
ލ.އަތޮޅު ޗެމްޕިއަންކަން ތުނޑީ ފުޓްބޯޅަ ކްލަބަށް!
26 ޑިސެމްބަރު 2023

އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން 2024 ވަނަ އަހަރު ލާމު އަތޮޅަށް!

26 ޑިސެމްބަރު 2023
އެންމެ އުފާވެރި ދުވުން - އުރީދޫ ފަން ރަން 2024 ވަނަ އަހަރު ލާމު އަތޮޅަށް!
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު