Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެމާލެ ސިޓީ ކޯކަސް ބައްދަލުވުން

ބޯހިޔާވަހިކަމުގެ ވައުދުވުން ހުއްޓައެއް ނުލާނަން، އެވައުދު ފުއްދުމަށް މަސައްކަތްކުރުންވެސް ހުއްޓައެއް ނުލާނަން: ނަޝީދު

21 ޑިސެމްބަރު 2021 | އަންގާރަ 14:19

މާލޭގެ ރައްޔިތުންނަށް ކަޑަޖަހާފައި ގޯތި ލިބެންޖެހޭނެކަމަށް ނަޝީދު ވިދާޅުވި

އާއިޝަތު ޝިއުރާ
އާއިޝަތު ޝިއުރާ | 21 ޑިސެމްބަރު 2021 | އަންގާރަ 14:19
އެމްޑީޕީން މާލެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

އެމްޑީޕީން މާލެ ސިޓީގެ ރައްޔިތުންނާއެކު ބޭއްވި ބައްދަލުވުމުގައި ރައީސް ނަޝީދު ވާހަކަދައްކަވަނީ

މާލޭގެ ރައްޔިތުންނަށް ބޯހިޔާވަހިކަން ފޯރުކޮށްދޭނެކަމުގެ ވައުދުވަމުން އަންނަތާ 30ހަކަށް އަހަރުވެފައިވާކަމަށާއި އަދިވެސް އެވައުދު ވަމުން އަންނާނެކަމަށާއި އަދި ވައުދު ފުއްދުމުގެ މަސައްކަތްވެސް ކުރަމުން ގެންދާނެކަމަށް އެމްޑީޕީގެ ރައީސް، ރައީސް މުހައްމަދު ނަޝީދު ވިދާޅުވެއްޖެއެވެ.

މާލެ ސިޓީގެ ރައްޔިތުންނާ ބައްދަލުކުރުމަށް އެމްޑީޕީން ކުރިޔަށްގެންދިޔަ މާލެ ސިޓީ ކޯކަސް ބައްދަލުވުމުގައި ވާހަކަދައްކަވަމުން ރައީސް ނަޝީދު ވިދާޅުވީ، ބޯހިޔާވަހިކަމުގެ ވާހަކަ އެމްޑީޕީން ދައްކަމުން އަންނާތީ އެޕާޓީގެ ވާދަވެރިންވެސް އަދި ރަހުމަތްތެރިންނާއި ޕާޓީއަށް ތާއީދުކުރާ މާލޭގެ ރައްޔިތުންވެސް އެމްޑީޕީއަށް އެވައުދު ނުފެއްދޭކަމަށް ބުނާކަމަށެވެ. ނަޝީދު ވިދާޅުވީ އެކަމަށް ދެބަސްވެވެން ނެތްކަމަށެވެ.

ނަމަވެސް ތަކުރާރުކޮށް ދަންނަވަން ބޭނުންފުޅުވަނީ އެވާހަކަ ދައްކަވަން ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ މިދިޔަ 15 ވަރަކަށް އަހަރު ތެރޭގައި އެންމެ ބޮޑަށް ސާފުވިކަމަކީ ފްލެޓް އަޅާފައި ފްލެޓަށް މީހުން ވެއްދުމަކީ އިންތިޚާބީ ސައިކަލެއް ނޫންކަން ކަމަށެވެ. ކުރީގެ ރައީސް މައުމޫން ބޯހިޔާވަހިކަމުގެ ގޮތުން ފެއްޓެވި މަސައްކަތް ހަވާލުކުރީ އެމަނިކުފާނުގެ ސަރުކާރުގައި ކަމަށާއި، އެމަނިކުފާނުގެ ސަރުކާރުގައި އެޅި ފްލެޓްތައް ހަވާލުކުރީ ރައީސް ޔާމީންގެ ސަރުކާރުގައި ކަމަށެވެ. އަދި ރައީސް ޔާމީންގެ ސަރުކާރުން އެޅި ފްލެޓްތައް ހަވާލުކުރަނީ މިސަރުކާރުގައި ކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހުޅުމާލޭގައި ފްލެޓް އަޅައި، ފްލެޓަށް މީހުން ވެއްދުމަށް 7 އަހަރާއި 10 އަހަރާ ދެމެދުގެ މުއްދަތެއް ނަގާއިރު އެކަމަށް އިންތިހާއަށް ޚަރަދުވެސް ހިނގާކަމަށެވެ. މިއަދު ހުޅުމާލޭގެ ދަރަނި 1.2 ބިލިއަން ޑޮލަރަށް އަރާކަމަށް ރައީސް ނަޝީދު ވިދާޅުވިއެވެ.

ރައީސް ނަޝީދު ވިދާޅުވީ ހުޅުމާލޭގެ ދަރަނި ދެއްކުމަށްޓަކައި އެެތަނުގެ ބިން، ހޮޓާ އެޅުމަށް ނުވަތަ ރިއަލް ސްޓޭޓްގެ ބޭނުމަށް ނުވަތަ އެހެން ކަމަކަށް ވިއްކަން ބާއްވައި، ނުވިކުމުން ދަރަނިވެސް އޮވެފައި ބޯހިޔާވަހިކަމެއްވެސް ނުލިބޭކަމަށެވެ. އަދި އަޅާ އިމާރާތް ދެކޮޅު ނުޖެހުމުން އެއަޅާ އިމާރާތުގެ ދަރަނި އިމާރާތުން ނުދެއްކުމުން އަނެއްކާވެސް ދަރަނި އޮވެފައި ހަމަ ހުޅުމާލޭގެ ބިންވެސް އޮންނަނީ ކަމަށް ނަޝީދު ވިދާޅުވިއެވެ.

ނަމަވެސް ހުޅުމާލޭގެ ބިން ކަނޑާފައި މާލޭގެ ރައްޔިތުންނަށް ދީފިނަމަ އެމީހުން އެތަން އާރާސްތުކުރާނެކަމަށާއި އެމީހުން އާމްދަނީ ހޯދައިގެން އެއާމްދަނީން ޓެކްސްގެ ގޮތުގައި ދައުލަތަށް އާމްދަނީ ފޯރުކޮށްދޭނެކަަމަށެވެ. އަދި އެއިން ލޯނު ދެއްކޭނެކަމަށް ނަޝީދު ވިދާޅުވިއެވެ.

އެމްޑީޕީރައީސް ނަޝީދު

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލުޓާމްސް އޮފްޔޫސް