Raajje.mv
Raajje.mv
  • ރާއްޖެ
  • ދުނިޔެ
  • ކުޅިވަރު
  • ވިޔަފާރި - އިގްތިސާދު
  • ސިއްހަތު
  • ރިޕޯޓު
  • ފިލްމް - މިޔުޒިކް
  • ތަފާތު ޚަބަރު
  • އިސްލާމް
  • ލައިފް ސްޓައިލް
ރާއްޖެބޯހިޔާވަހިކަމުގެ މައްސަލަ

ވެށިފަހި މާލެ ޕްރޮގްރާމް އަލުން ފަށަން މާލޭގެ ގިނަ ދާއިރާތަކުން އެއްބަސްވެއްޖެ

ފާއިތުވި 30 އަހަރުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ގޯތި ދޫކޮށްފައެއް ނުވޭ

ތޯހިރާ އަޒްހާރް
ތޯހިރާ އަޒްހާރް | 21 ޑިސެމްބަރު 2021 | އަންގާރަ 14:24
އެމްޑީޕީއިން ބޭއްވި ކޯކަސް ބައްދަލުވުން

އެމްޑީޕީއިން ބޭއްވި ކޯކަސް ބައްދަލުވުން

ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ހިންގެވި ވެށިފަހި މާލެ ޕްރޮގްރާމް އަލުން ފަށަން މާލޭގެ ގިނަ ދާއިރާތަކުން އެއްބަސްވެއްޖެއެވެ.

އަންގާރަ ދުވަހުގެ ހަވީރު ކުރީގެ ރައީސް މުހައްމަދު ނަޝީދު ވަނީ މާލޭގެ ދާއިރާތަކާއި ގޮފިތަކުގެ ރައީސުންނާ އަދި މެމްބަރުންނާ ބައްދަލުކުރައްވާފައެވެ. މި ބައްދަލުވުމަކީ މާލެއަށް ދިމާވެފައިއޮތް ބޯހިޔާވަހިކަމުގެ މައްސަލައާ ގުޅޭގޮތުން، މިކަމަށް ހައްލެއް ހޯދުމަށްޓަކައި ބޭއްވި ބައްދަލުވުމެކެވެ.

މި ބައްދަލުވުމަށް މެދުހެންވޭރު ދާއިރާގެ މެމްބަރު އަލީ އާޒިމް ވަނީ ގަރާރެއް ހުށަހަޅުއްވާފައެވެ. އާޒިމް ހުށަހެޅުއްވި ގަރާރުގައި ވަނީ، ފާއިތުވި 30 ވަރަކަށް އަހަރުގެ ތެރޭގައި މާލޭގެ ރައްޔިތުންނަށް ގޯތި ދެވިފައިނުވާކަމަށެވެ. މިވީ 30ހަކަށް އަހަރުގެ ތެރޭގައި މާލޭގެ އާބާދީ އެތައް ގުނައަކަށް އިތުރުވެގެން ގޮސްފައިވާކަމަށް އާޒިމް ވިދާޅުވިއެވެ. އެހެންކަމުން މާލޭގެ ގިނަ ބަޔަކު ބޯހިޔާވަހިކަމަށް ބޭނުންވެފައިވާކަން ދެނެގަނެވި އެކަމަށް ހައްލެއް ހޯދައިދިނުމަށް 2018 ވަނަ އަހަރު އެމްޑީޕީގެ މެނިފެސްޓޯގައި، އަދި 2019 ވަނަ އަހަރު އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ މެނިފެސްޓޯގައި ހިމަނާފައިވާކަމަށެވެ. އެހެންނަމަވެސް މި ވާހަކަ ހަމައެކަނި ހިމެނެމުންދާތީ މިކަން ހައްލުކުރުމަށް ކުރަންޖެހިފައިއޮތް މަސައްކަތަކީ ވެށިފަހި މާލެ ޕްރޮގްރާމް އަލުން ހިންގަން ފެށުން ކަމަށް އާޒިމް ވިދާޅުވިއެވެ.

މިގޮތުން މާލެއިން ބިންކޮޅު ދޫކޮށްލާ ފަރާތްތަކަށް މާލޭގެ ސަރަހައްދުން ބިންކޮޅެއް ދިނުމަށް އާޒިމް ވަނީ ހުށަހަޅުއްވާފައެވެ. އަދި ހުޅުމާލެއާއި މާލެ ސަރަހައްދުން އެހެން ހިސާބުތަކުން ގޯތި ކަނޑާފައި ބިން ދިނުމުގެ މަސައްކަތްކުރުމަށްވެސް އާޒިމް ހުށަހެޅުއްވިއެވެ. މި މަސައްކަތް ކުރިއަށްދިިޔަނަމަވެސް އެކި ހައުސިންގ ސްކީމްތަކުގެ ތެރެއިން، ފްލެޓް އެޅުމުގެ މަސައްކަތް ކުރިއަށްގެންދަންޖެހޭކަން ގަބޫލުކުރައްވާކަމަށް އާޒިމް ވިދާޅުވިއެވެ. އަދި ފެލްޓްތަކާއި ގޯތިތައް ހައްގުވާ ފަރާތްތައް ކަނޑައަޅައި، ވަކި ކްރައިޓީރިއާއެއްގެ ދަށުން އެތަންތަނަށް ކުރިމަތިލުމަށް ހުޅުވާލުން އަވަސްކުރުމަށްވެސް އާޒިމް ވަނީ ހުށަހަޅުއްވާފައެވެ. މިކަމުގައި ސަރުކާރާއި މާލެ ސިޓީ ކައުންސިލުން ކުރަންޖެހޭ މަސައްކަތްތަކެއް ހުރުމުން، އެ ދެ ފަރާތުން ކުރަންޖެހޭ މަސައްކަތްތައް ވީހާވެސް އަވަހަކަށް ކޮށްދިނުމަށް އަލީ އާޒިމް ވަނީ އެދިވަޑައިގެންފައެވެ. މީގެ އިތުރުން އިންޑިއާ އައުޓްގެ ނަމުގައި އެކިއެކި ސްލޯގަންތައް ބޭނުންކޮށްގެން ހިންގަމުންދާ ހަރަަކާތް ހުއްޓުވުމަށްވެސް އަލީ އާޒިމްގެ ގަރާރުގައި ހިމަނާފައިވެއެވެ.

އާޒިމް ހުށަހެޅުއްވި މި ގަރާރަށް ތާއީދުކުރައްވައި، މާލޭގެ އެކި ދާއިރާތަކުގެ މެމްބަރުންނާއި ގޮފިތަކުން ވަނީ ވާހަކަދައްކާފައެވެ. އެގޮތުން މާލެއިން ގޯތި ދޫކޮށްލާ މީހުންނަށް ހުޅުމާލެއިން ނުވަތަ ގުޅީފަހުން ގޯތި ދޫކުރަންޖެހޭނެކަމަށް ގިނަ ބޭފުޅުން ވަނީ ވިދާޅުވެފައެވެ. އަލީ އާޒިމްގެ މި ގަރާރަށް މެމްބަރުންގެ ތާއީދު އޮތް މިންވަރު ހޯދުމަށް ވޯޓަށް ވަނީ އަހާފައެވެ. އަދި މި ބައްދަލުވުމުގައި ބައިވެރިވި ހުރިހާ ދާއިރާއެއްގެ ތާއީދާއެކު މި ގަރާރު ވަނީ ފާސްވެކޮށްފައެވެ.

މި ގަރާރު ފާސްވުމާއެކު އެމްޑީޕީގެ ރައީސް އަދި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ މިކަމަށް ސަރުކާރުގެ ފުރިހަމަ އެއްބާރުލުން ލިބޭނެ ކަމަށް ގަބޫލުފުޅުކުރައްވާކަމަށް ވިދާޅުވެފައެވެ. އަދި ބޯހިޔާވަހިކަމުގެ މި ސިޔާސަތު ތަންފީޒުކުރަން މަސައްކަތްކުރައްވާނެ ކަމުގެ ޔަގީންކަން ރައީސް ނަޝިދު ވަނީ ދެއްވާފައެވެ.

އެމްޑީޕީއަލީ އާޒިމްކުރީގެ ރައީސް، މުހައްމަދު ނަޝީދުވެށިފަހި ޕްރޮގްރާމް

އިތުރަށް ކިޔާލަން

11 ޑިސެމްބަރު 2025

މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ

11 ޑިސެމްބަރު 2025
މަޢުރޫފް ހައްޔަރުކުރީ އަނިޔާވެރިކޮށް، އޭނާ ވަގުތުން ދޫކޮށްލާން ގޮވާލަން: އެމްޑީޕީ ގެ ޕީޖީ
09 ޑިސެމްބަރު 2025

ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް

09 ޑިސެމްބަރު 2025
ކައުންސިލް އިންތިޚާބަށް ފުރިހަމަ އަށް މަސައްކަތް ނުކުރެވިއްޖެ ނަމަ ގެއްލިދާނެ ކިތަންމެ ކަމެއް އެބަ ހުރި، ފާރަވެރިވާން ޖެހޭ : ނާޒިލް
09 ޑިސެމްބަރު 2025

ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް

09 ޑިސެމްބަރު 2025
ހޯރަފުށީ ކައުންސިލްގެ ރައީސް ސަސްޕެންޑު ކުރުމުން އިހްތިޖާޖް
09 ޑިސެމްބަރު 2025

އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު

09 ޑިސެމްބަރު 2025
އެމްޑީޕީ އަކީ ޚިޔާލު ތަފާތު ވުންތަކާއެކު ދިރި ދެމި އޮންނަ ޕާޓީއެއް، އެއީ ޕާޓީ ބައިބައި ވުމެއް ނޫން: ޣަފޫރު
09 ޑިސެމްބަރު 2025

އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ

09 ޑިސެމްބަރު 2025
އެއްވާނެ ތަނެއް ނުދީ ރިޝްވަތު ނަގައިގެން އެކަން ހުއްޓުވީ ކަމަށް ބުނެ ސަރުކާރުން ވާހަކަ ފަތުރަނީ ޕާޓީގެ ތެރޭ ނަފްރަތު އުފައްދަން: އިބުރޭ
08 ޑިސެމްބަރު 2025

އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި

08 ޑިސެމްބަރު 2025
އެމްޑީޕީ ގެ ވަގުތީ ޗެއަރޕާސަން އަކަށް ހޮވުނު ޣަފޫރަށް ރައީސް ޞާލިހް މަރުހަބާ ދަންނަވައިފި
08 ޑިސެމްބަރު 2025

އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު

08 ޑިސެމްބަރު 2025
އަޅުގަނޑަކީ އެއްވެސް މީހެއްގެ ނުފޫޒަށް ތަބާވެގެން ކަންކަން ކުރާނެ މީހެއް ނޫން: ވަގުތީ ޗެއަރޕަރސަން ޣަފޫރު
08 ޑިސެމްބަރު 2025

އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު

08 ޑިސެމްބަރު 2025
އެމްޑީޕީގެ ވަގުތީ ޗެއަރޕަރސަނަކަށް މެންބަރު ޣަފޫރު
26 ނޮވެމްބަރު 2025

އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު

26 ނޮވެމްބަރު 2025
އެމްޑީޕީ ސަރުކާރުން ފުވައްމުލަކު ހޮސްޕިޓަލަށް ދިން އެމްބިއުލާންސް އާއި ކަނޑު އުޅަންދު ވެރިކަން ބަދަލު ވުމާއެކު ވީނުވީއެއް ނޭންގި ވަނީ ގެއްލިފަ: ޟިރާރު
26 ނޮވެމްބަރު 2025

ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް

26 ނޮވެމްބަރު 2025
ފުވައްމުލަކު ގައި ހިނގަމުން އަންނަ މަޝްރޫޢުތަކުގެ ދުވެލި އަވަސްކޮށް، ހުއްޓިފައިވާ މަޝްރޫޢުތައް އަލުން ފެށުމަށް ސަރުކާރަށް އިލްތިމާސްކުރަން: ފައިސަލް ނަސީމް
ރާއްޖެދުނިޔެކުޅިވަރުވިޔަފާރި - އިގްތިސާދުސިއްހަތުރިޕޯޓުފިލްމް - މިޔުޒިކްތަފާތު ޚަބަރުއިސްލާމްލައިފް ސްޓައިލް
RaajjeMV
RaajjeTV
Raajje Sport
RaajjeTV Live
RaajjeTV PR
RaajjeMV
Raajje.mv

Copyright © 2010-2025 Raajje Television Pvt Ltd.

All rights reserved

ޕްރައިވެސީ ޕޮލިސީކިޔުންތެރިންގެ ހިޔާލު